މިހާސް

ބޮޑުކުރާއިރަށް ބޮޑުކުރެވޭ ކުޑަކުރިޔަސް ކުޑަނުކުރެވޭ – ކާޑުގެއަގުތައް

މިއީ ހަމަ އާންމުކަމެކެވެ. ދިރިއުޅުމުގެ ބޭނުމަށް ކޮނމެހެންވެސް ބޭނުންކުރާއެއްޗެހީގެ އަގަށް ކަމާބެހޭ ފަރާތްތަކުންބަދަލުގެނައި ނަމަވެސް އާންމުރައްޔިތު މީހާއާއި ހިސާބަށްއެތަކެތި ފޯރުކޮށްދިނުމަށް ތިބޭ ފަރާތްތަކުން (ވިޔަފާރިވެރިން ) އެބަދަލުތައް ގެނެސް ނުދިނުމެވެ. ނުވަތަ ގެނެސްދިނުމުގައި އާއްމު ރައްޔިތުމީހާއާއި މެދު ވިސްނާލުމެއް ނެތި ނުވަތަ ކަމާބެހޭ ފަރާތްތަކުން ނިންމާނިންމުންތަކަށް ތަބާނުވެ އެބައިމީހުންގެ އަމިއްލަ ފައިދާއަށް ކަންތައްތައް ކުރަމުން ގެންދިއުމެވެ. ދިވެހިސަރުކާރުން ކާޑުގެ ބާވަތްތަކުގެ އަގުތައް ކުޑަކުރިތާ މިއަދަށް މަހެއްވާން ގާތްވެފައިވީއިރުވެސް މިއަދުވެސް ލަންދޫގެ …

އިތުރަށް »

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ ދައްކާ ހަޤީގަތެވެ. ދުނިޔޭގެ ފެންވަރުގެ މޮޅަތި ހުނަރުވެރި ކުޅުންތެރިންގެ ފަރާތުން އަޅުގަނޑުމެންނަށްދަނީ މިފިލާވަޅުތައް ފެނި ދަސްވަމުންނެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކުޅުންތެރިޔަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ޤައުމުކަމަށްވާ އިޓަލީގައި އުފެދުނު އެންމެ މޮޅު އެއްފޯވާރޑު މާރިއޯ ބަލެޓޮލީ އެވެ. މިކުޅުންތެރިއާ އަކީ ހުނަރުގެ …

އިތުރަށް »

ލަންދޫގެ ފުޓްބޯޅައަށް ބޮޑުބަދަލެއް ބޭނުންވެފައި

.އަތޮޅުގެ ފުޓްބޯޅައިގެ ބޮޑު ބާރެއްގެ ގޮތުގައި ބެލެވުނު ލަންދޫގެ ފުޓްބޯޅަ ޓީމު މިފަހަކަށް އައިސް ފެނިގެން ގޮސްފައިމިވަނީ މާބޮޑު އެދެވޭ ކާމިޔާބީއެއް ހޯދިފައި ނުވާ ޓީމެއްގެ ގޮތުގައެވެ. މިފަހަކަށް އައިސް ނ.އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ޝިޔާމް މަޢުރޫފް ފުޓްބޯޅަ މުބާރާތުންވެސް ގްރޫޕް ސްޓޭޖުފަހަނަ އަޅާ ލަންދޫގެ ފުޓްބޯޅަ ޓީމަށްވަނީ ދެވޭގޮތް ނުވެފައެވެ. އަދި ހަމަ އެހެންމެ ލަންދޫގެ ފުޓްބޯޅައިގެ ދިގު މާޒީގައި …

އިތުރަށް »

ލަންދޫގެ ފުޓްބޯޅަ – އައު ލީޑަރޝިޕަކަށް ބޭނުންވެފައި

ލަންދޫގައި ތިބި ފުޓްބޯޅައަށް ލޯބިކުރާ ، ލަންދޫދެކެ ލޯބިވާ އަދި ލަންދޫއަށް ހެޔޮއެދޭ ކޮންމެވެސް ބައެއްގެ އިސްނެގުމާއި މިންނެތް މަސައްކަތުން ފުޓްބޯޅައިން މުޅިރާއްޖެއަށް ނަންމަޝްޙޫރު ރަށަކަށް ހެދި ނ.ލަންދޫ މިއަދު މިފެންނަނީ ދުވަހެއް ދުވަހަކަށް ދަށަށްދާ މަންޒަރެވެ. މިކަމުގެ މައިގަނޑު ސަބަބެއް ކަމުގައި އަޅުގަނޑު ދެކެނީ ލަންދޫގެ ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ގަދައަޅާ މަސައްކަތް ކުރި ފަރާތްތައް ކޮންމެވެސް ސަބަބުތަކަކާއި ހެދި އެކަމާއި ތަންކޮޅެއް ދުރަށް ޖެހިލުމާއި ކޮންމެވެސް ސިފައެއްގައި …

އިތުރަށް »

ޖަވާއާއި ނާގޭ ހެޓްރިކަކާއި ދިމާއަށް.

މިވަގުތު ނ.ލަންދޫގައި ތިބި އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލަންދޫ ފުޓްބޯޅަޓީމުގެ ކެޕްޓަން ޙުސައިން ޖަވާދު (ޖަވާ) އާއި ޕްލޭ މޭކަރ ނައުޝާދު ޢަބްދުއްރަޙީމް (ނާގިން) މާދަމާ ކުޅެވޭ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ނ.އަތޮޅު ބުރުގެ ފައިނަލް މެޗަށް ކުޑަފަރި ޓީމާއިއެކު ނިކުންނަނީ 3 ވަނަ ފަހަރަށް އަތޮޅު މުބާރާތުގެ ތަށި އުފުލާލުމަށެވެ. ޖަވާ އާއި ނާގިންވަނީ މީގެ 2 އަހަރު ކުރިން ނ.ޅޮހީ ޓީމުގައި ހިމެނި …

އިތުރަށް »

މުޅިން އައު ޗެމްޕިއަނަކާއި ދިމާއަށް.

މާދަމާ ހަވީރު ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ނ.އަތޮޅު ބުރުގެ ފައިނަލް މެޗް ވެގެންދާނީ ވަރަށް ތާރީޚީ މެޗަކަށެވެ. މިމެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވާ މާޅެންދޫ ފުޓްބޯޅަ ޓީމާއި އަދި ކުޑަފަރީ ފުޓްބޯޅަ ޓީމް ވެގެންދާނީ މުޅިން އަލަށް އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައްދަލުކުރާ ދެޓީމުކަމުގައެވެ. އަތޮޅުގައި ބޭއްވޭ ތަފާތު މުބާރާތްތަކުގައި ކުޑަފަރި ޓީމަކީ ނަންމަޝްޙޫރު މޮޅު ޓީމަކަށްވީނަމަވެސް މިއީ މި އަތޮޅު މުބާރާތުގެ …

އިތުރަށް »

ދޯނިއެހެލާ ސަރަހައްދަށްވެސް ކުނިއަޅަނީ – މިކަމަށް ހައްލެއް ބޭނުންވޭ

ރާއްޖޭގައި މީހުން ދިރިއުޅޭ ގިނަރަށްތަކެކޭ އެއްފަދައިން ލަންދޫއަށްވެސް ހައްލުކުރުމަށް އެންމެ ބޮޑަށް ދަތިވެފައިވާ އެއްމައްސަލައަކީ ހަމަޔަޤީނުންވެސް ކުނީގެ މައްސަލައެވެ. ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ތަފާތު ދުވަސްވަރު ތަފާތު މަސައްކަތްތައް ކުރެވުނު ނަމަވެސް އަދި އަދަށް ދާންދެންވެސް ކުނީގެ މައްސަލައަށް މިވަނީ ދާޢިމީ ހައްލެއް ލިބޭގޮތް ނުވެފައެވެ. ލަންދޫގައި ކުނިއެޅުމަށްޓަކައި ތަފާތު ސަރަހައްދުތަކުގައި ކުނިގޮޑުތައް ހެދި އެތަންތަނަށް ކުނި އަޅަމުން ދިޔަނަމަވެސް ބައެއްފަރާތްތަކުން ގެންދަނީ އެބަޔަކު ހިތުހުރި ތަނަކަށް ކުނި އަޅަމުންނެވެ. …

އިތުރަށް »

ދިހައެއް،އެގާރަ އަދި ބާރައަށް ކިޔަވައިދެއްވާ !!!!

ކޮންމެ އަހަރެއްގެވެސް މިދުވަސްވަރަކީ ސްކޫލުތަކަށް ވަރަށް ބުރަބޮޑު ދުވަސްވަރެކެވެ. ޙާއްޞަކޮށް ގްރޭޑް – 10 ، 11 އަދި 12 ގެ ދަރިވަރުންނަށް ވަރަށް ބުރަ ދުވަސްކޮޅެކެވެ. އަދި ވަކިން ޙާއްޞަކޮށް މެއި/ޖޫން ގައި އޯލެވެލް އިމްތިހާން ހަދާ ސްކޫލްތަކަށް ވަކިން ބޮޑަށް ބުރަ ދުވަސްވަރެކެވެ. ނަމަވެސް މިއަހަރު ، މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ރޯގާތަކެއްގެ ސަބަބަބުން ރާއްޖޭގެ ގިނަ ސްކޫލްތަކެއްގެ ކިޔެވުން މިވަނީ ވަގުތީގޮތުން މެދު ކަނޑާލައިފައެވެ. މިކަމުގެ …

އިތުރަށް »

ޝުކުރުވެރިވުން ޙައްޤު މަސައްކަތެއް

މި ޒަމާނަކީ މުޖުތަމަޢުއަށް ބޭނުންތެރި އަދި މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރާފަރާތްތައް މަދު ދުވަސްވަރެއް ނަމަވެސް ނ.ލަންދޫ ކެތި އަލްފާޟިލް މުޙައްމަދު އިބުރާޙިމް (ރަމްލާ މޯޑް) އަކީ ލަންދޫގެ މުޖުތަމަޢުއަށް އަދި ލަންދޫގެ އެންމެހާ ރައްޔިތުންގެ ހެވާލާބައަށް ޓަކައި އަމިއްލައަށް އިސްނަގައިގެން ވަރަށް އަގުހުރި މަސައްކަތެއް ކޮންދެމުން އަންނަ ފަރާތެކެވެ. ނ.އަތޮޅުގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ސައިކަލާއި ބައިސްކަލް ދުއްވަމުން ގެންދާ އެއްރަށަށް ނ.ލަންދޫ ވެފައިވާއިރު …

އިތުރަށް »

ލަންދޫގެ ފުޓްބޯޅައިގެ ކުރިމަގާމެދު ވިސްނަންވެއްޖެ

ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންނެކޭ އެއްފަދައިން ލަންދޫގައި ދިރިއުޅޭ ގިނަ ރައްޔިތުންނަކީ ފުޓްބޯޅައަށް ލޯބިކުރާ ފުޓްބޯޅައަށް ނުހަނު ސަޕޯރޓްކުރާ ބައެކެވެ. ލަންދޫގެ ރައްޔިތުންދަނީ އަމަލާއި ބަހުން ފިސާރި ރަނގަޅަށް މިކަން ސާބިތުކޮށްދެމުންނެވެ. ލަންދޫގެ ރައްޔިތުން ލަންދޫގެ ފުޓްބޯޅައަށް ކޮންދޭކަންތައްތަކާއި އެންވަރަށް ލަންދޫގެ ފުޓްބޯޅަ ޓީމަށް މަސައްކަތްކުރެވޭ ބާވައެވެ.؟ މިއީ މިއަދު ލަންދޫ ފުޓްބޯޅަ ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކާއި ޓީމުގެ އޮފިޝަލުން ހިތާހިތާކޮށްލަން ރަނގަޅު ސުވާލެކެވެ. ނ.އަތޮޅުގައި މިފަހަކަށް އައިސް ބޭއްވޭ …

އިތުރަށް »

އޭލެވެލް އެގްޒާމް ޖެނުއަރީއަށް ބަދަލުކުރުން – ދަރިވަރުންނަށް ލިބުނު ނިކަމެތިކަމެއް

މަތީސާނަވީ ކްލާސްތައް ކަމަށްވާ ގްރޭޑް 11 އަދި 12 ގެ ކިޔެވުމަށް ވޭތުވެދިޔަ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ގެންނެވި ބަދަލާއި އެކު ޖެނުއަރީގައި އޭލެވެލް އެގްޒާމް ހަދާގޮތައް ހަމަޖެއްސުމުން އެކަންތައް ވެގެން މިދަނީ ދަރިވަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ނިކަމެތި ކަމަކަށެވެ. މީގެ ކުރިން އެގްޒާމްގެ ކުރިން އެގްޒާމްގެ ދުވަސްވަރާއި ދިމާކޮށް ދަރިވަރުންނަށް ސްކޫލްތަކުން ކިޔަވައިދިން ނަމަވެސް ގިނަ ސްކޫލްތަކަށް މިއަހަރުމިވަނީ އެކަންތައް އެގޮތަށް ކުރެވޭގޮތް ނުވެފައެވެ. …

އިތުރަށް »

ފެވަރިޓް ޓީމާއި ސަޕްރައިޒް ޓީމުގެ ތާރީހީ ފައިނަލް

މި އަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދާމާ ހަވީރު ކުޅެވޭއިރު މި މެޗުވެގެން ދާނީ އެތައްގޮތަކުން ތާރީޙީ މެޗަކަށެވެ. އެންމެ އަގުބޮޑު ފައިނަލް / އެންމެބޮޑު ޝަރަފްވެރިޔާ ފެނިގެންދާ ފައިނަލް މާދަމާގެ ފައިނަލް ތާރީޙީ ފައިނަލަކަށް ވެގެންދާ އެންމެބޮޑު އެއްސަބަބަކީ މިއީ މިހާތަނަށް ނ.އަތޮޅުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ވެގެންދާކަމެވެ. މާދަމާގެ ފައިނަލްގައި ބައްދަލުކުރާ ކޮންމެ ޓީމަކަށްވެސް މިހާރުވެސް އެވަނީ އެއްލައްކަ …

އިތުރަށް »

މުބާރާތުގެ ފޯމެޓަށް ބޮޑުބަދަލެއް ބޭނުންވޭ

ނ.އަތޮޅުގެ ތަރީޙްގައި އަދި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ، އަދި އެ ، މުބާރާތަކަށް އެންމެބޮޑު ފައިސާގެ އިނާމެއް ދެވޭ މުބާރާތަކީ މިހާރު ނ. ކެނދިކުޅުދޫގައި ބޭއްވޭ “ޝިޔާމް-މަޢުރޫފް ސޮކަކަޕް ” ފުޓްބޯޅަ މުބާރާތްކަން ޔަޤީނެވެ. މި މުބާރާތަކީ ނ. ކެނދިކުޅުދޫ ދާޢިރާގެ އިއްޒަތްތެރި މެމްބަރ ޢަލީ މަޢުރޫފް އިސްނެންގެވުމުގެ މަތިން މީގެ ދެ އަހަރުކުރިން މަޢުރޫފް އިންވިޓޭޝަނަލް ސޮކަކަޕްގެ ނަމުގައި ބާއްވަން ފެށުނު މުބާރާތެއް ނަމަވެސް މިއަދު …

އިތުރަށް »

ލަންދޫޓީމުން ވިސްނާލުން މުހިއްމު ދެތިންކަމެއް

މިއަހަރުގެ ޝިޔާމް- މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަކީ މިހާތަނަށް ނ.އަތޮޅުގައި ބޭއްވޭ އެންމެ ވަރުގަދަ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމަށް ވީހިނދު މި މުބާރާތުގައި ވާދަކުރާ ލަންދޫއެފްސީ އިން ވިސްނާލަން ޖެހޭ ބައެއްކަހަލަ ކަންތައްތައް އެބަހުއްޓެވެ. ލަންދޫޓީމު މިފަހަރު ޝިޔާމް މަޢުރޫފްކަޕްގައި ބައިވެރިވަނީ ވަރަށް ޝަރަފްވެރި ޓިމެއްގެ ގޮތުގައެވެ. މިއަދު ލަންދޫ އެފްސީ އަކީ ނ.އަތޮޅުގެ ޗެމްޕިއަންޓީމެވެ. އަދި ހަމަ އެހެންމެ ޒޯން 2 ގެ ޗެމްޕިއަންގެ އިތުރުން މުޅިރާއްޖޭގެ …

އިތުރަށް »

މަރުޙަބާ 2015 ގެ ބެސްޓް އޯލްރައުންޑު – ފާތުމަތު ނައިނާ

ވޭތުވެދިޔަ 2015 އަހަރު ލަންދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ފާތުމަތު ނައިނާ އަކީ އެންމެ ތުއްތު އިރުންފެށިގެންވެސް ކިޔެވުމުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހާސިލްކުރަމުން އައިސްފައިވާ ސްކޫލުގައި ކިޔަވަން އުޅުނު ހުރިހާ ގްރޭޑެއްގައިވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑުކާމިޔާބީތަކެއް ހާޞިލްކޮށްފައިވާ މޮޅު ދަރިވަރެކެވެ. ޕްރީ ސްކޫލުން ފެށިގެންގޮސް ގްރޭޑް 10  އެއް ނިންމާލުމާ ހިސާބަށްވެސް ނައިނާ ފާހަގަކުރެވިގެން ގޮސްފައިވަނީ ނައިނާގެ މަންމަ އާއި ބައްޕަގެ އިތުރުން …

އިތުރަށް »

ލަންދޫގައި ކުޅެ ހޮޅުދޫއަށް ލަންދޫ ބަލިކުރެވިފައެއް ނުވޭ

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ލެގުގެ މެޗުގައި މާދަމާ ލަންދޫ ފުޓްބޯޅަ ޓީމާއި ދެކޮޅަށް ހޮޅުދޫގެ ފުޓްބޯލަޓީމު ނިކުންނަ އިރު މިހާތަނަށް ހޮޅުދޫޓީމަށް ލަންދޫގެ ދަނޑުގައި ލަންދޫގެ ޓީމެއް ބަލިކުރެވިފައެއް ނުވެއެވެ. ހޮޅުދޫގެ ފުޓްބޯޅަ ޓީމާއި ލަންދޫގެ ފުޓްބޯޅަ ޓީމުގެ ދެމެދުގައި މިހާތަނަށް 15 މެޗު ކުޅެވިފައިވާއިތު 7 މެޗުނިމިގެން ގޮސްފައިވަނީ ދެޓީމު އެއްވަރުވެގެންނެވެ. 6 މެޗުން ލަންދޫ މޮޅުވެފައިވާއިރު ހޮޅުދޫޓީމު މޮޅުވެފައިވަނީ 2 މެޗުންނެވެ. ލަންދޫގެ ދަނޑުގައި …

އިތުރަށް »

ތާރީޚް ބުރަވަނީ ކޮންޓީމެއްގެ ކޮޅަކަށްބާ !؟؟؟

މިނިވަން ޗެމްޕިއަންޝިޕް ފުޓަބޯޅަ މުބާރާތުގައި ނ.އަތޮޅުން ހަމަ އެކަނި ބައިވެރިވެފައިވާ ދެޓީމުކަމަށްވާ ހޮޅުދޫއާއި ލަންދޫގެ ފުޓްބޯޅަ ޓީމު މުބާރާތުގެ ފުރަތަމަ މެޗު މާދަމާ ހަވީރު ކުޅުމަށް ހަމޖެހިފައިވާއިރު ވޭތުވެ ދިޔަ ތަނުގައި މިދެޓީމުގެ ދެމެދުގައި ކުޅެވިފައިވާ މެޗުތަކުގެ ނަތީޖާތަކަށް ބަލާލުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ. 8 މެއި 2006 ން ފެށިގެން ލަންދޫ އާއި ހޮޅުދޫ އާއި ދެމެދު 14 މެޗެއް ކުޅެވިފައިވާއިރު 7 މެޗެއް ނިމިގެން ގޮސްފައިވަނީ ދެޓީމު އެއްވަރު …

އިތުރަށް »

ލަންދޫއިންފޯ ޓީމުގެ އެންމެބޮޑު ބޭނުމަކަށްވީ ކަންތައްތައް

މިއަހަރުގެ މިނިވަންދުވަސް ލަންދޫގައި ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ލަންދޫއިންފޯޓީމުން އިސްނެގީ ލަންދޫގެ ރައްޔިތުންގެ މެދުގައި ޒަމާނުންސުރެ އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ލަންދޫގައި ޤާއިމުވެފައިވާ ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި ގުޅުން އިތުރަށްބަދަހިކޮށް ސަރުކާރުގެ މުއައްސަސާތައް މެދުވެރިކޮށް ލަނދޫގެ ރައްޔިތުންނަށް އުފާވެރިކަމާާއި ހިތްހަމަޖެހުން ގެނެސްދެވޭތޯ ބެލުމެވެ. އަދި ލަންދޫގެ މުސްތަޤްބަލުކަމުގައިވާ މިއަދުގެ ކިޔަވާ ކުދިންނަށް ލީޑަރޝިޕްގެ ހުނަރުދަސްކޮށްދީ ރަށުފެންވަރުގައި ކުރެވޭ ކަންތައްތަކުގައި ޢަމަލީގޮތުން އެކުދިން ބައިވެރިކޮށް ހަރަކާތްތެރި ކުރުވުމެވެ.  މާތްﷲގެ ހެޔޮރަޙްމަތްފުޅާއި މިންވަރުފުޅާއި …

އިތުރަށް »

ކުޑަފަރި ނިކުންނަނީ މަނަދޫގެ ކިބައިން ބަދަލުހިފުމަށް

މިދިޔަ އަހަރު ނ.އަތޮޅުގައި ބާއްވަން ފެށުނު އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް – މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު މިއަހަރުގެ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވާ މަނަދޫގެ ފުޓްބޯޅަ ޓީމު މި މުބާރާތް ބޭއްވޭރަށްކަމަށްވާ ކުޑަފަރި އާއި ދެކޮޅަށް މިއަދު ނިކުންނަ މެޗަކީ އެތައް ގޮތަކުން ތާރީޙީ މުހިއްމު މެޗަކަށް ވެގެންދާނެއެވެ. އިންތިފާޤަކުން ނަމަވެސް މިދިޔަ އަހަރުގެ މިދުވަހު ހަމަ ކުޑަފަރީގައި ހަމަ މިދެޓީމު ހަމަ …

އިތުރަށް »

މިފަހަރުވެސް ތަށި ނަގާނީ މަނަދޫޓީމުން – މަނަދޫގެ ކާމިޔާބުކޯޗު ޖޯ

މިހާރު ކުޑަފަރީގައި ކުރިއަށްދާ ސިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި މިފަހަރު ވެސް ނަގާނީ މިދިޔައަހަރު ބާއްވަން ފެށުނު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި މަނަދޫ ޓީމުން ކަމަށް ވޭތުވެދިޔަ އަހަރު ނ.އަތޮޅުގައި ބޭއްވުނު އަތޮޅު ފުޓްބޯޅަ މުބާރާތާއި އަދި ޒޯން މުބާރާތުގައި މަނަދޫ ޓީމަށް ކޯޗުކޮށްދިން ކާމިޔާބު ކޯޗު އަބްދުލް ޙަމީދު ޙުސެއިން (ޖޯ) ބުނެފިއެވެ. ވޭތުވެދިޔަ އަހަރު ވަރަށް އާދައިގެ ޓީމެއް ގުވައިގެން ނިކުމެ ރާއްޖޭގެ ނިސްބަތުން …

އިތުރަށް »