ޚިޔާލީފޮލާ

ކޮންމެ ރަށަކަށް ފަޔަރ ފައިޓަރ ޕަންޕެއް!

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ފަޔަރފައިޓަރ ޕަންޕެއް ބޭނުންވެއްޖެއޭ ބުނުމުން ބައެއް މީހުން ހޭނެއެވެ. އަދި ބުނާނެއެވެ. ޕަންޕެއް ނޫނަކަސް ބޭނުން ބޮޑު ކިތަންމެ އާލާތެއް އެބަހުއްޓެވެ. ޕަންޕަކަށްވުރެ ކޮންމެ ރަށަކަށް މިވެނި އެވެނި އެއްޗެއް މާބޮޑަށްވެސް މުހިންމުވާނެއެވެ. އެހެން އެކަންވުންވެސް އެކަށީގެންވެއެވެ. އެއީކީ މައްސަލައެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ވިސްނުމަށް އަންނަ އެއްޗެއް ހާމަކުރުމުގެ މިނިވަންކަން އޮންނާނެއެވެ. އަދި އެމިނިވަންކަމުގެ ބޭނުން ޤާނޫނުތަކާ ޤަވާއިދުތަކަށް ތަޢާރަޒް …

އިތުރަށް »

ކަނޑުގައި ހިނގާފައިވާން.

ލަންދޫއިންފޯގެ ކޮލަމްތަކުގެ ތެރެއިން “ޚިޔާލފޮލާ” މިކޮލަމުގައި ފުރަތަމަ ގެޖެޓެއްގެ ގޮތުން މިގެނެސްދެނީ ކަނޑުގައި ހިނގާ ފައިވާނެއް ތައްޔާރުކުރެވިދާނެ ވިސްނުމެކެވެ. އެކަމަށް ޚިޔާލުކޮށް އެކަން ކުރެވިދާނެކަމަށް އަޅުގަނޑުމެން ވިސްނާ ވިސްނުމެވެ. އާއެކެވެ. ކަނޑުގައި ހިނގާލެވޭފަދަ ފުޅިމަދު ފައިވާނެއް އުފެއްދިއްޖެނަމަ އަޅުގަނޑުމެން ޢާއްމުދިރިއުޅުމަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ކައިރި ރަށްރަށަށް ކަނޑުގައި ހިނގާލައިފާ ދާންވީއެވެ. މިސާލަކަށް ލަންދޫން މާޅެންދުއަށް އެއްވެސް ޚަރަދެއް ނުކޮށް ފުޅިމަދު ފައިވާނުގައި ހިނގާލައިފައި ދާންވީއެވެ. …

އިތުރަށް »

ޚިޔާލީ ފޮލާ ( ކޮލަމް )

“ޚިޔާލީ ފޮލާ” ނަމުގައި ލަންދޫއިންފޯގައި އިތުރު ކޮލަމެއް އުފައްދާ މިކޮލަމުގައި ލިޔަން އަޅުގަނޑުމެން މިގަސްތުކުރީ ވަރަށް ފޮނި އުންމީދު ތަކަކާއެކުއެވެ. އެހެނީ މިކޮލަމުގައި ޝާއިއުކުރާ ލިޔުންތައް ބިނާވެގެންދާނީ މުޅިންވެސް އާވިސްނުން ތަކާއެވެ. އައު ޚިޔާލުތަކާއެވެ. އެހެން އިބާރާތަކުން ދަންނަވަނީނަމަ މިކޮލަމުގައި މުޅިންވެސް ހުންނާނީ ޚިޔާލީ ފޮލާއެވެ. އާދެ. ދިވެހި ބަހުގެ ރަދީފުގައި ވާގޮތުން ޚިޔާލީފޮލާ މިބަހަކީ މަޖާޒު އެކެވެ. މަޖާޒުއަކީ ބަހުގެ އަސްލުމާނަނޫން އެހެން މާނައެއް ދޭހަވާބަސްބަހެވެ. އެހެންކަމުން މިކޮލަމުގެ …

އިތުރަށް »