ޓެކްނޮލޮޖީ

ރެކޯޑް ޢަދަދަކަށް ގެލެކްސީ ނޯޓް 8 އަށް ޕްރީއޯޑަރ ކޮށްފި.

ގެލެކްސީ ނޯޓް 8 އަށް  5 ދުވަސް ތެރޭގައި ޕްރީއޯޑަރ ކުރި މީހުންގެ ޢަދަދު ރެކޯޑް ޢަދަދަކަށް އަރައިފިއެވެ. މިފަދަ ޚަބަރުތައް ގެނެސްދޭ މަޝްހޫރު ސައިޓެއްކަމުގައިވާ އެންޑްރޮއިޑްއެންޑްމީ ގައި ބުނެފައިވަނީ ފާއިތުވެދިޔަ 5 ދުވަހުގެ ތެރޭގައި 650 ހާހަށްވުރެ ގިނަ ޕްރީއޯޑަރ ގެލެކްސީ ނޯޓް 8 އަށް ކޮށްފައިވާކަމަށެވެ. ސެމްސަންގ ކުންފުނީގެ އެންމެފަހުގެ ފޯނަށް މިފަދަ ބޮޑު ތަރުޙީބެއް ލިބިފައިވަނީ އެމީހުންގެ ގެލެކްސީ ނޯޓް 7 އަށް ދިމާވި ބެޓްރީ …

އިތުރަށް »

ފަހިޕޭ – ރިލޯޑް އަދި ރާސްޓަސް ކޮށްލަން މިވަރެއްނެތް!

ތިއީ ވަރަށް ބިޒީ މީހެއް ހެއްޔެވެ؟ ނުވަތަ ވަރަށް ކަންނެތް މީހެއް ހެއްޔެވެ؟ ނޫނީ ރައްޓެހިންނަށް އަބަދު ރީލޯޑް ނުވަތަ ރާސްޓަސް ކުރަން ފިހާރައަށް ދުވަން ޖެހޭ ހެއްޔެވެ؟ ފިހާރަ ބަންދުކުރަން 5 މިނެޓަށް ވީމަ ދުންޖަހާފަ ރީލޯޑް ނުވަތަ ރާސްޓަސް ކުރަން ފިހާރައަށް ދިޔަ ދުވަސް ހަނދާން އެބަހުރި ހެއްޔެވެ؟ ބަންދު ކޮށް ކޮށް ހުއްޓަ ވަދެވުނު ފިހާރައިގައި ރީލޯޑް ނުވަތަ ރާސްޓަސް ހުސްވެފައި ހުރެގެން އަލުން ފިހާރަ …

އިތުރަށް »

ޑީފޯލްޓް ކެމެރާއިން ނަގާ ފޮޓޯގައި ޑޭޓް ، ޓައިމް އަދި ސިގްނޭޗަރ އޮޓޯއިން ޖަހާލަންބޭނުންތަ؟

ވަރަށް ގިނަމީހުންނަކީ ހަމަ ފެންނަހާ އެއްޗެއްގެ ފޮޓޯ ނެގުމަށްފަހު އެފްބީއަށް ނުވަތަ އިންސްޓަގްރާމް އަށް ނުވަތަ އެހެންވެސް ސޯޝަލް މީޑިއާއަކަށް ވަގުތުން އަޕްލޯޑް ކޮށްލާ މީހުންނެވެ. މިއީ އެފޮޓޯތައް ފަހަށް ރައްކާކޮށްލުމަށްޓަކައިވެސް ބައެއް މީހުން ކުރާކަމެކެވެ.  މިގޮތަށް ސްމާޓްފޯނުން ނަގާ ފޮޓޯގައި ފޮޓޯނަގާ ޑޭޓާއި، ގަޑިއާއި އަދި ސިގްނޭޗަރ ޖަހާލުމަކީ ފަހުން މިފޮޓޯތައް ބަލާއިރު ތާރީޚީ ގޮތުން ވަރަށް ދުރު ހަދާންތައް ގެނެސްދޭނެ ހިތްގައިމު ކަމެކެވެ. ސެމްސަންގ ނުވަތަ އެހެން …

އިތުރަށް »

ސެމްސަންގ ނޯޓް 8 ގެ ސްޓޮކް ވޯލްޕޭޕަރ ވަރަށްސަޅި – ޑައުންލޯޑްކޮށްލަމާ.

އެއްވެސް ޝައްކެއްނެތި އެގެނީ ސެމްސަންގ ގެ ސްމާޓްފޯންތަކަކީ އަދި މިހާތަނަށް އެފޯނުތަކަކަށް ދުނިޔޭގެ ގިނަބައެއްގެ އެންމެ ބޮޑު މަޤުބޫލްކަމެއް ލިބިފައިވާ ފޯނުތައްކަމެވެ. އަދި ވަކިން ޚާއްޞަކޮށް ސެމްސަންގެ އެންމެފަހުގެ ފޯންތަކުގެ ވޯލްޕޭޕަރގެ ޑިޒައިންއާއި، ރީތިކަން އެއީ ހަމަ ލާމަސީލް ނަމޫނާއެކެވެ. އެއީ ހަމަ ކޮންމެ މީހަކުވެސް ހިތްގައިމު ކަމާއެކު ހިތްހަމަ ޖެހިގެން ފޯނަށް ނާޅާ ދޫކޮށްނުލާހާ ރީތި ވޯލްޕޭޕަރ ތަކެކެވެ. އެފަދަ ފަރާތަކަށް ( ސެމްސަންގ ފޯނުތައް ގެންގުޅޭ ފަރާތްތަކަށް …

އިތުރަށް »

އެންޑްރޮއިޑް “އޯރިއޯ” ރަސްމީކޮށް ނެރެފި، ފުރަތަމަ އަޕްޑޭޓް ލިބޭނީ އެޗްޓީސީ ފޯނުތަކަށް!

ސްމާޓްފޯން އޮޕަރޭޓިން ސިސްޓަމް “އެންޑްރޮއިޑް”ގެ އެންމެ ފަހުގެ އަޕްޑޭޓް 8 ނެރެފިއެވެ. އެންމެ ފަހުގެ އަޕްޑޭޓަށް “އޯރިއޯ” ނަންދީފައިވާއިރު މި އަޕްޑޭޓް ފުރަތަމަ ދޫކުރާނީ އެޗްޓީސީ ފޯނުތަކަށް ކަމަށް އެންޑްރޮއިޑްގެ ޚަބަރުތައް ފަތުރާ ވެބްސައިޓްތަކުންބުނެއެވެ. އެންޑްރޮއިޑްގެ މި އަޕްޑޭޓް ރިލީޒް ކޮށްފައިވަނީ އެމެރިކާއަށް އެންމެ ބޮޑުކޮށް ފެނުނު އިރު ކޭތަ ހިފި ވަގުތު އެވެ. މީގެ ހަތަރުވަރަކަށް މަސް ކުރިން އެންޑްރޮއިޑް “8.0” ނުވަތަ “އޯ”ގެ ޑިވެލޮޕާ ޕްރިވިއު ވަނީ …

އިތުރަށް »

ސެމްސަންގް ގެލެކްސީ ނޯޓް 8 އަންނަމަހު 15 ގައި ނެރޭއިރު އިތުރު މައުލޫމާތު ތަކެއް ލީކްވެއްޖެ.

ސެމްސަންގް ގެލެކްސީ ނޯޓް 8 އަންނަމަހު 15 ގައި ނެރޭއިރު އިތުރު މައުލޫމާތު ތަކެއް ލީކްވެއްޖެއެވެ. އަލަށް ލީކްވި ފޮޓޯތަކާއި، މައުލޫމާތު ތަކަށް ބަލާއިރު ފަހުން މި ލީކްވި މައުލޫމާތު ތަކަކީ ކުރިން ހީކުރިގޮތާ ވަރަށް އެއްގޮތް މައުލޫމާތު ތަކެކެވެ. ސެމްސަންގް ގެލެކްސީ ނޯޓް 8 އަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ. އެ ފޯނާ މެދު ކުރެވޭ އުންމީދުތައް ބޮޑެވެ. މިއީ މިހާތަނަށް އެކުންފުނިން ނެރޭނެ އެންމެ …

އިތުރަށް »

ނެރެން އުޅޭ ވާވޭ މޭޓް 10 ގެ ބައެއްފީޗަރސްތައް ލީކްވެއްޖެ.

ސްމާޓްފޯނުގެ ބާޒާރުގައި އެންމެ އަވަހަށް ކުރިއަރަމުން އަންނަ އެއްކުންފުނި ކަމުގައިވާ ވާވޭ އިން ދެން ނެރެން ހަމަޖެހިފައިވާ ވާވޭ މޭޓް 10 ގެ ފޮޓޯތަކާއި، ބައެއް ފީޗަރސްތައް ލީކްވެއްޖެއެވެ. އެމީހުން 2017 ގައި ބައިނަލްއަގުވާމީ ބާޒާރަށް ނެރުނު ވާވޭ މޭޓް 9 ވެސް ގިނަބައެއްގެ މަޤުބޫލްކަން ހޯދާފައިވާއިރު ދެން ނުކުންނަ މޭޓް 10 ގެ ސިފަތަކަށްބަލާއިރު އެފޯނުވެސް ކަސްޓަމަރުން ސިއްސުވާލާނެކަމަށް ބެލެވެއެވެ. ވާވޭ މޭޓް 10 ގެ ލީކްވެފައިވާ ފޮޓޯތަކަށް …

އިތުރަށް »

އަގުހެޔޮ، ރީތި ، މޮޅު ފޯނެއް ބޭނުންނަމަ ވަންޕްލަސް 5

ކޮންމެ އަހަރަކުވެސް އެތައް ބައިވަރު ފޯނުތަކެއް ބާޒާރަށް ނެރެމުންދާއިރު އެންމެ ރަގަޅު،އެންމެ ރީތި އަދި އެންމެ އަގުހެޔޮ ފޯނަކީ ކޮބައިކަން ބަލަން ގިނަބަޔަކު ބޭނުންވާނެކަން ޔަޤީނެވެ. އަދި ފޯނެއް ގަންނަނަމަ މި ސިފަތަކަށް ކޮންމެ މީހަކުވެސް ބަލާނެއެވެ. މިހުރިހާ ސިފަތަކެއް އެކުލެވިގެންވާ ފޯނު މިހާރު މިވަނީ ލޯންޗް ކޮށްފައެވެ. ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޗައިނާގެ މޯބައިލް ކުންފުނި ކަމަށްވާ ”ވަންޕްލަސް“ގެ އެންމެ ފަހުގެ ސްމާޓްފޯން ކަމަށްވާ ”ވަންޕްލަސް5“ މި މަހުގެ …

އިތުރަށް »

ގޫގުލް ކީބޯޑަށް ދިވެހި އިތުރު ކޮށްފި.

މިއީ ސްމާޓް ފޯނެއް ގެންގުޅޭ ކޮންމެމީހަކުވެސް އިންތިޒާރުކޮށްގެން ހުންނާނެ ވަގުތަކަށް ވެދާނެއެވެ. އެހެނީ މޯބައިލް ފޯނުގައިވެސް ދިވެހި އަކުރުން ލިޔެލަން ބޭނުންވާ ކިތަންމެ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި މިއަދު އެބައުޅެއެވެ. އެންމެބޮޑަށް ދިވެހިން ލިޔަން ބޭނުންވާ ހާލަތަކީ ދިވެހިބަހުން ގޫގުލް ސަރޗް ކޮށްލަން ބޭނުންވާ ވަގުތުއެވެ. އެނޫން ވަގުތު ތަކުގައިވެސް ދިވެހި އަކުރުން ޓައިޕްކޮށްލަން އޮންންނަނީ މަދުފަހަރެއްގައި ނޫނީ ބޭނުންވެފައެވެ. ދިވެހިން ޓައިޕް ކުރަންބޭނުންވެއްޖެ ޙާލަތުގައި މީގެ ކުރީގައި ބޭނުންކުރަންމިޖެހެނީ …

އިތުރަށް »

ރަމަޟާންމަހާއި ގުޅުންހުރި ވަރަށް ސަޅި ވެބްސައިޓެއް

އިސްލާމިކް ފައިންޑަރ ވެބްސައިޓަކީ އިސްލާމްދީނުގެ ކަންކަމާއި ގުޅިލާމެހިފައިވާ އެތަކެއް ދީނީ މަޢުލޫމާތުތަކެއް އެއްތަނަކުން ލިބިގެންދާ ވަރަށް ފުރިހަމަ ވެބްސައިޓެކެވެ. ނަމާދު ވަޤުތާއި އިސްލާމްދީނަށް ނިސްބަތްވާ މުހިންމު ތަންތަނުގެ މަޢުލޫމާތާއި ދުޢާތަކާއި ޛިކުރުތައްވެސް ހިމެނޭ މި ވެބްސައިޓުގައި ރަމަޟާންމަހާއި ގުޅުންހުރި ވަރަށް މުހިންމު ފައިދާކުރަނިވި މަޢުލޫމާތުތަކެއް އަޕްޑޭޓްވަމުން ދެއެވެ. އެގޮތުން ރަމަޟާންމަހާއި ގުޅުންހުރި އާރޓިކަލް ތަކާއި ރަމަޟާންމަހުގެ ކައުންޓު ޑައުންވެސް މި ވެބްސައިޓުން ފެނިގެންދާއިރު، މިސައިޓުގައި ޒަކާތަށް ޚާއްޞަ ކަލްކިއުލޭޓަރއެއްވެސް ހިމަނާފައިވެއެވެ. …

އިތުރަށް »

އޮންލައިންކޮށް ޤުރްއާން ކިޔެވުމަށް ވަރަށް ފަސޭހަ ވެބްސައިޓެއް.

އޮންލައިންކޮށް ކީރިތި ޤުރްއާން ކިޔެވުމަށް ކިއު ފޯރ ޤުރްއާން ޑޮޓް ކޮމް އިޚްތިޔާރު ކުރައްވާށެވެ. މި ވެބްސައިޓުގެ ޚާއްޞަކަމަކީ އެމީހަކު ކޮންމެ ދުވަހަކުވެސް ކިޔަވާލަން ބޭނުންވާ މިންވަރެއް ކަނޑައެޅިފައި ބޭންދޭތީވެއެވެ. މިސާލަކަށް  ކޮންމެ ދުވަހަކުވެސް ކިޔަވަން ބޭނުންވަނީ 10 އާޔަތް ނުވަތަ 5 އާޔަތްނަމަ އެކަންވެސް މި ވެބްސައިޓުން ޙައްލުކޮށްދެއެވެ. މީގެ އިތުރުންވެސް ޤުރްއާނާއި ބެހޭ ތަފާތު އެކްޓިވިޓީތައްވެސް ކިއު ފޯރ ޤުރްއާން ޑޮޓް ކޮމް ގައި ހިމަނާފައިވެއެވެ. މީގެ …

އިތުރަށް »

ފާހަގަކޮށްލެވޭ “ސަޅި” އެންޑްރޮއިޑް ފޯނުތައް

2017 ވަނަ އަހަރު ދެބައިވާން ކައިރިވެފައިވާއިރު އެންޑްރޮއިޑް ފޯނުތައް އުފެއްދުމުގައި އެންމެ ކުރީ ސަފުގައި ވާދަކުރާ ސެމްސަންގ، ސޮނީ، އެޗް ޓީ ސީ، ވާވޭ އަދި އެސަސްއިން އެމީހުންގެ އެންމެ ފަހުގެ ފޯނުތައް ނެރުމަށް ވަނީ އަތުކުރިއޮޅާލައިފައެވެ. ބައެއް ފޯނުތައް ދައްކާލާފައިވާއިރު އަނެއްބައި ފޯނުތަކަށް ޕްރީ އޯޑާރ ނަގަމުންދާއިރު އެއްބަޔަކު މިހާރު ކަސްޓަމަރުންނަށް ފޯނު ފޯރުކޮށްދޭންފަށައިފިއެވެ.   ސެމްސަންގެ ގެލެކްސީ އެސް 8 / އެސް 8 ޕްލަސް ސެމްސަންގުން …

އިތުރަށް »

ސެމްސަންގް އެސް 8 އަދި އެސް 8 ޕްލަސް ދައްކާލައިފި

ގިނަބަޔަކު އިންތިޒާރު ކުރަމުން ދިޔަ ގެލެކްސީ އެސް 8 އަދި އެސް 8 ޕްލަސް ދައްކާލައިފިއެވެ. މިއީ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ސެމްސަންގުން އެކުންފުނީގެ އެންމެ ފަހުގެ އުފެއްދުމެވެ. ރޭ ނިޔުޔޯކްގެ ލިންކަން ސެންޓާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ސެމްސަންގުންވަނީ މުޅިން ތަފާތު އައު ޑިޒައިނަކާއި އެކީ އެޕްރީލް 21 ގައި ބާޒާރަށް ނެރޭ އެސް 8 އަދި އެސް 8 ޕްލަސް ދައްކާލާފައެވެ. މިފަހަރު ސެމްސަންގުން ނެރޭ މިފޯނުގައި …

އިތުރަށް »

ސެމްސަންގ ގެލެކްސީ އެސް 8 މާދަމާ ޔޫކޭ ގައި ދައްކާލަނީ

މިއަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފޯން “ސެމްސަންގ ގެލެކްސީ އެސް 8 އާއި އެސް 8 ޕްލަސް ” 29 މާރޗް 2017 ( މާދަމާ ) ޔޫކޭގައި ދައްކާލާނެކަމަށް ސެމްސަންގކުންފުނީގެ ފޯނުތަކާބެހޭ މައުލޫމާތުތައް ފަތުރާ ބޮޑެތި ވެބްސައިޓްތަކުންބުނެފިއެވެ. މާދަމާ ލޯންޗްކުރާ މިފޯނުގައި ހިމެނޭ އެއް ފީޗަރއަކީ ޑުއަލް ކެމެރާއެއް ފޯނުގެ ފަހަތުގައި އިންނަ ކަމެވެ. ނަމަވެސް މިއީ ކިހާވަރެއްގެ ޙަޤީޤަތެއްކަމެއް އަދި ނޭންގެއެވެ. ފޯނުގެ …

އިތުރަށް »

ޤުރުއާން ދަސްކުރުމަށާއި، އަޑުއަހާލުމަށް ވަރަށް ސަޅި ސައިޓެއް.

ޤުރުއާން އަޑުއެހެމަށާއި، ދަސްކުރުމަށާއި، އަދި ތިލާވަތު ކުރުމަށް ފަސޭހަ ރީތި ސައިޓްތައް މީގެ ކުރިންވެސް ލަންދޫއިންފޯއިންވާނީ ގެނެސްދެވިފައެވެ. މިފަހަރުވެސް މި ހިމަނާލަނީ މީގެ ވަރަށް ފައްކާ ސައިޓެކެވެ. read.quranexplorer.com އަކީ ލޯޑްކޮށްލުމަށް ވަރަށް ލުއި ސައިޓެކެވެ. ގިނަބަސްތަކަކުން ތަރުޖަމާ ހުރުމާއެކު ދުނިޔޭގެ މަޝްހޫރު ޙާފިޒުންނާއި، ޤާރީންގެ އަޑުން ޤުރުއަން އަޑުއަހާލުމަށް ބޭނުންވާ ހިނދު މިއީ މިކަމަށް އެންމެ އެކަށީގެންވާ އެއް ސައިޓޭ ދެންނެވިދާނެއެވެ. މިސައިޓްގައި ޤުރުއާން ހިތުދަސްކުރަންބޭނުންވާ ފަރާތްތަކަށް އާޔަތްތައް …

އިތުރަށް »

ގެލެކްސީ އެސް 7 ގެ ކެމެރާ ވާނުވާނޭންގި ހަލާކުވަނީ.

ސެމްސަންގ ކުންފުނިންނެރުނު އެމީހުންގެ އެންމެ ފަހުގެ އަދި އެންމެ މަޝްހޫރު އެއް ފޯން ކަމުގައިވާ ސެމްސަންގ ގެލެކްސީ އެސް 7 ގެ ކެމެރާ ވާނުވާނޭންގި ރެނދުލައި، ހަލާކުވަމުންދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އެސް 7 ގެ ކެމެރާއަށް މައްސަލަ ޖެހިގެން އެކަން ރިޕޯޓްކޮށްފައިވާ މީހުން ބުނެފައިވަނީ ކެމެރާ ހަލާކުވާން ދިމާވާ އެއްވެސް ސަބަބެއް ނޭންގޭކަމަށާއި، އެހެންނަމަވެސް ކެމެރާގެ ލެންސްގައި ފާޑެއްގެ ރޮނގުތަކެއް އެޅި ރެނދުލައި ހަލާކުވަމުންދާ ކަމުގައެވެ. އެކަމާގުޅިގެން ސެމްސަންގ …

އިތުރަށް »

ކްރިސްމަސް ހަދިޔާއަކަށް ދިން ފޯނުން 13 އަހަރުގެ އަންހެންކުއްޖަކު ފިހިއްޖެ.

ކްރިސްމަސް ހަދިޔާއަކަށް އެކުވެރިއަކު ދިން ފޯނުން 13 އަހަރުގެ އަންހެން ކުއްޖެއްގެ ކަނދުރާ ގެ ބޮޑުބައެއް އަޖައިބުކުރުވަނިވި ގޮތަކަށް ފިހިއްޖެއެވެ. މިޙާދިސާ ހިނގީ ފޯނު ޗާޖަށް ޖެހުމަށްފަހު ކުޑައިރު ކޮޅެއްވެސް ނުވަނީސް ޗާޖަށް ޖަހާފައި ބަހައްޓައިގެން ފޯނުން އެހެން މީހަކަށް ގުޅައިގެން ވާހަކަ ދައްކަމުން ދަނިކޮން ފޯނަށް ހޫނުވެ ފޯނުގައި ކުއްލިގޮތކަށް އަލިފާން ރޯވުމުންނެވެ. މިޚަބަރު ގެނެސްދީފައިވާ ބައެއް މީޑިއާތަކުން ބުނާގޮތުން ހާދިސާގައި އަލިފާން ރޯވިފޯނަކީ T-Mobile LG d500 …

އިތުރަށް »

ސައޫދީ ސަރުކާރުގެ ގިނަ ވެބްސައިޓް ތަކަކަށް ހެކަރުން ޙަމަލާދީފި.

ސައޫދީ ޢަރަބިޔާ ސަރުކާރުގެ ގިނަ ވެބްސައިޓްތަކަކަށް ހެކަރުން ހަމަލާދީފިކަމަށް ބޭރުގެ މަޝްހޫރު ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. ސައޫދީ ޕްރެސްއެޖެންސީ އާއި ޙަވާލާދީ އަލް ޢަރަބިޔާ ނިއުސްގައި ބުނެފައިވަނީ ސައޫދީގެ ޓްރާންސްޕޯޓް ސެކްޓަރ ގެ ވެބްސައިޓް ތަކަކަށް ހެކަރުން ހަމަލާ ދީފައިވާކަމަށެވެ. މި ޙަމަލާތައް ދީފައިވަނީ ސައޫދީން ބޭރުންކަމަށާއި އަދި މިހާރުވެސް އެފަދަ ހަމަލާތަކެއް ސައޫދީ ސަރުކާރަށް ނިސްބަތްވާ ވެބްސައިޓްތަކަށް ދެމުންދާކަމަށް ސައޫދީގެ ނޭޝަނަލް ސައިބަރ ސެކިއުރިޓީ ސެންޓަރާ ޙަވާލާދީ އަރަބިޔާ  …

އިތުރަށް »

މޯބައިލް އޮޕަރޭޓަރުންގެ އެންމެ ކުރީގައި ޖިއޯ

އިންޑިއާގައި މުޅިން އަލަށް ފޯނުގެ ޚިދުމަތް ދޭން ފެށި ކުންފުންޏެއް ކަމަށްވާ ރެލިއަންސް ޖިއޯ އެ ޤައުމުގެ ރެކޯޑު މުގުރާލައިފިއެވެ. ޖިއޯ އިން ފެށި އާދަޔާއި ޚިލާފު ޕްރޮމޯޝަނާއި ގުޅިގެން 83 ދުވަސް ތެރޭގައި ވަނީ 5 ކްރޯޑަށްވުރެ ގިނަސިމްކާޑް ވިއްކާ އިންޑިއާގެ އެންމެ ކަސްޓަމަރުން ގިނަ ކުންފުނީގެ މަޤާމް ހޯދާފައެވެ. ރެލިއަންސް ޖިއޯއިން މި ހެދި ރެކޯޑަކީ އެމީހުންގެ ޚިދުމަތް ލޯންޗް ކުރިފަހުން ކޮންމެ މިނެޓަކަށް 1000 ކަސްޓަމަރުން …

އިތުރަށް »

ސްމާޓްފޯނަށް މައްސަލަ ނުޖެހި ގިނަދުވަހު ގެންގުޅެން ބޭނުންތަ؟

ޓެކްނޮލޮޖީގެ މިޒަމާނުގައި ސްމާޓްފޯނެއް ނުގެންގުޅޭ މީހަކުމަދުވާނެއެވެ. ހަމަ ނުހުނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޒުވާނުންވެސް އަދި ދޮށީޢުމުރުގެ މީހުންވެސް ސްމާޓްފޯނާނުލައި މިހާރުގެ މި ތަހުޒީބީ ދިރިއުޅުމުގައި ކުރިއަށް ދިއުމަކީ ވަރަށް އުނދަގޫކަމެކެވެ. އެހެންކަމުން ފޯނު ގިނަދުވަހު ހަލާކުނުވެ ނުވަތަ މައްސަލަ ނުޖެހި ގެންގުޅެވޭނީ ކޮންކޮން ކަންކަމަކަށް ސަމާލުކަންދީގެންތޯ މިއީ އެފަދަފަރާތްތަކުން ކުރަމުންއަންނަސުވާލެއްވެސް މެއެވެ. އޮޅުންފިލުވަން ބޭނުންވާ މުހިއްމު މައުލޫމާތެކެވެ. ސަބަބަކީ ވަރަށް އަގުބޮޑުކޮށް ގަންނަ ފޯނުވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މައްސަލަ …

އިތުރަށް »