ޑީފޯލްޓް ކެމެރާއިން ނަގާ ފޮޓޯގައި ޑޭޓް ، ޓައިމް އަދި ސިގްނޭޗަރ އޮޓޯއިން ޖަހާލަންބޭނުންތަ؟

ވަރަށް ގިނަމީހުންނަކީ ހަމަ ފެންނަހާ އެއްޗެއްގެ ފޮޓޯ ނެގުމަށްފަހު އެފްބީއަށް ނުވަތަ އިންސްޓަގްރާމް އަށް ނުވަތަ އެހެންވެސް ސޯޝަލް މީޑިއާއަކަށް ވަގުތުން އަޕްލޯޑް ކޮށްލާ މީހުންނެވެ. މިއީ އެފޮޓޯތައް ފަހަށް ރައްކާކޮށްލުމަށްޓަކައިވެސް ބައެއް މީހުން ކުރާކަމެކެވެ.  މިގޮތަށް ސްމާޓްފޯނުން ނަގާ ފޮޓޯގައި ފޮޓޯނަގާ ޑޭޓާއި، ގަޑިއާއި އަދި ސިގްނޭޗަރ ޖަހާލުމަކީ ފަހުން މިފޮޓޯތައް ބަލާއިރު ތާރީޚީ ގޮތުން ވަރަށް ދުރު ހަދާންތައް ގެނެސްދޭނެ ހިތްގައިމު ކަމެކެވެ.

ސެމްސަންގ ނުވަތަ އެހެން ބްރޭންޑްތަކުގެ ސްމާޓް ފޯނުތަކުގައި ހުންނަ ޑީފޯލްޓް ކެމެރާގައި މީގެ ކުރިން އޮޓޮމެޓިކް ޓައިމްސްޓޭމްޕް ޖެހެން ނެތަސް މިއަދު މިއޮތީ އެކަމަށް އެންމެ އަކަށީގެންވާ ޙައްލު ލިބިފައެވެ. އެންޑްރޮއިޑްގެ ސްމާޓްފޯނުތައް ގެންގުޅޭ ފަރާތައް ވަރަށް އުފާވާނެ އާ އެޕެއް މިއޮތީ އުފައްދާފައެވެ.

އޮޓޯ ސްޓޭމްޕަރ އެޕް ފޯނަށް އިންސްޓޯލް ކޮށްލުމުން ކުރިން މިދެންނެވި ފީޗަރސްތައް ތިބާގެ ފޯނުގެ ޑީފޯލްޓް ކެމެރާގައި ހުންނާނެއެވެ. އޮޓޯ ސްޓޭމްޕަރ އަކީ އެކަމަށް ޚާއްޞަކޮށްގެން އުފައްދާފައިވާ އެޕްލިކޭޝަނެކެވެ. މިއެޕްލިކޭޝަންގެ ފްރީ ވާރޝަން މިހާރު ޕްލޭސްޓޯރުން ހިލޭ ލިބެން އެބަހުއްޓެވެ. މީގެ ޕްރޯވާރޝަންވެސް ލިބެން ހުންނައިރު އެންމެ ފުރިހަމަ ފީޗަރސްތަކާއެކު ހިތްގައިމު ކަމާއެކު ބޭނުން ކޮށްލެވޭނީ ޕްރޯވާރޝަން އިންނެވެ.

އޮޓޯ ސްޓޭމްޕަރ މިއަހަރުގެ ޖުލައިގައި ތަޢާރަފްވެފައިވާއިރު މި އެޕްގައި ގިނަ ފީޗަރސްތަކެއް މިވަނީ ހިމަނާފައެވެ. އެގޮތުން ބޭނުންވާ ފޮޓޯއެއްގައި ޑޭޓް ޖެހުމާއި، ޑޭޓްޖަހަން ބޭނުންނުވާ ފޮޓޯތައް ދޫކޮށްލެވެން ހުރެއެވެ. އެގޮތަށް ސެޓްކުރަން ބޭނުންނަމަ “ސްޓޭމްޕް ޓޮގްލް” އޮން / އޮފް ކޮށްލުމުން ނިމުނީއެވެ.

ސްޓޭމްޕް ފޯމެޓް އެޖެސްޓް ކޮށްލެވެން ހުރެއެވެ. އޭގެ ތެރޭގައި ބޭނުން ޕޮޒިޝަނެއްގައި ބޭންދުމާއި، ބޭނުން ފޮންޓަކަށް ނުވަތަ ސައިޒަކަށް ބަދަލުކޮށްލެވެއެވެ. އަދި ބޭނުންކުލައެއްގައިވެސް ބޭންދޭނެއެވެ. އެކަމަކު އެގޮތަށް ފޮންޓްގެ ކުލައާއި، ވައްތަރުތައް ބަދަލުކުރެވޭނީ ޕްރޯ ވާރޝަން ގައެވެ.

ޔޫސަރ ފްރެންޑްލީ މި އެޕް ބޭނުންކުރާނެގޮތާއި އެކިއެކި ސެޓިންތައް ހަދާނެގޮތް ތިރީގައިވާ ވީޑިއޯ ޕްލޭކޮށްލުމުން ވަރަށް ފަސޭހައިން ނަގައިގަނެވޭނެއެވެ.

ޕްލޭސްޓޯރުން މި އެޕްލިކޭޝަން ޑައުންލޯޑްކޮށްލުމަށް ތިރީގައިވާ ލިންކަން ފިތާލާށެވެ.

Auto Stamper : Timestamp Camera for Photos – 2017

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފަތިހު ހޭލަން ބޭނުންތަ ؟ މިއޮތީ އެކަމަށް ޚާއްޞަ ފޯން އެޕްލިކޭޝަނެއް.

ބިޒީ ޝެޑިއުލެއްގައި އުޅެމުންދާ މީހުންނަށް ރޭގަނޑު ނިދޭއިރު ހުންނަނީ ބާރަ ނުވަތަ އެކެއް ޖަހާފައެވެ. ނުވަތަ އެއަށްވުރެވެސް ދަންވެފައެވެ. އެހެންނަމަވެސް …

ޚިޔާލެއްދެއްވާ

avatar
ޢަލީ
ޢަލީ

އޭ މީތި ސަޅި އެނގޭ. ވަރަށް ފައްކާ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

wpDiscuz