ލައިފްސްޓައިލް

ޖެހިލުންކުޑަ އައްޔަ

މަސައްކަތުގެ ދާޢިރާގައި ގޮންޖެހުން ގިނަ ދުވަސްވަރެއްގައި އަދި އަމުދުން ލަންދޫކަހަލަ ކުޑަ އާބާދީއެއް އޮތް ރަށެއްގައިގައި ފުދޭވަރެއްގެ ރަނގަޅު އިންވެސްޓަމަންޓަކާއި އެކު އެލުމިނިޔަމް ދޮރާއި ދޮރުފަތް ޖަހާ އަދި ހަރުކޮށްދިނުމުގެ މަސައްކަތް ނ.ލަންދޫ އާހިޔާ އަލްފާޟިލް އަލީ ދާއޫދު (އައްޔަ) ފެށި ފެށުން ގިނަބަޔަކު ފާހަގަ ކުރަނީ މަސައްކަތުގެ މާހައުލުގައި އައްޔަ ކުރަންފެށި ޖެހިލުންކުޑަ މަސައްކަތެއްގެ ގޮތުގައެވެ. ގާތްގަޑަކަށް ފަސް ލައްކައެއްހާ ރުފިޔާގެ އިންވެސްޓް މަންޓަކުން މުޅިން އަލަށް އައްޔަ …

އިތުރަށް »

ބަނޑުގެ ލޮކިމަސްތައް ވިރުވާލުމަށް “ޕުރޫންސް” ވަރެއްނެތް!

ބަނޑުހިންދުމާއި ، ބަނޑުގައި ޖަހާފައިހުންނަ ލޮކިމަސްތައް ފިލުވާލުމަށް އެންމެ ރަގަޅު އެކައްޗަކަށް ވެފައިމިވަނީ ޕުރޫންސް އެވެ. ޕުރޫންސް މިކްސްކޮށްގެން ހަދާ ފެން ޖޯޑެއް ކޮންމެ ދުވަހަކު ހެނދުނު ހުސްގޮހޮރާ ހުރެ ބޯނަމަ ބަރާބަރު ހަފްތާއެއްގެ ތެރޭގައި ބަނޑުގައި ޖަހާފައިވާ ލޮކިމަސްތައްވިރި ބަނޑު ހިނދިގެން ދާކަމަށް މިކަން ތަޖްރިބާ ކޮށްފައިވާ ފަރާތްތަކުން ބުނެއެވެ. ޕްރޫންސް އަކީ ދިވެހިންގެ މެދުގައި މާ މަގުބޫލު މޭވާއެއް ނޫނެވެ. ބޭރު ދުނިޔޭގައި ވެސް އަދި ދިވެހިންގެ …

އިތުރަށް »

ލަންދޫގެ އެންމެހާ ރައްޔިތުންގެ އެންމެ މަޤްބޫލް ޒުވާނާ – ޢަބުދުﷲ އިބުރާހިމް (ޒީރޯ)

ލަންދޫގެ ކުދިބޮޑު އެންމެންގެ ގާތުގައި ލަންދޫގައި ހުރި އެންމެ ރަނގަޅު ޒުވާނާއަކީ ކޮބައިތޯ އަހައިފިނަމަ ގިނަބައެއްގެ ޖަވާބަކަށް ވާނީ ހަމަ ޔަޤީނުންވެސް އެ ޒުވާނާއަކީ ނ.ލަންދޫ މާއިރާ އަލްފާޟިލް ޢަބުދުﷲ އިބުރާހިމް (ޒީރޯ) ކަން ކަށަވަރެވެ. ޒީރޯ އަކީ ލަންދޫގެ ރައްޔިތުންނަށް އެންމެ ކަމުދާ އެންމެ މަޤްބޫލް ޒުވާނާއަށް ވަނީ ކީއްވެގެންބާވާއެވެ. ޒުވާން އުމުރުގައި އަމިއްލަ ދިރިއުޅުމެއް ފެށުން މިއަދު ޒީރޯއަކީ އުފެއްދުންތެރި ، ލީޑަރޝިޕްހުރި ގެވެހިން އަންބަކާއި ލޯބި …

އިތުރަށް »

ލަންދޫގެ ފުރަތަމަ ބަޓުލަރު

ލަންދޫގެ ގިނަ ޒުވާނުން އާމުދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ރިސޯޓްތަކުގައި ވަޒީފާ އުދާކުރުންކަމަށްވާއިރު ލަންދޫގެ ގިނަ ޒުވާނުން އަންނަނީ ރާއްޖޭގެ ތަފާތު ރިސޯޓްތަކުގައި ތަފާތު ވަޒީފާތައް އަދާކުރަމުންނެވެ. މިފަހަކާއި ޖެހެންދެން ލަންދޫގެ ގިނަ ޒުވާނުން ރިސޯޓްތަކުގެ ލޯންޗު ސެކްޝަންގައި މަސައްކަތް ކުރިކަމުގައި ވީނަމަވެސް މިއަދު ލަންދޫގެ ޒުވާނުން އަންނަނީ ރިސޯޓްތަކުގެ ތަފާތު ސެކްޝަން ތަކުގައި މަސައްކަތް ކުރަމުންނެވެ. މިގޮތުން ނ.ލަންދޫ އަޒުމް އަލްފާޟިލް މަންސޫރު މުޙައްމަދު (މަންޓޭ) ވެފައި މިވަނީ …

އިތުރަށް »

އަތޮޅުގެ އެންމެހާ ޒުވާނުންގެ – ޒުވާން ވިޔަފާރިވެރިޔާ

ނ.އަތޮޅުގެ ކޮންމެ ރަށަކަށް ބަލާލިކަމުގައިވިޔަސް އެރަށެއްގެ ޒުވާނުންގެ އެންމެ ފަރިތަ އެ ޒުވާނުންގެ އެންމެ މަޤްބޫލް ނަމަކަށް ވެގެންދާނީ ނ.މަނަދޫގައި ހުންނަ ފިހާރައެއްކަމަށްވާ “ނިއުވިއު” މިނަންކަން ޔަޤީނެވެ. ނ.އަތޮޅުގެ ގިނަ ރަށްރަށުގެ ފުޓްބޯޅަ ޓީމުތަކުގެ ޖާޒީބައިގެ ކޮންމެވެސް ތަނެއްގައި “ނިއުވިއު” ޖަހާފައި ނެތްނަމަ އެ ޖޯޒީބަޔަކުން ކޮންމެވެސް ކަހަލަ ފަޅުކަމެއް އުޅޭކަމުގެ އިޙްސާސް ނ.އަތޮޅުގެ ގިނަ ރައްޔިތުންނަށް މިއަދު ކުރެވެއެވެ. އާދެ! ކުޑަވެސް ޝައްކެއްނެތް ގޮތުގައި ނ.މަނަދޫ “ނިއުވިއު” ފިހާރައިގެން …

އިތުރަށް »

ދުބާއީ އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްޞީލް ކުރަނީ ނ.މާފަރު ކުއްޖެއް.

ކޮންމެ އަހަރަކު ދުބާއީގައި ބާއްވަމުން އަންނަ ދުބާއީ އިންޓަނޭޝަނަލް ހޮލީ ޤުރުއާން އެވޯޑްގެ މިއަހަރުގެ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރަނީ ނ.މާފަރަށް ނިސްބަތްވާ ކުއްޖެކެވެ. މި މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ޢުމުރުން އެންމެ 13 އަހަރުގެ އަލްހާފިޒް ނާދިހް އަބްދުލް ހަމީދުއެވެ. ގިނަ ބައެއްގެ ސަމާލުކަން އެއަޑަކަށް ލިބިގެން ދިޔަ އަލްޙާފިޒް ނާދިޙް ޢަބުދުލް ޙަމީދު މިމުބާރާތުގެ އޮޑިޝަން ރައުންޑު ކާމިޔާބުކޮށް ފައިނަލް ރައުންޑުގައިވެސް ވަނީ މިހާރު ކިޔަވާފައެވެ. …

އިތުރަށް »

މުނާއްތަ – ނަމޫނާ ކަނބަލެއް

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޙާބު އޮތް ދުވަހު އެންމެންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ނިމިގެންމިދާ ލަންދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި އަލްފާޟިލް ޢަބުދުﷲ ޢާރިފް (އާރިއްޕެ) ދެވަނަ ދަޢުރަކަށް ލަންދޫ ކައުންސިލް ކަމަށް ގެނައުމަށްޓަކައި ، ރޯ ރަތްދަކަ އަވީގައި ކުޑައެއް އަޅައިގެން އާރިއްޕެގެ ލޮބުވެތި މަންމަ އެކުރި ބުރަ މަސައްކަތާއި އެ ދެއްކި ހީވަގިކަމާއި ކެރުންތެރިކަމެވެ. އެދުވަހު އާރިއްޕެގެ މަންމަގެ ފަރާތުން ފެނިގެން ދިޔައީ މަޔަކު ދަރިއަކުދެކެވާ …

އިތުރަށް »

ރޯދަމަސް ނިމޭއިރު 10 ކިލޯ ކަނޑާލެވިދާނެ ފަސޭހަގޮތެއް!

ގިނަމީހުންބުނަނީ ރޯދަމަހު ޑައިޓް ޖެއްސުމަކީ ވަރަށް އުނދަގޫ ކަމެއްކަމުގައެވެ. އެއީ ދުވާލު ރޯދައަށް ހުންނަންޖެހޭތީ ކޮންމެހެންވެސް ރޭގަނޑު ހިތްހަމަޖެހޭ ވަރަށް ކާންބޭނުންވާތީކަމަށް އެފަދަ ފަރާތްތަކުންބުނެއެވެ. އެހެންނަމަވެސް މިއީ އަދި މުޅިން ރަގަޅު ވިސްނުމެއް ނޫނެވެ. އެއީ ރޯދަމަހުވެސް ހިކެން ބޭނުންވާ މީހުންނަށެވެ. ރޯދަމަހު ހިކެން ބޭނުންމީހުންނަށް މިއޮތީ ވަރަށް ފަސޭހަ ލުއިގޮތެކެވެ. އަދި މިއީ އެހެން މަސްތަކަށްވުރެ މާފަސޭހަ ރަގަޅު ގޮތެއްކަމުގައިވެސް ވެދާނެއެވެ. އާދައިގެ މަސްމަހު ދުވާލު ގަޑީގައި އަބަދު …

އިތުރަށް »

ލަންދޫ ފަޙްރުވެރިވާ ލަންދޫގެ އެންމެފުރަތަމަ ސިފައިންގެ އޮފިޝަރ

ލަންދޫއަށް އުފަން ލަންދޫގެ ދަރިއެއްގެ ގޮތުގައި ހުރެ އެންމެ ފުރަތަމަ ސިފައިންގެ އޮފިޝަރަކަށް ވުމުގެ ފަޙުރާއި ޝަރަފް ނ.ލަންދޫ ކާމިނީވިލާ އަލްފާޟިލް އާދަމް ނަސީމް ( އެޑަމް ) ހޯއްދަވައިވާ ކަމީ މިއަދު އެޑަމްއަށް ޓަކައި ލަންދޫގެ އެންމެހާ ރައްޔިތުން އުފާކޮށް ފަޚްރުވެރިވާނެކަމެއްކަން ކަށަވަރެވެ. ޢާއިލާ އަލްފާޟިލް އާދަމް ނަސީމް ޢަލީ (ރަށުގައި މީހުންކިޔާ އުޅޭގޮތުންނަމަ  އެޑަމް އަދި ރަށުންބޭރުގައި އެޑަމް ގެ އެކުވެރިން ކިޔާގޮތުން ނަމަ ނަސިންބެ ) …

އިތުރަށް »

ކަޅުކޮފީ ބޮއެގެން ހިކި ދާނެތަ؟

އަޅުގަނޑުމެންގެ ތެރޭގައި ގިނަމީހުންނަކީ ވަރަށް ގިނަޢަދަދަކަށް ކަޅުކޮފީ ބޯމީހުންނެވެ. އޭގެތެރޭގައި ގިނައީ ދެޖިންސްގެ ޒުވާނުންނެވެ. ދޮށީޢުމުރުގެ މީހުންވެސް މިފަހަކަށް އައިސް ވަނީ ކޮފީބޯން ފަށާ އެކަން އާދައަކަށް ހަދާފައެވެ. އުފެދޭ ސުވާލަކީ ކަޅުކޮފީބޮއެގެން މީހާ ހިކިދާނެ ހެއްޔެވެ؟ މިސުވާލެވެ. މިސުވާލުގެ ޖަވާބު އެކިމީހުން އެކި ގޮތަށް ދީފާނެއެވެ. ބައެއްމީހުން ބުނާނީ އާއެކެވެ. އަނެއްބަޔަކު ނޫނެކެވެސް ބުނެފާނެއެވެ. އަދި އަނެއްބަޔަކު އާއެކޭ ނުވަތަ ނޫނެކޭގެ އިތުރުން އެހެން ވާހަކަ ތަކެއްވެސް ދައްކަފާނެއެވެ. …

އިތުރަށް »

ވީކަމެއް ނޭންގި ގައިގެ ތަންތަނުގައި ރިއްސާތަ؟ މިއޮތީ ފަސޭހަ ޙައްލެއް!

ވީކަމެއްނޭންގި ގައިގެ އެތަންމިތާ ރިއްސާތީ އެ ވޭނުގައި ގިނަދުވަސްތަކެއް ހޭދަކުރަމުންދާ މީހުން މަދެއްނޫނޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެފަދަމީސްމީހުން ތަފާތު ވައްތަރު ވައްތަރުގެ އޮއިންޓްމެންޓް ތަކާއި، ތެޔޮ އަދި ކްރީމް ފަދަ ތަކެތި ކޮންމެ ރެއަކާދުވާލު ގައިގައި އުނގުޅާ ހަދާއިރުވެސް އެކަމަށްވަނީ ހައްލެއް ނުލިބިފައެވެ. އަދި ޑޮކްޓަރީ ބޭސްފަރުވާއިން މިކަމަށް އެއްވެސް ހައްލެއް ނުލިބޭނެކަމަށް ގިނަބަޔަކަށް ވަނީ ޤަބޫލުކުރެވިފައެވެ. ޑޮކްޓަރީ ފަރުވާއާއި މެދު ހިތްހަމަ ނުޖެހޭ މީހުން ގައިގައި ރިއްސާތީ …

އިތުރަށް »

ބޮލުން އިސްތަށިފޭބުން ހުއްޓުވުމަށް ޔޯގަޓް ވަރެއްނެތް!

އަޅުގަނޑުމެންގެ ތެރޭގައި ފިރިހެނުންނާއި، އަންހެނުންނަށްވެސް ދިމާވެފައިވާ އެންމެބޮޑު އެއް ސިއްޙީ މައްސަލައަކީ ބޮލުން އިސްތަށި ފޭބުމެވެ. މިއީ މުއްސަނދިންނާއި، ފަޤީރުންވެސް ތަޙައްމަލު ކުރަމުންދާ ހައްލެއް ލިބިފައިނެތް އަދި ވަރަށް ކަންބޮޑުވާމައްސަލައެކެވެ. ވަރަށް އުމުރުން ހަގުކުދިންވެސް އަދި އުމުރުން ދުވަސްވީ މީހުންވެސް މިކަމުގައި ހައްލެއް ނުލިބި އެމީހުންގެ ޙަޔާތް ނިންމާލަންޖެހުމަކީ މުޅި އިންސާނިއްޔަތު މިއަދު ކަންބޮޑުވާންޖެހިފައިވާ ކަމެކެވެ. މިކަމުގައި ގިނަޒަމާންތަކެއް ވޭތުވެދިޔަފަހުން މިހާރުމިވަނީ މިކަމަށް އެކަށީގެންވާ ރަގަޅު ހައްލެއް ލިބިފައެވެ. ބޮލުން …

އިތުރަށް »

ބަރާބަރު ހަޓްގެ އިސް މޭސްތިރިޔާ – ޒުވާނުންގެ ނަފީ

ލަންދޫގެ ގިނަޒުވާނުން އެންތަން ކުރުވާ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަ ކަން ޤާއިމުކޮށްދޭ އެއްތަނެއްގެ ގޮތުގައި މިއަދު ގިނަބަޔަކު ފާހަގަކުރާ ތަނަކީ ނ.ލަންދޫ ބަރާބަރުގޭ ވަލުމަގު ފަރާތުގައި ތައްޔާރު ކުރެވިފައިވާ “ބަރާބަރު ހަޓް” ކަން ޔަޤީނެވެ. ލަންދޫގައި މިވަގުތު ކާބޯތަކެޓީގެ ޚިދުމަތްދޭ 2 ކެފޭއެއް ހުރިނަމަވެސް ހޮޓަލެއް ކެފޭއެއް ނެތްދުވަސްވަރެއްގައި ލަންދޫ ޒުވާނުންނަށް އެއްތަންވެ، ބައްދަލުކޮށް ވާހަކަ ދައްކާލެވޭނެ މާހައުލެއް ތަނަވަސްކޮށްދިން ނ.ލަންދޫ ބަރާބަރުގޭ އަލްފާޟިލް އިބްރާޙިމް އަޒީމް އޭނާގެ …

އިތުރަށް »

ތާޒާ ކުކުޅުބިހެއްތޯ ބަލާނީ ކިހިނެއް؟

ކުކުޅުބިހެއް ތާޒާތޯ ނުވަތަ ނުބައިވެފަތޯ ބެލުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. ސަބަބަކީ ބިހަކީ ނުބައިވިޔަސް ބޭރުފުށުން މާބޮޑު ބަދަލުތަކެއް އަންނަ އެއްޗަކަށް ނުވާތީއެވެ. އެކަމަކު ކުޑަ ޓެސްޓެއް ހަދާލައިގެން އެބިހަކީ ތާޒާ ބިހެއްތޯ ބަލާލެވިދާނެއެވެ. މިޓެސްޓް ހެދުމަށްޓަކައި ފުން ތައްޓަކަށް ފެން އަޅާށެވެ. ބިހުގެ އަދަދަށް ބަލާފައި ފެންއަޅާ ތަށި ބޮޑުކުރަންވާނެއެވެ. ދެން މަޑުމަޑުން ބިސް ނުވަތަ ބިސްތައް ތަށިތެރެއަށް ލާށެވެ. ފަހަރަކު ބިހެއް ލުމަކީ އެންމެ ރަނގަޅުގޮތެވެ. ބިސް އަޑިއަށް …

އިތުރަށް »

ފެނުކެއްކި ބިސް ޑައިޓަކީ 14 ދުވަހުން 10 ކިލޯ ކަނޑާލަދޭ ޑައިޓެއް!

ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަވަހަށް ހިކެންބޭނުންނަމަ މި ޑައިޓް ނަގާށެވެ. މިއީ ވަރަށް އަވަހަށް މީހާގެ ހަށިގަނޑުގެ ބަރުދަން ލުއިކޮށްލަދޭ ފަސޭހަ ޑައިޓެކެވެ. މި ޑައިޓްގައި ޢާއްމު އެއްޗަކީ ފެނުކުއްކި ކުކުޅު ބިހެވެ. މިއީ ދެ ހަފްތާނުވަތަ 14 ދުވަހުގެ ތެރޭގައި ބަރާބަރު 10 ކިލޯ ލުއިކޮށްލަދޭ މޮޅު ޑައިޓަކަށް ވާއިރު މިޑައިޓް ނަގާނަމަ ތިމާ ހިފަހައްޓަންޖެހޭ ބައެއްކަހަލަ ކެއުމުގެ އަދަބުތަކެއްވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ތެޔޮ އެކުލެވޭ ބާވަތްތަކުގެ ކާނާ …

އިތުރަށް »

ބަނޑު ހިންދުމަށް ޚާއްޞަ – ކިޔުކަންބާ ޖޫސް

ގިނަމީހުންނަކީ ކަސްރަތުކޮށްގެންނާއި، ކެއުންމަދުކޮށްގެން ހަށިގަނޑުގެ ބަރުދަން ލުއިކުރެވުނު ކަމުގައިވިޔަސް ބަނޑު ހިނދުމަކަށް މާބޮޑު ބަދަލެއް ނާންނަ މީހުންނެވެ. ހަށިގަނޑުގެ އެހެނިހެން ގުނަވަންތައް ހިކޭފަދައިން ބަނޑު ނުހިނދެނީ ކީއްބެވާބާއޭ މިއީ ވަރަށް ގިނަމީހުންގެ ސުވާލެކެވެ. މިސުވާލުގެ ޖަވާބު މިއދު މިއޮތީ ލިބިފައެވެ. ސިއްޙީ މާހިރުން ލަފާދެއްވާ ގޮތުގައި ކިޔުކަންބާ ފެން ކޮންމެ ރެއަކު ނިދަން އޮށޯތުމުގެ ކުރިން އާދަވެގެން ބޯނަމަ ވަރަށް އަވަހަށް ބަނޑުހިނދި އަދި ބަނޑުގެ ނުރައްކާތެރި ބަލިތަކުން ސަލާމަތްވެދާނެއެވެ. …

އިތުރަށް »

މިކަހަލަ ކުޅަދާނަ އަންހެނަކު ދުށިންތަ؟

އެކިއެކިކަންކަމަށް ކުޅަދާނަ އަދި ވިސްނުންތޫނު މީސްމީހުން ދުނިޔޭގެ އެކިޤައުމުތަކުގައި އުޅޭކަމީ އަހަރެމެން އެންމެންވެސް ދަންނަ ޙަޤީޤަތެކެވެ. އާދަޔާ ޚިލާފު މިފަދަ މީސްމީހުންގެ ހުނަރުވެރިކަމަކީ ތަފާތު ވިސްނުންތެރިން މޮޅު ޚިޔާލުތަކެވެ. އެފަދަ މީހުންގެ މިޚިޔާލުތައް އަހަރެމެންނާ ހިއްސާކޮށްލުމުން ހިތަށް ހަމަޖެހުމާއި އުފާވެރިކަމެއްވެސް ގެނެސްދެއެވެ.. އަދިހަމައެހެންމެ މުނިފޫހިފިލައި އެފަދަ ދެވަނަ ހަރަކާތަކަށް އިންތިޒާރުކުރެވެއެވެ. ތިރީގައިވާ މިވާ ވީޑިއޯއިން ފެންނަނީ މިފަދަ ކުޅަދާނަ އަންހެނެކެވެ. ޗައިނާއަށް އުފަން މި ކުޅަދާނަ ޒުވާނާ އޭނާގެ އޮފީސް …

އިތުރަށް »

100 އަހަރުވަންދެން ސިއްޙަތު ސަލާމަތުންހުރެ ދުނިޔޭގައި އުޅެންބޭނުންތަ؟

އިންސާނާގެ މަރުވުމާއި ދިރިހުރުން މިލްކްވެގެން ވަނީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާށެވެ. އެކަލާންގެ އިރާދަކުރައްވާ ގޮތަކަށް އެކަންކަން ހިނގައިދެއެވެ. އެކަމަކަށް ލަހެއްފަހެއް ނެތެވެ. އަދި އިލާހީ ޤާނޫނަށް ބަދަލުގެނެވޭނެ އެއްވެސް ފަރާތެއް ނުމެވޭމެއެވެ. ދުނިޔެއަށް ފޮނުއްވި ކޮންމެ އެއްޗަކީވެސް ފަނާވެ ނިމިގެންދާނެ އެއްޗެއް ފަދައިން އިންސާނާގެ ހަށިގަނޑަކީވެސް ފަނާވެ ނިމިގެންދާނެ އެއްޗެކެވެ. އެކަމާ ދެބަސްވާނެ މީހަކު ހުންނާނެހެނެއް ހީއެއްނުވެއެވެ. ނަމަވެސް މިފަހަރު މިދައްކަނީ މުޅީން އެހެންވާހަކައެކެވެ. އާދެ ، ބަލައި ރައްކާތެރިކަމުގެ …

އިތުރަށް »

މިއަދު ޖަހާ ސަރުބީ މާދަމާ ވިރުވާލެވޭ ފަދަ ލުއިބުއިމެއް – އަވަހަށް ހިކެންބޭނުންތަ؟

ގިނަ މީހުންނަކީ ހަށިގަނޑުގައި ސަރުބީ ގިނަވެ ލޮކިމަސްޖެހުމުގެ ސަބަބުން ހިކެން އުނދަގޫވެފައި ބަރުދަން މާބޮޑަށް އިތުރުވެފައިވާ މީހުންނެވެ. ޚާއްޞަކޮށް އަންހެނުންގެ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބޭކާރުމަސްޖަހައި މީހާގެ ސިފަވެސް ހުތުރުވެފައިވަނީ މަދު ބައެއްނޫނެވެ. މިހެން މިކަން މިދިމާވަނީ ކެވޭ ކާނާގެ ސަބަބުންނާއި، ކަސްރަތު ކުރުމަށް ވަގުތު ނުލިބުމުގެ ސަބަބުންކަން އެންމެންނަސްވެސް އެނގެއެވެ. އެހެންނަމަވެސް ގިނަމީހުންނަށް ނުވެގެން އުޅޭކަމަކީ އަދި ނޭންގިގެން އުޅޭ މެތަޑަކީ ސަރުބީ ވިރުވާލައި އަވަހަށް ހަށިގަނޑުގެ ބަރުދަން …

އިތުރަށް »

ކަސްރަތު ނުކޮށް ބަރުދަން ލުއިކުރެވިދާނެ ގޮތެއް!

ގިނަމީހުންނަށް ކަސްރަތު ކުރުމަކީ އާދަވެގެން ކުރަން ވަރަށް އުނދަގޫކަމެކެވެ. ނަމަވެސް ކޮންމެ މީހަކުވެސް ބޭނުންވަނީ ކަސްރަތު ކޮށްގެންނަމަވެސް ނުވަތަ ނުކައި ހުރެގެންނަމަވެސް ބަރުދަންލުއިކުރުމަށެވެ. އެއީ ބަރުދަން އިތުރުވުމަކީ ސިއްޙީ ގޮތުންވެސް ނުރައްކާތަކާ ކުރިމަތި ވާނޭކަމަކަށްވާތީއާވެސް އެކުގައެވެ. ހަށިގަނޑުގައި އިތުރުވާ މަސްތަކުގެ ސަބަބުން ނުވަތަ ފެޓްސްގެ ސަބަބުން ހިތުގެ މައްސަލަތަކާއި ހަކުރާއި ލޭ މައްޗަށް ދިއުން ފަދަ ކަންތައްތައްވެސް އަޅުގަނޑުމެންގެ ތެރޭގައި އާއްމުވަމުންދާއިރު، އެކަންކަމަށް ވިސްނައިގެން ކެއުމަށްވެސް ބަދަލު ގެނައުން މުހިންމެވެ. …

އިތުރަށް »