ވާހަކަ

ސިލްސިލާ ވާހަކަ އެހިނދުކޮޅު…….

“ހާދަކުއްލިގޮތަކަށް މާލެތިއައީ. އަނެއްކާ އަހަރެމެންދެމަފިރިންނަށް މާޝާއާދޭތެރޭ ކަންތައްތައްކުރެވޭގޮތް ކަމުނުދަނީތަ.” ފަރީދާގެ ފިރި ޒުހޭރު ކާރުގެ ކުރީސީތްގައި އިނދެ ކާރުދުއްވާލަމުން ބުންޏެވެ. ޙައްރައްތަ ބަހެއްނުބުނެއެވެ. “ދެން އައިސްލަންވާނެނޫން ދޯ ޙައްރައްތާ.” ޙައްރައްތަގެ މޫނުމަތީން ނުތަނަވަސްކަން ފެންނަން ހުރުމުން ޙައްރައްތައާ އެއްބައި ވެލުމުގެ ގޮތުން ބުނެލިއެވެ. “މާޝާވެސް އަންނަންއުޅުނު. ނަމަވެސް މިގަޑީގައި ފެކަލްޓީއަށްދާންޖެހިގެން ނާދެވުނީ ދޯ ޒުހޭރު؟” ޒުހޭރު ހިނިތުންވެލާފައި ބޯޖަހާލިއެވެ. ޙަރީރާ ވަނީ ވަރަށްބޮޑަށްމާޔޫސްވެފައެވެ. ރަށުގައި ހުރެފޯނުންދެއްކި ވާހަކަތަކަށް މާޝާގެފަރާތުން އެދެވޭ …

އިތުރަށް »

ސިލްސިލާ ވާހަކަ އެހިނދުކޮޅު…….

ޖެހިގެންއައި އާދީއްތަ ދުވަހު މާލެދިޔައިރު މާޝާއާއި ޙަލީމަކީ ދެހިތެއްގައި ޖަހަމުންދާ އެއްވިންދުކަމުގައި ވަނީވެފައެވެ. ފެކަލްޓީގެތެރޭގައި ދެކުދިންގެވާހަކަ ވަރަށްބާރަށް ފެތުރިގެން ހިނގައްޖެއެވެ. ނަމަވެސް ޙަލީމަކީ ޔުނިވަރސިޓީގެ ދަރިވަރަކަށް ނުވުމާއެކު މިކަމުގެއަސަރު މާޝާއަށް ކުރާލެއް ބޮޑުވާނެތާއެވެ. ދެކުދިންގެވާހަކަ ފެކަލްޓީން ބޭރުވެ މާޝާގެ މަންމަގެކަންފަތުގައިވެސް ޖެހިއްޖެއެވެ. ޖެހެމުންދިޔަ ވައިރޯޅީގެ ޒަރީޢާއިން ރަށުގައި ދިރިއުޅެމުން ދިޔަ މަންމައަށް މިއަޑު އިވިފައިވަނީ ވަރަށް އެހެންކަހަލަ ގޮތަކަށެވެ. މަސްތުވާތަކެތީގެ އަވައިގައިޖެހި އެތަކެއްފަހަރު ހައްޔަރުކޮށް މިރާއްޖޭގައި ބޮޑެތި ޖަރީމާތަށް ހިންގާފައިވާ …

އިތުރަށް »

ސިލްސިލާ ވާހަކަ އެހިނދުކޮޅު…….

“އޭތް! އާދެވުނީ. ފައިބަންވިއްޔޯ” މާޝާގެ ރަޙުމަތްތެރިއަކު އައިސް އޭނާގެ މޫނުމަތީ އަތުން ހަނާއަޅާލަމުން ބުންޏެވެ. މާޝާ އާއި ޙަލީމްއަށް އެކަކު އަނެކަކަށް ތަޢާރަފްވެސް ނުވެވުނެވެ. ރަޙުމަތްތެރިޔާ ދެމީހުންގެ ހުރަހަކަށްވެ މާޝާ ގޮވައިގެން ހިނގައްޖެއެވެ. އެއްގަމަށްދަމުން ޙަލީމް އޭނާގެ ލޮލުކޮޅަށް ގެއްލެންދެން މާޝާ ޙަލީމާއިދިމާއަށް ބަލަމުން ދިޔައެވެ. އަންހެންކުދިންނާއި ފިރިހެންކުދިން ކުޑަބަނޑޮހުގައި ތިބުމަށް ހަމަޖެހިފައިވަނީ ވަކިންނެވެ. މިގޮތުން އެއްބަޔަކު އަނެއްބަޔަކަށް ބައްދަލުވާން ބޭނުންނަމަ، ޖެހެނީ އެސަރަޙައްދަކަށް ދާށެވެ. މާޝާ ކިތައްމެފަހަރަކު ފިރިހެންކުދިން …

އިތުރަށް »

ސިލްސިލާ ވާހަކަ އެހިނދުކޮޅު…….

އުޑުމަތި ނުހަނު ސާފު ދުވަހެކެވެ. ލޮނުޒިޔާރަތްކޮޅުގައި ހޮޅިއަޅަންއުޅޭ ކުދިންގެތެރޭގައި ޙަލީމް އުޅުނީ މިހާރުގެގޮތުން ބުނާނަމަ، ވަރަށް އައުޓްސްޓޭންޑިންގ ކުއްޖެއްގެ ގޮތުގައި ވެގެންނެވެ. އެކި ސްޓައިލްތަކަށް އަދި އެކިގޮތްގޮތަށް ރާޅާއަޅާ ކުއްޖަކީ އޭނާއެވެ. އޭނާގެ ޙަރަކާތްތައް ވަރަށް ސަޅިއެވެ. އޭނާ މިހިސާބަށް އަތުވެއްޖެނަމަ، އަހަރެންގެ ސަލާމް ވައްޓާލަންކެރޭނެތަ؟ ގޮނޑުދޮށުގައި ހުރި މާޝާގެ ރަޙުމަތްތެރި ރީޝާއާއި  މުޚާޠަބުކޮށް މާޝާ ބުންޏެވެ. ރީޝާ: (ހީގެންފައި) މިހާރު ހިތްކީ ދޯ؟ ހެޔޮނުވާނެ ތިވަރުވާކަށްނުވާނެ. މާޝާ: ކީތްތަވީ. …

އިތުރަށް »

ވަންހަނާ

 ލިޔުނީ: އިބްރާޙިމް ޝާމިލް ( ޝާމް ) / މޫރިތި – ނ.ލަންދޫ ( 7 ޖޫން 2012 ވަނަ ދުވަހާއި ގުޅޭ ) މެރިފައިވާ ދެލޯ ހުޅުވާލެވުމާއި އެކު އަނެއްކާވެސް ވަރުބަލިކަން އިތުރުވި ކަހަލައެވެ. އޭރުވެސް އޭނާގެ މޫނު މަތީގެ ކުލަވަރު ވަނީ މުޅިން ބަދަލު ވެފައެވެ. ހިއްސުތައްވެސް ވީރާނާ ވެފައިވާ ކަހަލައެވެ. ފިރުކެމުން ކަހަލަ ގޮތަކަށް އެ ބިޔަގަސް ދޮށުން ނިކުތެވެ. މަޑު މަޑުން ހިނގަމުން ދަނިކޮށް …

އިތުރަށް »

ފަހުން ވިސްނުނެވެ !

ލިޔުނީ: އިބްރާޙިމް ޝާމިލް ( ސާމް ) / މޫރިތި – ނ.ލަންދޫ ހުޅުވިފައިވާ ދޮރުފަތް މަޑުމަޑުން ލައްޕާލުމަށްފަހު ސީޒާ އައިސް އިށިއިނދުނީ އޭނާގެ އެކުވެރި ޔުމްނާގެ ކައިރީގައެވެ. އެ ދެކުދިންނަކީ އެއްކުލާހެއްގައި ކިޔަވަމުންދާ ދެކުދިންކަމުން، އެކަކު އަނެކަކުގެ މިޒާޖު ވަރަށް ރަނގަޅަށް އޮތީ ދަސްވެފައެވެ. ސީޒާއަކީ މީހުންނާ ނުގުޅޭ އަމިއްލަ ވަންތަކަމަށް ލޯބިކުރާ ކުއްޖެކެވެ. އެއާ ހިލާފަށް ޔުމްނާއަކީ ހިތްހެޔޮ އެހެން މީހުންނާއި ގުޅޭ އަޙްލާޤު ރަނގަޅު ކުއްޖެކެވެ. …

އިތުރަށް »

ނުފިލާނޭ ތިހަނދާން

ރޭގަނޑުގެ ކެއުމުގައި މަންސޫރުގެ ހުރިހާ ދަރިންވެސް ބައިވެރިވިއެވެ. ދުވަހުގެ އެކިއެކި ކަންތައްތަކާއި ބޭހޭ ގޮތުން ވާހަކަދެކެވެމުން ދިޔައެވެ. އީލާކްގެ ހެދުން ފަރުމާތައް ދައްކާލުމަށް ބާއްވަން ހަމެޖެހިފައިވާ ޝޯގެ ކަންތައްތަކާއި އެހީތެރި ވުމަށް އޭނަގެ ރަޙުމަތްތެރިން ގެއަށް ގެނައުމުގެ ހުއްދައަކަށް މާމަ ލާއިގާގެ ގާތުން އެދުނެވެ. މަންސޫރު އޭނަގެ ކުންފުނީގެ ޒަމާންވީ ވަކީލު ސަމަދު ބައްދަލުކޮއްލުމަށް އެދިފައިއޮތް ވާހަކަ ޒައުލްގެ ގާތުގައި ބުނެލިއެވެ. އަދި މާދަމާގެ ހަވީރުގެ ވަގުތެއްގައި އޭނަ އަންނައިރު …

އިތުރަށް »