ރިޕޯޓް

ވަސީލަތްތަކުގެ ނާދިރުކަން – އިސްލާމީ ނަޒަރަކުން

އިސްލާމީ އިޤްތިޞާދު ނިޒާމު ފިޔަވައި  އެހެން ނިޒާމުތަކުގައި (ސެކިއުލަރ ނިޒާމްތަކުގައި )  ޤަބޫލުކުރާ ގޮތުގައި އިންސާނާގެ އެދުންތަކަށް ހައްދެއް ނުވެއެވެ. އެހެން ނަމަވެސް ވަސީލަތްތައްވަނީ ވަކި ލިމިޓެއްގައި ލައްވާފައެވެ. ވަސީލަތްތައް މަދުވެފައިވަނީ ފިތުރަތުގެ ސަބަބުންކަމަށްވެސް ބައެއް މީހުން ބުނަމުން ގޮސްފައިވެއެވެ. އެހެންކަމުން ވަސީލަތްތަކަކީ ތަދު (scarcity of recourses) އެއްޗެއްގެ ގޮތުގައި ސެކިއުލަރ ނިޒާމްތަކުގައި ދެކެއެވެ. މިނަޒަރިއްޔާއިން ބަލާއިރު އިންސާނުންގެ ހައްދެއް ނެތް އެދުންތަކަށް (wants) ލިބިފައިވާ މަދު މިންވަރު …

އިތުރަށް »

ކެފޭ ޑި ލައިވް ގެ ކުއްޅަވައް މިލްކްޝޭކް – އެވަރެއްނެތް!

ލަންދުއަކީ ޒަމާނުއްސުރެ ކުއްޅަވަކަށް މަޝްހޫރު ރަށެކެވެ. މިކަމާ ދެބަސްވާނެ މީހަކު ހުންނާނެއެކޭ އަޅުގަނޑު ނުދަންނަވާނަމެވެ. މީގެ މާނައަކީ އެހެން ރަށެއްގައިކުއްޅަވައް ގަހެއް ނެތްވާހަކައެއްނޫނެވެ. ނުވަތަ އެހެންރަށްރަށުގެ މީހުންނަށް ކުއްޅަވަށް މީރުނޫންވާހަކައެއެއްވެސް ނޫނެވެ. މިދެންނެވީ ހަމައެކަނި ކުއްޅަވައް ނިސްބަތްވަނީ ލަންދުއަށޭ އެކޭވެސް ނޫނެވެ. މިތާންގައި އަޅުގަނޑު ފާހަގަކޮށްލަންބޭނުންވީ ހަމައެކަނި ޕޮއިންޓަކީ ދިވެހިރާއްޖޭގެ އެހެރަށެއްގައި ނެތްހާ ގިނައިން އަބަދުވެސް ނ.އަތޮޅު ލަންދޫގައި ކުއްޅަވަށް އޮންނަވާހަކައެވެ.. މި ލިޔުމުގައި އަސްލު ދައްކަން މިއުޅެނީ އެވާހަކައެއްވެސް …

އިތުރަށް »

އަދު ފަތުރުވެރިންގެ ކަންތައްހުރިގޮތް

ދިވެހިރާއްޖެއަކީ ކަނޑުން ނަގާ މަންފާއަށް ބަރޯސާވެފައިވާ ޤައުމެކެވެ. ޖަޒީރާ ރަށްތަކަކަށްވާ ގޮތަށް އެތުރިފައިވާ ވަޠަނެކެވެ. ނަފާ ނަގަމުން ދަނީ ކަނޑުގައި އުފެދިފައިވާ ޤުދުރަތީ ވަޞީލަތްތަކުގެ އަލީގައެވެ. އެގޮތުން މަސްވެރިކަމަކީ ދިވެހިންގެ ލޭނާރެވެ. ހަމަމިއާއެކު ފަތުރުވެރިކަމަކީ ދިވެހިރާއްޖެ ފުދުންތެރި ޤައުމެއްގެ ގޮތުގައި އޮތުމުގެ އަސްލެވެ. ފަތުރުވެރިކަމުގެ ސިނާއަތު މުޅި ދުނިޔެއަށް ފުޅާވެގެން ނޫނީ މަޝްހޫރުވެގެންދިޔައީ 1972 ވަނަ އަހަރުއެވެ. ހަމަމިޔާއެކު މިކަމަށް ދޮރު ހުޅުވާލި އަވައްޓެރި ސިލޯނުގެ މަގުން އެ ދުވަސްވަރު …

އިތުރަށް »

މުސްލިމު އުންމަތް ކަރުނަ އަޅާއިރު މުސްލިމުންގެ ވެރިން ކޮބައިތޯއެވެ؟

ކަރުނަތަކުން ލޯތައްވަނީ ތެމިފައެވެ. ރުއިމާ ގިސްލުމުގެ އަޑުން ދުނިޔެ މަތިވަނީ ގުގުމާލައިފައެވެ. ނަމަވެސް މިކަންކަން ހިތަކުން ތަޞައްވުރު ކޮށްލީ ތީގެ ތެރެއިން ކިތައް ބޭފުޅުން ބާވައެވެ. މިފަދަ ޙާލެއްގައި އިސްލާމީ ޤައުމުތަކުގެ އަޚުންނާއި އުޚުތުން އުޅޭކަން ދަންނަނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުން ބާވައެވެ. އެކަމާ ވިސްނާ ފިކުރު ކޮށްލީ ކާކުބާވައެވެ. އަތް ނަގާ ނަޞްރު ދެއްވުމަށް ދުޢާ ކޮށްލީ ވަކި ކާކު ހެއްޔެވެ. މި މަންޒަރުތައް ބަލަން ތި …

އިތުރަށް »

ނަޞްލުގެ އެއްބައިވަންތަކަން ދެމެހެއްޓުން

އިސްލާމްދީނުގައި އެންމެހައި ގުޅުންތައް ޤާއިމުކުރަންޖެހޭނީ، އިސްލާމްދީނުގެ އަމާޒު ނުގެއްލޭނޭ ބިންގަލެއްގެ މަތީގައި، ޝަރުޢީ ޙުކުމްތައް ކަނޑައަޅާ ގޮތެއްގެ މައްޗަށެވެ. ނަޞްލުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އިސްލާމްދީނުގައިވަނީ އިސްލާމީ  ޢަޤީދާ ޤަބޫލުކުރާ ހުރިހާ މުޢާމަލާތެއްގައިވެސް ހަމަހަމަކަން ލައްވާފައެވެ. މި ހަމަހަމަކަން ލައްވާފައިވަނީ ނަޞްލުގެ ތަފާތުކުރުމެއް ނެތިއެވެ. ހެޔޮ ޖަޒާދެއްވުމާއި ޢަޛާބު ދެއްވުމުގައިވެސް ތަފާތުކުރެއްވުމެއް ލައްވާފައެއްނުވެއެވެ. އިސްލާމްދީނުގައި މީހާގެ ތަފާތުކަން ދެނެގަންނަން އޮތް ހަމައެކަނި މިންގަނޑަކީ އެ މީހެއްގެ އީމާންތެރިކަމާއި، އެ މީހަކު ﷲ …

އިތުރަށް »

ކިނޮޅަހުގައި ފާހަގަކުރަމުންދާ ޢީދު – އެހެން ރަށްތަކަށް ނަމޫނާއެއް (މާޝާ ﷲ)

ކިނޮޅަހުގައި ފާހަގަ ކުރަމުންދާ ޢީދަކީ އެހެން ރަށްތަކަށްވެސް ހުރި ނަމޫނާއެކެވެ. މިއުޒިކު ޖަހައިގެން ނުނެށިޔަސް އަދި ދެޖިންސު މަސްހުނި ވެގެން ކަންތައްތަކެއް ނުކުރިޔަސް އެރަށުގެ ރައްޔިތުންދަނީ ޢީދު އުފާ ފައުޅުކުރުންމަތީ ފާހަގަ ކުރެވިދާނެކަން ހާމަކޮށްދެމުންނެވެ. އެގޮތުން މި ބަލާލާނީ ކުރުގޮތަކަށް ކިނޮޅަހުގައި ޢީދު ފާހަގަ ކުރާ ގޮތުގެ މައްޗަށެވެ. ކިނޮޅަހުގައި މިއަހަރު ޢީދު ފާހަގަކުރުމަށް ކުރިއަށް ގެންދެވޭ ހަރަކާތްތައްވެސް ކުރިއަށް ގެންދަނީ ދެޖިންސްވަކިން ހަރަކާތްތައްވެސް ދެބަޔަށް ބަހާލައިގެންނެވެ. ޢީދު ދުވަހުގެ …

އިތުރަށް »

ރޮހިންޔާ މުސްލިމުންގެ އެތައް ހާސް ބަޔަކު މަރަމުންދާއިރު ދުނިޔޭގެ ބޮޑަތި އިސްލާމީ ޤައުމުތަކާއި ޖަމްޢިއްޔާތައް ނިދާފައި

މިއާންމާގެ ސިފައިންނާއި ބުޑިސްޓުންގެ އަނިޔާވެރިކަމުގެ ސަބަބުން މިއަދާ ހަމައަށް އެތައް ހާސް ރޮހިންޔާ މުސްލިމުންގެ މަރުވެގެން ދިޔައިރުވެސް ދުނިޔޭގެ ބޮޑަތި އިސްލާމީ ޤައުމުތަކާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަށް ނިދާފައެވެ. އެތައް ހާސް މުސްލިމުންނެއްގެ ގެދޮރު އަންދާ އަޅިއަށް ހަދައިފިއެވެ. އެތައް ސަތޭކަ އަންހެނުންގެ ޢިއްފަތް ފޭރިގަނެ، ކުޑަކުދިންނާއި މުސްކުޅިންނާއި ޒުވާނުންވެސް އެއްވެސް ކަހަލަ ރަޙުމެއްނެތި ދަނީ މަރާ ހަދަމުންނެވެ. މިއާންމާގެ ސިފައިންނާއި ބުޑިސްޓުންގެ އަނިޔާވެރިކަމުން ފިލަންދެވޭނެ ތަނެއް ނެތެވެ. …

އިތުރަށް »

މިވާގޮތަކާއިމެދު ވިސްނާކަށް ނުވޭ ހެއްޔެވެ ؟

އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ފުންކޮން ނަޒަރު ހިންގާލައިފިނަމަ މިހާރު މުޅިންވެސް ފެންނަނީ ޙައިރާން ކުރުވަނިވި މަންޒަރުތަކެވެ. އަމިއްލަ ނަފުސާއި ސުވާލުކޮށް އެކަމާއިމެދު އެތައް އިރަކު ވިސްނަންޖެހިފައިވާ ކަންކަމެވެ. ބައެއް ފަހަރު ފެންނަ މަންޒަރުތަކުން ހިތަށް އަރައެވެ. މި މީހުންނަށް މާބޮޑަށް އެނގެނީ ބާވައެވެ. ނޫނީ މި މީހުންނަށް މިދުވަހު އެކަނި އަޅުކަންކޮށްލުމުން ނުވަތަ މި މަސްދުވަހު އެކަނި އަޅުކަން ކޮށްލުމުން ފުދެނީ ބާވައެވެ. އެފަދައިން އެމީހުންނަށް އަންގަވާފައިވަނީ ބާވައެވެ. ނުވަތަ އެފަދަ …

އިތުރަށް »

އީޖާބީ ގޮތެއްގައި ވިސްނުން ބައްޓަން ކުރުން

މީހަކު ފައިވާން އުފައްދާ، ވިއްކުމުގެ ވިޔަފާރިއެއް ފެއްޓުމުގެ ބޭނުމުގައި މާހައުލު އޮތްގޮތް ބަލައި ދިރާސާއެއް ހެދުމަށްޓަކައި ކަމުގެ ފަންނުވެރި މާހިރަކު ޝަހަރަކަށް ފޮނުވިއެވެ. މި ފަންނުވެރި މާހިރު އެޝަހަރަށް  ދިޔައިރު އެ ޝަހަރުގެ އެއްވެސް މީހަކު ފައިވާނަށް އަރައިގެން ހިނގާއުޅޭތަނެއް ނުފެނެއެވެ. ދިރާސާ ފުރިހަމަ ކުރުމުގެ ތެރޭގައި ތަފާތުއެކި ގިންތީގެ އެކިފަންތީގެ ގިނަބަޔަކާ ސުވާލުކޮށް، އިންޓަވިއުކޮށް ސާމްޕްލް އެއްކުރިއެވެ. އޭނާގެ ބޮސްއަށް ބޭނުންވާ ދިރާސާ ހެދުމަށްޓަކައެވެ. ދިރާސާއަށް ބޭނުންވާ ހުރިހާ …

އިތުރަށް »

ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެ……

ލިޔުނީ : ނަފުއާ ޙުސެއިން – ގްރޭޑް 10 މުޅިދުނިޔޭގައި އެންމެކުރިއަރަމުންއަންނަ އެއް އިންވެސްޓެވެ. އަދި އޭގެ ފައިދާއާއި ގެއްލުން އެހާމެ ބޮޑު ވިޔަފާރިއެކެވެ. އޭގެ ބައިވަރު ސަބަބުތަކެއް ވެއެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުއަށް ބަލައިލި ކަމުގައިވިޔަސް އޭގެ ހެކިތައް ފެނެއެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ ފަތުވެރިންގެ ގޮތުގައި އަންނަ ބައެއްމީހުންގެ ޢަމަލުތައް ހުންނަ ގޮތެވެ. އަޅުގަނޑު ދަންނަވަން މި އުޅެނީ ފަތުވެރިކަމުގެ ވިޔަފާރީގެ ވާހަކައެވެ. ފަތުރުވެރިން …

އިތުރަށް »

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އިސްލާމީ ޝަރީޢަތުގެ ދައުރު

ކީރިތި ރަސޫލާ محمَّد ﷺ އިސްލާމީ ޝަރީޢަތައިގެން ވަޑައިގެން ދުވަސްވަރު މިޒަމާނުގައި މިހުންނަގޮތަށް، ބާރު ލިބިގެންވާ ފަރާތަކުން ހަދައިގެން ޢަމަލުކުރަންޖެހޭ ގޮތަށް ލިޔެވިފައިވާ އުސޫލުތަކެއް ނުހުންނާނެއެވެ. އެންމެހާ މީސްތަކުން ދުނިޔޭގައި އުޅެންވީ ގޮތުގެ ހެޔޮ މަންހަޖު، އެދުވަސްވަރު އެނގެމުން ދިޔައީ، ﷲ ގެ ވަޙީ ބަސްފުޅުންނާއި ކީރިތި ރަސޫލާ محمَّد ﷺ ގެ ސުންނަތުންނެވެ. އަޙްމަދު ޝިފާއު (2015) ވިދާޅުވެފައިވާ ގޮތުގައި އިސްލާމީ ދައުލަތްތަކުގައި ޤާނޫނުތައް ލިޔުމުގެ ބޭނުންތެރިކަން  ބޮޑުވާން …

އިތުރަށް »

ލަންދޫގެ ފުޓުބޯޅައިގެ ކުރިމަގުގައި ވިދާލާނެ މޮޅު ކުޅުންތެރިއެއް!

ލިޔުނީ : މުޙައްމަދު ޝާނިފް – ގްރޭޑް 9 ނ. އަތޮޅު ލަންދޫއަކީ ފުޓްބޯޅައިގެ ރޮނގުން ކުރިއަރާފައިވާ ރަށެކެވެ. މިއަދު ލަންދޫ މިއޮތީ ދިވެހިރާއްޖޭގެ އެންމެ މޮޅު 8 ރަށުގެ ތެރޭގައި ހިމެނިފައެވެ. މިއަދު ލަންދޫގައި ފުޓުބޯޅަ، ބާރު ދުވެލީގައި ކުރިއަށް ދަނީ ހިތްވަރުގަދަ މޮޅު ކުޅުންތެރިން ލަންދޫގެ ފުޓްބޯޅަ ޓީމުގައި ހިމެނޭތީއެވެ. އާދެ! މިއަދު ފުޓްބޯޅައިގެ ރޮނގުން ލަންދޫ މުޅި ދިވެހިރާއްޖެއަށް ވިދާލައިފައިވާ ފަދައިން މާދަމާވެސް އެގޮތުގައި ދަމަހައްޓަން އެބަޖެހެއެވެ. …

އިތުރަށް »

ހުވަނި އާދަޔާ ޚިލާފު ނުރައްކާތެރި ސޫތްޕެއް.

ލިޔުނީ : މުޙައްމަދު ޝާނިފް – ގްރޭޑް 9 މުޅި ލަންދޫގެ ފަޚްރެއްކަމުގައިވާ ކުއްޅަވަށް އޮންނަ ބިމުގައިވެސް އެއެއްޗެކެވެ. އަދި އެހާމެ އުނދަގޫ ކުރާ އެއްޗެކެވެ. އޭގައި އަތްލުމުން ނުވަތަ އެ ދޫކުރާ ވާތަކުގައި އިނގިލި ކުރި ޖެހުނުކަމުގައި ވިޔަސް، ގައި ކަހާ މުޅިގައިގައި ފިތް ނަގައެވެ. މިހާރު ލަންދޫގެ ކޮންމެ ރައްޔިތަކުވެސް ޖަންގައްޔަށް ނުވަތަ ވަލަށް ވަދެފިނަމަ އޭދެ އުނދަގުލުގެ ވާހަކަ ނޫނީ ނުދައްކައެވެ. އާދެ! މިދައްކަނީ ކޮން …

އިތުރަށް »

ޖަމަލުގެ ތަބީޢަތުގައިހުރި ޢިލްމީ މުޢުޖިޒާތް

މި ރާއްޖޭގެ މޫސުމާ ޚިލާފަށް ސަހަރާތަކަކީ ވަރަށް ބޮޑެތި ވެލީގެ ތޫފާންތަކާއި ގަދަ ވަޔާއި ފިނި އަދި ހޫނު އިޙްސާސް ކުރަންޖެހޭ މާޙައުލެކެވެ. މިފަދަ ވެއްޓެއްގައި އާދައިގެ ޖަނަވާރަކަށް ދިރިއުޅުން އެއީ ނާދިރުކަމެކެވެ. އެހެންކަމުން ވަޞީލަތްތައްމަދު ޒަމާނެއްގައިވެސް ޖަމަލަކީ ހަނަފަސް ހިކި ސަހަރާތަކުގައި ބޭނުންކުރަމުން އައިސްފައިވާ ޙައިވާނަކަށް ވުމުން، الله سبحانه وتعالى ޖަމަލު ޚަލްޤުކުރެއްވުމުގައި ލައްވަވާފައިވާ އާދަޔާޚިލާފު ގޮތްތަކާއި ކަންތައްތައްތަކަށް ދިރާސީ ނަޒަރަކުން ބަލާވިސްނާ ފިކުރުކުރުމަކީ އީމާންކަންއިތުރުވާނޭ ކަމެއްކަން …

އިތުރަށް »

ދީނާ ގުޅުންހުރި ކަމަކަށްވަނީނަމަ ދެއްކުންތެރިކަމަކަށް ވަނީތަ ؟

އާންމުކޮށް ވަރަށް ގިނައިން ފެންނަ މަން×ޒަރެއް ދާދި މިދާކަށް ދުވަހުވެސް ފެނުނެވެ. އެފަހަރުވެސް ހަމަ ހިތަން އެރީ ހަމަ އެހެންޏާވެސް އެފަދަ މަންޒަރެއް ފެނުމުން ހިތަށް އެރި އެއްޗިއްސެވެ. ކެފޭ އަކަށް ދިޔައީ އެކުވެރިންނާއިއެކު ހަވީރު ސައި ބޯން ވެގެންނެވެ. ކެފޭއަށް ވަނުމާއެކު ކަންފަތުގައި ޖެހުނީ ލޯބީގެ ލަވައެއްގެ އަޑެވެ. އެއަޑު އަންނަ ދިމައަށް ނަޒަރު ހިންގާލީމެވެ. ފުރަތަމަ ހީކުރެވުނީ އެ ލަވަ ޖަހާ މީހެއްގެ ފޯނުން ލަވަ ޖަހަނީ …

އިތުރަށް »

” ޔަގީންކަމެއް، ޝައްކަކުން ފިލައި ނުދާނެއެވެ.”

އިސްލާމީ ޝަރީޢަތުގައިވާ ޝަރުޢީ ޙުކުމްތައް، އޭގެ މަޞްދަރުތަކުގެ އަލީގައި ދެނެގަނެވޭ ހަމަތައް ފިޤްހް ޢިލްމުގެ ޛަރީޢާއިން ޢިލްމުވެރީންވަނީ ނެރުއްވާފައެވެ. މި ޤަވާޢިދުތަކަކީ، އޭގެ މައްޗަށް ފިޤުހުގެ އެތަކެއް ޙުކުމް ބިނާވެފައިވާ، ފިޤުހުގެ ހުރިހާ ބާބެއްގެ ތެރެއަށް ވަންނަ، ޤަވާޢިދުތަކެކެވެ. މި ޤަވާޢިދުތަކުގެ މައްޗަށް ނެރެވިފައިވާ މައްސަލަތަކުގެ ތެރޭގައި، އަޅުކަމާއި، މުޢާމަލާތާއި، ޢުޤޫބާތާއި، ޤާޟީކަމާއި، މިފަދަ އެތަކެއް ބާބެއްގެ މައްސަލަތައް ހިމެނެއެވެ. މިހެންވެ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ، މި ޤަވާޢިދަށް ޙުކުމްކުރެވޭ، …

އިތުރަށް »

އިސްލާމްދީނުގައި ކޮރަޕްޝަން ޙަރާމްކުރައްވާފައިވޭ! ދަލީލު ބޭނުންހެއްޔެވެ؟

ދިވެހިރާއްޖޭއަކީ ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި އޮންނަ ޤައުމަކަށް ވާއިރު މި ޤައުމުގެ ދައުލަތް ހިންގުމުގެ ނިޒާމަކީ ޑީމޮކްރަސީއެވެ. ޑިމޮކްރެޓިކް ނިޒާމެއްގައިވެސް ކޮރަޕްޝަން މަނާކުރެއެވެ. މި ނިޒާމުގައި ކޮރަޕްޝަނާ ދެކޮޅަށް މިނިވަން މުސްތަގިއްލު މުއައްސަސާއެއް އުފައްދަން އެ ނިޒާމުގެ ދުސްތޫރުން ލާޒިމްކުރެއެވެ. މި ރާއްޖޭގައި ހެދިފައިވާ ކޮރަޕްޝަން މަނާކުރާ ޤާނޫނު (ޤާނޫނު ނަންބަރު 2/2000) ބުނާ ގޮތުން ކޮރަޕްޝަނަކީ ޙައްޤު ނޫން ގޮތްގޮތުން މަންފާ ހޯދުމެވެ. އެއީ މުދަލުން ނުވަތަ …

އިތުރަށް »

“ކައިވެނި ރުޖޫޢަކުރުން”

އިސްލާމީ ޝަރީޢާ އަދި ޢާއިލާއާބެހޭ ޤާނޫނު އަލީގައި   އިސްލާމްދީން ދެކޭ ގޮތުގައި ޢާއިލާތައް ބިނާކުރުމުގައި ކައިވެންޏަކީ މުޤައްދަސް ގުޅުމެކެވެ. އެއީ ޠާހިރުކަމާއި ޢިއްފަތްތެރިކަމުގެ ވެއްޓެއް ޤާއިމްކުރެވޭ ގުޅުމެކެވެ. ކައިވެނީގެ ސަބަބުން ބިނާވާ ކޮންމެ ޢާއިލާއަކީ އުފާވެރި ޢާއިލާއަކަށް ނުވި ނަމަވެސް، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރާ ޢާއިލާތަކެއްގެ ސަބަބުން ދުޅަހެޔޮ އަޚުލާޤެއްގެ ވެރި މުޖުތަމަޢުއެއް އުފެދި ބައްޓަންވުމީ، އިސްލާމްދީން ނުހަނު ބާރުއަޅާކަމެކެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ކައިވެނީގެ …

އިތުރަށް »

ހަމްދަރުދީ ވުމުގެ ގޮތުންވެސް އިންސާނެއްގެ ފުރާނަ ހިފުން އިސްލާމްދީނުގައި ހުއްދައެއް ނޫން!

އިސްލާމީ ޝަރީޢާގައިވަނީ މައިގަނޑު 5 މަޤްޞަދަކަށް އިސްކަން ދެއްވައި އެ މަޤްޞަދުތައް ޙިމާޔަތް ކޮށްފައެވެ. އޭގެ ތެރެއިން ހިމާޔަތްކުރެވިފައިވާ އެކައްޗަކީ الله سبحانه وتعالى ޚަލްޤުކުރައްވައިފައިވާ އިންސާނުންގެ ފުރާނައެވެ. އެހެންކަމުން އިންސާނާގެ ނަފްސާއި ފުރާނައަކީ ތިމާގެ އަމިއްލަ މިލްކެއް ނޫނެވެ. ޙައްޤެއް އޮވެގެން މެނުވީ، އިސްލާމީ ވެއްޓެއްގައިި އިސްލާމީ ޝަރީޢާގެ މަފްހޫމްގެ ތެރެއިން މީހެއްގެ ފުރާނައެއް ނުހިފެނެއެވެ. އެއީ ޣައިރު މުސްލިމެއްގެ ފުރާނައެއް ކަމުގައި ވިޔަސްމެއެވެ. އަދި އިންސާނަކު އަމިއްލައަށް …

އިތުރަށް »

ރާއްޖެ އިން ޤަތަރާ ގުޅުން ކަޑާލީ ސައޫދީން ބުނެގެންތަ؟

އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ޤަތަރާއި ދިވެހިރާއްޖެއާއި، މެދު އޮތް ސިޔާސީ ގުޅުން ކަނޑަލީ ސައޫދިން އެކަމަށް ބާރުއަޅައިގެން ނުވަތަ އެމީހުން ބުނެގެންނެވެ. ނުވަތަ އެފަދަ ފިއްތުމެއްގެ ތެރޭންނެއެވެ. އެކަމަކު ރާއްޖޭގެ ޚާރުޖީ ވުޒާރާއިން އެކަން ދޮގުކުރެއެވެ. އަދި އެގުޅުން ކަނޑާލަންޖެހުނީ ޓެރަރިޒަމަށް ވާގިދޭ ބަޔަކަށް ރާއްޖެ ނުވާންވެގެންކަމަށް ބުނެއެވެ. ޤަޠަރާ ދެކޮޅަށް ޢަރަބި ބައެއް ޤައުމުތަކުން މިފިޔަވަޅުތައް އަޅާފައިވަނީ ޓެރަރިސްޓް ޖަމާޢަތްތަކަށް އެހީތެރިވާ ކަމުގެ ތުހުމަތާއި ގަލްފުގެ …

އިތުރަށް »