ވިޔަފާރި

ވިޔަފާރިއާ ގުޅޭ ޚަބަރުތަކާ ރިޕޯޓްތައް

ދިރާގާއި ޔޫއެންޑީޕީ އާއި އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ޒުވާން ވިޔަފާރިވެރިން އުފައްދަނީ.

ޔޫއެންޑީޕީ އާއި ދިރާގު އަދި އިކޮނިމިކް މިނިސްޓްރީ ގުޅިގެން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ ދިރާގުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ އެންޓަޕްރައިޒް ޑިވެލޮޕްމެންޓުން ގޫގުލްގެ ޓެކްސްޓާ ގްލޯބަލްސް ގުޅިގެން ހިންގާ “ސްޓާޓަޕް ވީކެންޑް” ޕްރޮގްރާމެކެވެ. އަންނަ އޮކްޓޯބަރު މަހު ބާއްވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ބަހާލައިގެން ނެވެ. ފުރަތަމަ ބައިގައި ބައިވެރިންގެ މެދުގައި ރަނގަޅު ގުޅުމެއް އުފައްދަން ނިންމާފައިވާއިރު …

އިތުރަށް »

އެމްޓީސީސީން ހައިސްޕީޑް ލޯންޗުގެ ޚިދުމަތް އަތޮޅުތަކަށް ފަށަނީ

ހައި ސްޕީޑް ލޯންޗުގެ ޚިދުމަތް އަތޮޅުތަކަށް ދޭން ފެށުމަށް އެމްޓީސީސީން ނިންމައިފިއެވެ. އެކުންފުނިން މިކަން އިޢުލާންކޮށްފައިވަނީ އެމްޓީސީސީގެ އަހަރީ ޢާއްމު ޖަލްސާގައެވެ.  އެ ކުންފުނީގެ ސީއީއޯ އިބްރާހީމް ޒިޔާތު ވިދާޅުވީ އަތޮޅުތަކުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރަމުން އަންނައިރު، ފަތުރުވެރިންނަށް އަމާޒްކޮށްގެންނާއި އަދި ޢާއްމު ރައްޔިތުންނަށް ހައި ސްޕީޑް ލޯންޗް ޚިދުމަތްދޭން ފެށުމަށް ނިންމާފައިވާކަމަށެވެ. އަދި މާލެއާއި ހުޅުމާލެއާއި ދެމެދުގެ ދުއްވާ ޕްރިމިއަމް ފެރީތަކުގެ އަދަދު އިތުރުކުރުމަށްވެސް އެމްޓީސީސީން ނިންމާފައިވާ ކަމަށް …

އިތުރަށް »

ދިރާގުން މި އަހަރުގެ ބޮޑު ޢީދުގައި ޚާއްސަ ޑޭޓާ ޕްލޭންތަކެއް އަދި ހިލޭ ވައިބާ ލިބޭ ޕްރޮމޯޝަނެއް!

1438 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްހާ ޢީދު  ދުވަހުގެ އުފަލާއި ގުޅިގެން ދިރާގުން ބޮޑު ޢީދު ޑޭޓާ ޕެކް ގެ ނަމުގައި ވަރަށް ޚާއްސަ ޑޭޓާ ޕެކްތަކެއް ތައާރަފް ކޮށްފިއެވެ. ތިރީގައި މި ވަނީ އިތުރު ޑޭޓާ ލިބިގެން ދާ ޕަވަރ ޑޭޓާ ޕްލޭންތަކެވެ. މީގެ އިތުރުން މި ކޮންމެ ޑޭޓާ ޕްލޭނެއް ނެންގެވިޔަސް ވައިބާ ބޭނުންކުރެއްވުމަށް 2GB ހިލޭ ޑޭޓާ ލިބިގެން ދާނެއެވެ. މި ޑޭޓާ ޕްލޭންތަށް އެކްޓިވޭޓް …

އިތުރަށް »

ދިރާގު ފައިބަރ ބްރޯޑްބޭންޑް ގެ ޚިދުމަތް މިހާރު ރާއްޖޭގެ އެންމެ އާބާދީ މަދު އެއް ރަށަށްވެސް!

ދިރާގުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގެ ދަށުން ވ. އަތޮޅުގެ 3 ރަށެއްގައި މި ހިދުމަތް ގާއިމް ކޮށްފިއެވެ. ހިދުމަތް ފޯރުކުރެވުނު 3 ރަށަކީ ވ. ކެޔޮދޫ، ވ.ފުލިދޫ އަދި މީގެ ތެރޭގައި ދިވެހި ރާއްޖޭގައި އެންމެ އާބާދީ މަދު އެއް ރަށް ކަމުގައިވާ ވ. ތިނަދޫ ވެސް ހިމެނެއެވެ. މީގެން ދޭހަވާ ކަމަކީ ދިރާގުން ރާއްޖޭގެ އެންމެ ބޮޑުން ފެށިގެން ކުދި …

އިތުރަށް »

ދިރާގު ޓީވީ އަށް މުހިއްމު ޗެނަލްތަކެއް އިތުރުކޮށްފި.

ގިނަ ބައެއްގެ މަޤުބޫލުކަން ލިބެމުން އަންނަ ދިރާގު ޓީވީ އަށް އިތުރު ޗެނެލްތަކެއް އިތުރުކޮށްފިއެވެ. ދިރާގު ޓީވީއަށް އިތުރުކޮށްފައިވަނީ އޭ ޕްލަސް އީ ގެ 5 ޗެނެލެކެވެ. މިއީ އޭޕްލަސްއީ ގެ ޗެނެލްތަކެއް ރާއްޖޭގައި ދޫކުރެވޭ ފުރަތަމަ ފަހަރެވެ. ތަފާތު އެކި ބައިތައް ހިމެނޭ ފަސް ޗެނަލެއް ‘އޭ ޕްލަސް އީ’ ނެޓްވޯކްސް ގެ ފަރާތުން “ދިރާގު ޓީވީ” އަށް މިއަދު ހަވާލު ކޮށްފައިވަނީ  މިއަދު ހަވީރު ދިރާގު ހެޑް …

އިތުރަށް »

ރާއްޖޭގައި ތަޢާރަފްކުރި އިންޓަރނޭޝަނަލް މިއުޒިކްސްޓްރީމިންގ ފުރަތަމަ އެޕް “ޔޮންޑާ މިއުޒިކް” ދިރާގުން ތައާރަފްކޮށްފި

ރާއްޖޭގައި ތަޢާރަފްކުރި އިންޓަރނޭޝަނަލް މިއުޒިކްސްޓްރީމިންގ ފުރަތަމަ އެޕް “ޔޮންޑާ މިއުޒިކް” ދިރާގުން ރޭ ތައާރަފްކޮށްފިއެވެ. މިއެޕްގައި އެންމެ ފަހުގެ ދިވެހި، ހިންދީ އަދި އިނގިރޭސި ލަވަތަތައް ހިމެނޭނެކަމަށް ދިރާގުން ބުނެއެވެ. ޝެރެޓަން މޯލްޑިވްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި ޔޮންޑާ މިއުޒިކްގެ ސީއީއޯ އެޑަމް ކިޑްރޮން އެވެ. ޔޮންޑަ މިއުޒިކަކީ ހަމައެކަނި މޯބައިލް ފޯނުން މިއުޒިކް ސްޓްރީމް ކުރެވޭ މޯބައިލް އެޕްލިކޭޝަނެކެވެ. …

އިތުރަށް »

އެމް އެން ޔޫ ދަރިވަރުންނަށް ވަރަށް ޚާއްޞަ ޕެކޭޖެއް ދިރާގުން ތަޢާރަފު ކޮށްފި.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ، އެމްއެންޔޫގެ ދަރިވަރުންނަށް ދިރާގުން ވަރަށް ޚާއްޞަ އަގުހެޔޮ ޕެކޭޖެއް ތަޢާރަފްކޮށްފިއެވެ. މި ޕެކޭޖްގައި  3 ޖީބީ ޑާޓާ ހިމެނޭއިރު މަހަކު ދައްކަންޖެހެނީ އެންމެ 149 ރުފިޔާއެވެ. މި ޕެކޭޖްގައި 3 ގީބީގެ ޑާޓާގެ އިތުރުން ކޮންމެ މަހަކު 4000 ފްރީ މިނިޓްސް އަދި 1000 އެސްއެމްއެސް ހިމެނޭއިރު ޕެކޭޖް ނެގުމުން ހިލޭ އިތުރު ދެ ސިމް ވެސް ލިބެއެވެ.

އިތުރަށް »

ދެވަނަ ކުއަރޓަރގެ ދިރާގަށް ސާފު ފައިދާ 209.3 މިލިއަން ރުފިޔާ ލިބިއްޖެ.

މިއަހަރުގެ ދެވަނަ ކުއަރޓަރގެ ދިރާގަށް ސާފު ފައިދާ 209.3 މިލިއަން ރުފިޔާއަށް އަރައިފިއެވެ. ދިރާގުން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރގައި އާމްދަނީގެ ގޮތުގައި ހަސަތޭކަ ސައްބީސް ޕޮއިންޓް ހަތަރެއް މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި ފައިދާގެ ގޮތުގައި ދުއިސައްތަ ސާޅީސް ހައެއް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ދިރާގުން ބުނީ ހިއްސާއަކަށް ޖެހިފައިވަނީ، ދެރުފިޔާ ހަތްދިހަ ފަސް ލާރިކަމަށެވެ. ދިރާގުން ބުނީ އެކުންފުނީގެ ދެވަނަ ކުއަޓަރގެ ފައިދާ …

އިތުރަށް »

ދިރާގު ފައިބަރ ބްރޯޑްބޭންޑް ގެ ޚިދުމަތް ކ އަތޮޅުގެ އިތުރު ދެ ރަށެއްގައި ގާއިމް ކޮށްފި

ދިރާގުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގެ ދަށުން، ކ. ދިއްފުށި އަދި ކ. ގުރައިދޫގައމިހާރު ވަނީ ދިރާގުގެ އެންމެ ހަލުވި ބްރޯޑްބޭންޑް އިންޓަރނެޓް ގެ ޚިދުމަތް ކަމައްވާ ފައިބަރ ބްރޯޑްބޭންޑް ގެ ޙިދުމަތް ފަށާފައިއެވެ. ކ. ދިއްފުށި އަދި ކ. ގުރައިދޫގައި ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ތައާރަފު ކުރުމުގެ ގޮތުން ވަނީ ޚާއްޞަ ޕްރޮމޯޝަނެއް ވެސް ތައާރަފްކޮށްފައެވެ. އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން …

އިތުރަށް »

ދިރާގުން މިނިވަން ދުވަހާއި ގުޅުވައިގެން ދެގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް!

ދިވެހިރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ އުފަލާއި ގުޅިގެން ދިރާގުން މިނިވަން ޑޭޓާ ޕެކް ގެ ނަމުގައި ވަރަށް ހާއްސަ   ޕްރޮމޯޝަނެއް ތައާރަފް ކޮށްފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން ބައްލަވައިގަންނަވާ ޑޭޓާ ޕެކް ދިރާގުން ދެ ގުނަ އަށް ބޮޑު ކޮށް ދެއެވެ. އަދި މި ޑޭޓާ ޕްލޭންތަށް އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ބޭނުން ކުރެއްވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 26 …

އިތުރަށް »

ދިރާގު އިންޓަރިމް ޑިވިޑަންޓްގެ ގޮތުގައި 452 މިލިއަން ރުފިޔާ ބަހަނީ

ދިވެހި ރާއްޖޭގެ ގުޅުން، ދިރާގު އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި 452 މިލިއަން ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ. ދިރާގުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ބަހަން ނިންމާފައިވަނީ ހިއްސާއަކަށް 5.96 ރުފިޔާ ކަމަށާއި ޑިވިޑެންޓްގެ ފައިދާ ލިބޭނީ މިމަހުގެ 29 ގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށް ކަމުގައެވެ. ދިރާގަކީ ރައްޔިތުންގެ ހިއްސާ އޮންނަ އެންމެ ބޮޑު އެއްކުންފުޏަށްވާއިރު ދިރާގުން މީގެ ކުރިންވަނީ މިދިޔަ އަހަރުގެ ސާފު ފައިދާއިން ހިއްސާއަކަށް …

އިތުރަށް »

ކެފޭ ޑި ލައިވް ގައި ” ހެޕީ އަވާރ ” ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ފޭ ޑި ލައިވްގައި  ” ހެޕީ އަވާރ ” ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. ހެޕީ އަވާރ ގެ ދަށުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 00؛07 އިން 00؛08 ދޭތެރޭ ބުރެކްފާސްޓެއް އެންމެ -/15 ރުފިޔާ އަށް ލިބެއެވެ. އަދި ކޮންމެ ހަފްތާ ބަންދު ދެ ރޭ 00؛21 ފެށިގެން 00؛22 އަށް “ލަވާޒާ ” ކޮފީއެއް -/5 ރުފިޔާ އަށް ލިބެއެވެ. މި …

އިތުރަށް »

އެމްއެންޑީއެފާއި ދިރާގާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ދިރާގާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ދިރާގުން، އެފްއާރުއެސްއަށް ބޭނުންވާ ފަޔަރ އިކުއިޕްމަންޓް ފޯރުކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އަދި އެފްއާރުއެސްއިން ވަނީ ދިރާގުގެ މުވައްޒަފުންނަށް ހިންގާ ފަޔަރ އެވެއަރނެސް ޕްރޮގްރާމްތަކާއި ފަޔަރ ސްކޮޑް ތަމްރީނު ކޮށްދިނުމުގެ އިތުރުން ދިރާގު މާލެ ސަރަޙައްދާއި ރާއްޖޭގެ އެހެން ރަށްރަށުގައި ހުރި ދިރާގުގެ ސައިޓްތަކުގައި ހުރި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް …

އިތުރަށް »

ވޯލްޑް ޓްރެވަލް އެވޯޑްސް ޓެލެކޮމިއުނިކޭޝަން ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޓެލެކޮމިއުނިކޭޝަންސް އެންޑް ޑިޖިޓަލް ސާވިސަސް ޕާޓްރަނަކަށް ދިރާގު ހަމަޖައްސައިފިއެވެ. ބައިނަލް އަޤުވާމީ މި ސަރެމަނީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ސަން އަކުއާ ވިލުރީފް ރިސޯޓުގައެވެ. ދިރާގުން ބުނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ގާލާ 2017 ގައި ބައިވެރިވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން އެ ކުންފުނީގެ އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް ޑިޖިޓަލް ޚިދުމަތް …

އިތުރަށް »

ސްމާޓްފޯން މާކެޓްގައި އެންމެކުރީގައި އަދިވެސް ސެމްސަންގ

ސްމާޓްފޯން މާކެޓްގައި އެންމެކުރީގައި އަދިވެސް އުޅެނީ ސެމްސަން ކުންފުންޏެވެ. ޗައިނާގެ ރައިޒިންގސަން އިން ކުރި ސަރވޭއަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 80 މިލިއަން ފޯނު ވިއްކައިގެން އެއްވަނަ ދިފާއުކޮށްފައިވަނީ ދެކުނު ކޮރެއާގެ ސެމްސަންގ ކުންފުންޏެވެ. 51 މިލިއަން ފޯނު ވިއްކައިގެން ދެވަނައިގައި ވާދަކުރަނީ އެޕަލްކުންފުންޏެވެ. އަދި 35 މިލިއަން ފޯނު ވިއްކައިގެން 3 ވަނަގައި އޮތީ މިހާރު ސްމާޓްފޯނު މާކެޓްގައި ކުރިއަރަމުން އަންނަ ވީވޯ ކުންފުންޏެވެ. 26 މިލިއަން …

އިތުރަށް »

ފިހާރަތައް ބަންދުކުރާގަޑި ކުރިއެކޭ އެއްގޮތަށް ހަމަޖައްސަވައިފި.

މިއަދުން ފެށިގެން ފިހާރަތަށް ރޭގަނޑު ދިހައެއް ޖަހާއިރު އަދި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ކުރިއެކޭ އެއްގޮތަށް ދަންވަރު ބާރަ ޖަހާއިރު ބަންދުކުރަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. ރަމަޟާން މަހު އާންމު ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން، ފިހާރަތަށް ބަންދުކުރާ ގަޑި ރޭގަނޑު އެގާރަ ޖަހާއިރަށް އަދި ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ފަތިހު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން …

އިތުރަށް »

ދިރާގުން މިއަހަރުވެސް ފިތުރު ޢީދުގައި ކުޑަކުދިންނަށް އީދު ހަދިޔާ ބަހައިފި

ދިރާގުގެ ފަރާތުން މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިތުރު ޢީދުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ޢީދު ހަދިޔާ ބެހުމުގެ ހަރަކާތްތަކެއް ކުރިޔަށްގެންގޮސްފިއެވެ. މާލޭގެ އިތުރުން، ދިރާގުގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ޤާއިމްކޮށްފައިވާ އަށް އަތޮޅެއްގައި އީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން ކުޑަކުދިން ޖަމާވާ އެކި ސަރަހައްދުތަކުގައި ޢީދު ނަމާދުގެ ފަހުގައި ވަނީ ހަދިޔާ ބަހާފައެވެ. މި ހަދިޔާތައް ބެހުމުގައި ހަރަކާތްތެރިވެފައިވަނީ ދިރާގުގެ މުވައްޒަފުންނެވެ. ދިރާގުން ބުނީ ޢީދުގެ މުނާސަބަތަކުގައި ޢީދު …

އިތުރަށް »

ދިރާގުން ފިތުރު އީދަށް ހާއްސަކޮށްގެން ވައިބަރ ސްޓިކަރ ޕެކެއް ނެރެފި

ފިތުރު އީދަށް ހާއްސަކޮށްގެން ދިރާގުގެ ފަރާތުން ތައްޔާރުކޮށްފައިވާ ވައިބަރ ސްޓިކަރ ޕެކެއް މިއަދު ނެރެފިއެވެ. ރަމާޝާން މަހާއި ފިތުރު އިދާގުޅުވައިގެން ދިވެހިންގެ އާއްމު ދިރިއުޅުމުގެ ބަހުރުވައާއި ވައްޓަފާޅި ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ސްޓިކަރ ޕެކްގެ ސަބަބުން އީދުގެ ތަހުނިޔާ ގާތްތިމާގެ މީހުންނަށް ރީތި ސްޓިކަރ އެއްގެ ސިފައިގައި ފަސޭހަކަމާއެކު ފޮނުވާލެވޭނެއެވެ. އަދި މި ސްޓިކަރ ޕެކްގައި ހުވަދޫ ބަހާއި އައްޑޫބަސް ފަދަ ރާއްޖޭގެ ބައެއް އެހެން ސަރަހއްދުތަކުގެ ބަހުރުވައިން …

އިތުރަށް »

ކެއަރ ސޮސައިޓީން ހިންގުމަށް ގަސްތުކުރައްވާ ވޮކޭޝަނަލް ޓްރެއިނިންގ ކްލާސްތަކަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި.

ދިރާގުން ކެއަރ ސޮސައިޓީގެ ފަރާތުން ހިންގުމަށް ގަސްތުކުރައްވާ ވޮކޭޝަނަލް ޓްރެއިނިންގ ކްލާސްތަކަށް ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓްޕް އަދި ހައިސްޕީޑް އިންޓަނެޓް ކަނެކްޝަން ފޯރުކޮށްދީފިއެވެ. މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ފަރާތުން މިތަކެތި ކެއާސޮސައިޓީއާ ހަވާލުކޮށްދެއްވީ ކުންފުނީގެ ސީ.އީ.އޯ އަދި އެމް.ޑީ އަލްފާޟިލް އިސްމާއިލް ރަޝީދެވެ. ކެއަރ ސޮސައިޓީގެ ފަރާތުން މިތަކެއްޗާ ހަވާލުވެފައިވަނީ އެޖަމިއްޔާގެ ވައިސް ޗެއާޕާރސަން އަލްފާޟިލް އިސްމާއިލް އަދުހަމްއެވެ. ކުޑަކުދިން ހިމާޔަތްކުރުމާއި އެހީތެރިވުމަކީ ދިރާގުގެ …

އިތުރަށް »

ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހާއްސަ ހަދިޔާ ތަކެއް

ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ޤާއިމުކޮށްފައިވާ ކޮމްޕިއުޓަރ ލެބްގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އެލެބްގައި ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް މުޅިން ހިލޭ ފޯރުކޮށްދީ ލެބްގައި ބޭނުންކުރުމަށް އާ ކޮމްޕިއުޓަރ ސިސްޓަމްތަކެއް މިއަދު ހަދިޔާކޮށްފިއެވެ. މީގެ އިތުރުން ކުޑަކުދިންގެ ހިޔާގައި ގާއިމު ކޮށްފައިވާ ލައިބްރަރީ އަށް ބޭނުންވާ ބައެއް ކުޑަކުދިންގެ ވާހަކަ ފޮތް ވެސް އެކުންފުނިންވަނީ ހަދިޔާ ކޮށްފައިއެވެ. މިއަދު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި …

އިތުރަށް »