ޗެމްޕިއަން އޭދަފުށި ލަދު ގަންނުވާލުމަށްފަހު މިލަންދޫއިން ސެމީގެ ފުރުޞަތު ބޮޑުކޮށްފި

މިހާރު ހ.ދ ކުޅުދުއްފުށީގައި ކުރިއަށްދާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ފައިނަލް ބުރުގައި މިއަދު ހަވީރު ކުޅެވުނު މެޗު އެންމެފަހުގެ ޗެމްޕިއަން އޭދަފުށީގެ ފުޓްބޯޅަ ޓީމު ލަދު ގަންނުވާލުމަށްފަހު މި މުބާރާތުގައި މުޅިންއަލަށްވާދަ ކުރާ ށ.މިލަންދޫ އެފްސީއިން ކާމިޔާބުކޮށްފިއެވެ.
ޒޯންޗެމްޕިއަނުންގެ ފައިނަލް ބުރު ފެށުނުއިރު ފެވަރިޓުންގެ ގޮތުގައި ބެލެވުނު ގަދަފަދަ ބ.އޭދަފުށީގެ މައްޗަށް ށ.މިލަންދޫއިން ކުރި ހޯދީ 4 ލަނޑު 1 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

މިލަންދޫގެ ފުޓްބޯޅަޓީމް / ފޮޓޯ؛މިލަންދޫ އެފްސީ

މިއަދު މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި މިލަންދޫޓީމަށް ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ހިލޭޖެހުމެއް ވަރަށް ރީއްޗަށް އޭދަފުށީ ގޯލަށް ވައްދާލައިގެން މިލަންދޫޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ އިބުރާޙީމް ރަޝީދު (އޮސްކާ) އެވެ. މިލަނޑަށްފަހު އޭދަފުށިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިނަމަވެސް މިލަންދޫޓީމުގެ ކެޕްޓަން ފަތުހީ ލަނޑެއްޖަހާ މިލަންދޫޓީމަށް ދެވަނަ ފަހަރަށް ލީޑުނަގައިދިނެވެ. އަދި މިލަންދޫޓީމުގެ ފަހަތަށް ކުޅުނު އަސްރާރު ލަނޑެއްޖަހާ އޭދަފުށިޓީމު ހާސްކޮށްލިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 3 ލަނޑު 1 ލަނޑުން މި މުބާރާތުގައި މުޅިން އަލަށް ވަދަކުރާ މިލަންދޫއެފްސީ ކުރީގައި އޮވެގެންނެވެ.
މިއަދުގެ މެޗުގެ ދެވަނަ ހާފު ފެށިގެންވެސް އަދި މުޅި މެޗުވެސް ގިނަވަގުތު ބޯޅަ ކޮންޓްރޯލްކޮށް މޮޅަށް ކުޅެ ގިނަހަމލާތަކެއް އުފައްދާފައިވަނީ މިލަންދޫއެފްސީ އިންނެވެ. ދެވަނަ ހާފުގައި މިލަންދޫޓީމުގެ ޖާޒީނަމްބަރ 3 ވިޝާލް އިތުރު ލަންޑެއްޖަހާ މި މުބާރާތުގެ ސެމީގެ ފުރުޞަތު ބޮޑުކުރިއެވެ.
މިލަންދޫޓީމް ދެން ބައްދަލުކުރާނީ މުބާރާތް ބާއްވާރަށްކަމަށްވާ ހދ.ކުޅުދުއްފުށީގެ ޓީމާއެވެ. މިލަންދޫޓީމުގެ މެނޭޖަރ މަޢުލޫމާތު ދެއްވި ގޮތުގައި އެޓީމުގެ އަމާޒަކީ ކުޅުދުއްފުށި މެޗުވެސް މޮޅުވެ، މި މުބާރާތްވެސް ކާމިޔާބުކޮށް ގަލޮޅު ދަނޑުގައި ކުޅުމުމުގެ ފުރުޞަތު ހޯދުމެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އެއްވެސް މެޗަކުން ބަލިނުވެ ޒޯން 2 ގެ ޗެމްޕިއަންކަން މިލަންދޫ ހޯދައިފި.

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ޒޯން ދޭއްގެ ޗެމްޕިއަންކަން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ށ.މިލަންދޫ ހޯދައިފިއެވެ. އެޓީމަށް މިހާރުއެވަނީ ދިވެހި …

ޚިޔާލެއްދެއްވާ

avatar
މިލަންދޫ އެފް ސީ ގެ ސަޕޯޓަރެއް ކަމުގައި ބަލާ
މިލަންދޫ އެފް ސީ ގެ ސަޕޯޓަރެއް ކަމުގައި ބަލާ

މި މުބާރާތުގައި މުޅިންއަލަށްވާދަ ކުރާ ށ.މިލަންދޫ އެފްސީއިން ކާމިޔާބުކޮށްފިއެވެ. މީ ރަނގަޅު ވާހަކައެއްތަ؟ އައި އޭމް ކޮންފިއުޒުޑް

wpDiscuz