ދިރާސާ

ދިވެހިރާއްޖޭގައި ޟިލްމްނީ މާއްދާތަކުގެ ޑޮކްޓްރިން ބަލައިގެންފައިވޭ!

ޟިމްނީ (Implied) މާއްދާއަކީ އެއްބަސްވުމުގައި ހިއްސާވާ ދެ ފަރާތް ނުވަތަ ފަރާތްތަކުގެ މެދުގައި، އެބައި މީހުންގެ ޢަމަލުކުރަމުން އަންނަ އުސޫލެއްގެ މައްޗަށް ބިނާކޮށް ވެވޭ އެއްބަސްވުމެކެވެ. މިފަދަ އެއްބަސްވުންތަކަކީ އަނގަބަހުން ނުވަތަ ލިޔެކިޔެމުން ވެވޭ އެއްބަސްވުމެއް ނޫނެވެ. ކަމުގެ މާހިރުން ބަޔާންކުރާ ގޮތުގައި މިއީ ކުރެހިފައިވާ ނުވަތަ ޚިޔާލުގެ މައްޗަށް ބިނާވާ އެއްބަސްވުމެކެވެ. މުދަލެއް ގަނެވޭ ނުވަތަ ބަދަލު ކުރެވޭ ހިނދު، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، ޤާނޫނުގެ ދަށުން މުދާ …

އިތުރަށް »

ޤިޔާސް: ޝަރުޢީ ޙުކުމްތަކުގެ 4 ވަނަ ދަލީލު

ޢާއްމު ގޮތެއްގައި ކޮންމެ ޝަރީޢަތެއްގައިވެސް އައިސްފައިވަނީ މައިގަނޑު ހަމަތަކާއި އުޞޫލުތަކާއި ޤަވާޢިދުތަކެވެ. އެހެންކަމުން ޝަރީޢަތުގެ ޙުކުމްތައް ބިނާކުރުމަށް ހަމައެކަނި ޤުރުއާނާއި ސުންނަތުން ނުފުދޭނެއެވެ. އެހެންކަމުން ޤިޔާސް ވެގެން ގޮސްފައިވަނީ އިޖުތިހާދާއި އިޖުމާޢު ފަދައިން މި ދެ ނައްސަށް އެހީވެދޭ ވަސީލަތަކަށެވެ. ދުނިޔެ ދެމި އޮތްހާ ހިނދަކު މީސްތަކުންނަށް ދިމާވާ ކަންކަމާއި ފިޤުހީ މައްސަލަތަކަކަށް ނިމުމެއް ނާންނާނެއެވެ. އެހެންވީމާ ހަމައެކަނި ޤުރްއާނުން އިސްލާމީ ޝަރީޢަތުގެ ނިމުމެއް ނުވާ މައްސަލަތަކަށް ޙުކުމެއް ނުނެގޭނެއެވެ. …

އިތުރަށް »

“މަޖުބޫރުން ކުރެވޭ ކުށުގެ ދިފާޢު”

އިސްލާމީ ޝަރީޢަތަށް ބަލާއިރުވެސް ކުށުގެ ޒިންމާ އުފުލުމަށް އިސްތިސްނާވާ ޢާންމު ޙާލަތްތަކެއް ވެއެވެ. ވަޟުޢީ ޤާނޫނުތަކުގައިވެސް މިކަން އޮތީ މިމަގަށެވެ. ބިރުދައްކައިގެން މަޖުބޫރުން ކުށެއްކުރުމަށްފަހު ޑިއުރެސްގެ ދިފާޢުނެގުމަކީ އެއްވެސް ގޮތަކުން ކުށަށް އިންކާރުކުރުމެއް ނޫނެވެ. އެހެންނަމަވެސް އެއީ ވަކި ޝަރުޠުތަކަކާއެކު ކުށުގެ ޒިންމާއިން ބަރީޢަވުމަށް އޮތް އިސްތިސްނާއީ ޙާލަތެކެވެ. އެހެންކަމުން މި އިސްތިސްނާއީ ޙާލަތު ކޯޓުގައި ސާބިތުކޮށްދިނުމަކީ ކުށުގެ ތުހުމަތު ކުރެވުނު މީހާއަށް ނެގިދާނެ ދިފާޢުއެކެވެ. މިފަދަ ދިފާޢުގެ މަޤްޞަދަކީ …

އިތުރަށް »

ވަސީލަތްތަކުގެ ނާދިރުކަން – އިސްލާމީ ނަޒަރަކުން

އިސްލާމީ އިޤްތިޞާދު ނިޒާމު ފިޔަވައި  އެހެން ނިޒާމުތަކުގައި (ސެކިއުލަރ ނިޒާމްތަކުގައި )  ޤަބޫލުކުރާ ގޮތުގައި އިންސާނާގެ އެދުންތަކަށް ހައްދެއް ނުވެއެވެ. އެހެން ނަމަވެސް ވަސީލަތްތައްވަނީ ވަކި ލިމިޓެއްގައި ލައްވާފައެވެ. ވަސީލަތްތައް މަދުވެފައިވަނީ ފިތުރަތުގެ ސަބަބުންކަމަށްވެސް ބައެއް މީހުން ބުނަމުން ގޮސްފައިވެއެވެ. އެހެންކަމުން ވަސީލަތްތަކަކީ ތަދު (scarcity of recourses) އެއްޗެއްގެ ގޮތުގައި ސެކިއުލަރ ނިޒާމްތަކުގައި ދެކެއެވެ. މިނަޒަރިއްޔާއިން ބަލާއިރު އިންސާނުންގެ ހައްދެއް ނެތް އެދުންތަކަށް (wants) ލިބިފައިވާ މަދު މިންވަރު …

އިތުރަށް »

ނަޞްލުގެ އެއްބައިވަންތަކަން ދެމެހެއްޓުން

އިސްލާމްދީނުގައި އެންމެހައި ގުޅުންތައް ޤާއިމުކުރަންޖެހޭނީ، އިސްލާމްދީނުގެ އަމާޒު ނުގެއްލޭނޭ ބިންގަލެއްގެ މަތީގައި، ޝަރުޢީ ޙުކުމްތައް ކަނޑައަޅާ ގޮތެއްގެ މައްޗަށެވެ. ނަޞްލުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އިސްލާމްދީނުގައިވަނީ އިސްލާމީ  ޢަޤީދާ ޤަބޫލުކުރާ ހުރިހާ މުޢާމަލާތެއްގައިވެސް ހަމަހަމަކަން ލައްވާފައެވެ. މި ހަމަހަމަކަން ލައްވާފައިވަނީ ނަޞްލުގެ ތަފާތުކުރުމެއް ނެތިއެވެ. ހެޔޮ ޖަޒާދެއްވުމާއި ޢަޛާބު ދެއްވުމުގައިވެސް ތަފާތުކުރެއްވުމެއް ލައްވާފައެއްނުވެއެވެ. އިސްލާމްދީނުގައި މީހާގެ ތަފާތުކަން ދެނެގަންނަން އޮތް ހަމައެކަނި މިންގަނޑަކީ އެ މީހެއްގެ އީމާންތެރިކަމާއި، އެ މީހަކު ﷲ …

އިތުރަށް »

أبوبكر الصديق رضي الله عنه ގެ މާތްކަމާއި މަތިވެރިކަން!

އެއްވެސް ޝައްކެއްނެތް ގޮތުގައި، އިސްލާމީ ތާރީޚުގައި ވަރަށް ގިނަ މުހިއްމު ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. މިފަދަ ޙާދިޘާތަކުގެ ތެރޭގައި، اسلام دين ގެ ކުރިއެރުމަށާއި މާތް ނަބިއްޔާ محمد صلى الله عليه وسلم ގެ ޚިދުމަތުގައި أبوبكر رضي الله عنه ކޮށްދެއްވާފައިވާ މަސައްކަތްޕުޅު ފާހަގަ ކުރެވެއެވެ. ހަމައެހެންމެ ކީރިތި ރަސޫލާ محمد صلى الله عليه وسلم ސުވަރުގެ ވަޑައިގަތުމަށްފަހު މުސްލިމުންގެ ފުރަތަމަ ޚަލީފާގެ ހައިސިއްޔަތުން  أبوبكر …

އިތުރަށް »

ހަމްދަރުދީ ވުމުގެ ގޮތުންވެސް އިންސާނެއްގެ ފުރާނަ ހިފުން އިސްލާމްދީނުގައި ހުއްދައެއް ނޫން!

އިސްލާމީ ޝަރީޢާގައިވަނީ މައިގަނޑު 5 މަޤްޞަދަކަށް އިސްކަން ދެއްވައި އެ މަޤްޞަދުތައް ޙިމާޔަތް ކޮށްފައެވެ. އޭގެ ތެރެއިން ހިމާޔަތްކުރެވިފައިވާ އެކައްޗަކީ الله سبحانه وتعالى ޚަލްޤުކުރައްވައިފައިވާ އިންސާނުންގެ ފުރާނައެވެ. އެހެންކަމުން އިންސާނާގެ ނަފްސާއި ފުރާނައަކީ ތިމާގެ އަމިއްލަ މިލްކެއް ނޫނެވެ. ޙައްޤެއް އޮވެގެން މެނުވީ، އިސްލާމީ ވެއްޓެއްގައިި އިސްލާމީ ޝަރީޢާގެ މަފްހޫމްގެ ތެރެއިން މީހެއްގެ ފުރާނައެއް ނުހިފެނެއެވެ. އެއީ ޣައިރު މުސްލިމެއްގެ ފުރާނައެއް ކަމުގައި ވިޔަސްމެއެވެ. އަދި އިންސާނަކު އަމިއްލައަށް …

އިތުރަށް »

ދިވެހިންގެ މާދަރީބަސް ( ދިވެހިބަސް )

ދިވެހި ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީފައިވާ މި ދިވެހި ބަހަކީ އަޅުގަނޑުމެންގެ މާދަރީ ބަހެވެ. އެބަހަކުން އަޅުގަނޑުމެން އެންމެންވެސް ވާހަކަ ދައްކާ، ލިޔެކިޔައި އަދި މުއާމަލާތު ކުރަމުން މިދާ ދިވެހި ބަހާމެދު އަޅުގަނޑުމެން މިއަދު ފުންކޮށް ވިސްނާލަން އެބަޖެހެއެވެ. މިއީ މިއަދުގެ ފަރުދީ ޒިންމާއެކެވެ. އަންނާންއޮތް ޖީލްތަކަށް މި އަގުހުރި ތަރިކަ ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. އެހެންކަމާއެކު މިއަހަރުގެ ދިވެހި މާދަރީބަހުގެ ދުވަހަކީ މިއަދު ކަމުގައި ވުމާއެކު ދުވަހާގުޅޭގޮތުން މިހުށަހަޅާލަނީ ބަހާބެހޭ …

އިތުރަށް »

ފާގަ އިން ކެންސަރ ބަލި ހުއްޓުވޭ އަދި ހަކުރުބަލި ނައްތާލެވޭ – ދިރާސާ

ފާގަ އަކީ މަޑު ފޮނި ރަހައެއް ދޭ އެއްޗެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ވެސް ބެލެވިދާނެ އަދި ތަރުކާރީއެއްގެ ގޮތުގައި ވެސް ބެލެވިދާނެ ބާވަތެކެވެ. ފާގައިގެ ތަފާތު ވައްތަރުތައް ހުރެއެވެ. ދޮންވުމުން ރީނދޫ އަދި ރަތް ކުލައިގައި ފާގަ ހުންނަކަން ފާހަގަ ކުރެވެއެވެ. އެކި ސައިޒުގެ ފާގަ ވެސް ހުރެއެވެ. އަޅުގަނޑުމެން އަބަދުވެސް ވިސްނަމުން ދަނީ ތަފާތު ބަލިތަކުން އިންސާނާ ރައްކާތެރިވެ ފުރިހަމަ ސިއްޙަތެއްގައި ހުރެވިދާނެ ގޮތްތަކެއް ފެނޭތޯއެވެ. އެގޮތުން …

އިތުރަށް »

2016 ނިމޭއިރު ދުނިޔޭގެ އާބާދީގެ ދެ ބައިކުޅައެއްބައި ތިބޭނީ އޮންލައިންގައި – ޔޫއެން

މިއަހަރު ( 2016 ) ނިމޭއިރު ދުނިޔޭގެ އާބާދީގެ ދެ ބައިކުޅަ އެއްބައި މީހުން ތިބޭނީ މޯބައިލް ފޯނު ބޭނުންކޮށްގެން ނުވަތަ އެހެންވެސް ވަސީލަތެއްގެ އެހީގައި އޮންލައިންގައި ކަމަށް އ.ދ ގެ ދިރާސީ ރިޕޯޓަކުން ބުނެފިއެވެ. މިދިޔަ އަންގާރަ ދުވަހު ނެރެފައިވާ މި ރިޕޯޓްގައި ވާގޮތުން ދުނިޔޭގެ އާބާދީގެ ބޮޑުބައެއް އޮންލައިން ނެޓްވޯކް ބޭނުންކުރާނެއެވެ. އަދި އޭގެ 80 އިންސައްތަ ޙިއްސާކުރާނީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ރައްޔިތުންނެވެ. ތަރައްޤީ ވަމުން …

އިތުރަށް »

ލަންދޫ ކަށްނާޅާ މަހާނަ އެޅި ވަޅުގަނޑު.

[pullquote]ނޯޓް: މިއީ ލަންދޫގެ ތާރީޚާއި ގުޅުންހުރި ވާހަކަތަކެއް ހިމެނޭ ލިޔުމަކަށް ވާތީ ކިޔުންތެރިންގެ ސަމާލުކަމަށް ދަންނަވަމެވެ. މި ލިޔުމުގެ މައގަނޑު ހާދިސާ އަކީ ފަހަރެއްގައި ސަތޭކަޕަސަންޓް ތެދު ޙާދިސާއަކަށް ނުވެދާނެއެވެ. އެހެންނަމަވެސް މި ލިޔުމުގެ މައިގަނޑު ޚިޔާލަކީ ލަންދޫގެ ހަރުކުލައިގެ މީހުންނާއި، ދުވަސްވީ މީސްމީހުންގެ ފަރާތުން ތުންތުންމަތިން ވާރުތަވެ ދެކެވެމުން އަންނަ ހަޤީޤީ ވާހަކައެކެވެ. [/pullquote] އާބާދީގައި ހާހަކަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ނ.ލަންދުއަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. …

އިތުރަށް »

ކްލާސްރޫމެއްގައި ބަސްކިޔަވައިދިނުމުގައި ބޭނުން ކުރުމަށް އެންމެއެކަށީގެންވާ ރަގަޅު ތިއަރީއަކީ ކޮބާ؟

ތަޢާރަފް: ޙަމްދުހުރީ ނިޢުމަތްތަކުގެވެރި ﷲ ސުބުޙާނަހޫ ވަތާޢާލާށެވެ. އެކަލާންގެ ފޮނުއްވި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިވަސައްލަމްއަށް ޞަލަވާތާއި ސަލާމްލެއްވުން އެދި އެއިލާހުގެ ހަޟްރަތުގައި ދުޢާދަންނަވަމެވެ. މިލިޔުމުގައި މައިގަނޑު ގޮތެއްގައި ބަލާލެވިފައިވާނީ 4 ލިންގުއިސްޓިކެއްގެ ނަޒަރިއްޔާއަށް ކުރުގޮތަކަށްބަލާލުމާއެކު އޭގެތެރެއިން ކްލާސްރޫމެއްގައި ބަސްކިޔަވައިދިނުމުގައި ބޭނުން ކުރުމަށް އެންމެއެކަށީގެންވާ ރަގަޅު ތިއަރީއަކީ ކޮބައިތޯއެވެ. އަޅުގަނޑުގެ މިމަސައްކަތުގެ ސަބަބުން ކޮންމެވެސްބަޔަކަށް އިތުރުމައުލޫމާތު ތަކެއްލިބި ކިޔަވައިދިނުމުގެ މާހައުލުގައި މަސައްކަތްކުރައްވާ ހީވާގިޓީޗަރުންނަށް އުނގަންނައިދިނުމުގެ ރޮގުން އިތުރު ވިސްނުމެއް ލިބި …

އިތުރަށް »

އިސްލާމީ މުޖުތަމަޢަކަށް އެކަށީގެންވާ ގޮތަކަށް ތަޢުލީމު ދެވޭތޯ ބެލުން – ތީސިސް

ޑޮކިޔުމެންޓް _ ޑައުންލޯޑް ކޮށްލައްވާ

އިތުރަށް »

އުގެނުމާއި އުގަންނައިދިނުން

އިބްރާހީމް ޝާމިލް މި މަޒުމޫނު ލިޔުމުގައި އަޅުގަނޑުގެ ގަލަން ހިންގުވާލާފައިވާނީ، ކިޔަވާދިމުނުގައި ބޭނުންކުރާނެ އުކުޅުތަކާއި ކިޔެވުމަށް ފަހި މައުޙައުލެއް ގާއިމުކުރާނެ ގޮތާއި ދަރިވަރުންގެ “ބިހޭވިއަރ” ނުވަތަ ސުލޫކީ މިންގަނޑުގެ މައްޗަށާއި ކިޔެވުމުގައި ދަރިވަރުންނަށް ދިމާވާ މައްސަލަތަކާއި އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ދަރިވަރުންގެ ނަތީޖާ ވަޒަން ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި މިޒާތުގެ އުގެނުމާއި އުގަންނައި ދިނުމުގެ ކަންތައްތަކުގެ މައްޗަށެވެ. މި މަޒުމޫނު ލިޔުމުގައި އަޅުގަނޑު ބޭނުން ކޮށްފައިވާ ފޮތްތަކާއި އަދި …

އިތުރަށް »

މޯޓިވޭޝަން ތިޔަރީ

ތަޢާރަފް      މޯޓިވޭޝަން ނުވަތަ ޝައުޤުވެރިކަމަކީ ވަކިކަމެއް ނުވަތަ ވަކި ޙާލަތެއް މެދުވެރިވުމުން ހަށިގަނޑުގެ ތެރޭގައި އުފެދޭ އިޙުސާސްތަކެއް ނުވަތަ ޖަޒުބާތުތަކެއްގެ ސަބަބުން އިންސާނާގެ އުޅުމަށް އަންނަ ބަދަލުތަކެކެވެ. ސްލޭވިންގ (1977) ހާމަކުރައްވާ ގޮތުގައި ޝައުޤުވެރިކަމަކީ އިންސާނާ އެކި ކަންތައް ކުރުމަށް އޭނާއަށް ހިތްވަރު ލިބޭ މަގުދައްކައިދޭ އަދި އޭނާގެ އުޅުން ވަކި ގޮތަކަށް ދެމެހެއްޓުމަށް އެހީތެރިވެދޭ ބާރެކެވެ. ނުވަތަ ސަބަބެކެވެ.      ޝައުޤުވެރިކަމަށް ބާރުފޯރުވާ ކަންތައްތަކުގެ ތެރޭގައި އެމީހެއްގެ …

އިތުރަށް »

ލިންގުއިސްޓުންގެ ނަޒަރިއްޔާއަށް ކުރުގޮތަކަށްބަލައިލުމެއް!

ފެށުން: ތުއްތުކުއްޖާ ދުނިޔެއަށް އުފަންވާއިރުވެސް އޭނާއަށް ޤުދުރަތުން ގިނަގުނަ ހަދިޔާތަކެއް ދެއްވާފައިވާކަން އަޅުގަނޑުމެން ޤަބޫލު ކުރަންޖެހެއެވެ. އޭގެ ތެރޭގައި ކުއްޖާ އުފަންވާއިރު މުޢާމަލާތް ކުރުމުގެ ކުޅަދާނަކަން ލިބިފައި ވެއެވެ. މިއީ ވަރަށް ޚާއްޞަ ސިފައެކެވެ. ދުނިޔެއަށް އުފަންވާ ވަގުތަކީ އެކުއްޖާގެ އެންމެތުއްތު ޢުމުރެވެ. މި މަރުޙަލާގައިވެސް އޭނާގެ ބޭނުންތައް އެހެން މީހުންނަށް އަންގައިދެއެވެ. އެއީ އޭނާގެ ރުއިމުގެއަޑެވެ. ކުއްޖާގެ ފުރަތަމަ މުޢާމަލާތެވެ. އެއީ އެއްވެސް މީހަކު ދަސްކޮށްދީގެން އެކުއްޖާ ކުރާކަމެއްނޫނެވެ. …

އިތުރަށް »

ބޮޑެތި ކުށްތަކާއި ޖަރީމާތަކުގެ ވާހަކަ މީޑިއާގައި ހާމަކުރުމުން މުޖްތަމަޢަށް ކުރާ އަސަރު

ޢައްބާސް ޢަބްދުﷲ، ނޫރު، ނ ކެނދިކުޅުދޫ             “ސިފައިންގެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލައިފިއެވެ.” “ތޫނު އެއްޗަކުން ހަމަލާދީ، ޤާނޫނީ ވަކީލަކު ވަރަށް ރަޙުމުކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނިއްޖެއެވެ.” ” ތޫނުއެއްޗަކުން ހަމަލާދީ ރައްޔިތުންގެ މަޖްލިސްގެ މެމްބަރަކު އަވަހާރަކޮށްލައިފިއެވެ.” ” ގޭންގްތަކަށް އެމީހުން ކުށްކުރުމަށް އެހީތެރިވަނީ ރާއްޖޭގެ ބޮޑެތި ފައިސާވެރިންނާއި ސިޔާސީ ޕާޓީތަކުންނެވެ.” “ޤައިދީން ޖަލުގައި ތިބެގެންވެސް މަސްތުވާތަކެތި ބޭނުންކޮށް ނަހަމަގޮތުގައި(؟) ޖިންސީގުޅުން ހިންގައެވެ.” މީ ހައްތާވެސް މިއަހަރުގެ …

އިތުރަށް »

އަލްޔަމީނު (ހުވާ)

މާނަ: ވަރުގަދަކަމާއި ކުޅަދާނަކަމެވެ. މާނަތަކުގެތެރޭގައި ކަނާތް، ކަނާތްފަރާތް. ކަނާތައް ޔަމީނޭ ކިޔުނީ ވާތައްވުރެ ކަނާތް ވަރުގަދަ ވީމައެވެ. ޢަރަބިން މިހެންކިޔަނީ އެކަމުގައި ބާރު ހިމެނޭތީއެވެ. ދަޢުވާ ލިބޭމީހާ އިންކާރުކޮށްފިނަމަ ޤާޟީ ސުވާލުކުރާނީ ދަޢުވާކުރާ މީހާއާއެވެ. ބައްޔިނާޤާއިމުނުކޮށްފިނަމަ ދެންއަންނާނީ ހުވާޔަށެވެ. ﷲ ގަންދީ ހުވާކުރުމަށް ޔަމީނޭ ކިޔުނީ ދެޚަޞްމުންކުރެ އެކެއްގެ ބާރު ވަރުގަދަކުރުމަށްޓަކައި ހުވާކުރާތީއެވެ. މިގޮތުން ހުވާބެހެނީ 2 ބަޔަކަށެވެ. ޤަޟާއީ ހުވާ (ޝަރީޢަތުގެ މަޖުލީހުގައި ކުރާ ހުވާ) ދަޢުވާ ލިބޭ …

އިތުރަށް »

އިސްލާމީ ފިޤުހުގައި ހެކިބަސްދިނުމުގެ ކަންތައްތައް އޮތްގޮތާއި ރާއްޖޭގެ ޤާނޫނުގައި އެކަން އޮތްގޮތް

ތަޢާރަފް އިސްލާމީ ޝަރީޢަތް ބާވާލައްވާފައިވަނީ މީސްތަކުންގެ ޙައްޤުތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދެއްވުމަށްޓަކައެވެ. އެޝަރީޢަތުގެ މަޤުޞަދުތަކުގެތެރޭގައި ފަސްކަމެއް ރައްކާތެރިކޮށްދިނުން ހިމެނެއެވެ. އެއީ ދީނާއި، ނަފްސާއި، ދަރިފަސްކޮޅާއި، އަބުރާއި އަދި މުދާ ރައްކާތެރިކޮށްދިނުމެވެ. މިދެންނެވި މަޤުޞަދު ނުވަތަ (މަޤާޞިދުއް ޝަރީޢާ) ތަންފީޒު ކުރުމުގެ ގޮތުން ފިޤުހީ މިންގަނޑުތަކެއްވަނީ ކަނޑައަޅުއްވާފައެވެ. ޝަރުޢީ ޙުކުމްތައް ދެނެގަތުގެ މަސްދަރުތަކެއްވަނީ ކަނޑައަޅުއްވާފައެވެ. އެއީ، ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތާއި، މިއުއްމަތުގެ ދަންނަބޭކަލުންގެ އިޖުމާޢު އާއި އަދި ޤިޔާސެވެ. އިންސާނުންނަށް ދިމާވާ …

އިތުރަށް »

ކޯޕަރޭޓިވް ލަރނިންގ

·         ފެށުން: ޙަމްދާއި ޝުކުރުހުރީ ގަދަކީރިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. އެއަށްފަހު ޞަލަވާތާއި، ސަލާމްގެ ވަސްމީރު ގުލްދަސްތާތަކުން ވެދުންކުރަނީ ކައު އިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށެވެ. އަދި މިޞަލަވާތުގައި އިތުރުއެކަލޭގެ އާލުންނާއި، މިތުރު ޞަޙާބީން ޝާމިލް ކުރަމެވެ. މިއީ ސެންޓަރފޮރ އޯޕަން ލަރނިން އިން ހިންގާ “ދިވެހި ޑިޕޮލޮމާއިން ޓީޗިން” (2012) ކޯހުގައި ކިޔަވާ މާއްދާއެއް ކަމުގައިވާ ކަރިކިއުލަމް ސްޓަޑީޒް (CST101) އިން ޙަވާލުކުރެވުނު އެސައިންމެންޓް …

އިތުރަށް »