މަޒުމޫނު

ބަވަނަވަމުންދާ ދުނިޔޭގައި މީޑިޔާގެ އަސަރު ކުރަނީ ކޮންބަޔަކަށް؟

އަޅުގަނޑުމެން ދިރިއުޅެމުން މިދާ ދުނިޔެ މިހާރު ކުޑަކުޑަ ތަނަކަށް ވެއްޖެއޭ ބުނުމަކުން އެއްވެސް މީހަކު ހައިރާނެއް ނުވާނެކަން ކަށަވަރެވެ. އެހެނީ ކޮންމެ ދިމާއަކުން ވެސް އެތަނެއްގައި ހިނގަމުންދާ ހުރިހާ ކަމެއްގެ ޚަބަރުތައް އެންމެ ތާޒާކަންމަތީ އަޅުގަނޑުމެންނަށް ލިބެމުންދެއެވެ. މިއީ ޒަމާނީ ވަސީލަތްތަކުގެ އެހީގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ލިބުނު ނުހަނު ބޮޑު ފަސޭހައެކަން ޔަޤީނެވެ. ހަމައެއާއެކު ޓެކްނޮލަޖީގެ ޒަރީއާއިން މިއަދު ނުކުރެވޭ ކަމެއް ހަމަ ނެތޭ ބުނެވިދާނެއެވެ. ދުނިޔެ ތަރައްޤީވަމުން …

އިތުރަށް »

އެންމެ މަގުބޫލް ސޯޝިއަލް މީޑިޔާ އަކީ..

ލިޔުނީ : މުޙައްމަދު ފަރުހާން – ގްރޭޑް 9 ހިތްހަމަޖެހުމާއިއެކު އެއްވެސް ނުފޫޒެއް މެދުވެރިނުވެ، ދުނިޔޭގައި އުޅެން ލޯބިނުކުރާނީ ކާކުތޯއެވެ. އެއްވެސް މައްސަލައެށް ނުޖެހި ތިމާގެ އަގުވެއްޓުމުން ސަލާމަތްވާން ލޯބިނުކުރާނީ ކާކުތޯއެވެ. އާންމުކޮށް މިފަދަ ނުފޫޒުތަކާއި މައްސަލަތަކާއި ތިމާގެ އަގު މުޖުތަމައިން ވެއްޓެން މެދުވެރިވަނީ ސޯޝިއަލް މީޑިޔާތަކުގެ ސަބަބުންނެވެ. ނަމަވެސް، ސޯޝިއަލް މީޑިޔާތަކުންވެސް އިންސްޓަގްރާމް އަކީ މިފަދަ ނުބައި މައްސަލަތަކަށް މަގުފަހިކޮއްދޭ ވަޞީލަތެއް ނޫންކަމީ އަޅުގަނޑުގެ ލޮލުންދެކި އަތުން ހިފައިފައިވާ …

އިތުރަށް »

އިސްލާމް ދީނަށް ގޮވާލުމަށް ޝަރުޢު ކުރައްވާފައިވާ އުޞޫލު

ކީރިތި ޤުރުއާނުގައި މާތް الله ވަޙީ ކުރައްވާފައިވެއެވެ. ﴿ ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ  ﴾ ﴿سورة النحل ١٢٥﴾ މާނައީ: “حكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ! …

އިތުރަށް »

ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެ……

ލިޔުނީ : ނަފުއާ ޙުސެއިން – ގްރޭޑް 10 މުޅިދުނިޔޭގައި އެންމެކުރިއަރަމުންއަންނަ އެއް އިންވެސްޓެވެ. އަދި އޭގެ ފައިދާއާއި ގެއްލުން އެހާމެ ބޮޑު ވިޔަފާރިއެކެވެ. އޭގެ ބައިވަރު ސަބަބުތަކެއް ވެއެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުއަށް ބަލައިލި ކަމުގައިވިޔަސް އޭގެ ހެކިތައް ފެނެއެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ ފަތުވެރިންގެ ގޮތުގައި އަންނަ ބައެއްމީހުންގެ ޢަމަލުތައް ހުންނަ ގޮތެވެ. އަޅުގަނޑު ދަންނަވަން މި އުޅެނީ ފަތުވެރިކަމުގެ ވިޔަފާރީގެ ވާހަކައެވެ. ފަތުރުވެރިން …

އިތުރަށް »

އަމާނާތްތެރިކަންވަނީ ވަރަށް ފުޅާދާއިރާއެއްގައެވެ.

ލިޔުނީ: އަޙްމަދު ޝިފާޢު – ގްރޭޑް 10 އަޚްލާޤު ރަނގަޅު މީހުންގެ ކިބައިގައި ހުންނަ އެންމެ މުހިއްމު ސިފަތަކުގެ ތެރޭގައި ހިމެނޭ ސިފައެކެވެ. އެއީ މާތް ﷲ ދެއްވާ އެންމެ މަތިވެރި އެއް ނިޢުމަތެވެ. ނަފްސުގެ ޒިނަތްތެރިކަމާއި އަޒުމުގެ މަތިވެރިކަމާއި، ރިވެތި އަޚްލާޤު އަށަގެންފައިވާކަމުގެ ޢަލާމާތްތެކެވެ. އާދެ، އަމާނާތްތެރިކަމަކީ އިންސާނާގެ އުނިކަންތައް ފޮރުވައިދީ ހެޔޮޢަމަލުތަކަށް ފިރުކާގަތުމަށް ފުރުޞަތުތައް ތަނަވަސް ކޮށްދޭ ސިފައެކެވެ.އަމާނާތްތެރިކަމަކީ ޚިޔާނާތުގެ އިދިކޮޅެވެ. އަމާނާތްތެރިކަމަކީ ވަރަށް ފުޅާ މާނައެއްގައި، …

އިތުރަށް »

އަމާނާތްތެރިކަން

ލިޔުނީ: އައިޝަތު އަލްމާ – ގްރޭޑް 10 މުޖުތަމަޢުއެއްގެ އަމަންއަމާން ކަމާއި ސުލްޙަމަސަލަސްކަން ގާއިމުކުރުމީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. އެގޮތުން  ރަނގަޅު ފައިދަކުރުވަނިވި މުޖުތަމަޢުއެއް ބިނާކުރުމުގައި ކޮންމެ ފަރުދެއްގެ ކިބައިގައި ޢަމާނާތްތެރިކަން ހުރުމީ ވަރަށް ވެސް މުހިންމު ކަމެކެވެ. އަމާނާތްތެރިކަމަކީ އެހެން މީހެއްގެ އެއްޗެއް ތިމާ އާއި ހަވާލުކުރުމުން އެއެއްޗަކާއި މެދު ޚިޔާނަތްތެރި ނުވެ ރަނގަޅަށް ރައްކާތެރިކުރުމެވެ. މުޖުތަމަޢުއެއްގައި އަމާނާތްތެރިކަން ގެއްލިއްޖެނަމަ ވަރަށް ގިނަގުނަ ދަތިތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެގޮތުން …

އިތުރަށް »

ދިވެހިންނަކީ ހުނަރުވެރި މަސައްކަތްތެރި ބައެއް.

ދިވެހިންނަކީ ޒަމާނުންސުރެން ވަރަށް ހުނަރުވެރި މަސައްކަތްތެރި ބައެކެވެ. އެގޮތުން ދިވެހިން ދިރިއުޅުމަށް ބޭނުންވާ ގިނަ ތަކެތި އުފައްދަނީވެސް އެބައިމީހުންގެ އަމިއްލަ އަތުންނެވެ. ދިވެހިންގެ ކޮންމެ މަސައްކަތަކުންވެސް ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ފެނިގެންދެއެވެ. ޒަމާނުންސުރެންވެސް ދިވެހިން ނުހަނު ގިނަ ތަފާތު މަސައްކަތް ކޮށްއުޅެއެވެ. އޭގެ ތެރެއިން މަސްވެރިކަމަށް ބަލައިލަމާ ހިނގާށެވެ. މަސްވެރިކަމުގައި ބޭނުންކުރާ ގިނަތަކެތި އުފައްދާފައިވަނީ ދިވެހިންގެ އަތުންނެވެ. މިސާލަކަށް މަސްބާނަން ބޭނުންކުރާ ބުޅި،ދޮށި އަދި ވައު ފަދަތަކެތި ފާހަގަކޮށްލެވެއެވެ. ދިވެހިންގެ …

އިތުރަށް »

މިފަހަރު ކައުންސިލަށް ހޮވާނީ ކޮންބައެއް؟

މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު އަތްފޯރާ ފަށަށް ގާތްވެ، މާދަމާއާއެކު އަނެއްދުވަހަކު ވޯޓުލާ މަރުކަޒުތަކަށް ގޮސް ކިޔުގައި ތިބެންޖެހޭ ދުވަސް ކަނޑައެޅި ، ނިމިފައިވާއިރު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަދި ތިމާއަށް ޤާނޫނުން ލިބިދީފައިވާ މިނިވަން ޙައްޤެއް ބޭނުންކުރުމުގެ ނިޔަތުގައި ، މެއި 06 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބުގައި ވޯޓްދޭނެ ފަރާތްތަކެއް މިހާރު އިޚްތިޔާރު ކޮށްފިންހެއްޔެވެ؟ މިއީ މިއަދު ޕާޓީތަކުގެ އެކްޓިވިސްޓުންނާއި …

އިތުރަށް »

ސިޔާސީގޮތުންވިޔަސް ބައިބައިވުމަކީ ތަރައްޤީއަށް ހުރަސްއެޅޭނެކަމެކެވެ.

މުޖުތަމަޢުއެއްގެ ތަރައްޤީއާއި، ހަމަޖެހުމާއި، އަދި ރައްކާތެރިކަންބިނާވެގެން އަންނަނީ އެކުވެރިކަމާ އެއްބައިވަންތަކަމުގެ މައްޗަށެވެ. ބައިބައިވެ ދެކޮޅުވެރިވެ ދެބަސްވުންތައް ގިނަވެއްޖެ މުމުތަމަޢުއެއް ހަލާކުވެ ވިއްސިވިހާލިވެގެންދާކަށް މާކަގިނަދުވަހެއް ނުނަގާނެއެވެ. އެއީ އިޖްތިމާޢީ ގޮތުންވިޔަސް އިޤްތިޞާދީގޮތުންވިޔަސް އަދި ސިޔާސީ ގޮތުންވިޔަސް މިއެވެ. މިދެންނެވި ޙަޤީޤަތް ތާރީޚްގެ ފަތްފުށްތަކުން ފެންނާން އެބަހުއްޓެވެ. ސްޕޭން ނުވަތަ އަންދަލްސްއަށް ވީގޮތް ހަނދާނަށް ގެންނަވާބައްލަވާށެވެ. އެޤައުމުން ތަރައްޤީގެ ކުލަވަރު ފުހެވި އެތައްހާސްބައެއްގެ ފުރާނަ ގެއްލި އެތައް ޢާއިލާތަކެއް ނިކަމެތިވެ މުޅިޤައުމު އިނދަޖެހުމުގެ …

އިތުރަށް »

މަޒުމޫނުގެ ވައްތަރުތަކާއި ، މަޒުމޫނު ލިޔުމުގައި ވިސްނަންވީ ކަންތައްތައް

އެސްއެސްސީ އިމްތިހާނަށް ކުދިން ތައްޔާރު ވަމުންދާއިރު އެންމެ ބޮޑުސަމާލުކަމެއް ދޭންޖެހިފައިވާ އެއްބަޔަކީ ލިޔުންތެރިކަމުގެ ބައެވެ. ލިޔުންތެރިކަމުގެބައިންވެސް މަޒުމޫނު ލިޔުމުގެ ބައެވެ. އެހެނީ ފެންވަރު ރަގަޅު މަޒުމޫނެއް ލިޔެއްވިއްޖެނަމަ އިމްތިޙާންގެ 25 މާކްސް ހޯދުނީއެވެ. އޭރުން އެއޮތީ އިމްތިހާނުން ފާސްވުމަށް ނުވަތަ މަތީ ގްރޭޑެއް ހޯދުމަށް ވަރަށް އަލި ތަނަވަސްމަގެއް ކޮށިފައެވެ. ގިނަކުދިންނަށް ވާގޮތަކީ އިމްތިޙާނުގައި ފަސޭހަ ކޮށްލުމުގެ ގޮތުން ފުރަތަމަ ޕޭޕަރުގައި އޮންނަ އިޚްތިޔާރީ ދެސުވާލުގެ ތެރެއިން ވާހަކަ ލިޔުން …

އިތުރަށް »

ދުނިޔޭގައި ފެތުރިފައިވާ އެންމެބޮޑު ވަބާ!

ލިޔުނީ : ފާތުމަތު ސުޙާ / ގްރޭޑް 9 ހަށިގަނޑަށް ގެއްލުން ހުރިކަމެކެވެ. ބައެއް ޒުވާނުން އަދި މެދުޢުމުރުފުރާގެ ބައެއް މީހުންގެ ވަރަށްގާތް އެކުވެރިއެކެވެ. އަދި މަދުން ނަމަވެސް ވިޔަފާރިވެރިންގެ މުދަލެކެވެ. ބޭކާރުގޮތުގައި ފައިސާ ޚަރަދުކުރުމަށް އެހީވާ ފުރާނައިގެ ދުޝްމަނެކެވެ. އުފާވެރި މާހައުލުތައް ހިތާމަވެރި މާހައުލުތަކަށް ބަދަލުކޮށްލުވާ އެއްޗެކެވެ. އާދެ އެއްވެސް ޝައްކެއް ވަސްވާހެއްނެތް ގޮތުގައި އެއީ މަސްތުވާތަކެއްޗެވެ. ގިނަޒުވާނުންތަކެއް މިކަމުގެ ތެރެއަށް ވަނުމުގައި ވަރަށްބޮޑު ސިއްރެއްވާކަން ކަށަވަރެވެ. އެގޮތުން …

އިތުރަށް »

މަސްތުވާތަކެތި- މުޖުތަމައުގެ ހަލާކު

މަސްތުވާތަކެތީގެ ސަބަބުން ހަލާކުވަނީ ކިތައްޒުވާނުންތޯއެވެ؟ ކިތައް އާއިލާތޯއެވެ؟ މިކަމުގެ ވަބައިގައި ތިބެ މަރުވެދަނީ ކިތައް ފުރާނަ ތޯއެވެ؟ އަޅުގަނޑުމެންގެ ތެރޭގައި މަސްތުވާތަކެތިން ޖެހޭބަލިތައް ޖެހިގެން މަރުގެ އިންތިޒާރުގައި ތިބެނީ ކިތައް މީހުންބާއެވެ؟ ޝައްކެއްވެސް ނެތެވެ. މިހުރިހާކަމެއްވެސް މެދުވެރިވަނީ މުޖުތަމައުގައި މަސްތުވާތަކެތި ބޭނުން ކުރާމީހުން ގިނަވުމުންނެވެ. އާދޭހެވެ. މަސްތުވާތަކެއްޗަކީ ހަގީގަތުގައިވެސް މުޖުތަމައުގެ ހަލާކެވެ. އަދި ކީއްތޯއެވެ؟ ޒުވާނުންގެވެސް ހަލާކެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޒުވާނުން މިދަނީ ދީނީ ހޭލުން ތެރިކަންވެސް ދުވަހެއް …

އިތުރަށް »