ސިޔާސީ

ގޮނޑިގެއްލުނު ބައެއް ބޭފުޅުން ސްޕްރީން ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅައި، އެދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން އެ މައްސަލަ އެ ބޭފުޅުން ސުޕްރީމް ކޯޓަށް ހުށައަޅުއްވައިފިއެވެ. ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމާއި، މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތާއި، ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިނާއި، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙަންމަދު ރައްޔިތުންގެ މަޖިލީހުގައި ފުރުއްވަމުން ގެންދެވި ގޮނޑި މިހާރު ގެއްލިފައިވާކަމަށް އިލެކްޝަންސް …

އިތުރަށް »

ފާރިޝްގެ މައްސަލައާއި މެދު ތަފާތު ވާހަކަ ތައް ފަތުރަނީ ކޯޓަށް ނުފޫޒު ފޯރުވަން – ޝައިނީ.

ފާރިސް މައުމޫނަކީ ކުށްވެރިއެއްކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާކަމަށާއި، ތުހުމަތު ކުރެވޭ މައްސަލައެއްގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން ފާރިސްގެ މައްޗަށް ހެކި ހުށައެޅުމުގެ މަރުހަލާ ނުފެށެނީސް  ތަފާތު ވާހަކަތައް ފަތުރަމުންދަނީ ކޯޓަށް އެމައްސަލަ ދިއުމުގެ ކުރިން އެކަމާމެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށާއި ކޯޓަށް ނުފޫޒު ފޯރުވުމަށް ކަމަށް ޑރ.ޝިއިނީ ވިދާޅުވެއްޖެއެވެ. ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު …

އިތުރަށް »

ޤާސިމްގެ ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފި.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ އަޑުއެހުން މިއަދަށް ތާވަލު ކުރުމަށްފަހު އަޑުއެހުން ކެންސަލް ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ބޭއްވުމަށް ހަމަޖެއްސި އަޑުއެހުން ކެންސަލް ކޮށްފައިވަނީ ޤާސިމްގެ ސިއްޙީ ޙާލަތު ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންދާތީއެވެ. މިއަދު މެންދުރު 2 ޖަހާއިރު ބޭއްވުމަށް ތާވަލްކުރީ ޤާސިމް އިބްރާހީމްގެ މައްޗަށް އުފުލާފައިވާ 3 ދައުވާގެ ތެރެއިން ރިޝްވަތު ހުށައަޅަން …

އިތުރަށް »

ޤައުމުތޯ ބޭނުމީ ނުވަތަ ވެރިކަންތޯ ބޭނުމީ – އިދިކޮޅު ފަރާތްތަކާ މޫސަ ސުވާލު ކުރައްވައިފި.

ޤައުމުތޯ ބޭނުމީ ނުވަތަ ވެރިކަންތޯ ބޭނުމީ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އިދިކޮޅު ލީޑަރުންނަށް ސުވާލެއް ހުށަހަޅުއްވައިފއެވެ. މޫސާ މި ސުވާލު ކުރެއްވީ ޕީޕީއެމްއާ ރޭ ގުޅިވަޑައިގަތުމަށްފަހު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. ކުރިން އެމްޑީޕީގައި ހުންނެވިއިރުވެސް އެޕާޓީގެ އެންމެ އިސްސަފުގައި ޙަރަކާތްތެރިވި މޫސަ ރޭ ވިދާޅުވީ އަޅުގަނޑުމެން އަރުވާޖަހާފަ އުޅެންވީ ވެރިކަން ހޯދަން ނޫންކަމުގައެވެ. އަޅުގަނޑުމެން ބަލަންވީ …

އިތުރަށް »

އެންމެ ރަގަޅު ގޮތަކީ މަސީޙް އިސްތިއުފާ ދެއްވުން – ޝިހާބު

މިހާރު ސިޔާސީ މަޝްރަޙް މިފެންނަ ގޮތުން ދަންނަވަންޖެހެނީ އެންމެ ރަގަޅު ގޮތަކީ މަޖްލިސްގެ ރައީސް ކަމުން މަސީޙް އިސްތިއުފާ ދެއްވުން ކަމަށް ރައްޔިތުންގެ މަޖްލިސްގެ ރައީސްކަން ވެސް ކުރައްވާފައިވާ ކުރީގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ. ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން ޝިހާބު ވިދާޅުވީ ރައްޔިތުންގެ މަޖްލިސްގެ ރައީސްގެ އިތުބާރު ނެއްތަކަމަށް ވޯޓަކަށް ދާން އެމައްސަލަ ހުށަހެޅިއިރު 45 މެމްބަރުން ސޮއިކޮށްފައި އޮތުމުން އޭގެ މާނައަކީ …

އިތުރަށް »

މިނިސްޓަރ ސަޢީދު ނަޝީދަށާއި، މައުމޫނަށް ރައްދުދެއްވައިފި.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު, ރައީސް މައުމޫނާއި ރައީސް ނަޝީދަށް ރައްދު ދެއްވައި ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ. އިދިކޮޅު ފަރާތަކަށް ރައްދުދެއްވާ މިނިސްޓަރ ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫނަކީ އެތައް ބަޔަކަށް ޖަލުގައި ލާ އިންސާނީ އަނިޔާ ދިން ވެރިއެއްކަން ބުނެދެއްވީ ރައީސް ނަޝީދުކަމަށެވެ. އަދި ރައީސް ނަޝީދަކީ ލާދީނީ ބޭފުޅެއްކަން ބުނެދެއްވީ ރައީސް މައުމޫންކަމަށެވެ. 1/4 R.Maumoonakee jalu gai laa insaanee aniyaa …

އިތުރަށް »

މަސީޙުގެ އިތުބާރުނެއް ކަމުގެ މައްސަލަ މިމަހުގެ 24 ގައި ކުރިއަށް ގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުޙައްމަދުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް ހުށައަޅުއްވާފައިވާ މައްސަލަ މިމަހުގެ 24 ވަނަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރުމަށް މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ. މަޖިލީހުގެ އިދާރާއިން މިކަމާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުނުވި ނަމަވެސް އެމައްސަލަ އެޖެންޑާކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކަށަވަރުކޮށްދީފައި ވާކަމަށް ގިނަ ނޫސްތަކުގައި ބުނެފައިވެއެވެ. މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް މުޙައްމަދުގެ އިތުބާރު ނެތްކަމަށް ބުނެ 45 މެންބަރުންގެ …

އިތުރަށް »

ދެ މަޤާމަކުން އިލްހާމް އިސްތިއުފާ ދެއްވައިފި.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުންނާއި ރައްޔިތުންގެ މަޖިލިހުގެ އިޤްތިޞާދީ ކޮމެޓީގެ މުޤައްރިރު ކަމުގެ މަޤާމުން ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދު އިސްތިއުފާ ދެއްވައިފިއެވެ. އިލްހާމް ވަނީ މިހާރު މިކަން ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް މެސެޖަކުން އަންގަވާފައިކަމަށް އިލްޙާމުގެ ގާތް ބޭފުޅަކު ޕީއެސްއެމް ނިއުސްއަށް ޔަޤީންކޮށްދެއްވި ކަމަށް ޕީއެސްއެމްއިން ބުނެފައިވެއެވެ. ޕީޕީއެމްގެ މަޤާމުތަކުން އިލްހާމް އިސްތިއުފާދެއްވިއިރު އޭނާވަނީ …

އިތުރަށް »

ފާރިޝް ރިޝްވަތު ދެއްވިކަމުގެ ހެކި އެބަހުރި – ފުލުހުން.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި ކަމަށާއި، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ހެއްކާއި ޤަރީނާ ލިބިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ހާމަކުރައްވައިފިއެވެ. އިސްކަންދަރުކޮށީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސްޕޯކްސްޕަރސަން، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތުދިން ކަމުގެ މައްސަލަތަކެއް ބައްލަވަމުންގެންދަވާކަމަށެވެ. …

އިތުރަށް »

މަސީޙް އިސްތިއުފާ ދެއްވުމަށްފަހު އެމަޤާމަށް ޤާސިމް ގެންނަންޖެހޭކަމަށް ޢުމަރު ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި އެމަޤާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މަޝްހޫރު ވިޔަފާރި ވެރިޔާ އަލްފާޟިލް ޤާސިމް އިބްރާހިމް ގެންނަންޖެހޭކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ޢުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ  މަސީހް އިސްތިއުފާ ދެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެނައުމަށް ވޯޓު ދެއްވަން ޖެހޭ ކަމަށެވެ. …

އިތުރަށް »

އަޅުގަނޑު ސޮއެއް ނުކުރަން އެއީ ސައްޙަ ސޮއެއް ނޫން – މެމްބަރު ރަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް ސޮއިކޮށްފައިވާ ލިސްޓްގައި އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު ގެ ނަމާއި އޭނާގެ ސޮއި އޮތުމުން އެއީ ރަޝީދު ގެ ސޮއި ނޫންކަމަށާއި، އެއީ ފޯޖް ކޮށްފައިވާ ސޮއެއް ކަމަށް މެމްބަރު ރަޝީދު ތަކުރާރުކޮށް ވިދާޅުވަމުން އެބަގެންދަވައެވެ. ރަޝީދު ވިދާޅުވީ އެއީ އޭނާ ކުރެއްވި ސޮއެއް ނޫންކަމަށެވެ. މެމްބަރު ރަޝީދުއަށް އެނގިވަޑައިނުގެން އޭނާގެ ނަމާއި …

އިތުރަށް »

ލަންދޫކައުންސިލްގެ މެޖޯރިޓީ ސަރުކާރުފަޅިން ހޯދައިފި.

ލޯކަލް ކައުންސިލް އިންތިޚާބުގައި ގިނަ ދާއިރާތަކަކުން އިދިކޮޅު އެމްޑީޕީ ކުރި ހޯދާފައި ވީނަމަވެސް ރަށްރަށުގެ ކައުންސިލްތަކުން ވެރިކަން ކުރާ ކޯލިޝަނުންވެސް ވަނީ ކުރި ހޯދާފައެވެ. އެގޮތުން ނިމިދިޔަ އިންތިޚާބުގައި ނ.ލަންދޫކައުންސިލްގެ މެޖޯރިޓީވެސް ވަނީ ސަރުކާރު ހިންގާ ކޯލިސަން ޕީޕީއެމްޑީއޭ އިން ހޯދާފައެވެ.ލަންދޫ ކައުންސިލަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް ލިބުނު ވޯޓްގެ ވަގުތީ ނަތީޖާ ތިރީގައި އެވަނީއެވެ. ކައުންސިލްގެ އިންތިޚާބު މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނަމަވެސް އަދި ވަނީ ވަގުތީ ނަތީޖާ …

އިތުރަށް »

ޤާސިމްގެ ބަންދަށް އިތުރު 4 ދުވަސް އިތުރުކޮށްފި.

ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު 4 ދުވަހަށް އިތުރުކޮށްފިއެވެ. އެންމެފަހުން ޤާސިމްގެ ބަންދަށް މިއަދު މުއްދަތު އިތުރު ކޮށްފައިވަނީ އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލްކޯޓުން އެންމެ ފަހުން ޖެހި 15 ދުވަހުގެ މުއްދަތު ހަމަވާތީއެވެ. ޤާސިމް އިބްރާހިމް ބަންދުކޮށްފައި ބެހެއްޓުމާމެދު ގޮތެއް ނިންމަން މިއަދު ބޭއްވި ޝަރީޢަތުގައި ކޯޓުން ނިންމާފައިވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ޤާސިމް …

އިތުރަށް »

ލޯކަލް ކައުންސިލް އިންތިޚާބު – ހަމަޖެހުމާއި އެއްބައިވަންތަކަން ގެއްލިގެން ނުވާނެ!

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކަންތައްތަކުގައި ގިނަބަޔަކު އަވަދިނެތި އުޅެމުން މިދާ ދުވަސްކޮޅު އެންމެ ބޮޑަށް ހިތާމަކުރަންޖެހެނީ އިންތިޚާބާ ހެދި ރަށުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ގެއްލިދާނެތީއެވެ. ސަރުކާރު ކޯލިޝަނުންވެސް އަދި އިދިކޮޅު ފަރާތްތަކުންވެސް މަސައްކަތްކުރަމުންދަނީ އެބަޔަކު އިންތިޚާބުކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ތާއީދު އިތުރުކުރުމަށެވެ. ކެންޑިޑޭޓުންނަށް ތާއީދު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދޭދޭ މީހުންގެ މެދުގައްޔާއި، ޢާއިލާ ތަކުގެ މެދުގައި އުފެދިފައިވާ ތިމާގެ ކަމުގެ ގުޅުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ގެއްލިދާނެފަދަ …

އިތުރަށް »

ވޯޓް ކަރުދާހާއި ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި

މިމަހުގެ 6 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމަށް ބޭނުންކުރާ ވޯޓުކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ. އީސީން ބުނީ މިހާތަނަށް ނ، ރ، ބ، ޅ، އއ، ވ، މ، ފ، ދ، ތ، ގއ އަދި ގދ އަތޮޅަށް ވޯޓް ކަރުދާހާއި ތަކެތި ފޮނުވާފައިވާ ކަމުގައެވެ. އަދި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ހުރިހާ ރަށަކަށް ވޯޓު ފޮއްޓާއި ވޯޓިންގ …

އިތުރަށް »

ރިޔާޒު ފޯނު ހުޅުވައިދިނުމަށް އިންކާރުކުރި މައްސަލައިގެ ހެކިބަސްނަގައިފި.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ އޭނާގެ ފޯނުގެ ލޮކްކޯޑް ޖަހައިދިނުމަށް އިންކާރުކުރެއްވި މައްސަލައިގެ ދަޢުވާގެ ހެކިބަސްނެންގެވުން ކުރިއަށްގެންދަވައިފިއެވެ. ޤާނޫނުލް ޢުޤޫބާތުގެ 532 ވަނަ މާއްދާގެ ދަށުން ރިޔާޒުގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ ޤާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދަޢުވާއެވެ. މިމައްސަލައިގެ ޝަރީޢަތްތައް ކްރިމިނަލް ކޯޓްގައި ފައްޓަވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގައެވެ. އިއްޔެ ހަވީރުން ފެށިގެން …

އިތުރަށް »

ވޯޓު ދިނުމަށް ނުފޫޒު ފޯރުވައި ބިރު ދެއްކުމަކީ ފަސާދަވެރިކަމަށް ކޮށޭމަގެއްކަން ޔަޤީން

ވަކި ޕާޓީއަކަށް ވަކިމީހަކަށް ވޯޓްލައި ތާއީދު ކުރުމަކީ އެމީހެއްގެ އަމިއްލަ ކަމެކެވެ. އެ މީހަކު ބޭނުން ޕާޓީއަކަށް، އެ މީހަކު ބޭނުން މީހަކަށް ވޯޓު ދޭންވީ އެވެ. އެއީ އެ މީހެއްގެ އަމިއްލަ މިނިވަންކަމެކެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައިއިރު ކުރިމަތިވި އެންމެ ބޮޑު މައްސަލަ އަދިވެސް މިވަނީ ހައްލުނުވެއެވެ. އެއީ ވަކި ބަޔަކު ބޭނުންވާ ޕާޓީއަކަށް ނުވަނުމުގެ ސަބަބުން ދިމާވި މައްސަލަތަކެވެ. ރައްޓެހިންގެ ތެރޭގަ އެވެ. އެއްބަނޑު …

އިތުރަށް »

ޤާސިމް ވަގުތުން ދޫކޮށްލުމަށް މައުމޫނު ގޮވާލައްވައިފި.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަގުތުން ދޫކޮށްލުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. ރައީސް މައުމޫނު މިކަމަށް ގޮވާލެއްވީ އެމަނިކުފާނު މިރޭ ކުރެއްވި ޓްވިޓެއްގައެވެ. ރައީސް މައުމޫނު ވިދާޅުވީ ގާނޫނު ހުއްދަކުރާކަމެއް ކުރުމަކީ ކުށެއް ނޫން ކަމުގައެވެ. Hon @qasimibrahim vaguthun dhookohlumah govaalan. QA hudhdha kuraa kameh kurumah masakkaiy kurumakee kusheh noon. — Maumoon Abdul Gayoom (@maumoonagayoom) April 21, …

އިތުރަށް »

މިވެރިކަމުގެ ގާނޫނީ ސައްހަކަމެއް މިހާރު ނެތް – ޤާސިމް

މިވެރިކަމުގެ ގާނޫނީ ސައްހަކަމެއް މިހާރު ނެތްކަމަށާއި ލަދުހަޔާތުގެ “ކުނޑިފުކެއް” ހުރި ނަމަވެސް ރައީސް ޔާމީނު މިހާރު ވެރިކަމުގައި ނުހުންނަވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅު ވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރޭ ޤާސިމް ވިދާޅުވީ މިއަދު ރައީސް މައުމޫނާއި ރައީސް މައުމޫނުގެ ބޭފުޅުންނާއި ދޭތެރޭ ރައީސް ޔާމީން ކަންތައް ކުރައްވަނީ ރަނގަޅަށް ނޫންކަމަށެވެ. …

އިތުރަށް »

42 މެމްބަރުން ހަމަކުރަންޖެހޭ އިސްލާހަކީ ގޯސް އިސްލާޙެއްކަމަށް އިދިކޮޅު ލީޑަރުންބުނެފި.

މަޖިލީހުގެ ޤަވާޢިދަށް މިހާރު ހުށަހެޅިފައިވާ އިސްލާޙަކީ ޤާނޫނުއަސާސީއާއި އިދިކޮޅު އިސްލާޙެއްކަމަށް އިދިކޮޅު ފަރާތްތަކުންބުނެފިއެވެ. ސަރުކާރުހިންގާ ޕާޓީން ފާސްކުރަން އުޅޭ އިސްލާހަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް 42 މެންބަރުންގެ ސޮޔާއެކު ނޫނީ ހުށަނޭޅޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާޙެކެވެ. އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މައިނޯރިޓީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ …

އިތުރަށް »