ބޭރުދުނިޔެ

ޔޫއޭއީގައި މުވައްޒަފުންނަށް މުސާރަދިނުމުގައި ޖެންޑަރ ގެ ތަފާތުކުރުން ނައްތާލަނީ

ޔުނައިޓެޑް އަރަބި އިމަރޭޓްސް ( ޔޫއޭއީ ) ގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދޭ އުޖޫރަ އަންހެނުންނާ ފިރިހެނުންގެ ތަފާތު ނައްތާލުމަށް ނިންމައިފިއެވެ. ޔޫއޭއީ ގެ ކެބިނެޓުން މިދިޔަ އަންގާރަދުވަހު ފާސްކުރި ޤާނޫނުގައި ބުނެފައިވަނީ އެޤައުމުގައި ވަޒީފާ އަދާކުރާ ދެޖިންސްގެ މީހުންނަށްވެސް މުސާރަދޭންވާނީ އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަ އުޞޫލެއްގެ މަތިންކަމުގައެވެ. ނަމަވެސް މުވައްޒަފުން އަދާކުރާ ވަޒީފާގެ ފެންވަރަށް ބަލާ ގެންނަންޖެހޭ ތަފާތުކުރުންތައް ގެނައުމަށް މި ޤާނޫނު ހުރަހެއް ނާޅައެވެ. ޔޫއޭއީގެ …

އިތުރަށް »

ޑުބާއީ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު 10 އަހަރަށް ޖަލަށް.

ޑުބާއީއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކެމެރޫންގެ އަންހެނަކު 10 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފިއެވެ. ގަލްފްގެ ޚަބަރުތައް ވަރަށްފުޅާދާއިރާއެއްގައި ގެނެސްދޭ ޚަލީޖްޓައިމްއިން ބުނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ މަރިޖުއާނާ އެތެރެކުރަން އުޅުނު 28 އަހަރުގެ އަންހެންމީހާ އަތުލައިގެންފައިވަނީ ޑުބާއީ ކަސްޓަމްސްއާއި، ފުލުހުންނާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އޭނާގެ ލަގެޖްގެ ތެރޭގައި ރައްކާކޮށްގެން އެތަކެތި ޑުބާއީއަށް އެތެރެކުރަން އުޅެނިކޮށެވެ. ކިލޯއެއްގެ މަރިޖުއާނާ ފެނިފައިވަނީ އޭނާގެ އަތްދަބަސް ތެރެއިންކަމަށް އެނޫހުގައި …

އިތުރަށް »

ގޭގައި ގެންގުޅު ނޯކަރުމީހާ ، ސާހިބުމީހާގެ 9 މަހުގެ ދަރިފުޅު މަރާލައިފި.

( ޔޫއޭއީ ) ގޭގައި މަސައްކަތުމީހެއްގެ ގޮގުގައި ގެންގުޅުނު އިންޑޮނޭޝިއާގެ އަންހެނަކު އޭނާގެ ސާހިބު މީހާގެ 9 މަހުގެ ދަރިފުޅަށް އަނިޔާކޮށް މަރާލައިގެން އެ އަންހެންމީހާގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފިކަމަށް ޚަލީޖްޓައިމްސްއިން ޚަބަރުކޮށްފިއެވެ. ގަލްފްސަރަޙައްދުގެ ޚަބަރުތައް ފުޅާދާއިރާއެއްގައި ގެނެސްދޭ ޚަލީޖް ޓައިމްސްގައި ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ގޭގެ ނޯކަރުމީހާ އެ ތުއްތު ކުއްޖާ މަރާލައިފައި ވަނީ ގޭގައި މެހި, މަދިރި ފަދަ އިންސެކްޓްސް މަރަށް ގެންގުޅޭ ފިލާފޮތި …

އިތުރަށް »

ވާވޭ މޭޓް 10 ޕްރޯ – ސޭލެއްގައި ވަރަށް އަގުހެޔޮކޮށް ވިއްކަނީ

މިހާރު ދުނިޔޭގައި އެންމެ ކުރިއަރަމުން އަންނަ ސްމާޓްފޯންގެ އެއްވައްތަރެއްކަމުގައިވާ ވާވޭ މޭޓް މިހަފްތާގައި ވަރަށް އަގުހެޔޮކޮށް ވިއްކަނީ ކަމަށް އެންމެ ބޮޑު އެއް އޮންލައިން ޝޮޕިންގ ނެޓްވޯކް “އެމެޒޯން.ކޮމް” އިންނާއި އޮންލައިން ވިޔަފާރި ކުރާ ބައެއް މަޝްހޫރު އެހެނިހެން ސައިޓްތަކުން ބުނެފިއެވެ. ވާވޭމޭޓް 10 ޕްރޯގެ އަސްލު ހަމައަގަކީ 1000 ޑޮލަރާއި، 1200 ޑޮލަރާ ދެމެދެވެ. ނަމަވެސް މިމަހުގެ 24 އާއި ހަމައަށް ކުރިއަށް ގެންދާ މި ޚާއްޞަ ސޭލްގައި …

އިތުރަށް »

މެސީ ހަމަ މޮޅީއެވެ!

ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގަބޫލުކުރާ އެތައްބަޔަކު ދުނިޔޭގައި އެބައްތިއްބެވެ. އޭގެ ތެރޭގައި އޭނާގެ ފޭނުންގެ އިތުރުން އޭނާއާއި ވާދަވެރި މަޝްހޫރު ކުޅުންތެރިންވެސް ހިމެނެއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސަންޓޯސް ގެ ބްރެޒިލް ފޯވާޑް ނޭމާ އާއި، ބްރެޒިލްގެ ކުރީގެ ތަރި ޕެލޭ ވެސް ވަނީ މިކަމަށް އެއްބަސްވެ އިތުތިރާފްވެފައެވެ. މެސީ އަކީ ދުނިޔޭގެ އެންމެ …

އިތުރަށް »

ޢިމާރާތެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓި 3 އަހަރުގެ ކުއްޖަކު މަރުވެއްޖެ.

އެކުވެރި ޢަރަބި ޢިމާރާތް ( ޔޫއޭއީ ) ގެ ވެރިރަށް އަބޫދާބީ ގައި އުސް ޢިމާރާތެއްގެ 12 ވަނަ ފަންގިފިލާއިން ޢުމުރުން 3 އަހަރުގެ އަންހެންކުއްޖަކު ވެއްޓި މަރުވެއްޖެއެވެ. ޚަލީޖް ޓައިމްސް އިން ރިޕޯޓް ކޮށްފައިވާ ގޮތުން ފުލުހުން ނަށް މިޙާދިސާގެ ރިޕޯޓް ލިބުމާއެކު އެސަރަޙައްދަށް ދިޔައިރު އެކުއްޖާއޮތީ ވެއްޓިމަރުވެއެވެ. އަދި ފުލުހުންގެ ތަޙްޤީޤު ކުރިއަށް ދާއިރު މިހާތަނަށް އެނގައިފައިވާ ގޮތުގައި އެކުއްޖާ ވެއްޓުނީ އެޕާރޓްމަންޓްގެ ކުޑަދޮރެއްގެ ކައިރީގައި ހުރި …

އިތުރަށް »

ކުކުޅު ބިހެއްގެ ތެރެއިން އިތުރު ބިހެއް ފެނިއްޖެ.

އާދައިގެ ބިހަކަށްވުރެ 3 ގުނަ ބޮޑު ކުކުޅު ބިހެއްގެ ތެރެއިން އިތުރުބިހެއް ފެނިއްޖެއެވެ. އޮސްޓްރޭލިޔާގެ ދަނޑުވެރިޔަކަށް އޭނާގެ ކުކުޅު ކޮށިން ފެނުނު އާދަޔާޚިލާފު މި ބިސް ތަޅާލުމުން އޭނާއަށް ފެނުނީ އެބިހުގެ ތެރެއިން އެހެން ބިހެކެވެ. ތިރީގައިވާ ވީޑިއޯއިން އެފެންނަނީ ދަނޑުވެރިޔާ އެބިސްތަޅާލާ މަންޒަރެވެ. ވީޑިއޯއިން ފެންނަގޮތުން ބޮޑުބިސް ތަޅާލުމުން އެބިހުގެ ތެރޭގައި އިތުރު ބިހެއްއޮތީ ގޮބޮޅި ގަނޑާއި، ލޮނދިބަޔާވެސް އެކުގައެވެ. އަދި އެތެރޭގައި އޮތް ބިސްތަޅާލުމުންވެސް ފެންނަނީ އާދައިގެ …

އިތުރަށް »

ބަނގުލާދޭޝް ލޭބަރުން ކުވޭތަށް ގެނައުން އެޤައުމުގެ ސަރުކާރުން މަނާކޮށްފި. 200000 އަށްވުރެ ގިނަ ބަންގާޅީން ކުވޭތުގައި ދިރިއުޅޭ!

ކުވޭތުގައި ބަނގުލާދޭޝް މީހުން ލޭބަރުންގެ ގޮތުގައި ގިނަވެ އެ މީހުންގެ ބޮޑު އާބާދީއެއް އުފެދިފައިވަނިކޮށް ލޭބަރުންގެ ގޮތުގައި ބަނގުލާދޭޝް މީހުން މީގެ ފަހުން މަސައްކަތް ކުރަން ގެނައުން ކުވޭތުގެ ސަރުކާރުން މަނާކޮށްފިއެވެ. ކުވޭތުގެ އިންޓީރިއާ މިނިސްޓްރީން ޢާއްމުކުރި ރިޕޯޓެއްގައި ވާގޮތުން ކުވޭތުގައި އެކިއެކި ކަންކަމުގައި ދިރިއުޅޭ ބަނގުލާދޭޝް މީހުންގެ ޢަދަދު 200،000 ( ދުއިސައްތަ ހާސް ) އަށް އަރައިފިއެވެ. އަދި މިއަދަދަކީ ސީދާ ކަށަވަރު ޢަދަދެއް ނޫންކަމަށާއި، ލަފާކުރެވޭގޮތުގައި …

އިތުރަށް »

60% ގެ ޑިސްކައުންޓާއެކު އައިފޯން އެކްސް ގެ ޚާއްޞަޕްރޮމޯޝަނެއް ފަށައިފި.

އެޕަލްގެ އެންމެ ފަހުގެ އަދި އެންމެ އަގުބޮޑު ފޯނު ކަމަށްވާ އައިފޯން 10 ނުވަތަ އައިފޯން އެކްސް %60 ގެ ޑިސްކައުންޓާއެކު ވިއްކުމުގެ ޚާއްޞަ ޕްރޮމޯޝަނެއް ޑުބާއީގައި ފަށައިފިއެވެ. އައިފޯންގެ މުޅިޙަޔާތުގައިވެސް އެންމެ އަގުހެޔޮކޮށް އައިފޯން 10 ގަންނަންލިބޭނެ މިޚާއްޞަ ޕްރޮމޯޝަން ފަށާފައިވަނީ ޑުބާއީގައި ފުޅާދާއިރާއެއްގައި ޚިދުމަތްދެމުން އަންނަ މަޝްހޫރު މޯބައިލް އޮޕަރޭޓަރެއްކަމުގައިވާ “އިތިސޯލާތު ޓެލެކޮމިޔުނިކޭޝަން ކޮމްޕެނީ” އިންނެވެ. އެކުންފުނީގެ ކަސްޓަމަރުންގެ އީމެއިލްތަކަށް މިހާރުވަނީ ނޮޓިފިކޭޝަނަކުން އެކަން އަންގާފައެވެ. އެކުންފުންޏާ …

އިތުރަށް »

ކުދިންގެ ގަޔަށް އަތްލައި އަނިޔާވެރިވާ ޓީޗަރުން، 10 އަހަރަށް ޖަލަށް ލުމަށް ސައުދީން ނިންމައިފި.

ދަރިވަރުންގެ ގަޔަށް އަތްލައި ޖިސްމާނީ ގޮތުން އަނިޔާކުރާ ޓީޗަރުން 10 އަހަރަށް ޖަލަށް ލުން ނުވަތަ 1 މިލިޔަންރިޔާލުން ޖޫރިމަނާ ކުރުން ނުވަތަ މި ދެއަދަބު އެއްފަހަރާ ތަންފީޒުކުރަން ސައޫދީއަރަބިޔާގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޤަވާޢިދެއް ފާސްކޮށްފިއެވެ. ސައޫދީގެ އެޑިޔުކޭޝަން މިނިސްޓްރީން މީޑިއާއަށް މައުލޫމާތު ދިންކަމަށް އަރަބިނިއުސްގައި ވަނީ އެޤައުމުގެ ޤާނޫނުގެ ތެރެއިން އެކުލަވާލި މިޤަވާޢިދަކީ ސްކޫލްތަކުގެ މާހައުލުގައި ދަރިވަރުންނަށް ލިބިދޭންޖެހޭ އެންމެ އެކަށީގެންވާ ރައްކާތެރި މާހައުލެއް ޤާއިމް ކުރުމަށް …

އިތުރަށް »

ހަތިޔާރުއެޅި ބަޔަކު ކާބުލްގެ ހޮޓަލަކަށް ހަމަލާދީ އެތައްބަޔަކު މަރާލައިފި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައިވާ ބޮޑު ހޮޓަލަކަށް ހަތިޔާރު އެޅި ބަޔަކު ރޭ ހަމަލާދީ އެތަނުގައި ހުޅުޖަހައި އެތައްބަޔަކު މަރާލައިފިއެވެ. ކާބުލްގައި ހުންނަ މި ބޮޑު ހޮޓަލަކީ މަޝްހޫރު ހޮޓެލް ޗޭނެއް ކަމަށްވާ އިންޓަކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕުން 1969 ވަނަ އަހަރު ބިނާކުރި ހޮޓަލެކެވެ. އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ނަޖީބު ދާނިޝްއާ ހަވާލާދީ އަރަބިނިއުސްއިން ބުނީ ހޮޓަލަށް ހަމަލާދެމުންދިޔަ މީހުންނާ ހޮޓަލުގެ ސެކިއުރިޓީ ސިފައިން ލީ ކުރިމަތިލުމުގައި އެއްބަޔަކު ޒަޚަމްވެ …

އިތުރަށް »

މިސުރުގެ ކުރީގެ މިލްޓަރީ ކޮމާންޑަރެއް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ.

މިއަންނަ މާރޗްމަހުގެ ތެރޭގައި މިސުރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެޤައުމުގެ ކުރީގެ މިލްޓަރީ ކޮމާންޑަރެއް ވާދަކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ. މިސުރުގެ ކުރީގެ މިލްޓަރީ ޗީފް އޮފް ސްޓާފް ސާމީ އަނާން އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ އޭނާގެ ރަސްމީ ފޭސްބުކު ޕޭޖްގައި ޕޯސްޓް ކޮށްފައިވާ ވީޑިއޯއެއްގައެވެ. މިދިޔަ ހުކުރުދުވަހު ޢާއްމުކޮށްފައިވާ މިވީޑިއޯގައި ސާމީ އަނާން ވިދާޅުވެފައިވަނީ މިސްރުގައި ހިނގަމުންދާ ޤަވާޢިދާއި ޚިލާފު ސިޔާސީ ކަންކަމާއި، އިސްވެރިންގެ ފަރާތުން ފެންނަމުންދާ ނޭއްގާނީ ޢަމަލުތައް ހުއްޓުވާ …

އިތުރަށް »

8 ފަޓްލޫނާ 10 ގަމީސް އެއްމަތިމައްޗަށް ލައިގެން ހުރި މީހަކު އެއަރޕޯޓަކުން ހިފަހައްޓައިފި.

8 ފަޓްލޫނާ 10 ގަމީސް އެއްމަތިމައްޗަށް ލައިގެން ހުރި މީހަކު އައިސްލޭންޑް ކެފްލަވިކް އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓައިފިއެވެ. ރަޔާން ކަރްނޭ ވިލިއަމްސް ނަމަކަށްކިޔާ މިމީހާ ހިފެހެއްޓީ އައިސްލެންޑުން ފުރައިގެން އިންގްލެންޑަށް ދިޔުމަށް ގޮސްހުއްޓައި އެއަރޕޯޓްގެ ޓަރމިނަލް ތެރެއިންނެވެ. އޭނާ ދަތުރުކުރަން ހަމަޖެހިފައިވަނީ ބްރިޓިޝް އެއަރވޭސް ގެ ފްލައިޓަކުންނެވެ. އެމީހާއާއި ޙަވާލާދީ އެއަރޕޯޓްގެ އޮފިޝަލުން މީޑިއާއަށް ކިޔައިދިންކަމަށް ޚަލީޖް ޓައިމްސް ގައިވަނީ އެމީހާ ލައިގެން ހުރި އަންނައުނަކީ އޭނާގެ  ލަގެޖް ފުރިގެން …

އިތުރަށް »

ޑުބާއީގައި ފުރަތަމަ ފަހަރަށް ރޮބަޓް ބޭނުންކޮށްގެން އިންސާނެއްގެ ކަކޫ ބަދަލުކޮށްފި.

ޑުބާއީގައި ފުރަތަމަ ފަހަރަށް ރޮބަޓް ބޭނުންކޮށްގެން އިންސާނެއްގެ ކަކޫ ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކޮށްފިއެވެ. އެ ޤައުމުގެ މަޝްހޫރު ހޮސްޕިޓަލެއްގަކުގައިވާ “މެޑިކްލިނިކް ސިޓީ ހޮސްޕިޓަލު”ން މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ރޮބަޓް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ކުރި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފައިވަނީ މިދިޔަ ބުދަދުވަހު ( އިއްޔެ ) އެވެ. އަޙްމަދު އަލް ރާއިސް ނަމަކަށް ކިޔާ 47 އަހަރުގެ މީހެއްގެ ކަކޫ ބަދަލުކުރުމުގެ އޮޕަރޭޝަން ރޮބަޓް ބޭނުންކޮށްގެން ކާމިޔާބުކަމާއެކު …

އިތުރަށް »

މަދީނާ ސިޓީއަށް ބިންހެލުމެއްގެ އަސަރުކޮށްފި.

މާތްވެގެންވާ މަދީނާ އަށް 2.5 މެގްނިޓިއުޑުގެ ބާރުމިނުގައި ބިންހެލުމެއްގެ އަސަރުކޮށްފިކަމަށް މަދީނާގެ މޫސުމާ ބެހޭ އޮފިޝަލުންނާ ޙަވާލާދީ ޢަރަބި ނިއުސްއިން ބުނެފިއެވެ. އިއްޔެ އެތާންގެ ގަޑިން 14:59 ގައި އައި މި ބިންހެލުމުގައި އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށާއި، މި ބިންހެލުން އައިސްފައިވަނީ މަދީނާގެ ހުޅަނގު އުތުރުން 14 ކިލޯމީޓަރު ހިސާބަށް ކަމަށް ސައުދީ ޕްރެސް އެޖެންސީއާއި ހަވާލާދީ އަރިބިނިއުސްއިންބުނެއެވެ. މިބިނެހެލުމުގެ ސަބަބުން އެއްވެސް އެއްޗަކަށްވެސް ތަނަކަށްވެސް އަދި މީހަކަށްވެސް ގެއްލުމެއް …

އިތުރަށް »

ޔޫއޭއީ ގެ ރައްޔިތުންނަށް ޗައިނާއިން ވިސާ ފްރީކޮށްދީފި.

އޭޝިޔާގައި އެންމެ ބޮޑު ނުފޫޒެއް އޮންނަ ޗައިނާއަށް ވިސާއަކާނުލައި ހިލޭ ވަދޭވޭނެގޮތް ޔޫއޭއީ ގެ ރައްޔިތުނަށް ހަދައިދީފިއެވެ. ރިޕޯޓްތައްބުނާގޮތުން ވިސާފްރީކޮށްދީފައިވަނީ މިމަހުގެ 16 އިން ފެށިގެން ކުރިއަށް އޮތް 30 ދުވަހުގެ މުއްދަތަށެވެ. އޭގެ ފަހުން ހަމަ ކުރިއެކޭވެސްއެއްގޮތަށް ޗައިނާއަށް ވަދެވޭނީ ވިސާއާއި އެކުގައެވެ. 30 ދުވަހުގެ މުއްދަތަށް ޗައިނާއިން ވިސާފްރީކޮށްދީފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދާދިފަހަކުން އަބޫދާބީގައި އޮތް ބައްދަލުކުރެއްވުމެއްގައެވެ. …

އިތުރަށް »

ސައޫދީގައި ފުރަތަމަ ފަހަރަށް އަންހެނުންނަށް ފުޓްބޯޅަސްޓޭޑިއަމަށް ވަނުމަށް ފުރުޞަތު ދީފި.

ސައޫދީގައި އަންހެނުން ބާރުވެރިކުރުވުމުގެ ނަމުގައި ދެމުން ގެންދާ އިތުރު ފުރުޞަތުތަކުގެ ތެރެއިން ފިރިހެނުންނާއެކު ފުޓްބޯޅަ ކުޅޭ ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ ފުރަތަމަ ފަހަރަށް އެޤައުމުގައި ދީފިއެވެ. ވެރިރަށް ރިޔާޒު ގައި ފުރަތަމަ ފަހަރަށް އަންހެނުން ފުޓްބޯޅަ ސްޓޭޑިއަމަކަށް މިދިޔަ ހުކުރުދުވަހު ވަދެފައިވާއިރު އެމެޗްގައި ބައްދަލުކޮށްފައިވަނީ އަލް އަހްލީ އާއި އަލް ބާތިން އެވެ. މިއީ އެޤައުމުގެ ޕްރޮފެޝަނަލް ލީގްގެ މެޗެކެވެ. އަންހެނުން ދަޑަށް ވަނުމުގެ މަގު ބަންދުކޮށްފައި އޮތް އޮތުން …

އިތުރަށް »

އިންޑިޔާގެ ބޯޑަރު ބެލެހެއްޓުމަށް ސަތޭކަވަނަ ސެޓެލައިޓް އުދުއްސާލައިފި

ދުނިޔޭގެ ދެވަނައަށް އެންމެއާބާދީ ބޮޑު އިންޑިޔާއިން އެމީހުންގެ ބޯޑަރލައިން މޮނިޓަރކޮށް ބެލެހެއްޓުމުގެ ގޮތުން ޖައްވަށް ފޮނުވާ އެމީހުންގެ 100 ވަނަ ސެޓެލައިޓް މިއަދު ލޯންޗް ކޮށްފިއެވެ. އިންޑިޔާއިން ފައްޓަވާފައިވާ 4 ބިލިއަން ޑޮލަރުގެ ސްޕޭސް ޕްރޮގްރާމްގެ ބިޔަ މަޝްރޫޢު އަކީ ދުނިޔޭގައި ސެޓެލައިޓްގެ ޚިދުމަތް އެންމެ އަގުހެޔޮކޮށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އެޤައުމުން ފަށާފައިވާ ބޮޑު ޕްރޮޖެކްޓެކެވެ. މިއަދު ފޮނުވި ސެޓްލައިޓް ތަކަކީވެސް މި ޕްރޮޖެކްޓްގެ ދަށުން ޖައްވަށް ފޮނުވާފައިވާ ސެޓްލައިޓް …

އިތުރަށް »

ސައޫދީގައި އަންހެނުންނަށް ޚާއްޞަކޮށްގެން ފުރަތަމަ ފަހަރަށް ކާރު ޝޯވ ރޫމެއް ހުޅުވައިފި.

ސައޫދީގައި އަންހެނުންނަށް ޚާއްޞަކޮށްގެން ފުރަތަމަ ފަހަރަށް ކާރު ޝޯވ ރޫމެއް ހުޅުވައިފިއެވެ. ކާރުދުއްވުމުގެ ހުއްދަ މީގެ ފަސްމަސް ކުރިން  ސައޫދީގައި ދީފައިވާއިރު ޖިއްދާގެ ވެސްޓަރން ރެޑްސީ ސިޓީ ޕޯޓްގައި ހުންނަ ޝޮޕިން މޯލެއްގައި އަންހެނުންނަށް ޚާއްޞަކޮށްގެން ހުޅުވި މި ފިހާރައިގައި އެކިވައްތަރުގެކާރުތައް ހުންނަކަމަށް ވެއެވެ. އަދި އަންހެނުން މަގުމައްޗަށް ކާރުދުއްވުމަށް ނުކުތުމުގެ ކުރިން އެމީހަކު އަމިއްލަ ޗޮއިސް އެއް ނެގުމަށް މި ޝޯވރޫމް ހުޅުވި ކުންފުނިން ބާރުއަޅައެވެ. ސައޫދީގެ ތާރީޚްގައިވެސް …

އިތުރަށް »

ޔޫއޭއީގައި ސްކައިޕް މަނާކޮށްފި.

މިދިޔައަހަރުގެ ޑިސެމްބަރ 31 ން ފެށިގެން ޔޫއޭއީގައި ސްކައިޕް ބްލޮކް ކޮށް އެއްވެސް މީހަކަށް އެޤައުމުގައި ސްކައިޕް ބޭނުން ނުކުރެވޭގޮތް ހަދައިފިއެވެ. ސޯޝަލް މެސެޖިން އެޕްލިކޭޝަނެއްކަމުގައިވާ ސްކައިޕް އަކީ ވަރަށް ގިނަބައެއްގެ މަޤްބޫލް ކަން ލިބިފައިވާ އެޕެކަށް ވީނަމަވެސް އަރަބި ސަރަޙައްދުގެ ގިނަ ޤައުމުތަކުގައި މިހާރުވެސް މިފަދަ އެޕްތައްވަނީ މަނާކޮށްފައެވެ. މިފަދަ އެޕްތައް މަނާކުރާ އެހެންޤައުމުތަކާ އެއްގޮތަށް ޔޫއޭއީގައިވެސް މި އެޕްލިކޭޝަން ބްލޮކް ކޮށްފައިވަނީ މި އެޕްލިކޭޝަނަކީވެސް މެސެޖް އެންކްރިޕްޓް …

އިތުރަށް »