ވާހަކަ

ޙަަަަަަަަަަަޤީޤަތް

ދިއްކޮށްލި މުސްކުޅިވެފައިވާ ކުރަކި އަތުގައި ހިފީ ހިފާހިތަކުން ނޫނެވެ. އެއް މިޔަކަނުން ހީލުމަށްފަހު ހަތަރުކަޅި ހަމަކޮށްލިތަނާ ފެނުނީ އަލިމުތްތަކެއްފަދަ ކަރުނަތައް އެ މިލާފައިވާ ކޯތާފަތްމައްޗަށް އޮހޮރޭތީއެވެ. ކޮންމެވެސް އެއްޗެކޭ ބުނަން އުޅޭހެން ހީވިއެވެ. އެހެނަސް އަރުތެރެއިން ނިކުތީ ” ދަރިފުޅާ… ” މި ލަފުޒު އެކަންޏެވެ. އާނިޔާ މާބޮޑު ސަމާލުކަމެއް ނުދީ ވާތުގައި ހުރި ފެންތަށި ބެހެއްޓިއެވެ. އަދި އޭނާގެ މޫނުމައްޗަށް ރޫގިނަ ކޮށްލާފައި ކަނާއަތުގައި އޮތް ބަތްތަށި އެމުސްކުޅި …

އިތުރަށް »

ވަސިއްޔަތް ( ކުރުވާހަކަ )

ދުވަހަކަށް ފެނުން ތޮޅެލި އިރުގެ ދޯދިތައް ގަސްކަރަޔާ އެޅި ނިވާވެފައިވާ ގެފަތީގެ ފުރަގަހުން، އަރިމަތީގެ ރުއްތަކުގެ ކުރިން ފާއްދާލީ، ބޮޑުދައިތަގެ ހަރުކަށި ބަސްތަކުން އިނާޝާގެ ހިތް ކުދިކުދި ކުރަމުން ދަނިކޮށެވެ. އިނާޝާގެ ފެންކަޅިވެފައިވާ ދެލޮލުގެ ކަޅި ހުއްޓިފައިވަނީ އަތުގައިވާ ތަސްވީރަށެވެ. ކޯތާފަތުން ކަރުނަތިކިތައް އޮހޮރިގެންދާ ވަގުތުވެސް އަމާޒުވަމުންދަނީ ބޮޑުދައިތަގެ ރުޅި ބަސްތަކާއެވެ. ކޮންމެ ދުވަހެއްގެ ހެނދުނުގެ ވަގުތު އިނާޝާ ހޭދަކުރަނީ ރުއިމަށާއި ގިސްލުމަށެވެ. އެއީ ހަމަ އެ ތަސްވީރަށް ބެލުމަށްފަހުއެވެ. …

އިތުރަށް »

ހެޔޮކަމުގެ ބަދަލު…… ( ކުރުވާހަކަ )

ލިޔުނީ: އާމިނަތު ނިހާމާ – ގްރޭޑް 10 އިރުގެ ރަން ދޯދިތައް ބިންމައްޗަށް އެޅެމުންދިޔައެވެ. މަޑުމަޑު ވައިރޯޅި ޖެހެމުންދިޔައެވެ. އާދައިގެ މަތިން ދަނޑުވެރިޔާ އޭނާގެ މަސައްކަތަށް ނިކުމެއްޖެއެވެ. ދަނޑުވެރިޔާ މިސްރާބު ޖެހީ ޖަނަވާރުތައް ލައިފައިވާ ކުޑަ ގެއަށެވެ. އެކުޑަ ގެއަށް ދަނޑުވެރިޔާ ދިޔައިރު ކަނެއްގައި ބަކަރިއެއް އޮތެވެ. އަނެއް ފަރާތުގައި ދަނޑުވެރިޔާ މަސައްކަތް ކުރަން ގެންގުޅޭ އަސް އޮތެވެ. އެއަހަކީ ވަރަށް މުރާލި އަހެކެވެ. ދަނޑުވެރިޔާ އަސް ކައިރިއަށް ދިޔައިރު …

އިތުރަށް »

ކުލުނު

ފެންނަ ކޮންމެ ހިނދަކު އުފަލުން ހިތް ފުރިގެންދެއެވެ. އެ މައުސޫމް ލޮލުން ބަލައިލުމަށްފަހު އެވާ ހިނިތުންވުން އަދިވެސް އަހަރެންގެ ސިކުނޑީގައި ބިންވަޅުނެގިފާވެއެވެ. މަޑުފުށްކޮޅެއް ފަދަ އަތުގައި ހިފާ ލޯބިކޮށްލި ކޮންމެ ވަގުތުކޮޅެއް ވަކިވަކިން ހަނދާނުގައި ކުރެހިފައިވެއެވެ. އެއީ މީގެ 14 އަހަރު ކުރިއެވެ. އައިޖީ އެމް އެޗްގައި ތެރޭގައި އިނދެ އިނދެ ފޫހިވެގެން ބޭރަށް ނިކުމެ ބޭރުބަލައިލީމެވެ. ފެންނަނީ ދާދި އެއްމަންޒަރެކެވެ. ހަލަބޮލި ކާރުބާރު ބޮޑުވެފައިވާ މާލޭގެ މަގެކެވެ. އެއީ …

އިތުރަށް »

އެމީހަކު ފޭހުނު އިލޮށިގަނޑު ހެރޭނީ އެމީހެއްގެ ލޮލަށެވެ. ( ކުރުވާހަކަ )

ދުވަހަކީ ވަރަށް މޫސުންވެސް ރީތި ދުވަހެކެވެ. އަލީ އާއި އަހްމަދު ދިއައީ މަސްބާނާށެވެ. އަލީ އަށް އެދުވަހަކު އެންމެ މަހެއް ވެސް ނުބެވުނެވެ. އެކަމަކު އަޙްމަދު ވަރަށް ގިނަމަސް ބައިފިއެވެ. އަލީ ހިތަށް އެރިއެވެ. މިއަދު އަހަންނަށް މަހެއް ނުބެވުނަސް ކޮންމެއްސް ކަހަލަދޮގެއް ހަދައިގެން މިއަދު އަހްމަދު ބޭ ހުރިހާ މަހެއްވެސް ވާނީ އަތުލައި ގަނެވޭތޯ ބަލާށެވެ. ކޮންމެސް މަކަރެއް ވާނީ ހަދާށެވެ. މީގެ ކުރިން މިދެ އެކުވެރިންނަކީ ވަރަށް …

އިތުރަށް »

އެމަންޒަރު ދުށުމަކަށް ނޭދެން…. ( ކުރުވާހަކަ )

ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ރޭގަނޑުގެ އަނދިރިކަން އިތުރަށް ގަދަވެފައިވަނީ އެހެންވެގެންނެވެ. ޖައްވު ފިނިވެފައި ބާރަށް ރޯޅި ޖެހެމުން ދިއައެވެ. އަހަރެން އޮފީހުން އައިސް ގޭތެރެއަށް ވަނުމުގެ ބަދަލުގައި ކާރުގަ އިށީނދެލާ އިނީ ފޯނަކަށް ޖަވާބު ދޭށެވެ. ކާރުގެ ކުރިމަތިން ހުރަސްކުރި އަންހެން ކުއްޖާގެ މޫނު އަހަރެންނަށް ނުފެނުނަސް އެއީ ދެކެފަރިތަ އިސްކޮޅެކެވެ. އެއީ އަހަރެންނަށް އައު ރޫފައެއްނޫނެވެ. ނަމަވެސް އަހަރެން ފޯނުގައި އިނުމުން މާބޮޑު ސަމާލު ކަމެއް ނުދެވުނެވެ. …

އިތުރަށް »

ނުލިބުނު ލޯބި ( ކުރުވާހަކަ )

ލިޔުނީ: އަޙްމަދު ނާއިފް – ގްރޭޑް 10 ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ރޭގަނޑުގެ އަނދިރިކަން އިތުރަށް ގަދަވެފައިވަނީ އެހެންވެގެންނެވެ. ޖައްވު ފިނިވެފައި ބާރަށް ރޯޅި ޖެހެމުން ދިއައެވެ. އަހަރެން އޮފީހުން އައިސް ގޭތެރެއަށް ވަނުމުގެ ބަދަލުގައި ކާރުގަ އިށީނދެލާ އިނީ ފޯނަކަށް ޖަވާބު ދޭށެވެ. ކާރުގެ ކުރިމަތިން ހުރަސްކުރި އަންހެން ކުއްޖާގެ މޫނު އަހަރެންނަށް ނުފެނުނަސް އެއީ ދެކެފަރިތަ އިސްކޮޅެކެވެ. އެއީ އަހަރެންނަށް އައު ރޫފައެއްނޫނެވެ. ނަމަވެސް މިހާތަނަށް …

އިތުރަށް »

( ކުރުވާހަކަ ) އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ.

ދުނިޔޭގައި އުޅެނީ ތަފާތު މީހުންނެވެ. އެކި މީހުންގެ ހުންނަނީ އެކި ޚިޔާލެވެ. އެކި މީހުން ދައްކާނީވެސް އެކި ވާހަކައެވެ. އެއްބަޔަކު ކިޔާތީ އަހަމެވެ. ދުނިޔޭގައި ދިރިއުޅޭ އިންސާނުން ނަކީ ރީއްޗައް ލޯބިކުރާބައެކެވެ. އަނެއްބަޔަކު ކިޔާތީ އަހަމެވެ. ދުނިޔޭގައި ދިރިއުޅޭ އިންސާނުން ނަކީ ފައިސާއަށް ލޯބިކުރާ ބައެކެވެ. ދުއިޔޭގައި ރީތި ކަމުގެ ސިފައާއި މުއްސަނދިކަން ލިބިގެން ނުވާ މީހުނަށް އެކަކުގެވެސް ލޯބިނުލިބެނީހެއްޔެވެ؟ އެއްވެސް އިންސާފެތްނެތި މިކަން ކުރަނީ ކީއްވެބާއޭ އަހަރެންގެ ހިތަށް …

އިތުރަށް »

ކަަށަވަރު

ހަވީރުގެ ވަގުތަށް ދިޔަވަރު ހިކެމުންދަނީއެވެ. އަސުރުގެ ފަހުން ދާން ހަމަޖެއްސި މަސްދަތުރުގެ ހުރިހާ ތައްޔާރީއެއް ވެއްޖެއެވެ. ނާއިޒުގެ އާއިލާ ހުރިހާ މެންބަރުންވެސް ތިބީ ނިކަން ހިތްހަމަޖެހިފައެވެ. ގިނަ ދުވަސް ތަކަކަށްފަހު މިފަދަ ގޮތަކަށް ހުރިހާ އެންމެން އެއްތަންވެ މަޖާ ދަތުރެއް ދެވޭތީއެވެ. ނާއިޒުގެ ދަބަހަށް ބިސްކޮލާޓާ އަކާއި މައިލޯ ޕެކެޓް ލިއެވެ. އޭނާއަކީ މާގިނައިން ކެއުމަށް ފޯރި ހުއްނަ ކުއްޖެއް ނޫނެވެ. އެއާއި ޚިލާފަށް ލައިނާ ގެންގުޅޭ ދަބަސް ފުރާ …

އިތުރަށް »

ރުހުމުގެ ލޯ

އަސުރުން އިރު ތިރިވެދާނެއެވެ. ފިނިރޯޅިތައް ޖެހޭ އިރުވައިގެ ނަލަ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. މަސްވެރިކަން ދެރަ ދުވަސްވަރެއްކަމުން ގިނަ މީހުން އެގަޑީގައި ފަރުމަހަށް ދާން ބަނދަރަށް ނިކުންނަނީއެވެ. ޒުވާން އުމުރުގެ ކުދިންނާއި ހަރުމީހުންނެވެ. އެހެނަސް ހަތާނެތި އުޅޭ ވައިކުޅަނދުރެއްހެން މާހިދު އެނބުރެމުން ސެބުރެމުން ރަށުގެ ހުޅަނގު ފަރާތު އަތިރިމަށްޗާ ދިމާލަށް ދާތީ ފެނެއެވެ. މީހާ ހުރީ ވަރުބަލިވެފައެވެ. ބަނޑަށް ބަލާލުމުން ހީވަނީ ހަތްގޭފާތިހާއަށް ފުނޑަފައި ހުރި ދައެއްހެންނެވެ. އަހަންމިޔަތުކަމެއް ނުދެވި …

އިތުރަށް »

މިއީވެސް އިމްތިހާނެއްބާއެވެ.

ލިޔުނީ : ޢާއިޝަތު ޚަތުމާ – ގްރޭޑް 9 ހިތްގައިމު ރެއެކެވެ. ސާދަވިލޭރޭގެ ރިހިއަލިން މުޅި ރަށް ވަނީ ޒީނަތްތެރިވެފައެވެ. އިރުއިރުކޮޅާ ގޮވަމުންދާ ކުދިކުދި ފަނިފަކުސައިގެ އަޑުން ރޭގެ ހިތްގައިމުކަން އިތުރު ކުރުވައެވެ. ވިދާ ބަބުޅަމުންދާ ތަރިތަކުގެ ސަބަބުން އުޑުމައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ގަސްތަކުގެ ފަތްތަކާއި ފަންތައް ވަޔާ ކުޅެމުންދާއިރު ނުހާ އޭނީ ފުންމާޒީއެއްތެރެއަށް ގެއްލި ހުސްވެފައެވެ. ކުށްލިއަކަށް އޭނާގެ ޚިޔާލަށް އައީ މީގެ ދެއަހަރުކުރިއެވެ. ނުހާއަކީ …

އިތުރަށް »

ދޮގު ހެދުމުގެ ނަތީޖާ! ( ކުޑަކުދިންގެ ކުރުވާހަކަ )

އެއްދުވަހަކު ފަޔާޒު ކިޔާކުއްޖަކު މަންމަ ކައިރީ ބުންޏެވެ. މަންމާ މިދަނީ ކުޅެން! ދެން އެނާ ކުޅެން ގޮސްފާ ޕާޓޭން ތަކެއް ސިގިރޭޓް ބޯން ތިބިތަން ފެނިގެން މިނާ ހިތަށް އެރިއެވެ. ކޮންމެސް ގޮތަކުން މީ ކުރަންވެއްޖެކަމެކެވެ . މީނާއަވަހަށް ގެޔަށް ގޮސްފާ ވަރަށް ރަގަޅަށް މަންމަގެ ބަސްއަހަން ވިސްނިއެވެ. ރަގަޅަށް އުޅުނީމާ މަންމަ މެން ރުފިޔާ ދޭނެއެވެ. ރުފިޔާދިނީމާ ސިގިރޭޓުގަންނާނީއެވެ. ދެން އޭނާ ވަރަށް ބަސްއަހައިގެން އުޅުނެވެ. ގިނަދުވަސްތަކެއް ވެއްޖެއެވެ. …

އިތުރަށް »

ވަންކަން ނުކުރާށެވެ.

އެހެންދުވަސް ދުވަހަށްވުރެ އަވަހަށް މިއަދު މޫސަ ސުކޫލަށް އައެވެ. އޭނާ ސްކޫލަށް އައިއިރުވެސް އޭނާއަތުގައި ގޭމުކުޅޭއެއްޗެއް އޮތެވެ. ހީވަނީ އެއީ ގޭމް ބޯއީއެއް ހެންނެވެ. އިރުކޮޅެއް ނުވެ އެކްލާހުގެ އެހެންކުއްޖެއް ކަމުގައިވާ އަލީވެސް އައިއްސިއެވެ. އޭ ތިޔައި ކޯޗެއްތަ؟ ދީބަލަ މަކުޅެލަން. އަލީ ބުންޏެވެ. އަލީ ހަމަ އެހެން ބުނުމާއެކީ ގޭމްބޯއީ އަލީ އަތަށްދީފައި މޫސަ އެތަނުން ދިޔައެވެ. ދެން ބެލު ޖެހީމައި ހުރިހާ ކުދިން ކްލާހަށްވަނެވެ. ސަރ އަށް …

އިތުރަށް »

ކާތަކެތީގެ އާދޭސް!

އެއްދުވަހަކުއެބައުޅެޔޯ ރިހާކުރުބޮޑިޔެއް. މި ބޮޑި ފުޅީތެރޭގައި އިދެއިދެ ފޫޖަހައިގެން ދިޔައިރުވެއްސްކާނެމީހަކުނުވިއެވެ. މިކަމާދެރަވެގެން ފުޅީތެރެއިން ފުންމާލައިގެން ދަނިކޮން ދިމާވީ ގަހެއްގައި  ރަތް ވެފާ އިން މިރުހަކާއެވެ. މިރުސްގޮވާލިޔެވެ. އޭބަލަ ރިހާކުރުބޮޑިޔާއެވެ. މާބާރަށް ފުރޮޅެމުން ތިޔަދަނީކޮތާކަށް ހެޔެވެ؟ ބޮޑި ބުންޏެވެ.  މިދަނީ ފުޅީ ތެރޭގައި އިދެއިދެ ފޫޖަހައިގެން ދިޔައިރުވެސް ކާނެމީހަކުނުވެގެން ކާނެމީހަކުވޭތޯއެވެ. މިރުސް ބުންޏެވެ. އަހަރެން ވެސް ގެންދާށެވެ. އަހަރެން ގަހުގައި އިދެއިދެ ދޮން ވެގެން ދާއިރުވެސް ބިންނާނެ މީހަކުނުވިއެވެ. ދެން ރިހާކުރުބޮޑިއާއި، …

އިތުރަށް »

ކުއްޖާޔަށް ނުބެލުނީމާ ވާނީ މިހެން!

ލޫނާ އާއި ޔޫނާއަކީ ވަރަށް ބަސް އަހާ ދެކުދިންނެވެ. ހުކުރުދުވަހަކީ އެކުދިންނަށް ޗުއްޓީދުވަހެކެވެ. އެހެންވެ އެކުދިންގެ މަންމަ އެކުދިންގޮވައިގެން ކައިރި ރިސޯޓަކަށް ދާންނިންމިއެވެ. އެދުވަހު ހެނދުނު ފަތިހާ ހޭލައިގެން އެދެކުދިން ބަނދަރަށް ދިޔައެވެ. އެކުދން ބަލައި ދޯނި އައުމުން ދޯންޏަށް އެރިއެވެ. ގަޑިއެއްހާއިރުން އެކުދިންނަށް އެ ރިސޯޓަށް ދެވުނެވެ. ދެން އެކުދިން ރިސޯޓަށް ފައިބާފައި މޫދަށް ދިޔައެވެ. މޫދުކަރީގައިވެސް ރީތި ތަފާތުތަންތަން ހުއްޓެވެ. އިރުކޮޅަކުން ލޫނާ ވަރަށް ބަޑުހައި ވެއްޖެވެ. …

އިތުރަށް »

ބޮޑާ ދެއްކުމުގެނަތީޖާ

އެއްދުވަހަކު ލައުވާ ކިޔާކުއްޖަކު ސްކޫލުން އިންޓޯލަށް ގެއަށް ދިޔައެވެ. ދެން ގެއަށް އައިއިރު އެކުއްޖާ މަންމަ ގޭގައި ހަދާފައި ހުރި އެއްޗަކުން ހިތްހަމަ ނުޖެހިފާ ބުންޏެވެ. މިއަދަކުނުކާނަމެވެ. މިއަދުކާ ހިތްވަނީ ޕާނެވެ. މަންމަ ބުންޏެވެ. ކޮންމެ ދުވަހަކު ޕާންކާކަށް ނުވާނެވެ. މިކަމާ ރުޅިއައިސްގެން ލައުވާ ސިޓިންރޫމުގައި ފުއްޕާފައި އައިސްއިނެވެ. އެދުވަހު ހެނދުނުސަޔަށް ހަދާފައި ހުރި ހުރިހާއެއްޗެއް ގޭހުރިހާ އެންމެން ކައި ހުސްކޮށް ލިއެވެ. އެންމެން ކައިގެން ދިޔަފަހުން ދެން ލައުވާ …

އިތުރަށް »

މީހަކަށް ދެރައެއް މީހަކަށް ނުދެވޭނެއެވެ.

އެއްދުވަހަކު މުޝައްރަފް އާއި އަޝްރަފް ކިޔާ ކުއްޖަކު އުޅުނެވެ. މިއީ ސުކޫލުގަ ކިޔަވަން އުޅުނު ވަރަށް އެކުވެރި ދެކުދިންނެވެ. މިކުދިންގެ ޓެސްޓު ވަރަށް ކައިރިވެއްޖެވެ. އެހެންކަމުން އެކުދިން ޓެސްޓަށް ދަސްކުރަންވީ ގަނޑުކޮޅުތައް ޓީޗަރު ކުދިންނަށް ބަހާލިއެވެ. ދެން ގަނޑުކޮޅު ހިފައިގެން މިދެކުދިން ގެޔަށް ދިޔައެވެ. މުޝައްރަފާއި އަޝްރަފް ދަސް ކުރަން ފެއްޓިއެވެ. އަނެއްދުވަހު ހެދުނު ހެނދުނާ ސުކޫލަށް ދިޔައެވެ. އެދެ ކުދިން ކުލާހަށް ވަދެ ޓެސްޓަށް ތައްޔާރު ވިއެވެ. ޓީޗަރު …

އިތުރަށް »

ބަސްނޭހުމުގެ ނަތީޖާ

އެއްދުވަހަކު އަލީކިޔާ ކުއްޖަކު މަންމަ ކައިރީގައި ބުންޏެވެ. މަންމާއެވެ. މިއަދު އަޅުގަނޑު އެކަނިން ސުކޫލަށް ދަން ހެއްޔެވެ؟ މަންމަ ބުންޏެވެ. “އާ ދަރިފުޅާ ދަރިފުޅު އެކަނިންދޭ”. އެކަމަކު މަގުގެ އެއްކަރިން ލައިފާ ދާތި” . މިހެން ބުނުމުން އަލީ ވަރަށް އަވަހަށް ދަބަސް އަޅުވައިގެން ސުކޫލަށް ދިއުމަށްޓަކާ ތައްޔާރުވިއެވެ. ހެދުނު 9 ޖެހުމުން އަލީ އަވަހަށް ގެއިން ނިކުތެވެ. ދެން އަލީ ސިއްރު ސިއްރުން އެހެން މަގަކަށް އަޅުވާ ލިއެވެ. …

އިތުރަށް »

ތަނާޒުލް(ހަވަނަ ބައި)

(ކުރީގެ އަދަދާއި ގުޅޭ) އަނެއްކާވެސް އާއިދަށް ޖެހުނީ ހިތާމާއިގެ ސާލެއް ލައިގެން އިންތިޒާރުގައި ހުންނާށެވެ. މާޔާގެ މަންމަ ބުނާ ގޮތުން އޭނާގެ ބައްޕަޔާއެކު ބޭރަށް ފަރުވާ ކުރުމަށް މާޔާ ގެންދެވުނީއެވެ.  ދިރިއުޅުމުގެ މައިދާނުގައި މިފަދަ ގޮތް ނޭނގޭ އަނޑި ގުޑަން ތަކާއި ކުރިމަތިލާން ޖެހޭކަން އާއިދަށް ވިސްނެއެވެ. އެހެންކަމުން ނާއުއްމީދުގެ ހުޅުކޮޅު ރޯކޮށްގެން ހުރެ ފަހަތަށް ޖެހުމަކީ އާއިދަށް އެހާ ފަސޭހަކަމަށް ނުވިއެވެ. އާއިދު ވިސްނަމުން ދިޔައީ މާޔާގެ ހަނދާނަށް …

އިތުރަށް »

އިންދިރާސް ( ތިންވަނަ ބައި)

(ކުރީގެ އަދަދާއި ގުޅޭ)  “މިތާ އެހެން މީހުން އުޅޭކަންވެސް ބަލައިގެން އުޅެން ދަސްކުރޭ!” ނުހާއަށް ލިބުނު ސިހުމެއްގެ ބޮޑުކަމުން އަނގައިން އެކަށްޗެއްވެސް ނުބުނެވުނެވެ. އޭނާ އަވަސް އަވަހަށް އެތަން ސާފުކުރަން އުޅެގަތެވެ. ފިހިގަނޑަކާއި މޮއްޕެއް ހިފައިގެން އައިސް ސާފުކުރަން އުޅެން ފެށުމުން ލީނާވެސް އޭނާގެ ކާތަށި ބެހެއްޓުމަށްފަހު އައިސް އެހީވާން ފެށިއެވެ. ފަޔާޒު ހަމައެވަގުތު އެތަނުން ނިކުމެގެން އޭނާގެ ކޮޓަރިޔަށް ދިޔައެވެ. ހިނގާދިޔަ ކަންތަކުގެ ސަބަބުން ނުހާއަށް ވަނީ ވަރަށް …

އިތުރަށް »