ވާހަކަ

ދޮގު ހެދުމުގެ ނަތީޖާ! ( ކުޑަކުދިންގެ ކުރުވާހަކަ )

އެއްދުވަހަކު ފަޔާޒު ކިޔާކުއްޖަކު މަންމަ ކައިރީ ބުންޏެވެ. މަންމާ މިދަނީ ކުޅެން! ދެން އެނާ ކުޅެން ގޮސްފާ ޕާޓޭން ތަކެއް ސިގިރޭޓް ބޯން ތިބިތަން ފެނިގެން މިނާ ހިތަށް އެރިއެވެ. ކޮންމެސް ގޮތަކުން މީ ކުރަންވެއްޖެކަމެކެވެ . މީނާއަވަހަށް ގެޔަށް ގޮސްފާ ވަރަށް ރަގަޅަށް މަންމަގެ ބަސްއަހަން ވިސްނިއެވެ. ރަގަޅަށް އުޅުނީމާ މަންމަ މެން ރުފިޔާ ދޭނެއެވެ. ރުފިޔާދިނީމާ ސިގިރޭޓުގަންނާނީއެވެ. ދެން އޭނާ ވަރަށް ބަސްއަހައިގެން އުޅުނެވެ. ގިނަދުވަސްތަކެއް ވެއްޖެއެވެ. …

އިތުރަށް »

ވަންކަން ނުކުރާށެވެ.

އެހެންދުވަސް ދުވަހަށްވުރެ އަވަހަށް މިއަދު މޫސަ ސުކޫލަށް އައެވެ. އޭނާ ސްކޫލަށް އައިއިރުވެސް އޭނާއަތުގައި ގޭމުކުޅޭއެއްޗެއް އޮތެވެ. ހީވަނީ އެއީ ގޭމް ބޯއީއެއް ހެންނެވެ. އިރުކޮޅެއް ނުވެ އެކްލާހުގެ އެހެންކުއްޖެއް ކަމުގައިވާ އަލީވެސް އައިއްސިއެވެ. އޭ ތިޔައި ކޯޗެއްތަ؟ ދީބަލަ މަކުޅެލަން. އަލީ ބުންޏެވެ. އަލީ ހަމަ އެހެން ބުނުމާއެކީ ގޭމްބޯއީ އަލީ އަތަށްދީފައި މޫސަ އެތަނުން ދިޔައެވެ. ދެން ބެލު ޖެހީމައި ހުރިހާ ކުދިން ކްލާހަށްވަނެވެ. ސަރ އަށް …

އިތުރަށް »

ކާތަކެތީގެ އާދޭސް!

އެއްދުވަހަކުއެބައުޅެޔޯ ރިހާކުރުބޮޑިޔެއް. މި ބޮޑި ފުޅީތެރޭގައި އިދެއިދެ ފޫޖަހައިގެން ދިޔައިރުވެއްސްކާނެމީހަކުނުވިއެވެ. މިކަމާދެރަވެގެން ފުޅީތެރެއިން ފުންމާލައިގެން ދަނިކޮން ދިމާވީ ގަހެއްގައި  ރަތް ވެފާ އިން މިރުހަކާއެވެ. މިރުސްގޮވާލިޔެވެ. އޭބަލަ ރިހާކުރުބޮޑިޔާއެވެ. މާބާރަށް ފުރޮޅެމުން ތިޔަދަނީކޮތާކަށް ހެޔެވެ؟ ބޮޑި ބުންޏެވެ.  މިދަނީ ފުޅީ ތެރޭގައި އިދެއިދެ ފޫޖަހައިގެން ދިޔައިރުވެސް ކާނެމީހަކުނުވެގެން ކާނެމީހަކުވޭތޯއެވެ. މިރުސް ބުންޏެވެ. އަހަރެން ވެސް ގެންދާށެވެ. އަހަރެން ގަހުގައި އިދެއިދެ ދޮން ވެގެން ދާއިރުވެސް ބިންނާނެ މީހަކުނުވިއެވެ. ދެން ރިހާކުރުބޮޑިއާއި، …

އިތުރަށް »

ކުއްޖާޔަށް ނުބެލުނީމާ ވާނީ މިހެން!

ލޫނާ އާއި ޔޫނާއަކީ ވަރަށް ބަސް އަހާ ދެކުދިންނެވެ. ހުކުރުދުވަހަކީ އެކުދިންނަށް ޗުއްޓީދުވަހެކެވެ. އެހެންވެ އެކުދިންގެ މަންމަ އެކުދިންގޮވައިގެން ކައިރި ރިސޯޓަކަށް ދާންނިންމިއެވެ. އެދުވަހު ހެނދުނު ފަތިހާ ހޭލައިގެން އެދެކުދިން ބަނދަރަށް ދިޔައެވެ. އެކުދން ބަލައި ދޯނި އައުމުން ދޯންޏަށް އެރިއެވެ. ގަޑިއެއްހާއިރުން އެކުދިންނަށް އެ ރިސޯޓަށް ދެވުނެވެ. ދެން އެކުދިން ރިސޯޓަށް ފައިބާފައި މޫދަށް ދިޔައެވެ. މޫދުކަރީގައިވެސް ރީތި ތަފާތުތަންތަން ހުއްޓެވެ. އިރުކޮޅަކުން ލޫނާ ވަރަށް ބަޑުހައި ވެއްޖެވެ. …

އިތުރަށް »

ބޮޑާ ދެއްކުމުގެނަތީޖާ

އެއްދުވަހަކު ލައުވާ ކިޔާކުއްޖަކު ސްކޫލުން އިންޓޯލަށް ގެއަށް ދިޔައެވެ. ދެން ގެއަށް އައިއިރު އެކުއްޖާ މަންމަ ގޭގައި ހަދާފައި ހުރި އެއްޗަކުން ހިތްހަމަ ނުޖެހިފާ ބުންޏެވެ. މިއަދަކުނުކާނަމެވެ. މިއަދުކާ ހިތްވަނީ ޕާނެވެ. މަންމަ ބުންޏެވެ. ކޮންމެ ދުވަހަކު ޕާންކާކަށް ނުވާނެވެ. މިކަމާ ރުޅިއައިސްގެން ލައުވާ ސިޓިންރޫމުގައި ފުއްޕާފައި އައިސްއިނެވެ. އެދުވަހު ހެނދުނުސަޔަށް ހަދާފައި ހުރި ހުރިހާއެއްޗެއް ގޭހުރިހާ އެންމެން ކައި ހުސްކޮށް ލިއެވެ. އެންމެން ކައިގެން ދިޔަފަހުން ދެން ލައުވާ …

އިތުރަށް »

މީހަކަށް ދެރައެއް މީހަކަށް ނުދެވޭނެއެވެ.

އެއްދުވަހަކު މުޝައްރަފް އާއި އަޝްރަފް ކިޔާ ކުއްޖަކު އުޅުނެވެ. މިއީ ސުކޫލުގަ ކިޔަވަން އުޅުނު ވަރަށް އެކުވެރި ދެކުދިންނެވެ. މިކުދިންގެ ޓެސްޓު ވަރަށް ކައިރިވެއްޖެވެ. އެހެންކަމުން އެކުދިން ޓެސްޓަށް ދަސްކުރަންވީ ގަނޑުކޮޅުތައް ޓީޗަރު ކުދިންނަށް ބަހާލިއެވެ. ދެން ގަނޑުކޮޅު ހިފައިގެން މިދެކުދިން ގެޔަށް ދިޔައެވެ. މުޝައްރަފާއި އަޝްރަފް ދަސް ކުރަން ފެއްޓިއެވެ. އަނެއްދުވަހު ހެދުނު ހެނދުނާ ސުކޫލަށް ދިޔައެވެ. އެދެ ކުދިން ކުލާހަށް ވަދެ ޓެސްޓަށް ތައްޔާރު ވިއެވެ. ޓީޗަރު …

އިތުރަށް »

ބަސްނޭހުމުގެ ނަތީޖާ

އެއްދުވަހަކު އަލީކިޔާ ކުއްޖަކު މަންމަ ކައިރީގައި ބުންޏެވެ. މަންމާއެވެ. މިއަދު އަޅުގަނޑު އެކަނިން ސުކޫލަށް ދަން ހެއްޔެވެ؟ މަންމަ ބުންޏެވެ. “އާ ދަރިފުޅާ ދަރިފުޅު އެކަނިންދޭ”. އެކަމަކު މަގުގެ އެއްކަރިން ލައިފާ ދާތި” . މިހެން ބުނުމުން އަލީ ވަރަށް އަވަހަށް ދަބަސް އަޅުވައިގެން ސުކޫލަށް ދިއުމަށްޓަކާ ތައްޔާރުވިއެވެ. ހެދުނު 9 ޖެހުމުން އަލީ އަވަހަށް ގެއިން ނިކުތެވެ. ދެން އަލީ ސިއްރު ސިއްރުން އެހެން މަގަކަށް އަޅުވާ ލިއެވެ. …

އިތުރަށް »

ތަނާޒުލް(ހަވަނަ ބައި)

(ކުރީގެ އަދަދާއި ގުޅޭ) އަނެއްކާވެސް އާއިދަށް ޖެހުނީ ހިތާމާއިގެ ސާލެއް ލައިގެން އިންތިޒާރުގައި ހުންނާށެވެ. މާޔާގެ މަންމަ ބުނާ ގޮތުން އޭނާގެ ބައްޕަޔާއެކު ބޭރަށް ފަރުވާ ކުރުމަށް މާޔާ ގެންދެވުނީއެވެ.  ދިރިއުޅުމުގެ މައިދާނުގައި މިފަދަ ގޮތް ނޭނގޭ އަނޑި ގުޑަން ތަކާއި ކުރިމަތިލާން ޖެހޭކަން އާއިދަށް ވިސްނެއެވެ. އެހެންކަމުން ނާއުއްމީދުގެ ހުޅުކޮޅު ރޯކޮށްގެން ހުރެ ފަހަތަށް ޖެހުމަކީ އާއިދަށް އެހާ ފަސޭހަކަމަށް ނުވިއެވެ. އާއިދު ވިސްނަމުން ދިޔައީ މާޔާގެ ހަނދާނަށް …

އިތުރަށް »

އިންދިރާސް ( ތިންވަނަ ބައި)

(ކުރީގެ އަދަދާއި ގުޅޭ)  “މިތާ އެހެން މީހުން އުޅޭކަންވެސް ބަލައިގެން އުޅެން ދަސްކުރޭ!” ނުހާއަށް ލިބުނު ސިހުމެއްގެ ބޮޑުކަމުން އަނގައިން އެކަށްޗެއްވެސް ނުބުނެވުނެވެ. އޭނާ އަވަސް އަވަހަށް އެތަން ސާފުކުރަން އުޅެގަތެވެ. ފިހިގަނޑަކާއި މޮއްޕެއް ހިފައިގެން އައިސް ސާފުކުރަން އުޅެން ފެށުމުން ލީނާވެސް އޭނާގެ ކާތަށި ބެހެއްޓުމަށްފަހު އައިސް އެހީވާން ފެށިއެވެ. ފަޔާޒު ހަމައެވަގުތު އެތަނުން ނިކުމެގެން އޭނާގެ ކޮޓަރިޔަށް ދިޔައެވެ. ހިނގާދިޔަ ކަންތަކުގެ ސަބަބުން ނުހާއަށް ވަނީ ވަރަށް …

އިތުރަށް »

ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ދުލުން…….

ހިތެކޭ މޭގައި މިވަނީ                ހިތް ރޮއްވާ ނުލާށޭ..      އަހަރެން ދުނިޔެއަށް އުފަންވީތީވެސް ހިތާމަ ކުރަމެވެ. އަހަރެންނަކީ ދުނިޔޭގައި ހުއްޓަސް ނެތްފަދަ މީހެކެވެ. ބޭކާރު މީހެކެވެ. ދުނިޔޭގައި ހުރުމާއި ނުހުރުން އެއްވަރެވެ. މިއިން ދުވަހަކުވެސް އުފާވެރިކަމެއް ނުދެކެމެވެ. ހުސް ހިތާމައެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. ދުނިޔެއަށް އުފަންވީންސުރެ އަދާއި ޖެހެންދެންވެސް ހުސް ކަޅު އަނދިރި ކަމެވެ. އެއަނދިރިކަމަކީ އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް މިހާރު މިވަނީވެފައެވެ. އަހަރެންގެ ހިތް …

އިތުރަށް »

އިންދިރާސް(ދެވަނަ ބައި)

(ކުރީގެ އަދަދާއި ގުޅޭ) ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނުހާއަށް ޙަބަރު ލިބުނީ ރަށުން އޭނާއާއި ކުރިން ހިތާވެގެން އުޅުނު ފަޔާޒު މާލެއިން ކިޔަވައިގެން އެ ރިސޯޓަށް އަންނަ ވާހަކައެވެ. އެއީ އޭނާއަށް ލިބުނު ކުއްލި ހައިރާންކަމެއް ނަމަވެސް އުފާވެރި ހުވަފެނެއްގެ ސޮފުޙާއެއް ހުޅުވެން އުޅޭކަމުގެ ނިޝާނެކެވެ. ނުހާ ހުރީ ފަޔާގެ އިންތިޒާރުގައި ދުވަސްތައް ގުނާލަ ގުނާލައެވެ. އޮކްޓޯބަރ 14 ވީ ހޯމަދުވަހު ފަޔާޒު އެރަށަށް އައެވެ. ނުހާ ހުރީ ނިކަން …

އިތުރަށް »

އިންދިރާސް

ލޮލުގެ ތިރީކައިރިގައި އެޅި އަނދުނުގެ ސަބަބުން ކުޑަ ދިލަކަމެއް ނުހާއަށް އިހްސާސްވިއެވެ. އަވަސް އަވަހަށް ޓިޝޫއަކުން ލޮލުގެ ކައިރިން އަނދުންތައް މަޑުމަޑުން ފިލުވާލިއެވެ. އަނެއްކާވެސް މޭކަޕް ސެޓާއި ދިމާލަށް ފޫހިގޮތަކަށް ބަލާލުމަށްފަހު މަޑު ފިޔާތޮށިކުލައެއް ލޯމަށްޗަށް އަރުވާލީ އާދައިގެ މަތިން ރީތިވުމުގައި ގެންގުޅޭ އަމިއްލަ ގޮތްގަނޑަށް ތަބާވުމުގެ ގޮތުންނެވެ. އެހެނަސް އޭނާގެ ލޯތެރޭގައި ފޮރުވިފައިވާ ބިރުވެރި ސިއްރު ފޮރުވޭ ގޮތެއް ނުވިއެވެ. މުޅި ހަށިގަނޑުވަނީ ހޫނުވެ ހިމޭންވެފައެވެ. ހެދުން އަލަމާރިންވެސް …

އިތުރަށް »

އެރޭގެފަހުން

ރަށުތެރެ އަނދިރިކަމުން ހީވަނީ އެހެން ކަމެއްހެންނެވެ. މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ވިދާލާ ކޮންމެ ފަހަރަކު މަގުތަށް އަލިކޮއްލައެވެ. ދުވާލުދާ ހަތަރުދަމު މަގުތަކުގެ ބުރަކަށިމަތީގައި އުޅުނު އެންމެންވެސް މަގުތައް އެކަނި ކޮއްލައިފައި ގޭގެއަށް ވަދެ ފިލީއެވެ. ވައިގެ ގަދަފަދަކަމުން ގަސްތަކާވެސް ހަމަލައި ދެނީއެވެ. ބައެއް ގަސްގަސް ކޮޅައް ނުހުރެވިގެން ބިމުގައި ބޮސްދެނީއެވެ. ވިލާގަނޑު އައީ ހަމަދެންމެއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޮމާންކަމާއި ހިމޭންކަމާއި އެކު ވިދަވިދާ އޮތް އުޑުގައިވާ ތަރިތަކުގެ އަސަރު …

އިތުރަށް »

ތަނާޒުލް (ފަސް ވަނަބައި)

(ކުރީގެ އަދަދާއިގުޅޭ) ބޮޑުޢީދު ފެށިގެން ދިއައީ ޒަމާނުންސުރެވެސް ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ބަދަހިކޮށްދޭ އަޟްޙާ ޢީދުގެ މަތިވެރި ނަމާދުންނެވެ. އެއްބައަކު އެނެއްބައަކާއި ސަލާމްކުރަމުން އަޙްވަންތަކަން ޤާއިމުކުރަމުން ދިޔައެވެ. ނާބިތު މީގެ ކުރިންވެސް ޢީދުތަކުގައި ރާއްޖެތެރޭގެ ރަށްރަށް ގޮސްފައިވުމުން، މިއީ މުޅިން އައު މަންޒަރަކަށް ނުވިއެވެ. އުޘުމާނާއި ނާބިތުގެ ބައްޕަ ނިކަން އޮލަ ވާހަކައެއްގައި ނާބިތުގެ ފަހަތުން ލަސް ހިނގުމެއްގައި އާދެއެވެ. ގެއަށް ދިޔައިރު ހެނދުނުގެ ނާސްތާ ނުހަނު ފުރިހަމައަށް …

އިތުރަށް »

ތަނާޒުލް(ހަތަރުވަނަ ބައި)

  (ކުރީގެ އަދަދާއި ގުޅޭ) ދަޢުވަތު ދެވުނު ފަރާތްތައް ޔޫލީގެ އުފަންދުވަހުގެ ޕާޓީގެ ޙަފްލާ ތައްޔާރު ކޮށްފައިވާ ސަރަހައްދަށް މަޑުމަޑުން ޖަމާވަމުން ދިޔައެވެ. އެ ހިތްގައިމު މާހައުލު އަލިކޮށްފައިވަނީ އާދައިގެ ފުޅިބައްތި ތަކަކުންނޫނެވެ. އެކި ސައިޖުގެ ނިވިދިއްލޭ ކުލަބޮކިތަކުން ޖަރީކޮށްފައިވާއިރު ކުޑަކުޑަ ޔޫލީ ހުރީ އަލިގަދަ ޕަރީއެއް ފަދައިން ވިދަވިދައެވެ. މިއުފާވެރި ޙަފްލާގެ ތެރޭގައި ނާބިތު ހުރީ ދެވަނަ މީހެއްެގެ އިންތިޒާރެއްގައެއް ނޫނެވެ. މާޔާއާއި ބައްދަލުވާނެ އިރަކަށް ކެތްމަދުވެފައެވެ. ދެތިންފަހަރު ބޭރުވެސް ބަލާލެވިއްޖެއެވެ. ޚަބަރެއް …

އިތުރަށް »

ފުރާނަ ( ދެވަނަބައި )

(ކުރީގެ އަދަދާއި ގުޅޭ) އަހަރެން ދެކެ އޭނަ ކިހާ ފޫހިވާކަން އަހަރެންނަށް އެގެއެވެ. އަހަރެން ބޭނުންވަނީ ދުވަހަކުވެސް އޭނަ ނުފެންނާނެހާ ދުރަށް ދާށެވެ. ބޭނުންވާ ގޮތަކީ އެއީ ކަމަށް ވިޔަސް ކަން ކުރެވެނީ ބޭނުން ނުވާ ގޮތަށެވެ. ފޯނު ނަގައިފައި އޭނައަށް ގުޅާލީމެވެ. އެނގެއެވެ. އޭނަ ފޯނެއް ނުނަގާނެއެވެ. ނަގައިފިއްޔާ ވަރަށް އެއްޗެހި ކިޔާނެއެވެ. ހިތުގައި ޖެހިގެން އަހަރެންގެ ހިތް ހުއްޓެން އޭނަ ބޭނުންވާ ކަހަލައެވެ. ފޯނު ނުނެގުމުން އަހަރެން …

އިތުރަށް »

ދުރުގަ ހުއްޓަސް ކަލާއޭ މިހިތުގާ ވަނީ….

ލިޔުނީ : ފާތުމަތު މިރުޝާ ގްރޭޑް 10 ނިހާންއަށް އެންމެ ފުރަތަމަ މިންޝާ ފެނުނީ ބޮޑު އީދު ދުވަހުގެ ރޭ ބޭއްވި ޝޯވް އަކުންނެވެ. އެއީ އާދަޔާ ޚިލާފު ބައްދަލުވުމެކެވެ. ނިހާންއަށް މިންޝާ އެންމެ ފުރަތަމަ ފެނުނު އިރު މިންޝާ ހުރީ އޭނާގެ ރަހުމަތްތެރިންތަކަކާއި އެކުއެވެ. ވަކިން ބައްދަލުވާނެ ކަމުގެ އުއްމީދެއްވެސް ނެތެވެ. ނަމަވެސް ނިހާން ދިޔައީ މިންޝާ އެކަނިވާނެ ވަގުތަކަށް ބަލަމުންނެވެ. އެއީ ކީއްކުރަން ކަމެއް ހުދު ނިހާން އަށް …

އިތުރަށް »

ފުރާނަ

އަހަރެން ދުނިޔޭގައި އުޅޭހިތެއްނުވެއެވެ. ފުރާނަ އަށް ވުރެ ބޮޑަށް އަހަރެން ލޯބިވި އަންހެންކުއްޖާ އަހަރެން ބާކީ ކޮއްލައިފިއެވެ. ދިރިހުރުމުގެ މަގްސަދު ގެއްލިއްޖެއެވެ. އުއްމީދުތައް މަރުވެއްޖެއެވެ. ކާހިތް ކެޑިއްޖެއެވެ. ނިންޖެއްނާދެއެވެ. ނަލަ ހެދެންވީ އެއްވެސް ސަބަބެއް ނެތެވެ. ރޮއިރޮއި ލޮލުން ކަރުނަ ހުސް ވެއްޖެއެވެ. އެ ހަދާންތައް ކޮއްކޮށް ވަރުބަލި ވެއްޖެއެވެ. އޭނާ ދެން އެބުރި އަހަރެންގެ ގާތަށް ނާންނާނެކަން އެނގޭއިރުވެސް އަހަރެން އިންތިޒާރު މިކުރަނީ ކިއްކުރަން ހެއްޔެވެ؟ ކިތަންމެ ފަހަރަކު …

އިތުރަށް »

ތަނާޒުލް (ތިންވަނަބައި)

(ކުރީގެ ޢަދަދާއިގުޅޭ) އެހެނަސް އޭނާގެ ހިތް އަބަދުވެސް އެދެނީ މާޔާގެ ލޯތްބަށެވެ. ނިދާ ވަގުތާއި ހޭލެވޭ ވަގުތުވެސް ފެންނަމުން ދިޔައީ އެ ނާޒުކު މޫނެވެ. އާއިދުގެ ހިތުގައި ޖަހަމުންދާ ކޮންމެ ވިންދަކާއެކު މާޔާ އޭނާއާއި ވަކިވާ ކަމުގެ ހިތި އިޙްސާސުން ދެލޯ ތެއްމާލައެވެ. އާއިދަށް އަންނަމުން ދިޔަ ބަދަލުތައް ފާހަގަ ކުރެވެމުން ދިޔައެވެ. އާއިދު ފިކުރު ބޮޑުވެފައި ހުންނަ ކޮންމެ ހިނދަކު އޭނާގެ މަންމަގެ އިޙްސާންތެރި ފިރުމުންތަކުން އެ ވޭންތައް ދުރުކުރުވަން …

އިތުރަށް »

ތަނާޒުލް (ދެވަނަބައި)

      (ކުރީގެ ޢަދަދާއިގުޅޭ) އާއިދަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ސައިކަލުގައި ދުއްވުނުހާ ބާރަކަށް ދުއްވަމުން ދިޔައިރު އޭނާގެ ހިތުގެ ވިންދުވެސް އެހާމެ ބާރަށް ޖަހަމުންދިޔައެވެ. ހޮސްޕިޓަލް ކައިރިޔަށް ސައިކަލު ޕާކު ކުރުމަށްފަހު، އޭނާއަށް ދުއްވައި ގަނެވުނީ ބޭއިޚްތިޔާރުގައެވެ. އޭރު ދެފަރާތުގެ އާއިލާ މީހުންތައް އެތެރޭގައި ހާސްވެ މޮޅިވެފައިވާ މޫނައިކާގެން ތިއްބެވެ. އާއިދަށް ފުރަތަމަވެސް އޭނަގެ މަންމަކުރެން މާޔާ ކޮބައިތޯ ސުވާލު ކުރެވުނެވެ.        ކުއްލި ސިހުމެއް ގެނުވާ އާއިދުގެ …

އިތުރަށް »