ޅެން

ފިސާރި އަންހެނުން…

ފިސާރި އަންހެނުން… (ޢ.ޒ)   ފެނިގެންދަނީ މުރާލިކަން ފެނި އެކަންކަން އަންހެނުން ފެނެޔޭ ކުރާތީ ބުރަނިކަން ކަންކަން އެތައް ގުނަ އަންހެނުން   ނޯވޭ ނިދާކަށް އެނދުމަތީ ގޮވަނީ ފިރިންނަށް އަންހެނުން ނޯވޭ ނުކެރިގެން ތަންމަތީ ފަށަނީ މަސައްކަތް އަންހެނުން   ކިޔަކަސް ސްކޫލަށް ދާންތިބީ މިބުނާ ފިސާރި އަންހެނުން ކިޔަކަސް ސްކޫލާށް ހަމަނުދޭ ނަމުގާ ފިސާރިވި ފިރިހެނުން   ނޭންގޭ ކަމެއްވާ ހަމަނެތޭ ބުނެދޭ ފިލާވަޅު އަންހެނުން ނޭންގޭ …

އިތުރަށް »

ފަތިހު ހިނގާލަން ނުކުންނަމާތޯ!

   އ . ދ       *************************           ހިނގާލަން ފަތިހު ނިކުތުމުން ލިބި އެ ބުންވަރު       ފިލައިގެން ދެއޭ ފޫހިކަން ލިބި އެ ހިތްވަރު           މިލާ މޯޅިކަންހުރި ހިތާމައިގެ ކުލަވަރު        ފިލާ މޮޅިތަކުން މިންޖު ކޮށްދޭނެ ކަށަވަރު          ލިބޭ ކަސްރަތުން ލޭގެ ދަށްވާނެ ޕްރެޝަރު         ހިނގޭނަމަ ބަލައިގެންނެ ވަރުބަލި ނުވާވަރު          ހިނގާނަމަ ވެޔޭލުއި އެ ބަރުދަނުގެ މިންވަރު         ހިނގާލަން …

އިތުރަށް »

ހަމަ ބުނެލީ!

ހަމަބުނެލީ! އ . ދ އެކަކުވެސް ނޭދޭނެހޭ؟ އަނެކާ އަކަށް ހެޔޮ މޮޅުގޮތެއް             އެކަކު ނަމަވެސް ހުރުމަކީ އެކަށޭނަކަމެކޭ ހަމަތެދޭ ހީކުރާ ގޮތަކަށް ކަމެއްނުވެ ދިއުމަކީ ހަމަ ގާތްކަމެއް             ހީކުރާށޭ އެންމެނެއް އެއްގޮތް ނުވާނޭ ހަމަ ތެދޭ ހީކުރާ ނަމައީ ނުބައިކޮށް ކޮންމެކަމަކާ މެދު ތިބާ             ހީނުވާ ވަރު ބޮޑެތި ކެހިތައް ލިބިހިނގައިދޭ ހަމަތެދޭ ކޮންމެ ކަމަކަށްވެސް އޮވޭ ނުބަޔާ، ހެވާ، ދެރަޔާ، މޮޅާ             …

އިތުރަށް »

ލަންދޫ ” އެތެރެފަޅު “

          އ.ދ ލަންދޫ އަކީ ތާރީޚްގައި މާޚާއްޞަ ޤަދަރެއް ދޭރަށެއް      ލަންދޫގެ އެކިއެކި ތަންތަނުން ފެނިގެންދަނީ ހަމަ ހެކިތަކެއް ލަންދޫ “އެތެރެފަޅަކީ” ވަރަށް ހިތްގައިމު ރީތިވި މަންޒިލެއް      ދޮންވެލި ތުނޑީގެ އަމާން ކަމެއް ލިބިގެންއެވާ ނަލަގޮނޑުދޮށެއް މޫދެއް އޮވޭ ފުން ނޫނަކަސް ކުދިކުދިމުރަކަގާ ހުއްޓަކަސް       މޫދަށް އެރެން ހެޔޮވަރު އެއީ ތަނަވަސް އުފާވެރި ފަހިތަނެއް ޕިކްނިކް ދަތުރުތައް ގޮސްއުޅެން މާރީތި ނަލަނަލަ ފަރިތަނެއް …

އިތުރަށް »

ތެދުވެރި އެކުވެރިން ހާދަ މަދުވެޖެއޭ!

ތެދުވެރި ވަފާތެރި އެކުވެރިން  އަދު ހާދަހާ މަދުވެއްޖެއޭ        އެދުމެއް ނެތިއްޔާ ހެޔޮހިތުން އަނގައިން ބުނާކަށް ނޭދެއޭ އެކުގައި އުޅުނު ރަޙްމަތްތެރިން ދެކިފަރިތަ ގާތް ރައްޓެހިން        އެކުއުޅުނުކަން ނެތި ހަނދުމަގޮސް މުޅި އެކުއެކީ ވަކިވެއްޖެއޭ ކުޑައިރު ވަރަށް ގުޅިގެން އުޅުނު އަދި މާބޮޑަށް އެކުގައިއުޅުނު        ކުޑަމޫސަ އާ ދޮން ޙަސަނުވެސް  އަދު ދެން މަށާ ވަކިވެއްޖެއޭ ކުޅިވަރު ތަކާ މަޖަލުގެ ތެރޭ އެންމެން އެކީ އެއްބައިވެގެން        …

އިތުރަށް »

ލަންދޫސްކޫލްގެ 50 އަހަރުފުރޭ ރަންޔޫބީލްގެ ހަނދާނުގައި

ލަންދޫސްކޫލްގެ 50 އަހަރުފުރޭ ރަންޔޫބީލްގެ ހަނދާނުގައި އަޙްމަދު ދާއޫދު / އައްސޭރި ، ނ.ލަންދޫ އަހަރީދުވަސް އައިމާ ހިތާ ރޫޙަށް އުފާ ލިބިދީފިއޭ                 އަހަރުން މިއީ ފަންސާސް ފުރޭ  ޔޫބީލް ގެނުވައި ދީފިއޭ ލަންދޫސްކޫލަށް އައި ރަބީޢޭ ފަރިކަމޭ އާރޯ ކަމޭ                 ލަންދޫގެ ލޮބުވެތި ރައްޔިތުން އުފަލުން  އެކީ ފޮޅިލައިފިއޭ ފަންސާސް އަހަރުވީ ބޮޑު ބިނާ ލަންދޫ ފަޚުރުވެރި ކޮށްފިއޭ                 ދަންނާށެ ހުނަރާ ފަންނުވެރި  އެތަކެއް …

އިތުރަށް »

ޢިލްމަކީ …!

ޢިލްމަކީ...     ——————– އަޙްމަދު ދާއޫދު / އައްސޭރި ، ނ.ލަންދޫ ދަންނަވަންތޯއޭ ތެދެއް ހަމަ ހެޔޮހިތުން                ދަންނަ އަޚުނާ އުޚުތުނަށް ހެޔޮ ބަސްތަކުން  * * * * * * * * * * * * * * * * * * ޢިލްމަކީ ގަނެވޭނެ އެއްޗެއް ނޫން އިނގޭ               ޙިލްމުހުރި ދީންވެރި މުރައްބީން ބުނެދެތޭ ހިތްވަރުން ނޫނީ ނުހޯދޭ …

އިތުރަށް »

އުފާވެރި މުދައްރިސުންގެ ދުވަހުގެ މުނާޞަބަތުގައި

އަޙްމަދު ދާއޫދު / އައްސޭރި ނ.ލަންދޫ   އުފާވެރި ޓީޗަރުންގެ ދުވަސް ނިކަން އައުމުން ހަނދާންކުރެވޭ             ވަފާތެރި ކަން މަތީ ތިބެގެން ހިތާރޫޙަށް އަސަރު ކުރެއޭ މުނާޞަބުކޮށް ގަތައި މާތަށް ނިހާއީ ޝުކުރު ދަންނަވަމޭ              ބުނާ ގިނަ ބަސްތަކުން އެކުގައި ޝުޢޫރާ ޢަޒުމު އާކުރާމޭ ތިޔައި އެންމެންގެ އެދުރުން ނޭ ނުލާހިކު ލޯބި ޓީޗަރުންނޭ             ތިޔައި މުސްތަޤުބަލަށް ހުރި ހެޔޮ ނަތީޖާ ދެއްކި މިތުރުންނޭ ކުދިންނަށް …

އިތުރަށް »

ލަންދޫގެ ޒުވާނުން ހޯދިކާމީޔާބީގެ އުފަލުގައި …..

ލަންދޫޒުވާނުން ހޯދަދިން ފަޚުރާއި ޝަރަފާ ޢިއްޒަތަށް ލަންދޫގެ ލޮބުވެތި ރައްޔިތުން ނަމުގާ ކިޔާނަން މަރުޙަބާ އަތޮޅުން ތިހޯދީ ރީތިނަން ފުޓްބޯޅަ ކުޅެގެން އެންމެނަށް އަތަކަށްނުޖެހި ގޮސް ޗެމްޕިއަން ކަން ހޯދުމުން ނޭ މަރުޙަބާ ހޮޅުދޫ އަތުންވެސް މޮޅުވުމުން ހިތްވަރުގެ ބަސްތައް ބުނެލަމުން އޮޅުމެއް ނުވާ ސާދާ ބަހުން ކިޔަމޭ އުފާވެރި މަރުޙަބާ ށަވިޔަނި މިލަންދޫ ބަލިކުރީ ދެމެޗުގެ ނަތީޖައިން ކަމުވިޔަސް ތަށި ދެވަނަ ޒޯނުން ޗެމްޕިއަން ލިބުމުން ކިޔާނީ މަރުޙަބާ …

އިތުރަށް »

މުސާފިރު

އަހަރެންނަކީ އެކަނި ދަތުރުކުރާ މުސާފިރަކީމެވެ. އަހަރެންގެ މިދަތުރަކީ ގިނިކަންޏާ ކުރާ ދަތުރެކެވެ. އަހަރެން މިވަނީ މަގުއޮޅިފައެވެ. އަހަރެންގެ ކުރިމަތިން ދެމަގެއް ފެނެއެވެ. އަހަރެން އިޚްތިޔާރުކުރަންވީ ކޮންމަގެއްކަން ނޭނގެނީއެވެ. އަހަރެން ފުރަތަމަ މަގަށް ބަލާލީމެވެ. އަހަރެންނަށް ފެންނަނީ ކަތި ގުދު ގިނަ މަގެކެވެ. ވަރަށް ހަނި ދިގު މަގެކެވެ. ވަރަށް އުނދަގޫ މަގެކެވެ. އަހަރެން ދެވަނަ މަގަށް ބަލާލީމެވެ. އަހަރެންނަށް ފެންނަނީ ސާފު ސީދާ މަގެކެވެ. ފުޅާ ތަނަވަސް މަގެކެވެ. އަހަރެންގެ …

އިތުރަށް »

ފިޠުރު ޢީދު އައިމާ ……..

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ނޯޓް: މި ޅެމަކީ ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓުން ނަގާފައިވާ ޅެމެކެވެ. ޢީދު އައިމާ ހިތްތަކުގެ ރޫޙަށް އުފާ ގެނުވައިފިޔޭ ގައި ހިތް ހެޔޮކަމާއި ސަލާމް އެކީ ފަތުރައިފިޔޭ ދީނުގައި އޮތް ވަޙުދަތާ އީމާންކަމުގެ ބާރުން ހިތަށް ހީނުވާ ފަދަ އަޚުކަމެއް މުޅި އުންމަތަށް ގެނުވައިފިޔޭ މުސްކުޅިންނާ ބޮޑެތި މީހުން، ކުޑަކުދީންނާ އެކުއެކީ މުސްލިމުންގެ އިޚާވަތުގެ ރޫޙެއް އަލުން ދިރުވައިފިޔޭ ދޫތަކުން ތަކުބީރުތައް އިއްވައި ޚުޝޫޢަތްތެރިކަމުން މޫތަކަށް …

އިތުރަށް »

ޙާލުގެ ދުލުން ޣައްޒާ

ޅެން: އިބްރާހިމް ޝާމިލް،  މޫރިތި / ނ.ލަންދޫ ޕްރޫޕްބެލީ: އަހްމަދު ދާއޫދު ******************************************    އަޑު ތަކޭ އިވެނީ އެ ބިރުވެރި، އިންތިހާ ޣައްޒާ ބިމުން                        މަޑު ނުކޮށް ފާޅުގައި އެފޮނުވާ ވިހަ ބޮޑެތި ހަމަލާ ތަކުން ތަދު ތަކާއި ވޭނާ ރިހުން، ކެކުޅުމުގެ އަޑު ޣައްޒާ ބިމުން                        އަދުގެތައް ސުންނާފަތިވެ ފުނޑު ފުނޑުވަނީ ޣައްޒާ ބިމުން ރޭތަކުގެ ނިދުމުން މުޅިން މަޙްރޫމްވެވި ހަމަ …

އިތުރަށް »

ދިވެހި ފަސްގަނޑުގެ އިހުސާސް…!

ޅެން: އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ ބަދަލުތައް އަންނަ ނުރަނގަޅު ފަހުޒަމާނުގެ އޮއިވަރާ ގުޅިގެން                އަދަބު އަޚުލާޤު ދިވެހި މިފަސްގަނޑުން ދުރަށޭ ދަނީ ނެތިގެން ފަޚުރުވެރި އެއްބައެއް ވަންތަވި ކަމާއި، އަމާންކަމާ ފަސްދީ                ހަޔާތުން މިއަދު ވަކިވާން ދަތުރު އެބަހަދައޭ ނުރުހި ހުރެގެން ޒުވާނުން މިއަދު ޣާފިލުކަންމަތީ މަސްތުގެ އެހާލަތުގައި                 ދުވާލުގެ ހަތަރުދަން ދުއްވާ ލަނީ އެވަބާގައޭ ޖެހިގެން އުޚުއްވަތްތެރި ކަމުގެ އަގުމާތްވި ގުޅުމާ އަދި …

އިތުރަށް »

ބަހުރު ރައިވަރު

ތަޢާރަފް الحمد للّه، والصلاة والسّلام على رسول الله، وعلى اله وصحبه أجمعين. މާތް ﷲ އަށް ޙަމްދު ކުރަމެވެ. އެކަލާނގެ ފޮނުއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަމެވެ. މިޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރައްވާށި!  މިއީވެސް ތުންތުންމަތީން ޚާއްޞަކޮށް ނ. އަތޮޅު މީހުން ކިޔާއުޅުނު ރައިވަރެއް ކަމުގައި ވެއެވެ. މިރައްވަރުވެސް އަޅުގަނޑު ލިޔެފައި މިވަނީ އަޅުގަނޑުގެ ބައްޕަ ޢަބްދުއްރަޙުމާނު ޙަސަން ކިޔައިދެއްވި ގޮތަށެވެ. އަޅުގަނުގެ …

އިތުރަށް »

ބިރިކިސިންޑާ

ތަޢާރަފް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރައިވަރަކީ އަދި މިހާތަނަށް ރާއްޖޭގައި ޗާޕްވެ ޕަބްލިޝްކުރެވިފައިވާ އެއްޗެއްނޫނެވެ. ތުންތުންމަތިން ކިޔަމުން އަންނަ ރައިވަރެކެވެ. އަޅުގަނޑު މިރައިވަރު ލިޔެފައި މިވަނީ އަޅުގަނޑުގެ ބައްޕަ އަބްދުއްރަޙުމާނު ޙަސަން މަންޒިލް ނ. މާފަރު (84 އ) ކިޔައިދެއްވި ގޮތަށެވެ. ބުނެވޭ ގޮތުގައި މިއީ ހއ އުލިގަމު ބޭފުޅަކު ހައްދަވާފައިވާ ރައިވަރެކެވެ. ރައިވަރުގެ ބަސްމަގު ތަރުތީބުކޮށްފައި މިވަނީ އަޅުގަނޑެވެ. މިރައިވަރުގެ ނަމަށް ބަލައިލި ނަމަވެސް މިއީ ވައްތަރެއްގެ ރައިވަރެއްކަން …

އިތުރަށް »

ބިރިކިސިންޑާ (ދެވަނަ ބައި)

                   (11) ޅާއަހުރި ބަރާބަރު                      (އަޅާ ހުރި ބަރާބަރު) ހާތީބުވާ މަގުން ތަރު                    (ތަރުތީބު ވާހާ މަގުން) ހާ މިފަދަ ސިންދިޔާ ހަރު                 (މިފަދަހާ ހަރު ސިންދިޔާ) މާނުޑައްލާ ޗާލު ފަރު                   (ޗާލު ފަރުމާނު ދައްލާ) ދާތީވެ ލިބިގެއްލި ރޯނު                  (ނުލިބި ގެއްލި ވާތީވެ ރޯ) ވާހީނޭތަ ސަހަރޯނު                     (ސަހަރޯ ނުހީވާނޭތަ)                        (12) މަދަރުވެރި ލަމަށް އާ                  (މަދަރުވެރި …

އިތުރަށް »

ޤައުމުގެ ޒުވާނުންނޭ……!

ޅެން: އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ            ޚިދުމަތްކުރާށެ ޤައުމަށް ކެރިގެން ޒުވާން ދަރިންނޭ                                     ޚިދުމަތް ބަހާއި އަމަލުން ކޮށްދީ ދިވެހި ދަރިންނޭ            ޤައުމަށްޓަކައި ވަފާތެރި ރޫހެއް އިތުރު އުފައްދާ                                     ޤައުމަށް ކުރާށެ ހޭހަން ލޮބުވެތި ދިވެހި ދަރިންނޭ            އެއްބައިވުމެއް އުފައްދާ އެއްކުރިމަގެއް އަދައިގެން                                     އެއްބައިވެ އަތުގުޅާށޭ  ލޮބުވެތި  ދިވެހިދަރިންނޭ           ހެޔޮވިސްނުމެއް ދުރާލާ ގެންގުޅުމުގައި ބަލައިގެން                                    ހެޔޮމަގުތަކުން ހިނގާށޭ ކެރިގެން …

އިތުރަށް »

ބިރިކިސިންޑާ

ތަޢާރަފް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރައިވަރަކީ އަދި މިހާތަނަށް ރާއްޖޭގައި ޗާޕްވެ ޕަބްލިޝްކުރެވިފައިވާ އެއްޗެއްނޫނެވެ. ތުންތުންމަތިން ކިޔަމުން އަންނަ ރައިވަރެކެވެ. އަޅުގަނޑަށް މިރައިވަރު ލިބިފައިވަނީ އަޅުގަނޑުގެ ބައްޕަ އަބްދުއްރަޙުމާނު ޙަސަން މަންޒިލް ނ.މާފަރު (84 އ) އަތްޕުޅުން ލިއުއްވައިގެން ގެންގުޅުއްވަނިކޮށެވެ. އަޅުގަނޑުގެ ދިވެހި މުދައްރިސް ޢަބްދުﷲ ޞާދިޤު ބޭނުންވެލައްވައިގެން މިފޮތް 2012 ވަނަ އަހަރު އެބޭފުޅައިގެ އަތްޕުޅަށް އެރުވީމެވެ. ވިދާޅުވީ މިއީ ވަރަށް ދުވަސްތަކެއް ވީއިރުވެސް ލިބިނުލައްވާފައިވާ ވަރަށް އަގުބޮޑު …

އިތުރަށް »

މާބަގީޗާ

ޅެންހެއްދެވީ: މިފްޒާން މާބަގީޗާތަކުތެރޭ ކުޅެފައިހަދާލަން އައިސްބަލާ                    މާތަކަށް ޖައްސާކޮކާތަކުގެ ފަރިބަލައިލަން އައިސްބަލާ ހާދަޝޯހުކަން ގެނުވައިދެއޭ ބިއަބޮޑެތި ގަސްތައް ފެނިލުމުން.                     ހީވަނީ އެތަކެއްސަތޭކަ އަހަރުވެފައިވާ ގަސްހެނޭ ހާދަހާ މަޖަލެއްކުރީމޭ މަކުނުތަކާ އެކުގައި                      އެއްގަހުން އެނެއްގަހަށް އެލިފުންމަމުން އުޅުނުގޮތުން.  މޫނުމައްޗަށް ދެރަވުމުގެ އަސަރު ކުރީހަމަ ދެންމެއޭ                     އާއެކޭ ގެއަށްދާވަގުތު މިއޮއްއައިސް ޖެހުނިއްޔޭ  ކަރުނަތިއްކެއް އޮހޮރާލުމަށްފަހުގައި އަތުގައި ހިފައި …

އިތުރަށް »

މަރުޙަބާ! ރަމަޟާން ކަރީމް

ރަޙުމަތާ ބަރަކާތްތަކުން ފުރިގެންވެޔޭ ރަމަޟާން ކަރީމް           މަޙުޝަރުގެ ބިމުގައި އަޅަމެނަށް ވަޙުދަތުލިބޭ ރަމަޟާން ކަރީމް ޝައްކާއި ވަސްވާސް ހިތްތަކުން ފިލުވާ އިލާހީ ޙަޟުރަތައް            ޝައްފާފް އާރުތަކުން ލިބޭ ފޮނިމީރު އިޙުސާސް ކޮށްލަނީ ތިންދިހަ ވެޔޭ ބަރަކާތު ހުރި ލިބުމަށްއެދޭނަމަ ދަރުމަތައް،          ވިންދާ ހިތުން ތައުބާ އަދައި މަތިވެރި ދުޢާތައް ކޮށްލަނީ އެއްހާސް ކިތައްމަސްތޯ އެއީ ލިބި ލައިލަތުލްޤަދްރީގެ ވީ،           އެއްރޭގައޭ ވީ ފަހުދިހައިން މަލަކުންގެ …

އިތުރަށް »