އަތޮޅުތަކުން

ހެނބަދޫއިން ކަރަންޓް ކެނޑޭތީ ގިނަޢަދަދެއްގެ ރައްޔިތުން ނިކުމެ މުޒާހަރާ ކޮށްފި.

ނ. ހެނބަދޫއިން އެކި އެކި ވަގުތުތަކުގައި ކަރަންޓް ކެނޑުމެން ދާތީ އެ ރަށު ރައްޔިތުންގެ ތެރެއިން ގިނަޢަދަދެއްގެ ބަޔަކު ނުކުމެ މިއަދު އެ ރަށު އިންޖީނުގެ ކުރިމަތީގައި މުޒާހަރާ ކޮށްފިއެވެ. މިއަދު ހެނދުނުންފެށިގެނ މެންދުރު ފަހުވެސް ކުރި މި މުޒާހަރާގެ ބައިވެރިން ބުނީ މުޒާހަރާއަށް ނުކުންނަންޖެހުނީ އިއްޔެއާއި މިއަދުވެސް ކަރަންޓް އެކި ވަގުތުތަކުގައި ކެނޑެމުންދާތީ އެކަމަށް އެދެވޭ ހައްލެއް ނުލިބޭތީ ކަމަށެވެ. ރޭ ހަތަރުދަމުވެސް ހެނބަދޫ ރައްޔިތުން ތިބީ ކަރަންޓާ …

އިތުރަށް »

ނ. ހެނބަދޫ ކުނިކޮށީގެ ބިންގަނޑު އެއްވަރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި

ނ. ހެނބަދޫގައި މިހާރު ހަދަމުންދާ ކުނިކޮށީގެ ބިންގަނޑު އެއްވަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 18 އޮކްޓޯބަރ 2016 ވާ އަންގާރަ ދުވަހުގެ 1:30 ގެ ކުރިން މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގާއި މުއްދަތު އެނގޭނެގޮތަށް ލިޔުމަކުން ހެނބަދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އެއިދާރާއިން އެދިލައްވައެވެ. އިއްޔެ އެ އިދާރާއިން އާންމުކޮށްފައިވާ އިޢުލާނުގައިވާގޮތުން މަސައްކަތް ހަވާލުކުރާނެ ފަރާތް ހޮވާނީ އެންމެ ގިނަ ޕޮއިންޓް ލިބޭފަރާތެއް …

އިތުރަށް »

ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާ ނިޒާމް ގެ ބިޔަ މަޝްރޫޢު ރައީސް ފައްޓަވައިދެއްވައިފި.

ފުވައްމުލައް ސިޓީގައި ޤާއިމްކުރައްވާ 297 މިލިއަން ރުފިޔާގެ އަގުބޮޑު ފެނާއި ނަރުދަމާ ނިޒާމްގެ ބިޔަ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރޭ ފައްޓަވައިދެއްވައިފިއެވެ. ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާ ނިޒާމްގެ ބިޔަ މަޝްރޫޢު ރައީސް ފައްޓަވައިދެއްވީ އެކަމަށްޓަކައި ރޭ އެރަށުގައި ބޭއްވީ ޚާއްޞަ ޖަލްސާއެއްގައެވެ. މަޝްރޫޢު ފައްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން ރައްޔިތުން ދެއްވި ހޫނު މަރުޙަބާ ފާހަގަ ކުރައްވާފައެވެ. ސަރުކާރުގެ ޢަމާޒަކީ …

އިތުރަށް »

ފޮއްދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް އޮތް 2 ދުވަހު ތެރޭގައި އަލުން ފެށޭނެ – ޢައްބާސް

ނ.ފޮއްދޫގައި ކުރިއަށް ދާ އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތަށް ބޭނުންކުރި އެކްސްކަވޭޓަރ ގެ މޯޓަރ ހަލާކުވެގެން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ކުރިއަށްއޮތް ދެ ދުވަހުގެ ތެރޭގައި އެމަސައްކަތް އަލުން ފެށޭނެކަމަށް އެމްޑީއޭގެ ކައުންސިލް މެމްބަރ މުޙައްމަދު ޢައްބާސް ވިދާޅުވެއްޖެއެވެ. ޢައްބާސް މިހެން ވިދާޅުވެފައިވަނީ އޭނައިގެ ރަސްމީ ފެސްބުކް ޕޭޖްގައެވެ. ޢައްބާސް އިތުރަށް ވިދާޅުވެފައިވަނީ އެކްސްކަވޭޓަރަށް ބޭނުންވާ މޯޓަރު ގެންނާނީ މާދަމާ އަންނަ ލަންދޫ ބޯޓުން ކަމުގައެވެ. ޢައްބާސްގެ ސްޓޭޓަސް ގައި …

އިތުރަށް »

ކެނދިކުޅުދޫގައި ހިންގި ޤުރުއާން ކްލާސްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވަނީ

ނ.ކެނދިކުޅުދޫގައި އޮންނަ މަދަނީ ޖަމްޢިއްޔާއެއް ކަމުގައިވާ “ރޮބިންސިއާ ޔޫތު ފައުންޑޭޝަން” އިން އިންތިޒާމް ކޮށްގެން އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު ތަޖުވީދަށް ގުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ އެއްމަސްދުވަހުގެ ހިނގި ޚާއްޞަޕްރޮގްރާމުގެ ނިމުން މިއަންނަ ހޮނިހިރުދުވަހުގެރޭ ފާހަގަކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ. ރޮބިންސިއާގެ ފައުންޑަރ މެމްބަރ ޢައްބާސް ޢަބުދުﷲ ވިދާޅުވީ މި ޕްރޮގްރާމަށް ހީނުކުރާހާބޮޑު ތަރުޙީބެއް ލިބިގެންދިޔަކަމަށެވެ. ކެނދިކުޅުދޫ ސްކޫލުގެ ދަރިވަރުންނާއި، އެރަށުގެ ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ހިންގާ މި …

އިތުރަށް »

ގަދަ ދިހަވަނައިގައި ހިމެނޭ ކޮންމެ ކުއްޖަކަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްނިންމައިފި.

ހިންމަފުށީ ސްކޫލުން ތަޢުލީމް ޙާޞިލްކުރާ ދަރިވަރުންގެ ތެރެއިން އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ ދިހަވަނައިގައި ހިމެނޭ ކޮންމެ ކުއްޖަކަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމަވައިފިއެވެ. ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ހިންމަފުށީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ ހުޞައިން ޢަބްދުއްރަޙުމާން ވިދާޅުވީ، މި ފައިސާގެ އިނާމު، އެ ރަށު ކައުންސިލުން ޚަރަދު ކުރައްވައިގެން ދެއްވުމަށް، ކައުންސިލުން ނިންމަވާފައިވާކަމަށެވެ. އޯލެވެލް ޓޮޕް ޓެންގައި ހިމެނޭ ދަރިވަރުންނަށް ޚާއްޞަ …

އިތުރަށް »

މާފަރު އެއަރޕޯރޓް – ސިޔާސީގޮތުން ދެއްކި ހުވަފެނެއް

ނ. ޑޮމެސްޓިކް އެއަރޕޯރޓް މާފަރުގައި އެޅުމުގެވާހަކަ ފުރަތަމަ އަޑުއެހި ކުޑަކުދިން މިހާރުތިބީ ބޮޑެތިވެފައެވެ. މިކަން ފެށިގެންއައިގޮތާއި އަމަލީސިފަނުޖެހޭތީ ރައްޔިތުން އިހުތިޖާޖުކުރި ވާހަކައަކީ މިހާރު އާ ވާހަކައެއްނޫނެވެ. ނަމަވެސް މިކަމުގައި ފޮރުވިފައިވާ ޙަޤީޤަތް ހޯދުމަށް ޚުދު މާފަރުގެ ރައްޔިތުންވެސް ވަނީ ނުކުޅެދިފައެވެ. ސަބަބަކީ އެމީހުންވެސްވަނީ ސިޔާސީ ވަކިތަކުން ބަނދެވިފައެވެ. ކަމަކީ މުޅި އަތޮޅުގެ ތަރައްޤީއާއި ގުޅިފައިވާ ވަރަށްބޮޑު މަޝްރޫޢެކެވެ. ވުމާއެކު މިވާހަކަ ދެކެވުނު ފަހުން ރާއްޖޭގެ ވެރިކަމުގައި ރެދަލިކުރައްވައިގެންތިއްބަވާ ކޮންމެ ވެރިއަކުވެސް …

އިތުރަށް »

ބަޖެޓްގެ ދަތިކަމާހެދި ޅޮހީ ޕްރީސްކޫލް ބަންދުކުރަނީ.

ނ.ޅޮހީ ޕްރީސްކޫލް ގެ ކިޔެވުން އިތުރު ފައިސާ ނެތި މިއަހަރުގެ އެޕްރީލް ގެ ފަހުން ކުރިޔަށް ނުގެންދެވޭނެ ކަމަށް ޅޮހީކައުންސިލުން ބުނެފިއެވެ. ލަންދޫއިންފޯއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޅޮހީ ކައުންސިލްގެ ނައިބުރައީސް ވިދާޅުވީ ކުރިން އަހަރު ޕްރީސްކޫލް ހިންގުމަށް ޖުމުލަ 66000 ރުފިޔާލިބިފާވާއިރު މި އަހަރު ލިބުނީ 18000 ކަމަށެވެ. އެއީ މަހަކަށް  2000 ރުފިޔާގެ ރޭޓުން ނަމަ 4 މަހުގެ މުސާރަ ކަމުގައި ކަމަށް އެބޭފުޅާވިދާޅުވިއެވެ. ޅޮހީކައުންސިލްގެ ނައިބްރައީސް …

އިތުރަށް »

ނ. ޑޮމެސްޓިކް އެއަރޕޯރޓް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައްވައިފި.

ނ. މާފަރުގައި ޑޮމެސްޓިކު އެއަރޕޯރޓެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޝައުޤުވެރިކަން ހުށައެޅުމުގެ ދަޢުވަތު (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް / އީ.އޯ.އައި) މިއަދު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން މިއަދު މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިޔުނިކޭޝަނުން ކުރެއްވި ޢިޢުލާނުގައި ވާގޮތުން އެއަރޕޯރޓް ތަރައްޤީކޮށް ހިންގާ ފަރާތަކަށް ރިޒޯޓް ޑިވެލޮޕްކުރުމަށް ރަށެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެފަރާތުން މަޢުލޫމާތު ދެއްވާގޮތުގައި މިކަމަށް އެދި ހުށައެޅުއްވުމުގެ ސުންގަޑިއަކީ 14 ފެބުރުއަރީ 2013 ވާ …

އިތުރަށް »

ކުޑަފަރީ ޔޫތު މޫވްމަންޓްގެ ފަރާތުން ފުޓްބޯޅައަށް ހާއްސަކޮށްގެން ކޭ.ވައި.އެމް ޔޫތު އެކަޑަމީ ގެ ނަމުގައި ޔޫތު އެކަޑަމީއެއް އުފައްދައިފި.

ކޭ.ވައި.އެމް ޔޫތު އެކަޑަމީ އިފްތިތާހު ކޮށްދެއްވުމަށްފަހު ޖަލްސާގެ ސަރަފްވެރި މެހެމާން އަލީ މައުރޫފް ކޭ.ވައި.އެމް ގެ ރައީސް މަމްދޫހު މުހައްމަދު އާއި ސަލާމް ކުރައްވާއިރު ކޭ.ވައި.އެމް ޔޫތު އެކަޑަމީ ހިންގުމުގައި އިސްކޮށްއުޅުއްވާ ސަމްދޫހު އަދި ފައިރޫޒް ކައިރީގައި މަޑުކޮށްލައިގެން… ނ.އަތޮޅުގައި ފުޓްބޯޅަ އަށް ހާއްސަ ކޮށްގެން ކުޑަފަރީ ޔޫތު މޫވްމަންޓްގެ ފަރާތުން ކޭ.ވައި.އެމް ޔޫތު އެކަޑަމީގެ ނަމުގައި އެކަޑަމީއެއް އުފައްދައިފިއެވެ.  ކޭ.ވައި.އެމް އިން 2012 ވަނަ އަހަރު ކުރިއަށް ގެންދިޔަ …

އިތުރަށް »

މާފަރު ރައްޔިތުންގެ އިޙްތިޖާޖު 4 ވަނަދުވަސް ލައިވްކަވަރޭޖް

17:00 އަތޮޅު ކައުންސިލްގެ 3 މެމްބަރުން މާފަރަށް ވަޑައިގެންފި. ރައްޔިތުންނާ ބައްދަލުކުރައްވައިފި. އެބޭފުޅުންވެސް ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާފާވީ ވާހަކަ. އެއްވެސް ކަހަލަ އުންމީދީ ޖަވާބެއް ނުލިބެ. ވަޑައިގެންނެވި 3 މެމްބަރުންންނަކީ އަލި ޝަރީފް އާއި، މުޙައްމަދު މާހިދުއާއި، ރައީސް އަޙްމަދު ޝުޖާއު. 13:30 މިހާރު މުޒާހަރާގެ ބައިވެރިންގެ މެންދުރު ކެއުމުގެ ކަންތައް ކައުންސިލް އިދާރާގެ ގޯތިތެރޭގައި ކުރިއަށް ދަނީ. 13:00 ނ.އަތޮޅު ކައުންސިލް އިދާރާގެ ފަރާތުން …

އިތުރަށް »

މާފަރު ރައްޔިތުންގެ އިޙުތިޖާޖު 3 ވަނަ ދުވަސް – ލައިވް ކަވަރޭޖް

1 ޖެނުއަރީ 2013 (އަންގާރަ) ޢަބްދުލް ޙަމީދު (ނ. މާފަރުން ވަގުތުން) 17.55 މާފަރުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ނުލިބޭ ކަމަށްބުނެ އަދި  އެއަރޕޯރޓްގެ މަސައްކަތް  ސަރުކާރުން ލަސްކުރަނީކަމަށްބުނެ  ރަށުގެ ހުރިހާ މުއައްސަސާތައް ބަންދުކޮށް ކުރަންފެށި އިޙުތިޖާޖުގެ 3 ވަނަ ދުވަހުގެ ހިނގާލުން ނިންމާލައިފި. ނަމަވެސް އިޙުތިޖާޖު ނިންމާނީ ސަރުކާރުގެ ބޭފުޅުން ވަޑައިގަތުމުން ކަމުގައި އިޢުލާނުކޮށްފި. 17.48 މުޒާހަރާގެ ބައިވެރިން ކައުންސިލް އިދާރާ ދޮރުމަތީގައި ޝުޢޫރުފާޅުކުރަނީ. 17.40 ހިނގާލުން އަދިވެސް …

އިތުރަށް »

ރޭ މިލަދޫގައި ބާއްވަން އުޅުނު ޝައިޚް ފަރީދުގެ ދަރުސަށް ބަޔަކު ހުރަސްއަޅައި ހުއްޓުވައިފި

އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް މިލަދޫ ގޮތްޕާއި މިލަދޫ ހިދާޔާސްކޫލްގެ އިސްލާމް ކުލަބުން އިންތިޒާމްކޮށްގެން މިލަދޫގައި ރޭ ބާއްވަންއުޅުނު ޝައިޚް ފަރީދުގެ ދަރުސްއަށް ބަޔަކު ހުރަސްއަޅާ ހުއްޓުވައިފި ކަމަށް މައުލޫމާތު ލިބިެއްޖެއެވެ.  މިލަދޫން މަޢުލޫމާތުދިން މީހަކުބުނީ ފަރީދުގެ ދަރުސްއަށް ހުރަސް އަޅާފައިވަނީ ޕީޕީއެމް އަށް ތާއީދުކުރާ ބައެއްކަމަށެވެ. އޭނާބުނީ ޕީ.ޕީ.އެމް ގެ މެމްބަރުން ފަރީދުގެ ޖަލްސާއަށް ހުރަސް އަޅާފައިވަނީ މިފަހަރުގެ ދަރުސް އިންތިޒާމްކުރި އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްގެ މިލަދޫ …

އިތުރަށް »

މާފަރު ކައުންސިލްގެ ގޮނޑި 40 ވޯޓުގެ ތަފާތަކުން މިފަހަރުވެސް ކާމިޔާބުކުރީ އަންވަރު.

ނ. މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި ކައުންސިލްގެ 40 ވޯޓުގެ ފަރަގަކުން އަލުން އެގޮނޑި އަންވަރު އަބްދުލް ޣަނީ ކާމިޔާބު ކޮށްފިއެވެ. މިފަހަރު އަންވަރު މި ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމް ޓިކެޓްގައި ވާދަކޮށްގެންނެވެ. އެންމެ ފުރަތަމަ ރަށު ކައުންސިލްގައި އަންވަރު މަސައްކަތް ކޮށްފައިވަނީ އެމްޑީޕީ ޓިކެޓްގައި އިންތިހާބު ކާމިޔާބުކޮށްގެންނެވެ. އެމްޑީޕީއިން ބުނާގޮތުގައި އަންވަރު އެމްޑީޕީއިން ވަކިކުރީ ޕާޓީގެ ގަވާއިދަށް …

އިތުރަށް »