މީހުން

މުޅިނ.އަތޮޅު ފަޙްރުވެރިކޮށްދިން ނާދިޙް ޢަބުދުލް ޙަމީދު

ނިމިދިޔަ ރަމަޟާން މަހު ޤައުމީ މިޑިޔާ ޕީއެސްއެމްއިން މުޅިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި “އެންމެއަލިގަދަ ތަރި ޖޫނިއަރ” ޤުރުއާން މުބާރާތް ވެގެން ދިޔައީ ނ. އަތޮޅަށް ވަރަށް ހާއްޞަ މުބާރާތަކަށެވެ. މި މުބާރާތުގައި ނ.އަތޮޅަށް ނިސްބަތްވި 3 ދަރިވަރަކު ގަދަ 10 ގައި ހިމެނި މުޅި މުބާރާތުގެ ފަޚްރުވެރި 1 ވަނަ އާއި 2 ވަނަ މީގެ ތެރެއިން ދެދަރިވަރަކު ޙާސިލްކުރުމުންނެވެ. މީގެ ތެރެއިން މުޅި މުބާރާތުގެ ފަޚްރުވެރި 1 ވަނަ …

އިތުރަށް »

ނުކުޅެދުންތެރި ނަމަވެސް އަޒުމް ވަރުގަދަ ހަބީ

އުފެދުމުގައިވެސް ފެނުމުން މަޙްރޫމްވެފައިވާ ނ.ލަންދޫ ގުލްބަކާގޭ އަލްފާޟިލާ ޙަބީބާ ދާއޫދު (ހަބީ ) ފާހަގަ ކުރެވެނީ ނުކުޅެދުންތެރިކަމާއި އެކުގައިވެސް ހަބީ ބޭނުންވާ ކަންތައްތައް ހާސިލްކުރުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރާ އަޒުމްވަރުގަދަ ޒުވާނެއްގެ ގޮތުގައެވެ. މިގޮތުން މިއަދު ހަބީއަކީ އެކަނިމާއެކަނި އެންމެފުރިހަމަ ގޮތުގައި ނަމާދުކުރަން ދަންނަ އަދި ބަރާބަރަށް ފަރުޟް ފަސްނަމާދު ކޮށް ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ދީނަށް ލޯބިކުރާ ޒުވާނެއްކަން ފާހަގަ ކުރަނީ އުފަލާއިއެކުގައެވެ. އެންމެ …

އިތުރަށް »

ލަންދޫ ފަޙްރުވެރިކޮށްދޭ ރޫމް ބޯއީ

ރިސޯރޓް ލައިފަކީ މިއަދު ލަންދޫގެ ގިނަ ޒުވާނުން ވަޒީފާއަދާކުރަމުން ގެންދާ އެއްދާއިރާއެވެ. އެއް ދުވަސްވަރެއްގައި މިދާޢިރާގައި މަސައްކަތް ކުރަމުންގެންދާ ލަންދޫގެ ޒުވާނުންނަކީ ހަމަ އެކަނި ލޯންޗު ޝެކްޝަންގައި މަސައްކަތް ކުރިބައެއް ނަމަވެސް މިއަދު އެކަން މިވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. މިއަދު ރިސޯރޓް ތަކުގައި މަސައްކަތް ކުރާ ޒުވާނުންނަކީ ރިސޯރޓްގެ ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރަމުން ގެންދާ ހުނަރުވެރި ކަމަށް ޤާބިލް ޒުވާނުންތަކެއްކަން އުފަލާއި އެކު ފާހަގަކޮށްލަން ޖެހެއެވެ. ރިސޯރޓްތަކުގައި މަސައްކަތް …

އިތުރަށް »

ތުއްތުކުދިންގެ ޝީނީ އާންޓީ

ތުއްތުކުދިންނަށް ކިޔަވައި ދިނުމަކީ ބުރަބޮޑު މަސައްކަތަކަށް ވެފައި ، އެމަސައްކަތުގައި ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ އިތުރުން މުޖުތަމައުގެ އިތުބާރާއި ލޯބި ހޯދުމަކީ ކުޑަކަމެއް ނޫނެވެ. ނ.ލަންދޫ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖަށް ކިޔަވައި ދެއްވާ ނ.ލަންދޫ އަމާޒް އަލްފާޟިލާ ފާތުމަތު ޝީނީޒް (ޝީނީ އާންޓީ) ވަނީ ތުއްތު ކުދިންނަށް ކިޔަވައިދިނުމުން ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި މުޖުތަމަޢުގެ އިޚްތިރާމާއި ލޯބި ހާސިލް ކުރައްވާފައެވެ.  14 ޖެނުއަރީ 2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް …

އިތުރަށް »

ލަންދޫގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކުޅުންހުއްޓާލަން ނިންމައިފި

ލަންދޫގެ ފުޓްބޯޅައިގެ ތާރީޙުގައި މިހާތަނަށް ފެނިފައިވާ އެންމެ މޮޅު ފުޓްބޯޅަކުޅުންތެރިޔާ ނ.ލަންދޫ ރޮއިޓާސް އަލްފާޟިލްޔޫސުފް ޢަބުދުއްރަޙީމް (ޔޫއްޓޭ) ފުޓްބޯޅަ ކުޅުންހުއްޓާލުމަށް ނިންމައިފިއެވެ. ހަޔާތުގައިމިހާތަނަށް ނިންމަން ޖެހުނު އެންމެ ހިތްދަތިނިންމުން ލަންދޫގެ ފުޓްބޯޅައިގައި މިފަހަކަށް އައިސް ހޯދާފައިވާ ހުރިހާކާމިޔާބީއެއްގެ އެންމެއިސް މޭސްތިރިއެއްގެ ގޮތުގައި ލަންދޫގެ އެންމެހާ ރައްޔިތުން ޤަބޫލްކުރާ ޔޫއްޓޭ ބުނިގޮތުގައި ފުޓްބޯޅަކުޅުން ހުއްޓާލަން ނިންމަންޖެހުމަކީ މިހާތަނަށް އޭނާގެ ހަޔާތުގައި ނިންމަން އެންމެ އުދަގޫވި ނިންމުމެވެ. “އަސްލު މިފަހަކަށް އައިސް އުޅެމުންމިދަނީ …

އިތުރަށް »

މުޅިލަންދޫ ފަޙްރުވެރިވާ ފޮޓޯގްރާފަރ

ފުރަތަމަ ސްމާޓްފޯނެއް އަތުޖެހުނު ހިސާބުން 2013 އިން ފެށިގެން ފޮޓޯގްރަފީގެ ތެރެއަށް ވަދެވުނު ނ.ލަންދޫ ފުޅޮއި އަލްފާޟިލް އަޙްމަދު އިލްހާމް މިއަދު އެންމެން ދަންނަ ނަމުންނަމަ “ޔެރީ” އަކީ އެޒުވާނަކަށް ޓަކައިމުޅި ލަންދޫވެސް ފަޙްރުވެރިވާފަދަ ޒުވާން ފޮޓޯގްރާފަރެކެވެ. މިކަމަށް މިހާ ޝަޢުޤުވެރިވީ ކީއްވެ ؟؟؟ ޔެރީ ފާހަގަކުރެއްވި ގޮތުގައި ފޮޓޯ ނެގުމަށް އޭނާއެންމެ ފުރަތަމަ ޝަޢުޤުވެރިވީ ރަށުގައި ފޮޓޯނެގުމަށް ކުޅަދާނަ ހުނަރުވެރިން ނެތުމާއި އެކު ރަށުގެ ރީތިމަންޒަރުތަކާއި ތަންތަނާއި އަދި …

އިތުރަށް »

ހައްވަދައިތަގެ ހިތްވަރުން ހިތްވަރު ލިބިގަންނަމާ

ކުއްލިއަކަށް އިނާމްތައް ލިބޭފަރާތްތަކުގެ ނަންތައް އިޢުލާންކުރަން ހުރި ދަރިވަރުގެ އަޑާއި ، ރާގު ބަދަލުވެއްޖެއެވެ. ފުރިބާރުވެފައިވާ މާލަމުގައި ތިބި އެންމެހާ ބޭފުޅުން ވަކިކާމިޔާބެއް ހާސިލްކުރެއްވި ފަރާތެއްގެ ޝަރަފުގައިކޮޅަށް ތެދުވެ ތަރުޙީބުގެ އަތްތިލަބަޑިން މުޅިމާލަން ގުގުމާލަ ދިނުމަށް އިޢުލާން ކުރެއްވިއްޖެއެވެ. ހަމަ އެއާއިއެކުނުހަނު ޖޯޝާފޯރީގައި އެހެނަސް މުޅިންތަފާތުގޮތަކަށް ވަރަށް ހާއްޞަނަމެއް އިޢުލާން ކުރެވިއްޖެއެވެ. ހާއްޞަ ފަރާތުގެނަން އިޢުލާންކުރެވުމާއި އެކު ޖަލްސާކުރާމާލަމުގައި ތިބި ކުދިބޮޑު އެންމެން ކޮޅަށް ތެދުވެ މުޅިމާލަން ތަރުހީބުގެ އަތްތިލަބަޑީގެ …

އިތުރަށް »

ވަރުގަދަ އަޒުމާ ގަދަ ހިތްވަރުން އެންމެ އުހަށް

ލަންދޫގެ ތާރީޙްގައި ފުރަތަމަ ފަހަރަށް މާސްޓަރ ޑިގުރީ ހާސިލްކުރި އަންހެން ޒުވާނާއަކީ ކޮބައިތޯ އަހައިފި ނަމަ ފަހަރެއްގައި ގިނަބަޔަކަށް އެއީ ކާކުކަން ނޭނގި ހިގައިދާނެއެވެ. އެހެނީ މިއަދު ލަންދޫއަކީވެސް ނިސްބަތުން ތަޢުލީމަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ވެފައި ތަފާތު ދާޢިރާތަކުން މަތީ ތަޢުލީމަށް ކިޔަވަމުންދާ ލަންދޫއަށް ނިސްބަތްވާ އެތަށް އެތަށް ދަރިންނެއް ހިމެނިގެންދާތީއެވެ. ނ.ލަންދޫ ދޯދި އަލްފާޟިލްމުހައްމަދު ހުސެއިން ފުޅަށާއި ،  އަލްފާޟިލާ ހަސީނާ މުހައްމަދަށް ލިބިފައިވާ 4 …

އިތުރަށް »

ލަންދޫގެ ކުދިބޮޑު އެންމެން ޤުރްއާނަށް ހޭލައްވާލަދިން އުސްތާޒު…..

މިއަދު ނ.ލަންދޫގައި މިވަނީ ޤުރްއާން ކިޔަވަން މޮޅު އެތައް ކުދިންނެއް އުފެދިފައެވެ. ޤުރްއާނުގެ ރޮނގުން ލަންދޫއަށް ޚިދުމަތްކޮށްދޭނެ ޤާބިލް، ހުނަރުވެރި އެތައް ކުދިންނެއް މިވަނީ އުފެދެން ފަށާފައެވެ. މިއަދު ޖަލްސާއެއްގައި ކިޔަވަން ބޭނުންވާ ކުދިންތައް ތިބެނީ ކިޔުގައެވެ. މިއަދު ލަންދޫ ފަޒާ މިވަނީ އެމާތް ފޮތުގެ މީރުވަހުން އެއްވަސްކުރުވާފައެވެ. އަދި ލަންދޫ ދުވަހަކުވެސް ނުދެކޭފަދަ އާރޯކަމެއް މިވަނީ މިދާއިރާއަށް ގެނެސްދީފައެވެ. ނަމަވެސް ކުރިން މިހެންތޯއެވެ؟ ކުރިން ޖަލްސާއެއްގައި ކިޔަވަން ތިބެނީ …

އިތުރަށް »

ލަންދޫގެ ފުޓުބޯޅައިގެ ކުރިމަގުގައި ވިދާލާނެ މޮޅު ކުޅުންތެރިއެއް!

ލިޔުނީ : މުޙައްމަދު ޝާނިފް – ގްރޭޑް 9 ނ. އަތޮޅު ލަންދޫއަކީ ފުޓްބޯޅައިގެ ރޮނގުން ކުރިއަރާފައިވާ ރަށެކެވެ. މިއަދު ލަންދޫ މިއޮތީ ދިވެހިރާއްޖޭގެ އެންމެ މޮޅު 8 ރަށުގެ ތެރޭގައި ހިމެނިފައެވެ. މިއަދު ލަންދޫގައި ފުޓުބޯޅަ، ބާރު ދުވެލީގައި ކުރިއަށް ދަނީ ހިތްވަރުގަދަ މޮޅު ކުޅުންތެރިން ލަންދޫގެ ފުޓްބޯޅަ ޓީމުގައި ހިމެނޭތީއެވެ. އާދެ! މިއަދު ފުޓްބޯޅައިގެ ރޮނގުން ލަންދޫ މުޅި ދިވެހިރާއްޖެއަށް ވިދާލައިފައިވާ ފަދައިން މާދަމާވެސް އެގޮތުގައި ދަމަހައްޓަން އެބަޖެހެއެވެ. …

އިތުރަށް »

ޖެހިލުންކުޑަ އައްޔަ

މަސައްކަތުގެ ދާޢިރާގައި ގޮންޖެހުން ގިނަ ދުވަސްވަރެއްގައި އަދި އަމުދުން ލަންދޫކަހަލަ ކުޑަ އާބާދީއެއް އޮތް ރަށެއްގައިގައި ފުދޭވަރެއްގެ ރަނގަޅު އިންވެސްޓަމަންޓަކާއި އެކު އެލުމިނިޔަމް ދޮރާއި ދޮރުފަތް ޖަހާ އަދި ހަރުކޮށްދިނުމުގެ މަސައްކަތް ނ.ލަންދޫ އާހިޔާ އަލްފާޟިލް އަލީ ދާއޫދު (އައްޔަ) ފެށި ފެށުން ގިނަބަޔަކު ފާހަގަ ކުރަނީ މަސައްކަތުގެ މާހައުލުގައި އައްޔަ ކުރަންފެށި ޖެހިލުންކުޑަ މަސައްކަތެއްގެ ގޮތުގައެވެ. ގާތްގަޑަކަށް ފަސް ލައްކައެއްހާ ރުފިޔާގެ އިންވެސްޓް މަންޓަކުން މުޅިން އަލަށް އައްޔަ …

އިތުރަށް »

ލަންދޫގެ އެންމެހާ ރައްޔިތުންގެ އެންމެ މަޤްބޫލް ޒުވާނާ – ޢަބުދުﷲ އިބުރާހިމް (ޒީރޯ)

ލަންދޫގެ ކުދިބޮޑު އެންމެންގެ ގާތުގައި ލަންދޫގައި ހުރި އެންމެ ރަނގަޅު ޒުވާނާއަކީ ކޮބައިތޯ އަހައިފިނަމަ ގިނަބައެއްގެ ޖަވާބަކަށް ވާނީ ހަމަ ޔަޤީނުންވެސް އެ ޒުވާނާއަކީ ނ.ލަންދޫ މާއިރާ އަލްފާޟިލް ޢަބުދުﷲ އިބުރާހިމް (ޒީރޯ) ކަން ކަށަވަރެވެ. ޒީރޯ އަކީ ލަންދޫގެ ރައްޔިތުންނަށް އެންމެ ކަމުދާ އެންމެ މަޤްބޫލް ޒުވާނާއަށް ވަނީ ކީއްވެގެންބާވާއެވެ. ޒުވާން އުމުރުގައި އަމިއްލަ ދިރިއުޅުމެއް ފެށުން މިއަދު ޒީރޯއަކީ އުފެއްދުންތެރި ، ލީޑަރޝިޕްހުރި ގެވެހިން އަންބަކާއި ލޯބި …

އިތުރަށް »

ލަންދޫގެ ފުރަތަމަ ބަޓުލަރު

ލަންދޫގެ ގިނަ ޒުވާނުން އާމުދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ރިސޯޓްތަކުގައި ވަޒީފާ އުދާކުރުންކަމަށްވާއިރު ލަންދޫގެ ގިނަ ޒުވާނުން އަންނަނީ ރާއްޖޭގެ ތަފާތު ރިސޯޓްތަކުގައި ތަފާތު ވަޒީފާތައް އަދާކުރަމުންނެވެ. މިފަހަކާއި ޖެހެންދެން ލަންދޫގެ ގިނަ ޒުވާނުން ރިސޯޓްތަކުގެ ލޯންޗު ސެކްޝަންގައި މަސައްކަތް ކުރިކަމުގައި ވީނަމަވެސް މިއަދު ލަންދޫގެ ޒުވާނުން އަންނަނީ ރިސޯޓްތަކުގެ ތަފާތު ސެކްޝަން ތަކުގައި މަސައްކަތް ކުރަމުންނެވެ. މިގޮތުން ނ.ލަންދޫ އަޒުމް އަލްފާޟިލް މަންސޫރު މުޙައްމަދު (މަންޓޭ) ވެފައި މިވަނީ …

އިތުރަށް »

އަތޮޅުގެ އެންމެހާ ޒުވާނުންގެ – ޒުވާން ވިޔަފާރިވެރިޔާ

ނ.އަތޮޅުގެ ކޮންމެ ރަށަކަށް ބަލާލިކަމުގައިވިޔަސް އެރަށެއްގެ ޒުވާނުންގެ އެންމެ ފަރިތަ އެ ޒުވާނުންގެ އެންމެ މަޤްބޫލް ނަމަކަށް ވެގެންދާނީ ނ.މަނަދޫގައި ހުންނަ ފިހާރައެއްކަމަށްވާ “ނިއުވިއު” މިނަންކަން ޔަޤީނެވެ. ނ.އަތޮޅުގެ ގިނަ ރަށްރަށުގެ ފުޓްބޯޅަ ޓީމުތަކުގެ ޖާޒީބައިގެ ކޮންމެވެސް ތަނެއްގައި “ނިއުވިއު” ޖަހާފައި ނެތްނަމަ އެ ޖޯޒީބަޔަކުން ކޮންމެވެސް ކަހަލަ ފަޅުކަމެއް އުޅޭކަމުގެ އިޙްސާސް ނ.އަތޮޅުގެ ގިނަ ރައްޔިތުންނަށް މިއަދު ކުރެވެއެވެ. އާދެ! ކުޑަވެސް ޝައްކެއްނެތް ގޮތުގައި ނ.މަނަދޫ “ނިއުވިއު” ފިހާރައިގެން …

އިތުރަށް »

ދުބާއީ އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްޞީލް ކުރަނީ ނ.މާފަރު ކުއްޖެއް.

ކޮންމެ އަހަރަކު ދުބާއީގައި ބާއްވަމުން އަންނަ ދުބާއީ އިންޓަނޭޝަނަލް ހޮލީ ޤުރުއާން އެވޯޑްގެ މިއަހަރުގެ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރަނީ ނ.މާފަރަށް ނިސްބަތްވާ ކުއްޖެކެވެ. މި މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ޢުމުރުން އެންމެ 13 އަހަރުގެ އަލްހާފިޒް ނާދިހް އަބްދުލް ހަމީދުއެވެ. ގިނަ ބައެއްގެ ސަމާލުކަން އެއަޑަކަށް ލިބިގެން ދިޔަ އަލްޙާފިޒް ނާދިޙް ޢަބުދުލް ޙަމީދު މިމުބާރާތުގެ އޮޑިޝަން ރައުންޑު ކާމިޔާބުކޮށް ފައިނަލް ރައުންޑުގައިވެސް ވަނީ މިހާރު ކިޔަވާފައެވެ. …

އިތުރަށް »

މުނާއްތަ – ނަމޫނާ ކަނބަލެއް

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޙާބު އޮތް ދުވަހު އެންމެންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ނިމިގެންމިދާ ލަންދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި އަލްފާޟިލް ޢަބުދުﷲ ޢާރިފް (އާރިއްޕެ) ދެވަނަ ދަޢުރަކަށް ލަންދޫ ކައުންސިލް ކަމަށް ގެނައުމަށްޓަކައި ، ރޯ ރަތްދަކަ އަވީގައި ކުޑައެއް އަޅައިގެން އާރިއްޕެގެ ލޮބުވެތި މަންމަ އެކުރި ބުރަ މަސައްކަތާއި އެ ދެއްކި ހީވަގިކަމާއި ކެރުންތެރިކަމެވެ. އެދުވަހު އާރިއްޕެގެ މަންމަގެ ފަރާތުން ފެނިގެން ދިޔައީ މަޔަކު ދަރިއަކުދެކެވާ …

އިތުރަށް »

ލަންދޫ ފަޙްރުވެރިވާ ލަންދޫގެ އެންމެފުރަތަމަ ސިފައިންގެ އޮފިޝަރ

ލަންދޫއަށް އުފަން ލަންދޫގެ ދަރިއެއްގެ ގޮތުގައި ހުރެ އެންމެ ފުރަތަމަ ސިފައިންގެ އޮފިޝަރަކަށް ވުމުގެ ފަޙުރާއި ޝަރަފް ނ.ލަންދޫ ކާމިނީވިލާ އަލްފާޟިލް އާދަމް ނަސީމް ( އެޑަމް ) ހޯއްދަވައިވާ ކަމީ މިއަދު އެޑަމްއަށް ޓަކައި ލަންދޫގެ އެންމެހާ ރައްޔިތުން އުފާކޮށް ފަޚްރުވެރިވާނެކަމެއްކަން ކަށަވަރެވެ. ޢާއިލާ އަލްފާޟިލް އާދަމް ނަސީމް ޢަލީ (ރަށުގައި މީހުންކިޔާ އުޅޭގޮތުންނަމަ  އެޑަމް އަދި ރަށުންބޭރުގައި އެޑަމް ގެ އެކުވެރިން ކިޔާގޮތުން ނަމަ ނަސިންބެ ) …

އިތުރަށް »

ބަރާބަރު ހަޓްގެ އިސް މޭސްތިރިޔާ – ޒުވާނުންގެ ނަފީ

ލަންދޫގެ ގިނަޒުވާނުން އެންތަން ކުރުވާ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަ ކަން ޤާއިމުކޮށްދޭ އެއްތަނެއްގެ ގޮތުގައި މިއަދު ގިނަބަޔަކު ފާހަގަކުރާ ތަނަކީ ނ.ލަންދޫ ބަރާބަރުގޭ ވަލުމަގު ފަރާތުގައި ތައްޔާރު ކުރެވިފައިވާ “ބަރާބަރު ހަޓް” ކަން ޔަޤީނެވެ. ލަންދޫގައި މިވަގުތު ކާބޯތަކެޓީގެ ޚިދުމަތްދޭ 2 ކެފޭއެއް ހުރިނަމަވެސް ހޮޓަލެއް ކެފޭއެއް ނެތްދުވަސްވަރެއްގައި ލަންދޫ ޒުވާނުންނަށް އެއްތަންވެ، ބައްދަލުކޮށް ވާހަކަ ދައްކާލެވޭނެ މާހައުލެއް ތަނަވަސްކޮށްދިން ނ.ލަންދޫ ބަރާބަރުގޭ އަލްފާޟިލް އިބްރާޙިމް އަޒީމް އޭނާގެ …

އިތުރަށް »

މިކަހަލަ ކުޅަދާނަ އަންހެނަކު ދުށިންތަ؟

އެކިއެކިކަންކަމަށް ކުޅަދާނަ އަދި ވިސްނުންތޫނު މީސްމީހުން ދުނިޔޭގެ އެކިޤައުމުތަކުގައި އުޅޭކަމީ އަހަރެމެން އެންމެންވެސް ދަންނަ ޙަޤީޤަތެކެވެ. އާދަޔާ ޚިލާފު މިފަދަ މީސްމީހުންގެ ހުނަރުވެރިކަމަކީ ތަފާތު ވިސްނުންތެރިން މޮޅު ޚިޔާލުތަކެވެ. އެފަދަ މީހުންގެ މިޚިޔާލުތައް އަހަރެމެންނާ ހިއްސާކޮށްލުމުން ހިތަށް ހަމަޖެހުމާއި އުފާވެރިކަމެއްވެސް ގެނެސްދެއެވެ.. އަދިހަމައެހެންމެ މުނިފޫހިފިލައި އެފަދަ ދެވަނަ ހަރަކާތަކަށް އިންތިޒާރުކުރެވެއެވެ. ތިރީގައިވާ މިވާ ވީޑިއޯއިން ފެންނަނީ މިފަދަ ކުޅަދާނަ އަންހެނެކެވެ. ޗައިނާއަށް އުފަން މި ކުޅަދާނަ ޒުވާނާ އޭނާގެ އޮފީސް …

އިތުރަށް »

އެންމެ ރަނގަޅަށް ކުޅުނީ ސާއްޕެ

މިހާރު ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި ލަންދޫ ޓީމުން  އެންމެ ރަނގަޅަށް ކުޅުނީ ކޮން ކުޅުންތެރިއެއްތޯ ސުވާލު ކޮށްފިނަމަ އެންމެންގެވެސް ޖަވާބަކަށް ވާނީ އެކުޅުންތެރިއަކީ ލަންދޫ ޓީމުގެ އަރަމުން އަންނަ ޒުވާން ހުނަރުވެރި މުޙައްމަދު ޝާފިޢު (ސާއްޕެ) ކަމުގައެވެ. މިފަހަރުގެ މުބާރާތުގައި ލަންދޫޓީމު ހިމެނުނު ގްރޫޕް އޭ އިން އެންމެ ފުލަށްގޮސް މުބާރާތުން ކަޓައިގެން ދިޔަނަމަވެސް ސާއްޕެއަށް މި މުބާރާތްވީ ވަރަށް ހާއްޞަ މުބާރާތަކަށެވެ. އެހެނީ މި …

އިތުރަށް »