ކުޅިވަރު

ލަންދޫސްކޫލްގެ މިއަހަރުގެ ނެޓްބޯޅަ މުބާރާތް ފަށައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ އިންޓަރހައުސް ނެޓްބޯޅަ މުބާރާތް އެސްކޫލްގައި އިއްޔެ ފަށައިފިއެވެ. އެސްކޫލްގެ 3 ހައުސްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖޫނިއަރ ބަޔާއި، ސީނިއަރ ބައި ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތް ފެށުމުގެމެޗްގައި އިއްޔެ ސީނިއަރ ބައިން ރެހެންދި ހައުސްއާއި، ދޮށިމޭނާ ހައުސް ބައްދަލުކުރި އިރު ޖޫނިއަރ ބައިން ވެސް މިދެހައުސްއިން ދެ ޓީމް ވަނީ ބައްދަލުކޮށްފައެވެ. ސީނިއަރ ބައިން އިއްޔެ ގެ މެޗްގައި ރެހެންދިއާއި ދޮށިމޭނާ …

އިތުރަށް »

ސްކޫލުތަކުގެ މެދުގައި ބާއްވާ 15 ވަނަ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ބެޑްމިންޓަން އެސޯސިއޭޝަނުގެ ފަރާތުން ސްކޫލުތަކުގެ މެދުގައި، 20 މާރިޗު 2018 ން 31 މާރިޗު 2018 ށް ކުޅުމަށް ހަމަޖެހިފައިވާ 15 ވަނަ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިމުބާރާތުގެ ޓީމްއިވެންޓް އަދި އަމިއްލަ އިވެންޓުތަކުގައި ބައިވެރިވާން އެދޭ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުުމަށްފަހު ސްކޫލް މެދުވެރިކޮށް 1 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް ހުށައަޅަން …

އިތުރަށް »

‘އީކުއޭޓަރ އައްޑޫ ސިޓީ މެރެތަން’ ގެ އިންތިޒާމު ދަށްކަމަށްބުނެ ފާޑުކިޔައިފި

ރާއްޖޭގެ ކާމިޔާބު ދުވުންތެރިންގެ ތެރޭގައި ހިމެނުނު ނަސީރު އިސްމާއީލްގެ “ރަނާސް މޯލްޑިވްސް”ގެ ފަރާތުން އިއްޔެ އައްޑޫގައި ބޭއްވި މެރަތަންގެ އިންތިޒާމު ދަށްކަމަށްބުނެ ފާޑުކިޔައިފިއެވެ. ތިން ފަހަރެއްގެމަތިން ނަން ބަދަލުކޮށް، ތިން ފަހަރެއްގެމަތިން ލަސްކުރެވުނު މި މެރަތަން އައްޑޫގެ ގިނަބަޔަކު ސިފަކުރަނީ އައްޑުއަށް ލިބުނު ހުުތުރެއްގެ ގޮތުގައި ކަމަށް، އައްޑޫލައިވްގައި ވަނީ ބުނެފައެވެ. “އެންމެ ފުރަތަމަ ފަށައިގަތީ އީކުއޭޓާ އިންޓަނޭޝަނަލް މެރަތަންގެ ނަމުގައެވެ. ވަކި ހިސާބަކުން އެ ނަމަށް “އައްޑޫ” އިތުރުވިއެވެ. …

އިތުރަށް »

ގައުމީ ދިފާއީ ބާރުގެ އިންޓަރ ޔުނިޓް 15 ވަނަ ފައިބޯޅަ މުބާރާތް ފަށައިފި

ކޮމާންޑަރ އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވޭ ގައުމީ ދިފާއީ ބާރުގެ 15 ވަނަ ފައިބޯޅަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ، ފައިބޯޅަ އިދާރާގެ 1 ނަމްބަރު ޓާފް ދަނޑުގައި ފަށައިފި އެވެ. ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހި ފައިބޯޅަ އިދާރާގެ ރައީސް އަލްފާޟިލް ބައްސާމް އަދީލް ޖަލީލު އެވެ. މުބާރާތް ފެށުމުގެ ގޮތުން ކުޅެވުނު މެޗުގައި ބައްދަލުކުރީ މި މުބާރާތުގެ އެއްވަނަ ޑިވިޜަންގެ އެންމެ ފަހުގެ ޗެމްޕިއަން …

އިތުރަށް »

ފިޓްނަސް ކޯޗިންގ ކޯހެއް ހިންގަނީ

ދިވެހި ފައިބޯޅަ އިދާރާއިން  އޭ އެފް ސީ ފިޓްނަސް ކޯޗިންގ ކޯހެއް ހިންގުމަށް އިއުލާނުކޮށްފިއެވެ. A1 ސަނަދު ފެންވަރު ގެ މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ، އަންނަ ފެބްރުަރީ 17 އިން 21 ށެވެ. ފަސްދުވަހަށް ދެމިގެންދާ މިކޯސް އޮންނާނީ މާލޭގައެވެ. ކޯހުގައި ބައިވެރިވުމުގެ ސުންގަޑި އަކީ 15 ޖެނުއަރީ 2018 އެވެ. ދިވެހި ފައިބޯޅަ އިދާރާއިން މިކޯހަށް އެދޭ ފޯމް ލިބިވަޑައިގަންނަވާނެއެވެ. ކޯހަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ވަކި ޝަރުތެއް …

އިތުރަށް »

ޓޮޕް ސްކޯރާރ އިއުލާން ނުކުރި ސަބަބު މިއޮތީ

ނިމިދިޔަ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ މަޤާމްތައް އިޢުލާން ކުރެވިގެން ދިޔައިރު އެންމެން އެންމެބޮޑަށް އަޅައިގަތީ މުބާރާތުގައި އެންމެ ވަރުގަދަ އެއްމަޤާމްކަމަށްވާ ޓޮޕް ސްކޯރާރގެ މަޤާމް އިޢުލާން ނުކުރުމުންނެވެ . މިފަހަރުގެ މުބާރާތުގައިވެސް އެންމެ ގިނަގޯލްޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ  ނ.ހޮޅުދޫ އެފްސީގެ ގޯލާއެންމެ ރައްޓެހި ފޯވާރޑް އަހްމަދު ޒަމީރު (ޒަންބޯ) އެވެ. ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެހާ ކަންތައްތައް އިންތިޒާމް ކުރުމުގައި …

އިތުރަށް »

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ ޗެމްޕއަން ހޮޅުދޫއެފްސީ އަށް ނުގޮވުމުން ގިނަބައެއްގެ ހިތުގައި އެތަށް ސުވާލެއް އުފެދި އެވަގުތުން ފެށިގެން ސޯސަލް މީޑިޔާގައި އެންމެގަދައަށް ދެކެވޭ އެއްވާހަކައަކަށް މިވާހަކަ ވެގެންދިޔައެވެ. މިކަމުގެ ހަޤީގަތް ހޯދުމަށް ލަންދޫއިންފޯއިންވެސް އައީ އެވަގުތުން ފެށިގެން ވަރަށްބޮޑަށް މަސައްކަތް ކުރަމުންނެވެ. މިއަދުމިވަނީ އެކަމަށް ކޮންމެވެސް ޖަވާބެއް ލިބިފައެވެ. މުބާރާތް އިންތިޒާމްކޮށް …

އިތުރަށް »

އެއްލައްކަ ރުފިޔާ ލަންދޫޓީމާއި ހަވާލުކޮށްފި

ނ.މާޅެންދޫގައި ނިމިދިޔަ މިއަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދި ލަންދޫޓީމަށް ދިނުމަށް ހަމަޖެހިފައިވާ އެއްލައްކަ ރުފިޔާ ނ.ލަންދޫ ފުޓްބޯޅަ ޓީމުގެ މެނޭޖަރ އަދި މިދައުރުގެ ލަންދޫކައުންސިލްގެ ރައީސް އަލްފާޟިލް ޝިނާން ޢަބުދުލް ޤަނީ އާއި ދާދިދެންމެ ހަވާލުކޮށްފިއެވެ. ނަގުދު އެއްލައްކަ ރުފިޔާ ޝިނާން އާއި ހަވާލުކޮށްފައިވަނީ ދާދި ދެންމެ ލަންދޫކައުންސިލް ޢިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ޝިޔާމް-މައުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ހިންގާކޮމެޓީގެ ޗެއާރމަން އަލްފާޟިލް އައްސަދު ޢަބުދުލް …

އިތުރަށް »

ލަންދޫޓީމަށް ހަމަ ސާބަސް

ވޭތުވެދިޔަ ދެއަހަރުބޭއްވިގެން ދިޔަ ޝިޔާމް-މަޢުރޫފް  ސޮކަކަޕް ފުޓްބޯޅަމުބާރާތުގައި ލަންދޫއަށް މާއެދެވޭ ރަނގަޅުކާމިޔާބެއް ހޯދިފައި ނެތްނަމަވެސް އަތޮޅުގެ 12 ރަށަކުން ބައިވެރިވި ބޮޑު މުބާރާތެއްގެ 2 ވަނަ މަޤާމް ލިބުމަކީ ކުޑަ ޝަރަފެއް ނޫނެވެ. ލަންދޫޓީމުން މިފަހަރުގެ މުބާރާތަށް އެންމެ ފުރިހަމައަށް ތައްޔާރު ވެފައި ނެތްނަމަވެސް މިމުބާރާތަށް ދުރާލާ ތައްޔާރުވި ޢާބާދީއާއި މާލީމުންސަދިކަމާއި އަދި ވަސީލަތުގެ ގޮތުން މާކުރީގައި އުޅޭރަށްތަކެއް ފަހަތަށް ޖައްސާލައިފައި މުބާރާތުގެ ފައިނަލާއި ހިސާބަށް ދެވުމަކީ ކުޑަ ކާމިޔާބީއެއްނޫނެވެ. …

އިތުރަށް »

އެއްވެސް މެޗަކުން ބަލިނުވެ މިލަދޫއިން ޗެމްޕިއަންކަން ހޯދައިފި

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިލަދޫޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދައިފިއެވެ. މިއީ ނ.އަތޮޅުގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބުރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ފައިނަލްގައި ނ.އަތޮޅުގެ ބޮޑު ދެބާރުންކަމަށްވާ މިލަދޫ އާއި ލަންދޫ ބައްދަލުކުރި އިއްޔެގެ ފައިނަލްމެޗު މިލަދޫއިން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މި މެޗު ފަށައިގެން ފުރަތަމަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް މާއެދެވޭ ކުޅުމެއް …

އިތުރަށް »

މާދަމާގެ ތަށި ރަށަށް ގެނެސްދީ – ސަޕޯރޓަރުން

މާދަމާއަކީ ފުޓްބޯޅައަށްޓަކައި މަރުދޭ ލަންދޫގެ ރައްޔިތުންނަށާއި މިލަދޫގެ ރައްޔިތުންނަށް ވަރަށް ހާއްޞަ ދުވަހެކެވެ. އެހެނީ މާދަމާއަކީ އަތޮޅުތެރޭގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިދެރަށުގެ ޓީމުބައްދަލުކުރާ ދުވަހެވެ. މިއަހަރުގެ މުބާރާތް ކުރިއަށްދާއިރު ޓީމްތަކަށް ސަޕޯރޓްކުރުމުގައި މިލަދޫގެ ރަށްޔިތުންނާއި ލަންދޫގެ ރައްޔިތުން އުޅެނީ ވަރަށް ކުރީގައެވެ. މުބާރާތުގެ ފެށުނު ހިސާބުން ފެށިގެން ސަޕޯރޓްކުރުމުގައި މިލަދޫއިން ވަނީ އެހެން ރަށްތަކަށް ނަމޫނާ ދައްކައިދީފައެވެ. …

އިތުރަށް »

މާދަމާގެ ފައިނަލްގައި އަތޮޅުގެ ފުޓްބޯޅައިގައި އެންމެކާމިޔާބު ދެރަށް

މިއަހަރުގެ ޝިޔާމް – މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މާދަމާ ބައްދަލުކުރާނީ ނ.އަތޮޅުގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ދެރަށް ކަމަށްވާ މިލަދޫ އާއި ލަންދޫ އެވެ. މީގެ ތެރެއިން މިލަދޫއަކީ އަތޮޅު ފުޓްބޯޅަ މުބާރާތް ބާއްވަން ފެށި ދުވަސްވަރުން ފެށިގެން 2008 އާއި ހިސާބަށް އަތޮޅުގެ އެންމެ ބޮޑު ބާރެވެ. 2008 ގައި ހޮޅުދޫގައި ކުޅެވުނު އަތޮޅުމުބާރާތުގެ ފައިނަލްގައި ލަންދޫ ބަލިކޮށް  އަތޮޅުގެ ޗެމްޕިއަންކަމުގެ އިތުރުން ޒޯން ޗެމްޕިއަންކަންހޯދާ …

އިތުރަށް »

މިހާތަނަށް ލަންދޫއަށް ވެލިދޫ ބަލިކުރެވިފައެއް ނެތް

ލަންދޫއަކީ ނ.އަތޮޅުގެ ފުޓްބޯޅައިގެ ބޮޑުބާރެއްގެ ގޮތުގައި ހިމެނުނު ނަމަވެސް ލަންދޫގެ ފުޓްބޯޅައިގެ ތާރީހްގައި މިހާތަނަށް ވެލިދޫގެ ފުޓްބޯޅަ ޓީމެއް ލަންދޫޓީމަކަށް ބަލިކުރެވިފައެއް ނުވެއެވެ. 2006 ގެ ފަހުން ލަންދޫގެ ފުޓްބޯޅަ ޓީމް ވެލިދޫއާއި އެކު ޖުމުލަ 5 މެޗު ކުޅެފައިވާއިރު މީގެ ތެރެއިން 4 މެޗަކީ ތަފާތު މުބާރާތްތަކުގައި މިދެރަށް ބައްދަލުކޮށްގެން ކުޅެފައިވާ މެޗުތަކެވެ. މިގޮތުން 2006 ވަނަ އަހަރު ށ.ފުނަދޫގައި ބޭއްވުނު ޔޫތުކަޕްގައި މެދެޓީމު ބައްދަލުކޮށް ކުޅުނު މެޗު …

އިތުރަށް »

ދެއަހަރުގެ ޗެމްޕިއަން ހޮޅުދޫ ބަލިކޮށް މިލަދޫ ފައިނަލަށް

މިހާރު މާޅެންދޫގައި ކުރިއަށްދާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މިލަދޫ އާއި ވޭތިވެދިޔަ ދެއަހަރުގެ ޗެމްޕިއަން ހޮޅުދޫ ބަލިކޮށް މިލަދޫ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ. މިއަދުގެ މެޗުފަށައިގެން ދެޓީމުގެ ފަރާތުންވެސް ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަނަމަވެސް މެޗުގެ ކުރީކޮޅު ހޮޅުދޫޓީމުގެ ‘ލަނޑުޖަހާ މެޝިންގެ” ގޮތުގައއި ފާހަގަކުރެވޭ އެޓީމުގެ ނުރައްކާތެރި ފޯވާޑް ޒަންބޯ މިލަދޫ ޑިފެންޑަރަކަށް ކުރިފައިލަކާއި ގުޅިގެން ރީދޫކާރޑެއް …

އިތުރަށް »

މިލަދޫގެ ސަޕޯރޓަރުން ވަރެއް ހަމަނެތް

ނ.އަތޮޅުގެ އިތުރުން މިހާތަނަށް ރާއްޖޭގެ އަތޮޅެއްގައި  ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ޝިޔާމް – މަޢުރޫފް ސޮކަކަޕް ދުޓްބޯޅަ މުބާރާތުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ އެންމެ ރަނގަޅަށް ޓީމަށް ސަޕޯރޓްކުރާ ރަށަކަށް 000،10 (ދިހަހާސް) ރުފިޔާގެ އަގުބޮޑު އިނާމެއް ކަޑައަޅާފައިވާކަމެވެ. މި މުބާރާތުގައި ވާދަކުރާ 12 ރަށުންވެސް މިޢިނާމް ހޯދުމަށް މަސއްކަތް ކުރަމުންދާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މިލަދޫޓީމު ކުޅޭ ދުވަސްދުވަހު އެޓީމަށް ތަރުޙީބު ދިނުމަށްޓަކައި އެރަށުގެ …

އިތުރަށް »

ދެފެވަރިޓިންގެ ބޮޑުކުރިމަތިލުން މާދަމާ

މިހާރު ނ.މާޅެންދޫގައި ކުރިއަށްދާ ޝިޔާމް – މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗު މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު މާދަމާގެ މެޗުގައި ބައްދަލުކުރާނީ މުބާރާތުރުގެ ފެވަރިޓުންގެ ގޮތުގައި މިފަހަރު ގިނަބަޔަކު ބަލަމުން އަންނަ ވޭތުވެދިޔަ ދެ އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕްގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ހޮޅުދޫ އާއި ފުޓްބޯޅައިގައި ނ.އަތޮޅުގެ އެންމެ ކާމިޔާބު އެއްރަށްކަމަށްވާ މިލަދޫ އެވެ. މިފަހަރުގެ މުބާރާތުގައި މިހާތަނަށް މި ދެޓީމުން ދަށްކާފައިވާ ކުޅުމަށްބަލާއިރު ދެޓީމުގެ …

އިތުރަށް »

ލަންދޫޓީމު ސެމީއަށް ދިއުމުގެ އެންމެބޮޑު ޝުކުރެއް ޝާރީ އާއި ޔޫއްޓޭ އަށް

މާޅެންދޫގައި އިއްޔެ ކުޅެވުނު ޝިޔާމް – މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާރފައިނަލްގެ ފަހުމެޗުގައި ލަންދޫގެ އެންމެބޮޑު ވާދަވެރިޔާ މާޅެންދޫ އާއި ބައްދަލުކޮށް ޕެނަލްޓީޖަހައިގެން މޮޅުވެ ސެމީފައިނަލަށް ލަންދޫޓީމު ގޮސްފައިވާއިރު ލަންދޫޓީމް ސެމީއަށް ދިއުމުގެ އެންމެބޮޑު  ޝުކުރެއް ހައްޤުވަނީ މި މުބާރާތުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ގޯލްކީޕަރ ސާރީ އަށާއި އިއްޔެގެ މެޗުގައި ޢާދަޔާޚިލާފް ހިތްވަރެއް ދެއްކި ލަންދޫޓީމުގެ “ބައްޕަ” ޔޫސުފް ޢަބުދުއްރަޙީމް (ޔޫއްޓޭ) އަށެވެ. މެޗަށް ދިޔައިރުވެސް ވާދަވެރި …

އިތުރަށް »

ޕެނަލްޓީ ޖަހައިގެން މޮޅުވެ ލަންދޫ ސެމީއަށް

މިހާރު މާޅެންދޫގައި ކުރިއަށްދާ ޝިޔާމް – މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާރފައިނަލްގެ އެންމެފަހު މެޗުގައި މުބާރާތް ބާއްވާރަށް ކަމަށްވާ މާޅެންދޫ އާއި ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން ލަންދޫ ފުޓްބޯޅަ ޓީމު މޮޅުވެއްޖެއެވެ. މިއަދުގެ މެޗު ފެށުމުގެ ކުރިންވެސް ކުއާޓަރގެ ބޮޑުމެޗުގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރި މިއަދުގެ މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ ރަނގަޅަށް ކުޅެފައިވަނީ މާޅެންދޫ ޓީމުން ކަމުގައިވިޔަސް މެޗުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިގެން …

އިތުރަށް »

ހުރިހާ އެޑްވާންޓޭޖެއް މާޅެންދޫއަށް

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާރފައިނަލްގެ އެންމެފަހު މެޗުގައި މާދަމާ ލަންދޫ އާއި މާޅެންދޫ ބައްދަލުކުރާއިރު ހުރިހާ އެޑްވާންޓޭޖެއް އޮތީ މާޅެންދޫއަށެވެ. މާދަމާގެ މެޗުގައި މާޅެންދޫއަށް އޮތް އެންމެބޮޑު އެޑްވާންޓޭޖަކީ މާޅެންދޫގެ ފަސްގަނޑުގައި މާޅެންދޫގެ އެންމެހާ ރައްޔިތުންގެ ކުރިމަތީގައި މި މެޗުކުޅެވޭކަމެވެ. މާޅެންދޫއަށް ލިބިފައިވާ އަނެއް އެޑްވާން ޓޭޖަކީ މި ދެޓީމުގެ މެދުގައި އެންމެފަހުން ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން އެޓީމު މޮޅުވެފައިވުމެވެ. އަދި ހަމައެހެންމެ މިވަގުތަށް ނ.އަތޮޅުގެ ފުޓްބޯޅައިގެ …

އިތުރަށް »

އެކުވެރި ދެރަށް – ވާދަވެރިމެޗަކަށް

މާދަމައަކީ ނ.އަތޮޅުގެ އަވަށްޓެރި ދެރަށުގެ އިތުރުން އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ގޮތުން ރިވެތި ނަމޫނާތަކެއް ދަށްކާފައިވާ ދެރަށްކަމަށްވާ މާޅެންދޫ އާއި ލަންދޫ ވާދަވެރި ފުޓްބޯޅަ މެޗެއްގައި ބައްދަލުކުރާނެ ތަރީޙީ ދުވަހެކެވެ. މިއަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާރ ފައިނަލްގެ ފަހުމެޗުގައި މާދަމާ ހަވީރު މި ދެޓީމް ބައްދަލުކުރާ އިރު މުޅި ނ.އަތޮޅުގެ ލޯތައް އަމާޒުވެ، ހުއްޓިފައިވަނީ މި މެޗަށެވެ. ވަކިން ހާއްޞަކޮށް މިދެރަށުގެ އެންމެހާ ރައްޔިތުން އަންނަނީ މި …

އިތުރަށް »