މަޢުލޫމާތު

ދިވެހިރާއްޖޭގައި ޟިލްމްނީ މާއްދާތަކުގެ ޑޮކްޓްރިން ބަލައިގެންފައިވޭ!

ޟިމްނީ (Implied) މާއްދާއަކީ އެއްބަސްވުމުގައި ހިއްސާވާ ދެ ފަރާތް ނުވަތަ ފަރާތްތަކުގެ މެދުގައި، އެބައި މީހުންގެ ޢަމަލުކުރަމުން އަންނަ އުސޫލެއްގެ މައްޗަށް ބިނާކޮށް ވެވޭ އެއްބަސްވުމެކެވެ. މިފަދަ އެއްބަސްވުންތަކަކީ އަނގަބަހުން ނުވަތަ ލިޔެކިޔެމުން ވެވޭ އެއްބަސްވުމެއް ނޫނެވެ. ކަމުގެ މާހިރުން ބަޔާންކުރާ ގޮތުގައި މިއީ ކުރެހިފައިވާ ނުވަތަ ޚިޔާލުގެ މައްޗަށް ބިނާވާ އެއްބަސްވުމެކެވެ. މުދަލެއް ގަނެވޭ ނުވަތަ ބަދަލު ކުރެވޭ ހިނދު، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، ޤާނޫނުގެ ދަށުން މުދާ …

އިތުރަށް »

ތަފާތު ސިޙުރު ތަކުގެ އަލާމާތްތައް

الحمد لله والصلاة والسلام على رسول الله صلى الله عليه وسلم ސިޙުރު ޖެހިފައިވޭތޯ ބެލުމަށް ވަރަށް ގިނަ މީހުން ބޭނުންވެއެވެ. ނަމަވެސް ސިޙުރުގެ ޢަލާމާތްތަކަށް ބެލުމަށްފަހު އެމީހަކީ ސިޙުރުޖެހިފައިވާ މީހެއް ކަމަށް ނިންމުމަކީ އަޅުގަނޑުމެންގެ ތެރޭގައި ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މިގޮތުން އާންމުކޮށް މީހުން ސިޙުރުޖެހިފައިވާކަމަށް ދެނެގަންނަ ޢަލާމާތްތަކުގެ ތެރޭގައި އާންމުކޮށް ގަދަޔަށް ބޮލުގައި ރިއްސުން. ބިރުވެރި ހުވަފެންތައް އާންމުކޮށް ފެނުން. ނިދީގައި ސިއްސައިގެން …

އިތުރަށް »

ހަކުރު ނާޅާ ކަޅުސައި ގިނައިން ބޯ ނަމަ މާބޮޑަށްވެސް ސްމާޓްވާނެ.

ބައެއް މީހުން ޤަބޫލުކުރާގޮތުގައި ކަޅުސަޔަކީ އެއްވެސް ފައިދާއެއް ނެތް އަދި ހަށިގަނޑު ފަލަކޮށްދޭ އެއްޗެކެވެ. ކަޅުސަޔާމެދު މިގޮތަށް ދެކޭ މަދުބަޔަކުތިބި ނަމަވެސް ގިނަ މީހުންނަކީ ކަޅުސަޔާ ނުލައި ނޫޅެވޭ ވަރަށް އެއާ ދޯޅުވެފައި ތިބި ބައެކެވެ. އަދި ޚާއްޞަކޮށް ދިވެހިންގެ ނާސްތާގެ އެންމެ މަޤުބޫލު ބުއިމަކަށް ކަޅުސައި މިވަނީ ވެފައެވެ. ކަޅުސައިގެ ފައިދާ އާއި ބެހޭގޮތުން ވާހަކަ ދައްކަމުންދާއިރު ގިނަ ދިރާސާތަކުގެ އަލީގައި މިކަމުގެ މާހިރުން ވިދާޅުވެފައިވަނީ ކަޅުސައިގެ އަސްލު …

އިތުރަށް »

ޤިޔާސް: ޝަރުޢީ ޙުކުމްތަކުގެ 4 ވަނަ ދަލީލު

ޢާއްމު ގޮތެއްގައި ކޮންމެ ޝަރީޢަތެއްގައިވެސް އައިސްފައިވަނީ މައިގަނޑު ހަމަތަކާއި އުޞޫލުތަކާއި ޤަވާޢިދުތަކެވެ. އެހެންކަމުން ޝަރީޢަތުގެ ޙުކުމްތައް ބިނާކުރުމަށް ހަމައެކަނި ޤުރުއާނާއި ސުންނަތުން ނުފުދޭނެއެވެ. އެހެންކަމުން ޤިޔާސް ވެގެން ގޮސްފައިވަނީ އިޖުތިހާދާއި އިޖުމާޢު ފަދައިން މި ދެ ނައްސަށް އެހީވެދޭ ވަސީލަތަކަށެވެ. ދުނިޔެ ދެމި އޮތްހާ ހިނދަކު މީސްތަކުންނަށް ދިމާވާ ކަންކަމާއި ފިޤުހީ މައްސަލަތަކަކަށް ނިމުމެއް ނާންނާނެއެވެ. އެހެންވީމާ ހަމައެކަނި ޤުރްއާނުން އިސްލާމީ ޝަރީޢަތުގެ ނިމުމެއް ނުވާ މައްސަލަތަކަށް ޙުކުމެއް ނުނެގޭނެއެވެ. …

އިތުރަށް »

އެންމެ މަގުބޫލް ސޯޝިއަލް މީޑިޔާ އަކީ..

ލިޔުނީ : މުޙައްމަދު ފަރުހާން – ގްރޭޑް 9 ހިތްހަމަޖެހުމާއިއެކު އެއްވެސް ނުފޫޒެއް މެދުވެރިނުވެ، ދުނިޔޭގައި އުޅެން ލޯބިނުކުރާނީ ކާކުތޯއެވެ. އެއްވެސް މައްސަލައެށް ނުޖެހި ތިމާގެ އަގުވެއްޓުމުން ސަލާމަތްވާން ލޯބިނުކުރާނީ ކާކުތޯއެވެ. އާންމުކޮށް މިފަދަ ނުފޫޒުތަކާއި މައްސަލަތަކާއި ތިމާގެ އަގު މުޖުތަމައިން ވެއްޓެން މެދުވެރިވަނީ ސޯޝިއަލް މީޑިޔާތަކުގެ ސަބަބުންނެވެ. ނަމަވެސް، ސޯޝިއަލް މީޑިޔާތަކުންވެސް އިންސްޓަގްރާމް އަކީ މިފަދަ ނުބައި މައްސަލަތަކަށް މަގުފަހިކޮއްދޭ ވަޞީލަތެއް ނޫންކަމީ އަޅުގަނޑުގެ ލޮލުންދެކި އަތުން ހިފައިފައިވާ …

އިތުރަށް »

“މަޖުބޫރުން ކުރެވޭ ކުށުގެ ދިފާޢު”

އިސްލާމީ ޝަރީޢަތަށް ބަލާއިރުވެސް ކުށުގެ ޒިންމާ އުފުލުމަށް އިސްތިސްނާވާ ޢާންމު ޙާލަތްތަކެއް ވެއެވެ. ވަޟުޢީ ޤާނޫނުތަކުގައިވެސް މިކަން އޮތީ މިމަގަށެވެ. ބިރުދައްކައިގެން މަޖުބޫރުން ކުށެއްކުރުމަށްފަހު ޑިއުރެސްގެ ދިފާޢުނެގުމަކީ އެއްވެސް ގޮތަކުން ކުށަށް އިންކާރުކުރުމެއް ނޫނެވެ. އެހެންނަމަވެސް އެއީ ވަކި ޝަރުޠުތަކަކާއެކު ކުށުގެ ޒިންމާއިން ބަރީޢަވުމަށް އޮތް އިސްތިސްނާއީ ޙާލަތެކެވެ. އެހެންކަމުން މި އިސްތިސްނާއީ ޙާލަތު ކޯޓުގައި ސާބިތުކޮށްދިނުމަކީ ކުށުގެ ތުހުމަތު ކުރެވުނު މީހާއަށް ނެގިދާނެ ދިފާޢުއެކެވެ. މިފަދަ ދިފާޢުގެ މަޤްޞަދަކީ …

އިތުރަށް »

އިސްލާމް ދީނަށް ގޮވާލުމަށް ޝަރުޢު ކުރައްވާފައިވާ އުޞޫލު

ކީރިތި ޤުރުއާނުގައި މާތް الله ވަޙީ ކުރައްވާފައިވެއެވެ. ﴿ ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۖ وَهُوَ أَعْلَمُ بِالْمُهْتَدِينَ  ﴾ ﴿سورة النحل ١٢٥﴾ މާނައީ: “حكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ! …

އިތުރަށް »

ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެ……

ލިޔުނީ : ނަފުއާ ޙުސެއިން – ގްރޭޑް 10 މުޅިދުނިޔޭގައި އެންމެކުރިއަރަމުންއަންނަ އެއް އިންވެސްޓެވެ. އަދި އޭގެ ފައިދާއާއި ގެއްލުން އެހާމެ ބޮޑު ވިޔަފާރިއެކެވެ. އޭގެ ބައިވަރު ސަބަބުތަކެއް ވެއެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުއަށް ބަލައިލި ކަމުގައިވިޔަސް އޭގެ ހެކިތައް ފެނެއެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ ފަތުވެރިންގެ ގޮތުގައި އަންނަ ބައެއްމީހުންގެ ޢަމަލުތައް ހުންނަ ގޮތެވެ. އަޅުގަނޑު ދަންނަވަން މި އުޅެނީ ފަތުވެރިކަމުގެ ވިޔަފާރީގެ ވާހަކައެވެ. ފަތުރުވެރިން …

އިތުރަށް »

ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އިސްލާމީ ޝަރީޢަތުގެ ދައުރު

ކީރިތި ރަސޫލާ محمَّد ﷺ އިސްލާމީ ޝަރީޢަތައިގެން ވަޑައިގެން ދުވަސްވަރު މިޒަމާނުގައި މިހުންނަގޮތަށް، ބާރު ލިބިގެންވާ ފަރާތަކުން ހަދައިގެން ޢަމަލުކުރަންޖެހޭ ގޮތަށް ލިޔެވިފައިވާ އުސޫލުތަކެއް ނުހުންނާނެއެވެ. އެންމެހާ މީސްތަކުން ދުނިޔޭގައި އުޅެންވީ ގޮތުގެ ހެޔޮ މަންހަޖު، އެދުވަސްވަރު އެނގެމުން ދިޔައީ، ﷲ ގެ ވަޙީ ބަސްފުޅުންނާއި ކީރިތި ރަސޫލާ محمَّد ﷺ ގެ ސުންނަތުންނެވެ. އަޙްމަދު ޝިފާއު (2015) ވިދާޅުވެފައިވާ ގޮތުގައި އިސްލާމީ ދައުލަތްތަކުގައި ޤާނޫނުތައް ލިޔުމުގެ ބޭނުންތެރިކަން  ބޮޑުވާން …

އިތުރަށް »

ޖަމަލުގެ ތަބީޢަތުގައިހުރި ޢިލްމީ މުޢުޖިޒާތް

މި ރާއްޖޭގެ މޫސުމާ ޚިލާފަށް ސަހަރާތަކަކީ ވަރަށް ބޮޑެތި ވެލީގެ ތޫފާންތަކާއި ގަދަ ވަޔާއި ފިނި އަދި ހޫނު އިޙްސާސް ކުރަންޖެހޭ މާޙައުލެކެވެ. މިފަދަ ވެއްޓެއްގައި އާދައިގެ ޖަނަވާރަކަށް ދިރިއުޅުން އެއީ ނާދިރުކަމެކެވެ. އެހެންކަމުން ވަޞީލަތްތައްމަދު ޒަމާނެއްގައިވެސް ޖަމަލަކީ ހަނަފަސް ހިކި ސަހަރާތަކުގައި ބޭނުންކުރަމުން އައިސްފައިވާ ޙައިވާނަކަށް ވުމުން، الله سبحانه وتعالى ޖަމަލު ޚަލްޤުކުރެއްވުމުގައި ލައްވަވާފައިވާ އާދަޔާޚިލާފު ގޮތްތަކާއި ކަންތައްތައްތަކަށް ދިރާސީ ނަޒަރަކުން ބަލާވިސްނާ ފިކުރުކުރުމަކީ އީމާންކަންއިތުރުވާނޭ ކަމެއްކަން …

އިތުރަށް »

ތަޖުވީދުގެ ހަމަތަކަށް ޤުރްއާން ކިޔަވަން ދަސްކުރަންވީ މިހެން ވެގެންނެވެ. (ދެވަނަބައި)

ކީރިތި ޤުރްއާން ރަނގަޅަށް ކިޔެވުމަށްޓަކައި ތަޖުވީދު ޢިލްމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އެހެނީ ތަޖުވީދުގެ ސަބަބުން އަކުރުތަކަށް ލިބެންޖެހޭ ޙައްޤު ލިބިގެން ދެއެވެ. އެބަހީ އަކުރުތަކުގެ މަޚްރަޖުން އަކުރު ކިޔުމެވެ. އެހެން ނޫންކަމަށްވާނަމަ އަކުރު ބަދަލުވެ ކިޔަން އުޅޭ ކަލިމަ ނޫން އެހެން ކަލިމައެއް ކިޔުމުގެ ސަބަބުން މާނަ އަށް ވަރަށް ބޮޑު ބަދަލެއް އަންނާނެއެވެ. ތިރީގައި މި ބަޔާން ކުރަނީ އޭގެ މިސާލުތަކެކެވެ. خلق : އުފެއްދެވުން:   –  …

އިތުރަށް »

ތަޖުވީދުގެ ހަމަތަކަށް ޤުރްއާން ކިޔަވަން ދަސްކުރަންވީ މިހެން ވެގެންނެވެ. (އެއްވަނަބައި)

ކީރިތި ޤުރްއާނަކީ ސޫރަތުލް ފާތިޙާއިން ފެށިން އައްނާސި ސޫރަތުގެ ނިޔަލަށް ކިޔެވުން އަޅުކަމެއްގެ ގޮތުގައި ލައްވާ ޖިބުރީލްގެފާނު މެދުވެރިކުރައްވާ މާތް ނަބިއްޔާ މުޙަންމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޢަރަބި ބަހުން  ބާވައިލެއްވުނު ﷲ ތަޢާލާގެ ކަލާމްފުޅެވެ. ކިޔެވުން އަޅުކަމެއްގެ ގޮތުގައި ލެއްވުމުގެ މާނައަކީ ޤުރްއާން އަޅުގަނޑުމެން ކިޔަވަން ޖެހޭކަމެވެ. އަދި ޤުރްއާން ކިޔެވުމަށްޓަކައި ޤުރްއާން އުނގެނި ދަސްކުރަން ޖެހޭކަމެވެ. އެއީ އެއަޅުކަން އެންމެ ފުރިހަމަގޮތުގައި އަދާކުރުމުގެ ބޭނުމުގައެވެ. …

އިތުރަށް »

” ޔަގީންކަމެއް، ޝައްކަކުން ފިލައި ނުދާނެއެވެ.”

އިސްލާމީ ޝަރީޢަތުގައިވާ ޝަރުޢީ ޙުކުމްތައް، އޭގެ މަޞްދަރުތަކުގެ އަލީގައި ދެނެގަނެވޭ ހަމަތައް ފިޤްހް ޢިލްމުގެ ޛަރީޢާއިން ޢިލްމުވެރީންވަނީ ނެރުއްވާފައެވެ. މި ޤަވާޢިދުތަކަކީ، އޭގެ މައްޗަށް ފިޤުހުގެ އެތަކެއް ޙުކުމް ބިނާވެފައިވާ، ފިޤުހުގެ ހުރިހާ ބާބެއްގެ ތެރެއަށް ވަންނަ، ޤަވާޢިދުތަކެކެވެ. މި ޤަވާޢިދުތަކުގެ މައްޗަށް ނެރެވިފައިވާ މައްސަލަތަކުގެ ތެރޭގައި، އަޅުކަމާއި، މުޢާމަލާތާއި، ޢުޤޫބާތާއި، ޤާޟީކަމާއި، މިފަދަ އެތަކެއް ބާބެއްގެ މައްސަލަތައް ހިމެނެއެވެ. މިހެންވެ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ، މި ޤަވާޢިދަށް ޙުކުމްކުރެވޭ، …

އިތުރަށް »

އިސްލާމްދީނުގައި ކޮރަޕްޝަން ޙަރާމްކުރައްވާފައިވޭ! ދަލީލު ބޭނުންހެއްޔެވެ؟

ދިވެހިރާއްޖޭއަކީ ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި އޮންނަ ޤައުމަކަށް ވާއިރު މި ޤައުމުގެ ދައުލަތް ހިންގުމުގެ ނިޒާމަކީ ޑީމޮކްރަސީއެވެ. ޑިމޮކްރެޓިކް ނިޒާމެއްގައިވެސް ކޮރަޕްޝަން މަނާކުރެއެވެ. މި ނިޒާމުގައި ކޮރަޕްޝަނާ ދެކޮޅަށް މިނިވަން މުސްތަގިއްލު މުއައްސަސާއެއް އުފައްދަން އެ ނިޒާމުގެ ދުސްތޫރުން ލާޒިމްކުރެއެވެ. މި ރާއްޖޭގައި ހެދިފައިވާ ކޮރަޕްޝަން މަނާކުރާ ޤާނޫނު (ޤާނޫނު ނަންބަރު 2/2000) ބުނާ ގޮތުން ކޮރަޕްޝަނަކީ ޙައްޤު ނޫން ގޮތްގޮތުން މަންފާ ހޯދުމެވެ. އެއީ މުދަލުން ނުވަތަ …

އިތުރަށް »

“ކައިވެނި ރުޖޫޢަކުރުން”

އިސްލާމީ ޝަރީޢާ އަދި ޢާއިލާއާބެހޭ ޤާނޫނު އަލީގައި   އިސްލާމްދީން ދެކޭ ގޮތުގައި ޢާއިލާތައް ބިނާކުރުމުގައި ކައިވެންޏަކީ މުޤައްދަސް ގުޅުމެކެވެ. އެއީ ޠާހިރުކަމާއި ޢިއްފަތްތެރިކަމުގެ ވެއްޓެއް ޤާއިމްކުރެވޭ ގުޅުމެކެވެ. ކައިވެނީގެ ސަބަބުން ބިނާވާ ކޮންމެ ޢާއިލާއަކީ އުފާވެރި ޢާއިލާއަކަށް ނުވި ނަމަވެސް، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރާ ޢާއިލާތަކެއްގެ ސަބަބުން ދުޅަހެޔޮ އަޚުލާޤެއްގެ ވެރި މުޖުތަމަޢުއެއް އުފެދި ބައްޓަންވުމީ، އިސްލާމްދީން ނުހަނު ބާރުއަޅާކަމެކެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ކައިވެނީގެ …

އިތުރަށް »

أبوبكر الصديق رضي الله عنه ގެ މާތްކަމާއި މަތިވެރިކަން!

އެއްވެސް ޝައްކެއްނެތް ގޮތުގައި، އިސްލާމީ ތާރީޚުގައި ވަރަށް ގިނަ މުހިއްމު ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. މިފަދަ ޙާދިޘާތަކުގެ ތެރޭގައި، اسلام دين ގެ ކުރިއެރުމަށާއި މާތް ނަބިއްޔާ محمد صلى الله عليه وسلم ގެ ޚިދުމަތުގައި أبوبكر رضي الله عنه ކޮށްދެއްވާފައިވާ މަސައްކަތްޕުޅު ފާހަގަ ކުރެވެއެވެ. ހަމައެހެންމެ ކީރިތި ރަސޫލާ محمد صلى الله عليه وسلم ސުވަރުގެ ވަޑައިގަތުމަށްފަހު މުސްލިމުންގެ ފުރަތަމަ ޚަލީފާގެ ހައިސިއްޔަތުން  أبوبكر …

އިތުރަށް »

ހަމްދަރުދީ ވުމުގެ ގޮތުންވެސް އިންސާނެއްގެ ފުރާނަ ހިފުން އިސްލާމްދީނުގައި ހުއްދައެއް ނޫން!

އިސްލާމީ ޝަރީޢާގައިވަނީ މައިގަނޑު 5 މަޤްޞަދަކަށް އިސްކަން ދެއްވައި އެ މަޤްޞަދުތައް ޙިމާޔަތް ކޮށްފައެވެ. އޭގެ ތެރެއިން ހިމާޔަތްކުރެވިފައިވާ އެކައްޗަކީ الله سبحانه وتعالى ޚަލްޤުކުރައްވައިފައިވާ އިންސާނުންގެ ފުރާނައެވެ. އެހެންކަމުން އިންސާނާގެ ނަފްސާއި ފުރާނައަކީ ތިމާގެ އަމިއްލަ މިލްކެއް ނޫނެވެ. ޙައްޤެއް އޮވެގެން މެނުވީ، އިސްލާމީ ވެއްޓެއްގައިި އިސްލާމީ ޝަރީޢާގެ މަފްހޫމްގެ ތެރެއިން މީހެއްގެ ފުރާނައެއް ނުހިފެނެއެވެ. އެއީ ޣައިރު މުސްލިމެއްގެ ފުރާނައެއް ކަމުގައި ވިޔަސްމެއެވެ. އަދި އިންސާނަކު އަމިއްލައަށް …

އިތުރަށް »

ކީރިތި ޤުރުއާނާބެހޭ މިވާހަކަތައް އެނގޭތަ؟

ކީރިތި ޤުރުއާނަކީ މާތްﷲ ޞުބުހާނަހޫ ވަތަޢަލާ سورة الفاتحة ފެށިގެންسورة الناس  ގެނިޔަލަށް ކިޔެވުން އަޅުކަމެއްގެ ގޮތުގައި ލައްވަވާ، ޖިބުރީލް އަލައިޙިއްސަލާމް މެދުވެރި ކުރައްވާ ކީރިތި ރަސޫލާ ޞައްލައްﷲ އަލައިޙި ވަސައްލަމައަށް އަރަބި ބަހުން ބާވާލެއްވެވި އެކަލާނގެ ކަލާމްފުޅެވެ. އެއީ އެކަލޭގެފާނުގެ ރަސޫލުކަން ޘާބިތު ކޮށްދޭ މުޢުޖިޒާތެކެވެ. ކީރިތި ޤުރުއާނަކީ އެއާއި އެއްފަދަ އެހެން އެއްވެސް އެއްޗެއް ނުގެނެވޭނެ ފޮތެކެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. وَإِنْ كُنْتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَى عَبْدِنَا …

އިތުރަށް »

އަމާނާތްތެރިކަންވަނީ ވަރަށް ފުޅާދާއިރާއެއްގައެވެ.

ލިޔުނީ: އަޙްމަދު ޝިފާޢު – ގްރޭޑް 10 އަޚްލާޤު ރަނގަޅު މީހުންގެ ކިބައިގައި ހުންނަ އެންމެ މުހިއްމު ސިފަތަކުގެ ތެރޭގައި ހިމެނޭ ސިފައެކެވެ. އެއީ މާތް ﷲ ދެއްވާ އެންމެ މަތިވެރި އެއް ނިޢުމަތެވެ. ނަފްސުގެ ޒިނަތްތެރިކަމާއި އަޒުމުގެ މަތިވެރިކަމާއި، ރިވެތި އަޚްލާޤު އަށަގެންފައިވާކަމުގެ ޢަލާމާތްތެކެވެ. އާދެ، އަމާނާތްތެރިކަމަކީ އިންސާނާގެ އުނިކަންތައް ފޮރުވައިދީ ހެޔޮޢަމަލުތަކަށް ފިރުކާގަތުމަށް ފުރުޞަތުތައް ތަނަވަސް ކޮށްދޭ ސިފައެކެވެ.އަމާނާތްތެރިކަމަކީ ޚިޔާނާތުގެ އިދިކޮޅެވެ. އަމާނާތްތެރިކަމަކީ ވަރަށް ފުޅާ މާނައެއްގައި، …

އިތުރަށް »

ފާތިޙާ ފިޔަވައި އެހެން ސޫރަތް ތައް އިމާމާގެ ފަހަތުން ކިޔެވުމަކީ ހުއްދަ ކަމެއް ނޫން.

ސުވާލު: އިމާމުމީހާ ސޫރަތުލް ފާތިޙާ ކިޔެވުމަށްފަހު އެއަންނަ ހުސްވަގުތުގައި ސޫރަތުލްފާތިޙާ ކިޔެވުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި އެލިބޭ ހުސްވަގުތުކޮޅުގައި ސޫރަތުލްފާތިޙާ ކިޔަންޖެހޭތޯ؟ ޖަވާބު:   الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:   ފާތިހާ ސޫރަތް ކިޔެވުމަކީ އިމާމާއި މައުމޫމާއި އެއްމެންގެ މައްޗަށް ލާޒިމު ކަމެކެވެ. އަޑު ހަރުކޮށް ކިޔަވާ ނަމާދު ތަކުގައި ވެސް ޢިލްމުވެރިންގެ ޖަމާއަތެއްގެ ބޭފުޅުން ވިދާޅުވަނީ …

އިތުރަށް »