ދިރާގާއި އެމްއެންޑީއެފާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފާއި ދިރާގާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ދިރާގާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ދިރާގުން، އެފްއާރުއެސްއަށް ބޭނުންވާ ފަޔަރ އިކުއިޕްމަންޓް ފޯރުކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އަދި އެފްއާރުއެސްއިން ވަނީ ދިރާގުގެ މުވައްޒަފުންނަށް ހިންގާ ފަޔަރ އެވެއަރނެސް ޕްރޮގްރާމްތަކާއި ފަޔަރ ސްކޮޑް ތަމްރީނު ކޮށްދިނުމުގެ އިތުރުން ދިރާގު މާލެ ސަރަޙައްދާއި ރާއްޖޭގެ އެހެން ރަށްރަށުގައި ހުރި ދިރާގުގެ ސައިޓްތަކުގައި ހުރި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް އިންސްޕެކްޓް ކޮށްދިނުމަށް އެއްބަސްވެފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ދިރާގުގެ ހެޑް އޮފީހުގައި އިއްޔެ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން ސޮއި ކުރެއްވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީއެވެ. އަދި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ހިއުމަން ރިސޯސް މެނޭޖަރ އަލްފާޟިލް އަޖުވަދު ޢަލީއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ދިރާގުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ދިރާގުން މިއަހަރުވެސް ފިތުރު ޢީދުގައި ކުޑަކުދިންނަށް އީދު ހަދިޔާ ބަހައިފި

ދިރާގުގެ ފަރާތުން މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިތުރު ޢީދުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ޢީދު ހަދިޔާ ބެހުމުގެ ހަރަކާތްތަކެއް …

ޚިޔާލެއްދެއްވާ

avatar
wpDiscuz