ނާނު

ޑިމޮކްރަސީގެ ހަމަހަމަކަން

ޑިމޮކްރަސީއެއްގެ ވާހަކަ އިވެންޏާ އޭގެފަހަތުން އިވޭނީ ހަމަހަމަ ކަމުގެ ވާހަކައެވެ. ނުވަތަ އިންސާފް ލިބުމާއި ހަމަމަގައް ކަންތައް ކުރުމާއި ދެއެދޭ ފަރުދުންގެ މެދުގަޔާއި ސަރުކާރުތަކުގައިވެސް ހަމަހަމަ ކަމައިއެކު ކަންތައްކުރާ ވާހަކައެވެ. އެހެން ކަމައްވުމުން އަޅުގަނޑުގެ ނަޒަރުގައި ހަމަހަމަ ކަމާއި ، ހަމަމަގައް ކަންހުރުމަކީ ކޮބައިކަން އަޅުގަނޑުގެ މި ދެލިނުހިނގާ ގަލަމުން އިންސާފު ކޮއްލެވޭތޯ މަސައްކަތް ކޮށްލާނަމެވެ.          އަޅުގަނޑު ގަބޫލުކުރާގޮތުގައި ހަމަހަމަ ކަމަކީ ދިވެހި ބަހުގައި ކަމެއްނޫނެވެ. އެއީ ހަމައެކަނި …

އިތުރަށް »

ޤައުމީ ތަރައްގީ ދުރުރާސްތާކުރުން

ޤައުމީ ސްޓްރެޓެޖީ ނުވަތަ ޤައުމީ ތަރައްގީގެ އޮނިގަނޑަކީ އެޤައުމެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ އުންމީދާއިގުޅި ލައިމޮހިފައިވާ އެއްޗެކެވެ. ނުވަތަ މުސްތަގުބަލުގައި އެގައުމެއް ބިނާކުރާނީ ކިހިނެއްކަން ނުވަތަ ރައްޔިތުން ދިރިހުރުމުގެ އަހުދުކަށަވަރު ދުރުރާސްތާކޮށް ޔަގީންކޮއްދިނުމައްޓަކައި ސަރުކާރަކުން ރައްޔިތުންނައްވާ އަހުދެކެވެ. މިކަން މިހެންއޮތްއިރު ޤައުމީ ތަރައްގީގެ އޮނިގަޑު އެއީ ކީއްކުރާ ކޯއްޗެއްކަން ވަރަށް ރަނގަޅައް ސާފުވާންޖެހެއެވެ. ވުމާއިއެކު މިފަދަ މުހިންމު ކަމާމެދު އެއްޗެއް ލިޔެލުމަކީ ކޮންމެހެން މިއަދު ކުރަންޖެހޭ ކަމެއްކަމުގައިނޫނީ އަޅުގަނޑު ނުދެކެމެވެ. …

އިތުރަށް »

ކޮލަމިސްޓް ކޮކްޓޭލް

           މިލިޔުމުގައި އަޅުގަޑު ބަލައިލާނީ މިހާތަނަށް އެކިނަންނަމުގައި ލަންދޫ އިންފޯގައި އަޅުގަޑު ލިޔެފައިވާ ލިޔުންތަކަށް ކިޔުންތެރިންގެ ފަރާތުން ލިބިފައިވާ ތަފާތު ކޮމެންޓްސް ތަކުގެ މައްޗަށެވެ. މިއީ މިގޮތުން އަޅުގަނޑު ލަންދޫ އިންފޯއަށް ލިޔާ 63 ވަނަ އާޓިކަލެވެ.         ލިޔުންތެރިކަމަކީ ނުވަތަ ކޮލަމިސްޓުންގެ ދައުރަކީ ލިޔުމުގެ ވާސިތޯއިން އެއިރެއްގައި ނުވަތަ އެތަނެއްގައި ކަންހިނގާމަގު ހާމަކަންބޮޑު ގޮތަކަށް އޮޅުވައިލުމެއްނެތި ރައްޔިތުންނާއި ހިސާބަށް ލިޔުމުން ގެނެސް ދިނުމެވެ. ނުވަތަ އެންމެ ފުރިހަމަ …

އިތުރަށް »