ރާއްޖެ ޚަބަރު

އެންމެ ފަހުގެ ރަށުގެ ޚަބަރުތަކާ ރާއްޖޭގެ ޚަބަރުތައް

އައި.ޖީ.އެމް.އެޗްގެ އެނދުގެ ކެޕޭސިޓީ އިތުރުވެ 500 އަށް ބަދަލުވެގެންދާނެ – ރިޔާސީ ބަޔާން

ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އިތުރު ޚިދުމަތްތައް ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި، ޑައިގްނޯސްޓިކް ސެންޓަރ ހިމެނޭ 25 ބުރީގެ ޢިމާރާތާއެކު، ”ދަރުމަވަންތަ ހޮސްޕިޓަލް“ ގެ ޚިދުމަތް، މި އަހަރުގެ ތެރޭގައި ފެށި، މި ހޮސްޕިޓަލްގައި ގިނަ އާ ޚިދުމަތްތައް ތަޢާރުފުކުރެވި، އައި.ޖީ.އެމް.އެޗްގެ އެނދުގެ ކެޕޭސިޓީ އިތުރުވެ 500 އަށް ބަދަލުވެގެންދާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ އިއްވެވި ރިޔާސީ ބަޔާނުގައެވެ. ރިޔާސީ ބަޔާނުގައި ރައީސް …

އިތުރަށް »

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ލަންދޫސްކޫލްގައި ކުލަގަދަކޮށް ފާހަގަކޮށްފި.

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ނ.ލަންދޫސްކޫލްގައި މިއަދު ކުލަގަދަކޮށް ފާހަގަކޮށްފިއވެ. މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށް ދަރިވަރުން މިއަދު ސްކޫލަށް ގޮސްފައިވަނީ ދިވެހިވަންތަ ހެދުމުގައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ވަނީ އެ ސްކޫލްގައި ޚާއްސަ އެސެމްބްލީއެއް ބާއްވާފައެވެ.  އެ އެސެމްބްލީގައި ވަނީ ދިވެހިދުވަހާބެހޭގޮތުން ދަރިވަރުންގެ ޝުޢޫރުތައް ފާޅުކޮށް ދުވަހާ ބެހޭގޮތުން މައުލޫމާތު ދީފައެވެ. މެދުންދުރުފަހު ލަންދޫސްކޫލްގައި މިއަދު އޮތީ މާދަރީ ބަހުގެ ދުވަހާގުޅޭގޮތުން ދަރިވަރުން ހުށަހެޅި ސްޓޭޖް ހަރަކާތްތައްކެއް …

އިތުރަށް »

ނ.ހޮޅުދޫ ސިއްހީމަރުކަޒަށް އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރަކު ހޯދަނީ

ނ.ހޮޅުދޫ ސިއްހިމަރުކަޒުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރުގެ މަޤާމަށް މީހަކު ހޯދުމަށް މީގެކުރިން ކޮށްފައިވާ އިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން އެމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ނ.އަތޮޅު ހަސްފަތާލުން ހުޅުވާލައިފިއެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ. މިމަގާމަށް އިނާޔަތުގެ ގޮތުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތާއި، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލްސަރވިސްގެ ޤަވާއިދުގައިވާ …

އިތުރަށް »

ބީއެމްއެލް އިން އައްޑޫގައި ކުރަމުންދާ އިންވެސްޓްމަންޓް ފުޅާކޮށް އިތުރު 2 އޭޓީއެމް ގާއިމްކޮށްފި

ބޭންކް އޮފް މޯލްޑިވްސްެ އިން އައްޑޫގައި ކުރަމުންދާ އިންެވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދެ އޭޓީއެމް ގާއިމްކޮށްފިއެވެ. މި އޭޓީއެމްތައް ގާއިމްކޮށްފައިވަނީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުންނެވެ. މި ދެ އޭޓީއެމް ގާއިމްކޮށްފައިވަނީ އައްޑޫ ސިޓީގެ ގިނަ ރައްޔިތުންތަކެއް ބޭނުންކުރާ ސަރަހައްދުތަކަށްވުމުން، މި އެޓީއެމްތައް މެދުވެރިކޮށް ފަސޭހަކަމާއެކު …

އިތުރަށް »

ލަންދޫސްކޫލްގެ މިއަހަރުގެ ނެޓްބޯޅަ މުބާރާތް ފަށައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ އިންޓަރހައުސް ނެޓްބޯޅަ މުބާރާތް އެސްކޫލްގައި އިއްޔެ ފަށައިފިއެވެ. އެސްކޫލްގެ 3 ހައުސްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖޫނިއަރ ބަޔާއި، ސީނިއަރ ބައި ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތް ފެށުމުގެމެޗްގައި އިއްޔެ ސީނިއަރ ބައިން ރެހެންދި ހައުސްއާއި، ދޮށިމޭނާ ހައުސް ބައްދަލުކުރި އިރު ޖޫނިއަރ ބައިން ވެސް މިދެހައުސްއިން ދެ ޓީމް ވަނީ ބައްދަލުކޮށްފައެވެ. ސީނިއަރ ބައިން އިއްޔެ ގެ މެޗްގައި ރެހެންދިއާއި ދޮށިމޭނާ …

އިތުރަށް »

ލަންދޫގައި ބިޒްނަސް އެންޑް މެނޭޖްމެންޓް ލެވެލް 4 ގެ ކޯހެއް ފަށަނީ

ލަންދޫގައި ހިންގަމުންދާ ޓިއުޝަން ސެންޓަރ “ސެންޓަރ ފޯރ ސްޓޫޑެންޓް އެޑްވާންސްމެންޓް” އާއި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ބިޒްނަސް ސްކޫލާއި ގުޅިގެން ލަންދޫގައި ބިޒްނަސް އެންޑް މެނޭޖްމެންޓް ލެވެލް 4 ގެ ކޯހެއް ހިންގުމަށް މިއަދު އިޢުލާންކޮށްފިއެވެ. މިއަދު އެ ސެންޓަރުން ކުރި އިޢުލާންގައިވާގޮތުން އޯލެވެލް 3 މާއްދާއިން ފާސްވެފައިވާނަމަ މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދެއެވެ. އޭގެ އިތުރުން ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް އޮތަސް މި …

އިތުރަށް »

ކެނދިކުޅުދޫ ސްކޫލަށް މަސައްކަތު މީހަކު ހޯދަނީ

ނ.ކެނދިކުޅުދޫ ސްކޫލަށް ކޮންޓްރެކްޓް އުސޫލުން 3 މަސްދުވަހަށް، މަސައްކަތު މީހަކު ހޯދަން އިއުލާނުކޮށްފިއެވެ. މިވަޒީފާއަށް ހޮވޭފަރާތަކަށް އިނާޔަތުގެ ގޮތުގައި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. ޝަރުތަކީ ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު، ޤާބިލްކަން ލިބިފައިވުމެވެ. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް …

އިތުރަށް »

މަސީހު އިސްތިއުފާ ނުދެއްވާ ކަމަށް ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖްލީހުގެ ރައީސް ޢަބްދުﷲ މަސީޙް އިސްތިއުފާ ނުދެއްވާކަމަށް ރޭ ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޯނު މެދުވެރިކުރައްވާ ދެއްވި މެސެޖެއްގައި ރައްޔިތުންގެ މަޖްލީހުގެ ރައީސް ޢަބްދުﷲ މަސީޙް ވިދާޅުވީ ދިވެހި ޤައުމަށް ކުރިމަތިވެފައިމިވާ ކަންތައްތަކުން އަރައިގަތުމަށް މަސައްކަތްކުރެއްވުމުގައި ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމި ހުންނަވާނެކަމަށެވެ “އަޅުގަނޑު ސާބިތުވެމިހުރީ ދިވެހި ރައްޔިތުންނާއެކު ދިވެހި ޤައުމަށް ކުރިމަތިވެފައިމިވާ ކަންތައްތަކުން އަރައިގަތުމަށްޓަކައިި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގައި. …

އިތުރަށް »

ކިތަންމެ ބިރެއްދެއްކިޔަސް ޤާނޫނީ ވާޖިބު އަދާކުރާނެ – އިމިގްރޭޝަން

ބައެއް މީޑިއާތަކުން މޯލްޑިވްސް އިމިގްރޭޝަނަށް ބިރުދައްކަމުން ދާކަމާށާއި، ކިތަންމެވަރަކަށް ބިރުދެއްކިޔަސް އިމިގްރޭޝަނުގެ މުވައްޒަފުންނާ ގާނޫނީ ގޮތުން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުން މަތީ ދެމި ތިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުންބުނެފިއެވެ. އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަން ބަދުނާމްވާގޮތަށް ޚަބަރު ފަތުރާ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށާއި، ގާނޫނުން އިމިގްރޭޝަނަށް ލިބޭ ބާރުގެ ތެރެއިން އެއްވެސް މީހަކު ރާއްޖޭން ފުރުން ހުއްޓުވަން ޖެހިއްޖެ ނަމަ މަތިންދާބޯޓަށް އަރާ …

އިތުރަށް »

ގޮނޑިނުގެއްލޭކަމަށް ކުރި އަމުރަށް އަމަލުކުރުން ފަސްކޮށްފި.

12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް އަމަލުކުރަން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. ސުޕްރީމް ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރުގައި ވަނީ ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހުގެރޭ ނެރުނު އަމުރުގައިވާ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމާ ގުޅޭގޮތުންނާއި މަޖިލީހުގެ ޖަލްސާތައް ބޭއްވުމާ ގުޅޭގޮތުން ހިމަނާފައިވާ ބަޔަށް އަމަލުކުރުން ފަސްކުރުމަށް، މަޖިލީހާއި އިލެކްޝަންސް ކޮމިޝަނާއި ކަމާބެހޭ ހުރިހާ މުޢައްސަސާތަކަށް އަމުރުކުރާކަމަށެވެ. ސުޕްރީމް ކޯޓުން މިރޭ …

އިތުރަށް »

ލަންދޫ މިރިހިމާގެ ޢަބުދުﷲ ޢީސާ ނިޔާވެއްޖެ.

ނ.ލަންދޫ މިރިހިމާގެ ޢަބުދުﷲ ޢީސާ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވައިފިއެވެ. ޢަބުދުﷲ ޢީސާ ނިޔާވީ ގިނަދުވަސްތަކެއްވަންދެން ބަލިވެ އުޅުއްވުމަށްފަހު ރޭ 10:30 ހާއިރު އޭނާގެ އަމިއްލަ ގެ ނ.ލަންދޫ މިރިހިމާގޭގައެވެ. ނިޔާވިއިރު ޢުމުރަކީ 85 އަހަރެވެ. މަރުޙޫމް ޢަބުދުﷲ ޢީސާ ނިޔާވިއިރު އަންބަކާއި 7 ދަރިން ދުނިޔޭގައި  އެބަތިއްބެވެ. މަރުޙޫމް ޢަބުދުﷲ ޢީސާއަކީ ލަންދޫ އުފެއްދި ހިތްވަރުގަދަ މަސައްކަތްތެރި ހަރުދަނާ ޒިންމާދާރު މީހެކެވެ. އޭނާއަކީ އެންމެންނާވެސް ގުޅޭ އެކުވެރި ސަމާސާ …

އިތުރަށް »

ފެނަކަ ކޯޕަރޭޝަނަށް 3 ޖަނަރޭޓަރު ހޯދަނީ

ފެނަކަ ކޯޕަރޭޝަނަށް 3 ޖަނަރޭޓަރު ހޯދަން އިއުލާނުކޮށްފިއެވެ. އެކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް 360،250،200 ކިލޯ ވޯޓްގެ 01 (އެކެއް) ޖަނެރޭޓަރ ސެޓް ވިއްކަން ބޭނުންވާ ފަރާތްތަކުން، އެ ކުންފުނީގެ ހެޑް އޮފީހަށް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަންދާސި ހިސާބު ހުށަހަޅުއްވަން ޖެހެއެވެ. ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ފެބްރުއަރީ 2018 ވާ ބުދަ ދުވަހުގެ 12:00 ގައި އެ ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް …

އިތުރަށް »

ފްލެޓްތައް ދިންކަމަށް ބުނެ ޢާއްމުކޮށްގެން އުޅެނީ ފޭކް ލިސްޓެއް – މުޢިއްޒު

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓްތައް ދިންކަމަށް ބުނެ ޢާއްމުކޮށްގެން އުޅެނީ ބަޔަކު އަމިއްލައަށް ހަދައިގެން އުޅޭ ލިސްޓެއްކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ހައުސިންގ މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ފްލެޓް ދިންކަމަށް ބުނެ ލިސްޓެއް ހަދައިގެން އުޅެނީ، ސަރުކާރު ބަދުނާމްކުރުމުގެ ބޭނުމުގައިކަމަށެވެ. ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ސޯޝަލް ހައުސިންގ ފްލެޓްތައް ލިބޭ ސަތޭކަ ފަސްދޮޅަސް …

އިތުރަށް »

ހަފްތާގެ ބޮޑު އިނާމްގެ ނަޞީބުވެރިޔާ ސްމާޓް 7 އިން ހޮވައިފި.

ނ.ލަންދޫ ސްމާޓްސެވަން އިން ކުރިއަށް ގެންދާ ކޮންމެ ހުކުރުދުވަހަކު އިނާމްލިބޭ ޕްރޮމޯޝަންގެ ދަށުން މިހަފްތާގެ ބޮޑުއިނާމްގެ ޙައްޤުވެރިޔާ ގުރުއަތުން ނަގައިފިއެވެ. މިހަފްތާގެ ނަޞީބު ދިމާވެގެން ގުރުއަތުން ހޮވުނީ ނ.ލަންދޫ ހުދުވެލި ޝަމްސިއްޔާ ޢަބުދުލް ޣަނީ އެވެ. ގުރުއަތުން ދިމާވެގެން ލިބޭ ކިރުޕެކެޓް ކޭސް އެފިހާއިން މިހާރުވަނީ ޝަމްސިއްޔާ އާއި ހަވާލުކޮށްފައެވެ. ސްމާޓް 7 އިން އިއްޔެ ( ހުކުރުދުވަހު ) ބޭއްވި ނަޞީބު ކޫޕަން ގުރުއަތުން ނަންގަވައިދެއްވީ ތަރުތީލް ގުރުއާން …

އިތުރަށް »

މިއަދުގެ ޚުޠުބާގައި ޝަރީޢަތާ ޚިލާފު އެއްވެސް ވާހަކައެއް ނުހުންނާނެ – އިސްލާމިކް މިނިސްޓަރ

ހުކުރު ޚުޠުބާގައި އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ވާހަކައެއް ހިމަނާފައި ނުވާނެ ކަމަށާއި، މި ހަފްތާގެ ޙުޠުބާއަކީ މުޖުތަމަޢުގެ މިއަދުގެ ޙާލަތާ ގުޅޭ ޙުތުބާއެއްކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ. މީޑިއާއަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ، ހުކުރު ޙުޠުބާގައި ބަޔާންކޮށްދީފައިވަނީ ޙާކިމާއަށް ކިޔަމަންވުމުގެ މުހިންމުކަމުގެ ވާހަކަކަމަށެވެ. ކީރިތި ޤުރުޢާނާއި ރަސޫލާގެ ސުންނަތުން ދަލީލުދައްކައި އެވާހަކަތައް ޚުޠުބާގައި ތަފްސީލު ކޮށްދީފައިވަނީ، މި ދަނޑިވަޅަކީ ރާއްޖޭގެ ޤާނޫނީ ވެރިކަން، ޤާނޫނާ …

އިތުރަށް »

ރާއްޖޭގެ އެއްވެސް ހިސާބެއްގައި މާދަމާ މުޒާހަރާ ނުކުރެވޭނެ – ފުލުހުން

މާލެއާއި ރާއްޖޭގެ އެއްވެސް ހިސާބެއްގައި މާދާމާ އެއްވެ މުޒާހަރާކުރުމުގެ ފުރުޞަތު ނުދޭނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ. ފުލުހުންގެ ތަރުޖަމާން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ މާދަމާ މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މީހުން އެއްކޮށް ހަމަނުޖެހުން ހިންގާ ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާކަމަށެވެ. އަދި ބައެއް ފަރާތްތަކުން ފާޅުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް މާދަމާ ރާއްޖޭގެ އެކި …

އިތުރަށް »

ނަހުޒާ ޤުރުއާން ކްލާހަށް ޓީޗަރަކު ހޯދަނީ

ނ.ވެލިދޫ ނަހުޒާ ޤުރުއާން ކްލާހަށް ކޮންޓްރެކްޓް އެމްޕްލޯއިމަންޓްގެ ދަށުން  ޓީޗަރަކު ހޯދަން އިއުލާނުކޮށްފިއެވެ. މިމަގާމަށް ހޮވޭފަރާތަކުން މަސައްކަތްކުރަންޖެހެނީ ވެލިދޫކައުންސިލް އިދާރާގެ  އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް ބައިގައެވެ. މަޤާމުގެ ޝަރުތަކީ ޤާރީކަމުގެ ސެޓްފިކެޓެއް ލިބިފައިވުން ނުވަތަ ތަޖުވީދުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެމަތިން ކީރިތި ޤުރުއާން ކިޔަވައިދޭން އެނގުމެވެ. މި ވަޒީފާއަށް އެންމެޤާބިލް ފަރާތެއް ހޮވުމުގައި ބަލާނީ މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ހުނަރު އަދި ތަޖުރިބާއަށެވެ. މިވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން …

އިތުރަށް »

މަގުމަތީގެ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ލަންދޫސްކޫލްގެ ދަރިވަރުންނަށް ދީފި.

ނ.ލަންދޫ ޕޮލިސްޓޭޝަން އާއި، ލަންދޫ ސްކޫލް ގުޅިގެން ލަންދޫސްކޫލްގެ ކީސްޓޭޖް 1 ގެ ދަރިވަރުންނަށް މަގުމަތީގެ ރައްކާތެރިކަމާއި ބެހޭ މައުލޫމާތު ދީފިއެވެ. މިއަދު މެންދުރުފަހު ލަންދޫސްކޫލްގައި އެކަމަށްޓަކައި ބޭއްވި ޚާއްޞަ ސެޝަންގައި މައުލޫމާތު ދެއްވީ ޕޮލިސް ލާންސް ކޯޕްރަލްސް އަލްފާޟިލް އިބްރާހިމް މުއާޒު އެވެ. މަގުމަތީގައި ކުޑަކުދިން ބައިސްކަލް ދުއްވުމާއި، އެކަނި މަގުމައްޗަށް ނުކުމެ އުޅޭއިރު އެކުދިން ސަމާލުކަން ދޭންޖެހޭ ގިނަކަންކަން އެކުދިންގެ ވިސްނުމާ ގުޅޭގޮތަށް މުއާޒު މިސެޝަންގައި މައުލޫމާތު …

އިތުރަށް »

އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރިމައްސަލަ މަޖިލީހަށް ހުށަހަޅާނަން – ވަކީލުން

އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދު ސަސްޕެންޑް ކުރި މައްސަލަ ރައްޔިތުންގެ މަޖްލީހަށް ހުށަހަޅާނެކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ. އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުން މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވަކީލު ހިސާން ހުސައިން ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ފަނޑިޔާރެއްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާނުކުރެވޭނެ ކަމަށް ޖޭއެސްސީން ނިންމާފައިވަނީ އެކޮމިޝަންގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ. އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރީ …

އިތުރަށް »

ބީއެމްއެލް ‘ކޭޝްލެސް ރައިޑް’ ޚިދުމަތް ހުޅުމާލޭގައި ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް އަދި ކްރެޑިޓްކާޑު ބޭނުންކޮށްގެން ޓެކްސީތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭ “ބީއެމްއެލް ކޭޝްލެސް ރައިޑް” ޚިދުމަތް ހުޅުމާލޭގައި ތައާރަފްކޮށްފިއެވެ. މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ތައާރަފްކުރެވުނު މި ޚިދުމަތަކީ ޓެކްސީތަކުގައި ބަހައްޓާފައި ހުންނަ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިނެއް މެދުވެރިކޮށް ދަތުރަށް ފައިސާ ދެއްކޭ ގޮތަށް ފަރުމާކުރެވިފައިވާ ޚިދުމަތެކެވެ. މާލޭގައި މި ޚިދުމަތަށް ވަނީ  ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. ބީއެމްއެލްއިން ގަބޫލުކުރާ ކޮންމެ …

އިތުރަށް »