ޚަބަރު އަރުޝީފު

އެންމެ ފަހުގެ ރަށުގެ ޚަބަރުތަކާ ރާއްޖޭގެ ޚަބަރުތައް

ލަންދޫގައި އަލަށް ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވާ ކްލަބުގެ ހިންގާކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި.

ލަންދޫގައި އަލަށް ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވާ ކްލަބުގެ ހިންގާކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި.

Shareނ.ލަންދޫގައި އަލަށް ރަޖިސްޓްރީކުރުމަށް ޒުވާނުން ނިންމާފައިވާ ކްލަބްގެ ހިންގާ ކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޒުވާނުންގެ ތެރެއިން ހޮވާލެވުނު ކޮމިޓީއަކުން ކުރިއަށްގެންދާ މިއިންތިޚާބު މިމަހުގެ 23 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ހިންގާ ކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުން މިހާރުވެސްވަނީ ކެމްޕެއިން ފަށާފައެވެ. އެގޮތުން ޒުވާނުންގެ ގުރޫޕްތަކުން ބޮޑެތި ބާބަކިއު ތައް ދިނުމާއި، ހަވީރު ސައިދިނުންފަދަ ޒަމާނީ ކެމްޕެއިން ޙަރަކާތްތަކެއް ކެނޑިޑޭޓުން މިހާރު ކުރިއަށް އެބަގެންދެއެވެ. ޒުވާނުންގެ ...

ތަފްޞީލް »

ކައުންސިލަރުންގެ މުސާރަ ކުޑަކޮށްފި.

ކައުންސިލަރުންގެ މުސާރަ ކުޑަކޮށްފި.

Share ބައެއް ކައުންސިލަރުންގެ މުސާރަ ރައްޔިތުންގެ މަޖިލީހުން މިއަދު ކުޑަކޮށްފިއެވެ. މާލިއްޔަތު ކޮމިޓީން ނިންމިގޮތަށް މިއަދު މުސާރަ ކުޑަކުރަން ނިންމާފައިވަނީ ސިޓީ ކައުންސިލުތަކަށް އައްޔަންކޮށްފައިވާ ކައުންސިލަރުންގެ މުސާރައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރުންގެ މުސާރަ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ 47 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މިއަދު ފާސްކުރި މުސާރައިގެ އޮނިގަނޑަށް ބަލާއިރު މޭޔަރުންނަށް މިހާރު ދެމުން އަންނަ 30،000 ރުފިޔާގެ އަސާސީ މުސާރަ ...

ތަފްޞީލް »

ލަންދޫ ގައި ކްލަބެއް ރަޖިސްޓްރީ ކުރަން ޒުވާނުން ނިންމައިފި.

ލަންދޫ ގައި ކްލަބެއް ރަޖިސްޓްރީ ކުރަން ޒުވާނުން ނިންމައިފި.

Shareނ.ލަންދޫގައި އަނެއްކާވެސް ޒުވާނުންގެ އާ ކްލަބެއް ރަޖިސްޓްރީ ކުރަން ލަންދޫ ޒުވާނުން ނިންމައިފިއެވެ. މިކަމަށް ޒުވާނުން ނިންމާފައިވަނީ ރޭ ލަންދޫސްކޫލްގައި ބޭއްވި ޒުވާނުންގެ ބޮޑު ބައްދަލުވުމެއްގައެވެ. ރޭގެ ބައްދަލުވުމުގައި ޒުވާނުން ބަހުސްކޮށްފައިވަނީ ކްލަބެއް ރަޖިސްޓްރީ ނުކޮށް މިހާރުވެސް ކުޅިވަރުތަކުގައި ފައިވްތާރޓީގެ ނަމުގައި ބައިވެރިވަމުން ދާނީ ތޯ ނުވަތަ އާ ކްލަބެއް ރަޖިސްޓްރީ ކޮށްގެން އާ މެނޭޖްމެންޓަކާއެކު ކުރިއަށްދާނީ ތޯ މިކަމުގެ މައްޗަށެވެ. ރޭ އެއްބައްދަލުވުމަށް 63 ޒުވާނުން ހާޒިރުވެފައިވާއިރު 56 ...

ތަފްޞީލް »

ބޫޓާން އަތުން ރާއްޖެ މޮޅުވެއްޖެ.

ބޫޓާން އަތުން ރާއްޖެ މޮޅުވެއްޖެ.

Share ވަރލްޑްކަޕް ކޮލިފައިންގައި އިއްޔެ ބޫޓާންގައި ބޫޓާންއާ ރާއްޖެވާދަކުރިމެޗުން ރާއްޖެ މޮޅުވެއްޖެއެވެ. އަޝްފާގު ހެޓްރިކާއެކު ބޫޓާންގެ މައްޗަށް ރާއްޖެ ކުރިހޯދައިފައިވަނީ ހަތަރު ލަނޑު ތިންލަނޑުންނެވެ. މެޗްގެ ފުރަތަމަ ލަނޑު 10ވަނަ މިނެޓްގައި ރާއްޖެއަށް ކާމިޔާބުކޮށްދިނީ އަހުމަދު ނާޝިދުއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ކެޕްޓަން އަލީ އަޝްފާގު ދެލަނޑު ޖަހާ ރާއްޖެއަށް ލީޑު ފުޅާކޮށްދިނެވެ. އަޝްފާގުގެ ހެޓްރިކް އަދި ރާއްޖޭގެ ހަތަރުވަނަ ލަނޑު މިމެޗްގެ ދެވަނަ ހާފްގައި ކާމޔާބުކުރީ ލިބުނު ...

ތަފްޞީލް »

ލޯންޗްކޮޅުގެ ތަޙްޤީޤު ވަރަށް ފުރިހަމައަށް ކުރާނެ – ތަރުޖަމާނު

ލޯންޗްކޮޅުގެ ތަޙްޤީޤު ވަރަށް ފުރިހަމައަށް ކުރާނެ – ތަރުޖަމާނު

Share ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮވައިގެން ހިނގި ނުރައްކާތެރި ހާދިސާ ވަރަށް ފުރިހަމައަށް ތަޙްޤީޤު ކުރައްވާނެކަމަށް ރައީސް އޮފީޙުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ޢަލީ ވިދާޅުވެއްޖެއެވެ. މުއާޒު މިހެން ވިދާޅުވީ އެހާދިސާ ދައްކުވައިދޭ ކުރިން ޢާންމުކޮށްފައި ނުވާ ވީޑިއޯ ކްލިޕެއް ޢާންމު ކުރުމަށާއި، ކަމާބެހޭ ޕްރެސް ކޮންފަރެންސެއް ބޭވުމަށް ނޫސްވެރިންނާ ބައްދަކުރެއްވި އިރުއެވެ. މިބައްދަލުވުން ބާއްވާފައިވަނީ ރޭ މެންދަމު 12:50 އެހާކަންހާއިރު ރައީސް އޮފީހުގައެވެ. ދެއްކި މިވީޑިއޯ ކްލިޕުން ...

ތަފްޞީލް »

މިއަހަރުގެ ޓީޗަރުންގެދުވަސް ލަންދޫސްކޫލްގައި ވަރަށްކުލަގަދަކޮށް ފާހަގަކޮށްފި.

މިއަހަރުގެ ޓީޗަރުންގެދުވަސް ލަންދޫސްކޫލްގައި ވަރަށްކުލަގަދަކޮށް ފާހަގަކޮށްފި.

Shareމިއަހަރުގެ ޓީޗަރުންގެ ދުވަސް ނ.ލަންދޫސްކޫލްގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ލަންދޫސްކޫލްގެ ޕީޓީއޭ އާއި، އެސްކޫލްގެ އެޑްމިން ސްޓާފުން އިސްނަގައިގެން ފާހަގަކުރި މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ ޕްރޮގްރާމްތައް ފަށާފައިވަނީ އިއްޔެ ހެނދުނުއެވެ. ހެނދުނު އެސްކޫލްގެ ހުރިހާ މުދައްރިސުންނަށް ސްކޫލުން މަރުޙަބާ ކީ ދަރިވަރުންނާއި، ބެލެނިވެރިންނާއި، އަދި އެޑްމިންސްޓާފުންނެވެ. މި މަރުޙަބާ ކިއުމުގައި ކޮންމެޓީޗަރަކަށް މާބޮޑިއެއް ހަދިޔާ ކޮށްފައިވެއެވެ. ޓީޗަރުންގެ ދުވަސް ފެށުމުގެ ގޮތުން އޮތީ ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ބޮޑު ކޭކް ފެޅުމެވެ. ...

ތަފްޞީލް »

މަނަދޫ ޒުވާނުންގެ ޓީމަކާ ލަންދޫ ޒުވާނުންގެ ޓީމަކާދެމެދު ބައިބަލާ މެޗެއް ކުޅެފި.

މަނަދޫ ޒުވާނުންގެ ޓީމަކާ ލަންދޫ ޒުވާނުންގެ ޓީމަކާދެމެދު ބައިބަލާ މެޗެއް ކުޅެފި.

Shareނ.މަނަދޫ ޒުވާނުންގެ ބައިބަލާ ޓީމަކާ ނ.ލަންދޫ ޒުވާނުންގެ ބައިބަލާ ޓީމަކާ ދެމެދު އެކުވެރިކަމުގެ ބައިބަލާ މެޗެއް ލަންދޫގައި އިއްޔެ ކުޅެފިއެވެ. ލަންދޫ ޒުވާނުންގެ ބައިބަލާ މައިދާނުގައި އިއްޔެ ހަވީރު އޮތް މިމެޗް ގަދަހިފުމަކަށް ގޮސްގެން ކާމިޔާބު ކޮށްފައިވަނީ މަނަދޫ ޒުވާނުންގެ ޓީމެވެ. އިއްޔެކުޅެވުނު މި މެޗްގައި އެންމެ ރަގަޅު ކުޅުމެއް ދައްކާފައިވަނީ ލަންދޫޓީމްގެ ވައްޑޭ އެވެ. މިއީ އަދި މިހާތަނަށް ރަށުންބޭރު ޓީމަކާ ލަންދޫ ޓީމެއް މިގޮތަށް ދައުވަތު ދީގެން ...

ތަފްޞީލް »

އދގެ ވަރކިން ގްރޫޕްގެ ނިންމުމަކީ އެގްރޫޕުން ދެއްވާފައިވާ އޮޕީނިއަންއެއް- ދުންޔާ

އދގެ ވަރކިން ގްރޫޕްގެ ނިންމުމަކީ އެގްރޫޕުން ދެއްވާފައިވާ އޮޕީނިއަންއެއް- ދުންޔާ

Share އދގެ ވަރކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމާފައިވާ ނިންމުމަކީ އެއްވެސް ޙާލެއްގައި ކޯޓެއްގެ ޙުކުމެއް ނޫންކަމަށާއި، އެއީ އެ ގްރޫޕުން ދެއްވާފައިވާ އޮޕީނިއަންއެއް ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށްސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާތީ އެމަނިކުފާނަށް މަޢާފުހޯދައިދިނުމަށް އދ. ވަރކިންގ ގުރޫޕުން ނިންމާފައިވަނީ ދިވެހިސަރުކާރުން ހުށަހެޅި ޕޮއިންޓްތަކަށް ރިއާޔަތް ނުކޮށް ކަމަށްވެސް އެކަމަނާވަނީ ...

ތަފްޞީލް »

ސަރުކާރުގެ ރަސްމީ ގަޑިއަށް ބަދަލުގެންނަން ކެބިނެޓުން ނިންމައިފި.

ސަރުކާރުގެ ރަސްމީ ގަޑިއަށް ބަދަލުގެންނަން ކެބިނެޓުން ނިންމައިފި.

Share ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ނުވަތަ ސިވިލް ސާވިސްގެ މަސައްކަތުގަޑި ހެދުނު 8:00 އިން މެންދުރުފަހު 02:00 އަށް ބަދަލުކުރުމަށް ކެބިނެޓުން ނިންމަވައިފިއެވެ. މި ބަދަލު ގެންނަވަން ނިންމެވި ނަމަވެސް ވަޒީފާއާއިބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ހުސްވަގުތުގެ ގޮތުގައި ލިބިދޭ 30 މިނެޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ޕީއެސްއެމްއާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިކަމަށް ޕީއެސްއެމްގެ ވެބްސައިޓްގައި ވަނީ ...

ތަފްޞީލް »

މިއަހަރުގެ އޯލެވެލް އިމްތިޙާފެށެން އެންމެ ފަސްދުވަސް

މިއަހަރުގެ އޯލެވެލް އިމްތިޙާފެށެން އެންމެ ފަސްދުވަސް

Share މިއަހަރުގެ އޯލެވެލް އިމްތިޙާން ފެށެން އެންމެ 5 ދުވަހަށް ވެއްޖެއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ މިއަހަރުގެ އޯލެވެލް އިމްތިހާން އަންނަ ހޯމަދުވަހު ފަށާނެކަމަށެވެ. ހުރިހާ ސްކޫލްތަކަކުންވެސް އެންމެ ބޮޑަށް ތައްޔާރުވަމުންދާ އިންތިޙާން ފެށެން މިހާކުޑަދުވަސް ކޮޅަކަށް ވެފައިވާއިރު މިއަހަރުގެ އޯލެވެލް އިމްތިހާންގައި މާލެއާއި އަތޮޅުތެރެއިން 7000 ވުރެއްގިނަ ދަރިވަރުން ބައިވެރިވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. މި އިމްތިހާނުގައި 192 ސްކޫލަކުން 5365 ދަރިވަރަކު އިމްތިހާން ހަދާނެކަމަށް އެޑިޔުކޭޝަން ...

ތަފްޞީލް »

ތަޢުލީމުދެވޭ މިންވަރެއް ވަޒަންކުރުމަށް ދަރިވަރުންނަށް އިމްތިޙާނެއް ދެނީ.

ތަޢުލީމުދެވޭ މިންވަރެއް ވަޒަންކުރުމަށް ދަރިވަރުންނަށް އިމްތިޙާނެއް ދެނީ.

Shareރާއްޖޭގެ ސްކޫލުތަކުގައި ދެވޭ ތަޢުލީމުގެ ފެންވަރު ބަލައި މަތިކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޕްރައިމަރީ މަރުހަލާގެ ދަރިވަރުންނަށް އިމްތިހާނެއް ދިނުމަށް ހަމަޖައްސައިފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ކޮލިޓީ އެޝުރަންސް ޑިޕާރޓްމަންޓުން ހާމަކުރެއްވި ގޮތުގައި، ސްކޫލްތަކުގެ ގްރޭޑް 4 ން ފެށިގެން 7 ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް، ނޭޝަނަލް އެސެސްމަންޓުގެ ނަމުގައިދޭ ފެންވަރު ވަޒަންކުރުމުގެ އިމްތިހާނު 112 ސްކޫލެއްގައި ކުރިއަށްދާނެކަމަށެވެ. ހިސާބު އަދި އިނގިރޭސި މާއްދާ އިން ދެވޭ މި ...

ތަފްޞީލް »

ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިޘާ ތަހްޤީގްކުރުމަށް ބޭރުމީހުން.

ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިޘާ ތަހްޤީގްކުރުމަށް ބޭރުމީހުން.

Share ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަތުރުކުރައްވަމުން ގެންދެވި ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިޘާގެ ތަހުގީގަށް އެހީތެރިވުމުގެ ގޮތުން ބޭރުޤައުމުތަކުން ޓީމްތައް ފޮނުވަން ބޭނުންވާކަމަށް އަވަށްޓެރި ޤައުމުތަކުންނާއި، ދުރު ހިސާބުތަކުގެ ޤައުމުތަކުން އެދެމުން އެބަދާކަމަށް ދިވެހި ސަރުކާރުން ހާމަކުރެއެވެ. އެގޮތުން މިހާރުވަނީ ސައުދީ އަރަބިއްޔާގެ ތަހުގީގީ ޓީމެއް ރާއްޖެ އައިސްފައެވެ. ސައޫދީގެ އިތުރުން އިންޑިޔާގެ އެކްސްޕާރޓަކާއި އޮސްޓްރޭލިއާގެ އެކްސްޕާރޓެއް ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށް މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ. މި ...

ތަފްޞީލް »

އުދަ އަރާފާނެކަމަށް ވަކި ރަށެއް ފާހަގަކުރުމަކީ ކުރެވޭނެ ކަމެއް ނޫން – އެން.ޑީ.އެމް.ސީ

އުދަ އަރާފާނެކަމަށް ވަކި ރަށެއް ފާހަގަކުރުމަކީ ކުރެވޭނެ ކަމެއް ނޫން – އެން.ޑީ.އެމް.ސީ

Share އުދަ އަރާނެކަމަށް ބުނެ މީޑިއާތަކުގައި މިހާރު މީޑިއާތަކުގައި ދައުރު ވަމުންދާ ލިސްޓަކީ، ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިފަދަ ހާދިސާތަކަށް ރޭވުންތެރިކަމާއި އެކު ތައްޔާރު ވުމުގެ ގޮތުން އެކުލަވާލައިފައިވާ ލިސްޓެއެއް ކަމަށް އެ ސެންޓަރުން ހާމަކޮށްފިއެވެ. މި ހިނގާ ސެޕްޓެމްބަރު މަހުގެ 27 – 30 އާއި ދެމެދު ރާއްޖޭގެ 44 ރަށަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑުކަމަށް އާންމުކޮށްފައިވާ ކަމަށް ބައެއް މީޑިއާ ތަކުގައި ފެތުރޭ ލިސްޓާއި ...

ތަފްޞީލް »

ހަނދުކޭތަ ހިފާވަގުތު އުދައެރުމުގެ ފުރުޞަތު ވަރަށްބޮޑު – މެޓް އޮފީސް

ހަނދުކޭތަ ހިފާވަގުތު އުދައެރުމުގެ ފުރުޞަތު ވަރަށްބޮޑު – މެޓް އޮފީސް

Share މިމަހުގެ ހަތާވީސްވަނަދުވަހު ހިފާ ހަނދުކޭތައާގުޅިގެން މާދަމާއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާއި ދެމެދު ރާއްޖޭގެ ދިޔަވަރާއި އޮއިވަރަށް ބަދަލުއައިސް ރަށްރަށަށް އުދައަރާފާނެކަމަށް ބެލެވޭތީ އެކަމަށް ސަމާލުވެތިބުމަށް މޫސުމާބެހޭ ޤައުމީއިދާރާއާ، ޑިޒާސްޓަރ މެނޭޖްމެންޓާއި އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއާއި، ޑިޒާސްޓަރ މެނޭޖްމެންޓާއި، އެމްއެންޑީއެފް ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި މައުލޫމާތުދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ ޑިރެކްޓަރ މީޓްރޮލޮޖީ އަބުދުލް މުހުސިން ރާމިޒް ވިދާޅުވީ މިމަހުގެ 27 ވަނަ ...

ތަފްޞީލް »

ވިއްސާރަވުމުގެ ސަބަބުން އަންހެނުންގެ ވާދެމުން މާދަމާއަށް ފަސްކޮށްފި.

ވިއްސާރަވުމުގެ ސަބަބުން އަންހެނުންގެ ވާދެމުން މާދަމާއަށް ފަސްކޮށްފި.

Shareނ.ލަންދޫގައި މިއަހަރު ގެ އަޟްޙާޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ލަންދޫކައުންސިލުން އިސްނަގައިގެން ރަށުގެ ޒުވާނުންނާއި، ރައްޔިތުންނާއި، ގުޅިގެން ކުރިއަށް ގެންދާ ޢީދުކުޅިވަރު 1436 ގައި ހިމެނޭ ކުޅިވަރު ތަކުގެ ތެރެއިން މިއަދު ހެނދުނު ބޭއްވުމަށް ހަމަޖެއްސި އަންހެނުންގެ ވާދެމުން މޫސުން ގޯސްވުމުގެ ސަބަބުން މާދަމާއަށް ފަސްކޮށްފިއެވެ. ޢީދު ކުޅިވަރު އިންތިޒާމް ކުރާ ކޮމިޓީއިން ބުނީ މި އައިޓަމް ދެން ބާއްވާނީ މާދަމާ ހެނދުނު 8:00 ގައި ކަމުގައެވެ. ޢީދު ކުޅިވަރު ގެ ...

ތަފްޞީލް »

ނ.ހެނބަދޫ ބަޔާނުލް ޤުރްއާން ކުލާހުގެ 1 ވަނަ ޤުރްއާން މުބާރާތް ބާއްވައިފި

ނ.ހެނބަދޫ ބަޔާނުލް ޤުރްއާން ކުލާހުގެ 1 ވަނަ ޤުރްއާން މުބާރާތް ބާއްވައިފި

Shareނ.ހެނބަދޫގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ޤުރްއާން ކުލާހެއް ކަމަށްވާ، ބަޔާނުލް ޤުރްއާން ކުލާހުގެ 1 ވަނަ ޤުރްއާން މުބާރާތް ބާއްވައިފިއެވެ. މި މުބާރާތަކީ 11 ޢުމުރުފުރާއަކަށް ބަހާލައިގެން ބޭއްވުނު މުބާރާތެކެވެ. އެއީ 2 އަހަރުންދަށް، 3 އަހަރުންދަށް، 4 އަހަރުންދަށް، 5 އަހަރުންދަށް، 6 އަހަރުންދަށް، 7 އަހަރުންދަށް، 9 އަހަރުންދަށް، 11 އަހަރުންދަށް، 14 އަހަރުންދަށް، 16 އަހަރުންދަށް އަދި 20 އަހަރުންމައްޗެވެ. އެގޮތުން މި މުބާރާތުގައި ...

ތަފްޞީލް »

ވޭތުވެދިޔަ އަހަރު ލަންދޫ ސްކޫލުގެ ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ނަޝްފާ.

ވޭތުވެދިޔަ އަހަރު ލަންދޫ ސްކޫލުގެ ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ނަޝްފާ.

Shareފާއިތުވި 2014 ވަނަ އަހަރު ނ.ލަންދޫ ސްކޫލުގެ ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ނ.ލަންދޫ އުފާ އާމިނަތު ނަޝްފާ ހޮވިއްޖެއެވެ. ރޭ ލަންދޫސްކޫލްގައި ބޭއްވި އެސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ގައި ހުރިހާ ގޮތަކުން އެންމެރަގަޅު ދަރިވަރު ނަޝްފާއަށް އިނާމާއި ޓްރޮފީ ހަވާލްކޮށްދެއްވީ އެޖަލްސާގެ ޝަރަފްވެރި މެހްމާން ނ.ކޮމާންޑަރ ޕޮލިސް ސަބްއިނިސްޕެކްޓަރ އަލްފާޟިލް އަޙްމަދު ޢާދިލް އެވެ. ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނ.ކޮމާންޑަރ ޕޮލިސް ސަބްއިނިސްޕެކްޓަރ އަލްފާޟިލް ...

ތަފްޞީލް »

53 އެންބިއުލާންސް ރާއްޖެ ގެނެސްފި.

53 އެންބިއުލާންސް ރާއްޖެ ގެނެސްފި.

Shareސަރުކާރުން ރާއްޖެ ގެނައުމަށް އެސް.ޓީ-އޯ-އާއި ހަވާލުކުރި 53 އެންބުލާންސް މިހާރު ރާއްޖެ ގެނެވިފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޤާސިމް ވިދާޅުވިކަމަށް ޕީއެސް އެމް އިންބުނީ މި 53 އެންބިއުލާންސްގެ ތެރެއިން 25 އެންބިއުލާންސް މިހާރު އެކި ރަށްތަކަށް ފޮނުވާފައިވާކަމަށެވެ. އަދި ބާކީ 18 އެންބިއުލާންސް ރަށްރަށައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ގާސިމް ވިދާޅުވި ކަމަށްވެސް ޕީއެސް އެމް އިން ބުނެއެވެ. މިގޮތުން ...

ތަފްޞީލް »

ނައިބް ރައީސް އަދީބު މާފަރަށް ވަޑައިގަންނަވަނީ.

ނައިބް ރައީސް އަދީބު މާފަރަށް ވަޑައިގަންނަވަނީ.

Shareރައީސުލް ޖުމުހޫރިއްޔާގެ ނައިބް އަލްފާޟިލް އަޙްމަދު އަދީބު މާފަރަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމުގެ މަޢުލޫމަތު ލިބިއްޖެއެވެ. އެނގިފައިވާ ގޮތުގައި ނައިބްރައީސް މާފަރަށް ވަޑައިގަންނަވަނީ ނ.މާފަރު އެއާޕޯޓުގެ ބިންގާ އަޅުއްވައިދެއްވުމަށެވެ. މިދަތުފުޅު ކުރައްވަން ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. މިއަހަރުގެ ޙައްޖުދުވަސް ވެސް ދިމާވަނީ އެދުވަހާއެވެ. މާފަރު އެއާޕޯޓުގެ މަސައްކަތް ފެށިތާ ހަތް އަހަރު ފަހުން އެއާޕޯޓުގެ ބިންގާ ނައިބް ރައީސް އަހުމަދު އަދީބު އަޅުއްވާ ދެއްވާއިރު ...

ތަފްޞީލް »

ޔެލޯ އެލަރޓް ނެރެފި.

ޔެލޯ އެލަރޓް ނެރެފި.

Share ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ތިލަދުންމައްޗާއި، ހުވަދު އަތޮޅަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއެވެ. މި ދެއަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދު އެގާރަ ގަޑި ފަނަރައިން ހަވީރު ފަހައް ޖެހުމާ ހަަމަޔަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއެވެ. އެ އިދާރާއިން ބުނީ، ...

ތަފްޞީލް »
އެންމެމައްޗަށް