ވާހަކަ

އަހަރެންގެ ޙަޔާތުން ޞަފްހާއެއް

ލިޔުނީ: ފާތުމަތު އިޒްލީނާ – އައްސޭރި / ނ.ލަންދޫ އަހަރެންގެ ކުރިމަތީގައި ހުރި ދޮންކުލައިގެ މުގުރިހަތައްޓަށާއި ރޮށިތައްޓައް ބަލަހައްޓައިގެން އިނދެ ވިސްނަމުން މިގެންދަނީ އަހަރެންގެ މާޒީއާއި މެދުގައެވެ. ވޭތުކުރެވުނު ބޭކާރު ވަގުތުތަކާއި މެދުގައެވެ. ކުރެވުނު ގޯސް އަމަލުތަކާއި މެދުގައެވެ. އަހަރެންގެ ރައްޓެހިންނާއި އެކީ ކުރެވުނު ކަންތައް ކުރިމަތިންފެންނަކަހަލައެވެ. މީގެ ދިހަ އަހަރުކުރިއެވެ. އަހަރެންގެ އެންމެ ގާތް ރައްޓެހިންނާ އެކު އަހަރެން ގޭން ނިކުތީ މީގެއިން އެއްވެސްކަމެއް ކުރިމަތި ވޭދާނެކަމުގެ އުންމީދެއްގައެއް …

އިތުރަށް »

ހިތްމޮޅު ސަރުދާރު

ލިޔުނީ : ފާތުމަތު މަލޫޝާ ދުވަހަކީ އުޑުމަތި ސާފު، ކަނޑު މަޑު ވައިމަޑު ދުވަހެކެވެ. ދޫނިތައް އެ ދޫނިތަކުގެއަމިއްލަ ރާގު ޖަހަމުން ވައިގެ ތެރޭގައި ނަށަމުންދަނީއެވެ. ފޯރިނަގަމުންނެވެ. ރުއްތައްވެސް އެ ނަލަރީތި އިސްތަށިގަނޑުތައް  ހޫރަމުންދެއެވެ. އެހެން ގަސްގަހަށް ނަލަ ދައްކަމުންނެވެ.     މޫދުގައި އުޅޭ މަސްތައްވެސް މައްޗަށްފުމެ ފޯރިނަގަމުން ދަނީ އެ އޮމާންތަރުފާލެއް ފަދަ މޫދުގައެވެ. އެވަގުތު އެތަން ބަލަން އަތިރިމަތީގައި ހޮޅުއައްޓެއްގައި އިން އޮފީހުގެ ސަރުދާރު ނައީމް އިނީ ފުންޚިޔާލެއްގެ …

އިތުރަށް »

ޖުނައިދުގެ އަޒުމް

ލިޔުނީ:  މަރިޔަމް އިފާޝާ އޮއްސެމުން ދިޔަ އިރާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ޖުނައިދު އެދަނީ ފުންހިޔާލެއްގައި ހުރެއެވެ. އެކަން އެނގެނީ މޫދުގައި ޖެހެމުން އެދާ ރީތި އަލިފާން ފަދަ އޮރެންޖު ބޯޅައާއި،  މޫދުން މަސްހިފަންއައިސް އުޅޭ ރީތި ލަވަކިޔާ ދޫނިތަކަށް އޭނާގެ ފަރުވާލެއް ނެތުމުންނެވެ. ގުދުރަތުގެ އެރީތި މަންޒަރު ބަލާހިތް ނުވާނީ ކާކުހެއްޔެވެ؟ ނަމަވެސް އޭނާ އެކަމަކަށް ފަރުވާލެއް ނެތެވެ. އޭނާ ވިސްނަމުން އެދަނީ އޭނާގެ މަންމަ އޭނާ މާލެފޮނުވާލަން …

އިތުރަށް »

ފާއިތުވި ވަޤުތު

ލިޔުނީ: އައިޝަތު އަލްމާ އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އުދަރެހުން ތިރިވަމުން އެދަނީ ސާދަ ފަނަރައިގެ ފުރިހަމަ ހަނދަށް ރަނިކަން ހަވާލުކޮށްފައެވެ. އަދި އެވަގުތު ހަނދާއި ތަރިތަކުގެ އަލިކަން ދުނިޔެ މައްޗަށް އަތްގަދަ ކުރަން ފަށައިފިއެވެ. ނަމަވެސް އަހަރެންގެ ސަމާލުކަން ވަނީ މިކަންތަކާ އެތަށް ހާސް މޭލު ދުރުގައެވެ. މާޒީގެ ފުންކަނޑަށް ގެނބިފައެވެ. ވާނީވެސް އެހެންތާއެވެ! މީގެ ދިހަ އަހަރު ކުރިން އަހަންނަށް ކުރެވުނު ކުށުގެ ހިތި ނަތީޖާ މިއަދު …

އިތުރަށް »

އިންތިޒާރަށް ނިންމުމެއް އައީ ހާދަ ދުވަހަކަށް ފަހުގައެވެ.!!

ލިޔުނީ: އައިމިނަތު ނިހާމާ ދުވަހުގެ މެންދުރުގެ ވަގުތެވެ. ޔުމީ އިނީ އަތިރިމަތީގައި ހުރި ގަހެއްގެ ހިޔަލުގައި ފުން ވިސްނުމަކަށް ގެއްލިފައެވެ. ކުއްލިޔަކަށް އެނާގެ ލޮލުން ވެއްޓުނު ކަރުނަތިކި މީގެ 5 އަހަރު ކުރިއަށް ގެންދިޔައެވެ. އެއީވެސް ދުވަހުގެ މެންދުރުގެ ވަގުތެވެ. ޔުމީ އިނީ އަތިރިމަތީގައި ހުރި ގަހެއްގެ ހިޔަލުގެ ދަށުގައި އެނާގެ ލޯބިވެރިޔާ ޔަނީޝްގެ އިންތިޒާރުގައެވެ. މިހާރު އެނާ އެހެން ހުންނަތާ ބައި ގަޑި އިރުވީއެވެ. އަދިވެސް ޔަނީޝްގެ އެއްވެސް …

އިތުރަށް »

ހަޤީޤީ ރީތިކަން މިންކުރާ ތަރާދަކީ ބުރުސޫރަ އެއްނޫނެވެ!!

ލިޔުނީ: ފާތިމަތު މިރުޝާ އަހަރެންނަކީ މީހުންނަށް ހިތްހެޔޮ ނަމަވެސް އެހެން މީހުން އަހަރެންދެކެ އިންތިހާއަށް ނަފުރަތު ކުރާ ކުއްޖެކެވެ. އެއީ އަހަރެންނަށް ލިބިފައިވާ ހުތުރު ސިފައިގެ ސަބަބުންނެވެ. އަހަރެންގެ އިސްތަށިގަނޑު ބުޅިއެވެ. ހަމުން ކަޅެވެ. މޫނުމަތީގައި ބިއްސާއި ކަޅުލައްލައް ގިނައެވެ. މިސަބަބުތަކަށް ޓަކައި އެންމެންވެސް އަހަރެންދެކެ ރުޅި އާދެއެވެ. ރުހުމުގެ ލޮލަކުން އަހަރެންނާއި ދިމާލަށް ބަލައިލާވެސް ހުންނާނީ ހަމައެކަނި އަހަރެންގެ މަންމައެވެ. ނަމަވެސް އަހަރެންގެ އުމުރުން 7 އަހަރުގައި އަހަރެންގެ …

އިތުރަށް »

ލޯތްބަކީ ކަނު އެއްޗެކެވެ!!!!……

ލިޔުނީ: ފާތިމަތު މިރުޝާ ފަޒީލާ އަށް ހޭލެވުނީ އިވުނު ބާރު އަޑުފަށް ގަޑެއްގެ ސަބަބުން ނެވެ. ބޭއިޚްތިޔާރުގައި ފުންމައިގެން ތެދުވެވުމާއެކު ބޭރުން އެ އިވުނީ އޭނާ މި ފާއިތު ވި 10 އަހަރު ތެރޭގައި ވެސް އެންމެ އަޑުއަހަން ބޭނުން ވާ އަޑުކަން އޭނާއަށް އިނގުނެވެ. އެއީ އެ އަޑެއް އަހާލުމަށް ޓަކައި އޭނާގެ ހިތް އަބަދުވެސް ރޮމުން ދާ އަޑެކެވެ. އަވަސް އަވަހަށް އޭނާ ކޮޓަރީގެ ދޮރު ހުޅުވައިލީ …

އިތުރަށް »

މަންމަ

ލިޔުނީ: ފާތިމަތު މިރުޝާ އަހަރެންނަކީ ދުނިޔެއަށް އުފަންވީން ސުރެ ބައްޕައެއްގެ ލޯތްބާއި އެހީއަކާއި ނުލައި ހަމައެކަނި ނިކަމެތި މަންމައެއްގެ ލޯތްބާއި އަޅާލުމުން ބޮޑުވެގެން އަންނަ ކުއްޖެކެވެ. އަހަރެންގެ ލޯބިވާ މަންމަ އަހަރެން އެންމެ ތުއްތު އިރުން  ފެށިގެން މިއަދާއި ޖެހެންދެން ވެސް އަހަރެންގެ ކުދި ކުދި އަދި ބޮޑެތި ބޭނުންތަކާއި އެދޭ އެދުންތައް ފުއްދައި ދިނުމަށް އެ ކޮށްދެއްވި ބުރަ މަސައްކަތުގެ އަގު އަހަރެންގެ މުޅި އުމުރު އެކަމެއްގައި ހޭދަ …

އިތުރަށް »

ހިތަކުން ހަމަ ނުފިލާނޭ……. ( ކުރުވާހަކަ )

( އައިޝަތު ޝައުފާ މުޙައްމަދު )   ވިއްސާރައިގެ ބޯ ވިލާތައް އުދަރެސް ވަށައި ބަނަކޮށްފިއެވެ. ޖެހެމުން ދިޔ ބާރު ވައިރޯޅިން ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސައިގެންފާނެ ހެންނެވެ. އިވެމުން ދިޔަ ބާރު ގުގުރީގެ އަޑާއެކު، ވިދަމުންދިޔަ އަލިގަދަ ވިދުވަރުން ހީވަނީ ދެންމެ ދެންމެ ތޫފާނަކާއި ކުރިމަތި ވެދާނެހެންނެވެ. ބިރުވެރި މޫސުންގޯސް މިދުވަހުގައި ނާމާން ގަބުރުސްތާން ފުރިފައިވަނީ ލަމްޔާގެ މަންމަ ވަޅުލުމަށްޓަކައި ހާޒިރުވެ ތިބި މީހުންތަކުންނެވެ. ކޮންމެ މީހަކުވެސް …

އިތުރަށް »

މަސަންދު ( ކުރުވާހަކަ، 18 އަހަރުން މައްޗަށް)

ޢައްބާސް ޢަބްދުﷲ، ނޫރު، ނ.ކެނދިކުޅުދޫ އަހަރެން މޭކަޕްކުރަމުން ގެންދިޔައީމެވެ. އެއީ މިރެއަށް ތައްޔާރުވުމަށްޓަކައެވެ. އެހެންނަމަވެސް އަހަރެންގެ ހިތް ނުތަނަވަސްވަނީ ކީއްވެގެން ހެއްޔެވެ؟ ތުންފަތުގައި ހަރަކާތްތެރުވަމުންދިޔަ ލިޕްސްޓިކްގެ ހަރަކާތް ހުއްޓިއްޖެއެވެ. އަހަރެން ވިސްނާލީމެވެ. މިވަރަށް މޭކަޕްކުރާ ސަބަބަކާ މެދުއެވެ. ލޯގަނޑު ކުރިމަތީގައި އަހަރެން އިން އިރު، އަހަރެންގެ ސޫރަ އަހަރެންނާ މުޚާތަބުކުރަމުން ގެންދިޔައެވެ. “އޭ މީނަ ސާދަވިލޭރޭގެ ހަނދެއްފަދަ ޝާއްބަ ޒުވާނާއެވެ. ތިޔަ ވިސްނަނީ ކޮންއެއްޗެއް ހެއްޔެވެ؟ ބޭކާރު ވިސްނުންތަކެއްގެ ބޭނުމެއް …

އިތުރަށް »

އަހަރެންގެ އިސްލާމް މުދައްރިސް (ވާހަކަ)

އަހަރެންވެސް ދުނިޔޭގައި ހުރީތީވެ ރީތިނަލަ ދުވަސްތަކާއި ބައްދަލުވެއެވެ. ތަފާތު މިޖާޒުގެ މީހުންނާއި ބައްދަލުވެ އެކިއެކި ރާގުރާގަށް ވާހަކަތައް އަޑުއަހާ ހަދަމެވެ. ހީސަމާސާކުރުމާއި މަޖާކުރުމަކީ އެގޮތުން ކޮށްއުޅޭކަމެކެވެ. އެކުވެރިންނާއިއެކު ވަގުތު ހޭދަކުރުމަކީ އަހަރެންގެ އުފަލެއްކަމުގައި އަބަދުވެސް ދެކެމެވެ. އެހެނަސް ދުވަސްވަރަކީ އަހަރެންގެ ސްކޫލުދުވަސްވަރުކަމުން ކޮންމެވެސްވަރަކަށް ފިލާވަޅު ހެދުމުގައްޔާއި ފޮތްކިޔުމުގައި ޝާމިލްވެ އުޅެމެވެ. ރައްޓެހިގެން ކައިރިއަށްގޮސް ފިލާވަޅުތައްބަލާ ދަސްކުރަންޖެހޭއެއްޗެހި ދަސްކޮށްހަދަމެވެ. ޚާއްޞަކޮށް އިސްލާމް މާއްދާއިން ފިލާވަޅެއް ދީފައިވޭތޯ ބަލާހަދަމެވެ. ކުލާހުގެ ލީޑަރަކީ އަހަރެންކަމުން …

އިތުރަށް »

3 ރޭ

ފިރުކެމުން ދިޔަ ވިލާ ތަކުން އުޑުމަތީގެ ސާފުކަން ބަނަކުރުމަށް ތައްޔާރުވާ ކަމުގެ އިންޒާރު ދެމުންދިޔައެވެ. އިރުގެ އަލިކަން ފަޑުކުރަމުން ދިޔަ ވަގުތުކަމަށް ވީތީޔާއިއެކު އެ އަނދިރިކަމަށް އިތުރުވީ ވިއްރާސާގެ ކަޅުވިލާތަކެވެ. އާދައިގެ މަތިން ޒިދުނާ ނިކަން ޒީނަތްތެރިވެގެން އެނާގެ ލޯބިވެރިޔާގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރީ ބޮޑުމަގު މެދުގައެވެ. ވިލުނޫ ކުލައިގެ އަރިފެޅިހެދުމަކާއި ކަޅު ހަރުވާޅެއް ލައިގެން ފަށުވި ދޯޕައްޓާއެއް ކަރަށް މަހާލައިގެން އޭގެ އެއް ކޮޅުގެ ކަން، އޭނާގެ ބޯކިރު …

އިތުރަށް »

ކެހި ( ކުރުވާހަކަ )

މިއީ ވީނިއުސްގައި އަލީ ސުލައިމާން ލިޔުއްވާފައިވާ ކުރުވާހަކަ އެކެވެ. މިވާހަކަ ނަކަލު ކޮށްފައި އެވަނީ އެއްވެސް އުނިއިތުރެއް ނުގެނެހެވެ.

އިތުރަށް »

އެހަނދާންތައް ( ކުރުވާހަކަ)

އިތުރަށް »

މަންމާއޭ މިހިތުގައި ތިޔަނަމާ ތިޔަސޫރަވޭ – 12

[ 11 ވަނަބަޔާގުޅޭ……] ރީޝް އަދިވެސް ހުރީ އާގަމަވެފައެވެ. ދެލޯ ބޮޑުކޮށްގެން ހުރެ މާއިޝްއާ ދިމަ ބަލަނީއެވެ. އެއްޗެކޭ ބުނަންއުޅޭހެންވެސް ހީވެއެވެ. އެހެން ނަމަވެސް އެއްވެސް އަޑެއް ނުނިކުމެއެވެ. މާއިޝް، ރީޝް ހަމައަކަށް އެޅުވޭތޯ ބަލަމުން ގެންދިޔައެވެ. އެގޮތަށް އެތައް އިރެއް ވޭތުވީފަހުން ރީޝްއަށް ވާހަކަ ދެއްކޭވަރު ވެއްޖެއެވެ. “އަހަ.. އަހަރެންނަށް ބުނެދީފާނަންތަ މާއިޝްތީ ކާކުކަން؟” ރީޝް އަޅައަޅައިގަންނަމުން ވާހަކަދެއްކިއެވެ. “ރީޝް އެންމެފުރަތަމަ ހަމައަކަށް އެޅިބަލަ! އޭރުންނެއްނު އަހަރެން ދައްކާ …

އިތުރަށް »

“ޑައިރީ”

  ލިޔުނީ: އިބުރާހިމް ޝާމިލް، މޫރިތި، ނ. ލަންދޫ “އަހަރެންގެ ހިތްދަތިވާ ކޮންމެ ފަހަރަކުމެ ދެލޯ ކަރުނައިން ތެއްމާލައެވެ. މަޒީގެ ދުވަސްތައް ހަނދާންވުމުން އަހަރެންގެ ހިތަށް ރިހުން އިހުސާސްވަނީ އޭގެ އިންތިހާއަށެވެ. އުފަލާއި މަޖަލުގައި ހޭދަކުރެވުނު ދުވަސްތަކެކެވެ. ދުވަހަކުވެސް އަހަރެމެން ވަކިނުވާނެއޭ މީހުންގެ ދުލުން ބުނާ ވަރަށް އަހަރެމެންގެ އެކުވެރިކަންވީ ގުޅިލާމެހިފައެވެ. އެހެންނަމަވެސް އުފަލާއި ހިތާމައަކީ ކޮންމެ އިންސާނަކަށްވެސް ކުރިމަތިލާންޖެހޭ ކަމަކަށްވުމުން، އަހަރެންވެސް އެކަމުން އިސްތިސްނާއެއް ނުވިއެވެ”… މި ހުރިހާ …

އިތުރަށް »

އިޙްމާލް

އިބްރާހިމް ޝާމިލް ގޮވާލި ބަންގީގެ އަޑާއެކު މީހުންތައް ރޯދަވީއްލުމަށް އަވަސްވެލިއެވެ. އުދަރެސްމައްޗަށް ވެރިކޮށްލައިފާވާ ރަތްދަޅަތަކުން މައުހައުލުގެ ރީތިކަން ޤުދުރަތުން ފުރިހަމަކޮށްދެއެވެ. ކަރާފަނިތަށިތަކާއި ކަދުރުތަކުން ރޯދަވެރިންނަށް ރޯދަ ވީއްލުމުގެ ހިތްހަމަޖެހުން ލިބިގެންދެއެވެ. ގެއިން ނިމުގެން ތަންކޮޅަކަށް ހިނގާލުމުން އަލަށް މި ބަރަކާތްތެރި މަހަށް ހުޅުވި މިސްކިތާއި ހަމައަށް އަޅުގަނޑަށް ދެވެއެވެ. މިހެން ގޮސްއުޅުމުގައި ކޮންމެ ރެއަކު އިޝާނަމާދަށްފަހު މިސްކިތުގައި އެނބުރޭ ކުޑަކުއްޖެއް އަޅުގަނޑުގެ ލޮލުގައި އަޅަގަނެއެވެ. އެންމެ ފަހުންގޮސް ލޮލުން ނުނެއްޓި …

އިތުރަށް »

ފަތިނާރު

އިބްރާހިމް ޝާމިލް އަހަރެންނަކީ ރަޙްމަތްތެރިންގެ ރަސްކަލެއް ފަދަ މީހެކެވެ. އެމީހުންނަށްޓަކައި ޙިދުމަތް ކޮށްދެން ތައްޔާރަށްހުރި ހިތްހެޔޮ މަދަދުގާރެކެވެ. ކަމަކަށް ޖެހިލުމެއްވެ ނުވަތަ އުނދަގުލެއްވާ ހިނދު އަހަރެންގެ މަތިން ހަނދާންވާ ކަމަކީ، އަހަރެން އެމަކާ އަޖައިބުވާ ކަންތައްތަކެއް ނޫނެވެ. އެކުވެރިންގެ ނަމުންނަމަ އަހަރެންނަކީ” ކޫލް” މީހެކެވެ. ކަންތައް ތަކަކާއި މާބޮޑަށް ހާސްވެގެން ހަދާނެ ގޮތެއް ނޭނގިގެން މިސްރާބު އޮޅި ހަތަރުއުދަރެސް ފެނުޖައްސައިގެން ހުންނަށް ހިތްރުހޭ މީހެއް ނުމެނޫންމެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި …

އިތުރަށް »

ސިބްޤަތު ( ޢިބްރަތްތެރި ވާހަކައެއް )

ދުވަހަކީ ހަފްތާގައި އަންނަ އެންމެ ބިޒީ ދުވަހެވެ. ހެނދުނުގެ ނާސްތާ ނިންމާލުމަށްފަހު، އަހަރެންގެ މަސައްކަތާއިގެން ވަރަށް ފަރުވާތެރިވެ މަސްޢޫލުވެ އިނީމެވެ. އަހަންނަކީ ކިޔަވައިދޭ މަދަރުސާއެއްގައި ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭ މީހަކަށްވުމުން، ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ މަސައްކަތްތައް އެދުވަހުން އެދުވަހުން ނިންމާލެވޭތޯ ބަލަމެވެ. އަހަރެންގެ މަސައްކަތަށް ހުއްޓުމެއްއައީ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. މަސައްކަތް ކުޑަކޮށް މަޑުޖައްސާލައިފަ ފޯނުބަލާލީމެވެ. ” ޓްވީޓެއް ” ހިތާހިތާ ކިޔާލެވުނެވެ. ” އެވާނީ ކޮންމެވެސް …

އިތުރަށް »

ބަދުނަޞީބު ( ކުރުވާހަކަ )

ނޯޓް: މިއީ ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުންނަ ދަރިވަރުންގެ ލިޔުންތެރިކަމުގެ ހުނަރު ކުރިއަރުވާ އެކަމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި އަޕްލޯޑް ކުރަމުން ގެންދާ ލިޔުންތަކެކެވެ.

އިތުރަށް »