އެޑިޓޯރިއަލް

ދިރާސީ އާއަހަރުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ފޮނުވަން.

ދިރާސީ އާ އަހަރުގެ ތަހުނިޔާ ދަރިވަރުންނާއި، މުދައްރިސުންނަށާއި ބެލެނިވެރިންނަށް އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ލަންދޫއިންފޯ ގެ ނަމުގައި ފޮނުވަމެވެ. ނިމިދިޔަ 2017 ވަނަ އަހަރަކީ ޤައުމު ބިނާކުރުމަށް ނުކުންނާނޭ ހެޔޮލަފާ ދަރީންތަކެއް ތަރުބިއްޔަތު ކުރުމަށް ތަޢުލީމީ ދާއިރާއަށް ނިސްބަތްވާ އެންމެހައި މަސްއޫލުވެރިން ކުރެއްވި ބުރަ މަސައްކަތާއި، ބެލެނިވެރިންނާއި ޓީޗަރުންނާއި، ދަރިވަރުންގެ ހިތްވަރުން ގިނަގުނަ ކާމިޔާބީތަކެއް ލިބިގެންދިޔަ އަހަރެއް ކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.  އަދި މިއަދަކީ ދިރާސީ …

އިތުރަށް »

ބަރަކާތްތެރި ފިތްރު ޢީދުގެ ހެޔޮއެދުމާ ތަހުނިޔާ!

ބަރަކާތްތެރި ފިތްރު ޢީދުގެ ހެޔޮއެދުމާ ތަހުނިޔާ ލަންދޫއިންފޯގެ އެންމެހައި  ކިޔުންތެރިންނަށް އަދި ޢާއްމުކޮށް އެއްމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ. ނިމިގެންދިޔަ ބަރަކާތްތެރި ރަމަޟާންމަހު އަޅުގަނޑުމެން އެންމެންކުޅަ ހެޔޮ ޢަމަލުތަކުގެ ޘަވާބު އަޅުގަނޑުމެންނަށް ދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާދަންނަވަމެވެ. ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އުފާ ފާގަތިކަމާއި ދުޅަހެޔޮކަން މިންވަރުކުރެއްވުމަށާއި، މި ފިޠުރު ޢީދަކީ އެންމެހައި އަޚުންނާއި އުޚުތުންގެ މެދުގައި އެކުވެރިކަން އާލާވެ އުފާފާގަތިކަން ލިބިދެނިވި ޢީދެއްކަމުގައި ލެއްވުން …

އިތުރަށް »

ރަންބޫޓް ހޯދުމުގެ ރޭހުގެ ކުރީގައި ހަމަ ސަމައްޓޭ އާއި ޖަވާ

ލަންދޫގައި ދެވޭ އެންމެ ގިނަދުވަސްވީ އަދި އެންމެ ޝަރަފްވެރި އެވޯޑުކަމުގައިވާ “ލަންދޫއިންފޯ އެވޯރޑު” އެންމެގިނަ ގޯލްޖަހާ ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިންނަކީ ވޭތުވެ ދިޔަ އަހަރުތަކުގައިވެސް މި އެެވޯރޑަށް އެންމެ ބޮޑަށް ވާދަކުރި ލަންދޫ ޓީމުގެ ހުނަރުވެރި ފޯވާޑު މުޙައްމަދު ސަމާޙް ( ސަމައްޓޭ ) އާއި ލަންދޫޓީމުގެ ކާމިޔާބު ކެޕްޓަން ހުސެއިން ޖަވާދު (ކެޕްޓަން ޖަވާ ) އެވެ. 2009 ވަނަ އަހަރު ތަޢާރަފް ކުރެވުނު “ލަންދޫއިންފޯ އެވޯޑު” ނައިޓް 2014 …

އިތުރަށް »

މިނިވަންފޯރި 2016 ގެ ރިވިއުމީޓިން ބާއްވައިފި.

މިއަހަރުގެ މިނިވަންދުވަސް ކުލަގަދަގޮތެއްގައި ލަންދޫގައި ފާހަގަކުރުމަށް ލަންދޫއިންފޯއިން އިސްނަގައިގެން ރަށުގެ މުއައްސަސާތަކާއި އދި ޒުވާނުންނާ ގުޅިގެން ކުރިއަށް ގެންދިޔަ މިނިވަންފޯރި 2016 ގެ ނިމުން ފާހަގަކުރުމަށް ރިވިއުމީޓިންގ ބާއްވައިފިއެވެ. އެކަމަށްޓަކައި ޚާއްޞަކުރެވި ގެން ބޭއްވި ބައްދަލުވުން އޮތީ ރޭ ލަންދޫސްކޫލްގައެވެ. ރޭގެ ބައްދަލުވުމުގައި ލަންދޫމެޖިސްޓްރޭޓް ކޯޓުން ނޫނީ އެހެން ހުރިހާ މުއައްސަސާތަކުންވެސް ބައްދަލުވުމުގައި މަންދޫބުން ބައިވެރިވިއެވެ. ރޭގެ ބައްދަލުވުމުގައި މިނިވަންފޯރި 2016 ހިނގާދިޔަ ގޮތާމެދު މުއައްސަސާތަކުން ދެކޭގޮތާމެދު މުއައްސަސާތަކުގެ ވެރިންނާއި، …

އިތުރަށް »

މިނިވަންފޯރި 2016 ގެ ރިވިއު މީޓިންގ އެއް މިރޭ ބާއްވަނީ

މިއަހަރުގެ މިނިވަންދުވަސް ކުލަގަދަގޮތެއްގައި ނ.ލަންދޫގައި ފާހަގަކުރުމަށް ލަންދޫއިންފޯ އިން އިސްނަގައިގެން ރަށުގެ މުއައްސަސާތަކާއި ޒުވާނުންނާގުޅިގެން ކުރިއަށް ގެންދިޔަ މިނިވަންފޯރި 2016 ގެ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް ނިންމާލުމަށްފަހު އެކަންކަން ހިނގާދިޔަގޮތާމެދު ޚިޔާލު ބަދަލުކޮށް ވާހަކަ ދައްކާ އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން އެއްތަންވެލުމުގެ ގޮތުން ރިވިއު މީޓީންގއެއް މިރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. މިމީޓިން އިންތިޒާމްކުރަނީ ލަންދޫއިންފޯ އިންނެވެ. މިރޭ 8:30 ގައި ލަންދޫސްކޫލްގައި ބާއްވާ މި މީޓިންގައި ރަށުގައި ހުރި …

އިތުރަށް »

މައުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމެއްގައި “ވަގުތު” އާއި “ލަންދޫ އިންފޯ” އިން ސޮއިކޮށްފި

“ވަގުތު” އޮންލައިން ނޫހާއި އެކު މައުލޫމާތު ހިއްސާކޮށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ލަންދޫގެ އޮންލައިން ނޫހެއް ކަމަށްވާ “ލަންދޫ އިންފޯ” އާއި އެކު ސޮއި ކޮށްފިއެވެ. މިއެއްބަސްވުމުގައި “ވަގުތު” ގެ ފަރާތުން ސޮއި ކުރެއްވީ “ވަގުތު” ގެ ސީއީއޯ އަހްމަދު އިމްރާންއެވެ. “ލަންދޫ އިންފޯ” ގެ ފަރާތުން ސޮއި ކުރެއްވީ އެނޫހުގެ މަސްއޫލުވެރިޔާ އަހްމަދު ދާއޫދު އެވެ. “ވަގުތު” އިން ލަންދޫ އަށް ކުރަމުންދާ “ހޭރިޔާ” ގެ ދަތުރުގައި “ލަންދޫ …

އިތުރަށް »

ލަންދޫއިންފޯ ސްޕޯރޓްސް އެވޯރޑް ނައިޓް 2015 މިރޭ އޮންނާނެ

  ލަންދޫއިންފޯގެ ފަރާތުން ބާއްވާ ލަންދޫއިންފޯ ސްޕޯރޓްސް އެވޯރޑްނައިޓް މިރޭ 8:30 ގައި ލަންދޫ ސްކޫލުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. މިއެވޯރޑުނައިޓްގައި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހަށް ބަލާ ލަންދޫގައި ހުރި އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި ލަންދޫގައި އަރަމުންއަންނަ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ އިތުރުން ޓޮޕް ސްކޯރާރ ހޯވާ އެވޯރޑު ދިނުން އޮންނާނެއެވެ. މި އެވޯރޑުތަކަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް ލަންދޫއިންފޯއިން އިޢުލާނުކޮށްފައިވާއިރު ލަންދޫއިންފޯ އެންމެމޮޅު ފުޓްބޯޅަ …

އިތުރަށް »

ލަންދޫއިންފޯ ސްޕޯރޓްސް އެވޯރޑަށް ވާދަކުރަނީ ނާގެ، ޔޫއްޓޭ، ޖަވާ އަދި ސަމައްޓޭ

  ލަންދޫގައި ދެވޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯރޑްކަމަށްވާ ލަންދޫއިންފޯ ސްޕޯރޓްސް އެވޯރޑަށް މިފަހަރު ވާދަކުރަނީ ލަންދޫ އިންފޯ އެވޯރޑު މިހާތަނަށް ހޯދާފައިވާ ދެކުޅުންތެރިންކަމަށްވާ ނައުޝާދު ޢަބްދުއްރަޙީމް ( ނާނގެ ) އާއި ޔޫސުފް އަބްދުއްރަޙީމް ( ޔޫއްޓޭ ) އާއި އަދި ވޭތުވެދިޔަ ދެއަހަރުވެސް މި އެވޯރޑަށް ނޮމިނޭޓްވެފައިވާ ހުނަރުވެރި ދެކުޅުންތެރިން ކަމަށްވާ ހުސެއިން ޖަވާދު ( ކެޕްޓަން ޖަވާ ) އާއި އަދި މުޙައްމަދު ސަމާހް ( …

އިތުރަށް »

ލަންދޫއިންފޯއަކީ…

ލަންދޫއިންފޯއަކީ 2008 ވަނައަހަރުގެ ޖުލައި މަހު 26 ވަނަދުވަހު ދިވެހިރާއްޖޭގެ މިނިވަންދުވަސް ކުލަގަދަގޮތެއްގައި ލަންދޫގައި ފާހަގަކުރުމުގެ މަޤްޞަދުގައި ލަންދޫގައި މަސައްކަތް ކުރާ ސިވިލްސަރވިސްގެ މުވައްޒަފުންނާއި، ރަށު ތެރެއިން ހޮވައިލައިގެން ނެގުނު ޒުވާނުންގެ ޓީމަކާއި، އެކު ކުޅެވުނު ފުޓްބޯޅަމެޗަކަށް ފަހު އެމެޗްގެ ވާހަކަ އާއި، ލަންދޫއާއި ބެހޭ އެހެނިހެން މުހިންމު ޚަބަރުތަކާއި، މަޢުލޫމާތުތައް ، ރަށުންބޭރުގައި ވަޒީފާއަދާކުރައްވާ ލަންދޫރައްޔިތުންނަށާއި، އަދި އެކިއެކިސަބަބުތަކާހުރެ އެހެނިހެން ރަށްރަށަށް ހިޖުރަކޮށްފައިވާ ލަންދޫގެ ރައްޔިތުންނަށާއި، ޢާއްމުކޮށް ރާއްޖޭގެ …

އިތުރަށް »

މަރުޙަބާ މަނަދޫ ފުޓްބޯޅަ ޓީމް

އިއްޔެ ކުޅެވުނު އެފްއޭއެމް 2 ވަނަަ ޒޯންގެ ފައިނަލްމެޗް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދި މަނަދޫ ފުޓްބޯޅަ ޓީމަށް ނުހަނު އިޙްލާސްތެރި ކަމާއި އެކު މަރުހަބާ އާއި ތަހުނިޔާ ރައްދު ކުރަމެވެ. އިއްޔެ ހަވީީރު ނ.ހޮޅުދޫގައި ކުޅެވުނު ތާރީޙީ ފައިނަލްމެޗު ށ. ފުނަދޫޓީމާއި ދެކޮޅަށް ކުޅެ މަނަދޫ ޓީމް ކާމިޔާބު ކުރުން ވެގެން ދިޔައީ މަނަދޫއަށް ލިބުނު ރީތިނަމާއި ޝަރަފާއި އެއްވަރަށް ނ.އަތޮޅަށްވެސް ލިބިގެން ދިޔަ ރީތި ނަމަކަށާއި ޝަރަފަކަށެވެ. ލަންދޫއިންފޯ …

އިތުރަށް »

ހިޖްރީ އާއަހަރުގެ ތަހްނިޔާ

ހިޖްރީ އާއަހަރުގެ ތަހްނިޔާ އާއި ހެޔޮއެދުންތައް ހުރިހާ ދިވެހިންނަށާއި އެންމެހާ މުސްލިމުންނަށް އަރިސްކުރަމެވެ. މިއަދަނީ ހިޖްރީ ގޮތުން އައު އަހަރެއްގެ ފުރަތަމަ ދުވަސް ކަމަށްވުމާއެކު ދުވަހުގެ މުނާސަބަތުގައި ހެޔޮއެދުމާއި ތަޙްނިޔާ ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށާއި މުޅި އިސްލާމީ އުއްމަތަށް އަދި ޚާއްޞަކޮށް ލަންދޫއިންފޯގެ ކިއުންތެރިންނަށް ލަންދޫއިންފޯގެ ޓީމްގެ ނަމުގައި ފޮނުވަމެވެ. ހިޖްރީ އާއަހަރެއް ފެށޭއިރު އަޅުގަނޑުމެން ހަނދާންކުރަންވީ މާތްﷲ މި އުންމަތަށް ފޮނުއްވި މާތް ނަބިއްޔާ مُحَمَّـد صـلّى …

އިތުރަށް »

ލަންދޫއިންފޯގެ އެޑިޓަރ އަކީ ނަމޫނާ ބޭފުޅެއް

ލަންދޫއިންފޯގެ އެޑިޓަރ އޭ ބުނުމުން ގިނަބަޔަކަށް ނޭންގިދާނެއެވެ. އެހެންނަމަވެސް ހަމީދުސޯ އޭ ބުނުމުން ނ.މާފަރު މީހުންގެ އިތުރުން ރާއްޖޭގައި ޚާއްޞަކޮށް މާލޭގައި ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ގިޔަބަޔަކަށާއި، ޢާއްމުންގެ ވަރަށްގިނަބަޔަކު މިހާރު ހަމީދު ދަންނާނެއެވެ. ނ.މާފަރު ނާދީ އަލްފާޟިލް ޢަބުދުލް ހަމީދު ޢަބުދުއްރަހްމާނަކީ ހަމައެކަނި ލަންދޫއިންފޯގެ އެޑިޓަރެއް ނޫނެވެ. އޭނައަކީ މިނޫހުގެ އެޑިޓަރެއްގެ މަޤާމް ފުރުއްވަމުން، މީޑިއާގައި މަސައްކަތް ކުރައްވަމުން، މާލޭގެ މިސްކިތްތަކުގެ އިމާމުކަންވެސް ކުރައްވަމުން އަންނަބޭފުޅެކެވެ. ނަމަވެސް …

އިތުރަށް »

ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހްނިޔާ އަރިސްކުރަމެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާ ތަހްނިޔާ ލަންދޫއިންފޯގެ ކިޔުންތެރިންނަށާއި، މުޅި އިސްލާމީ އުންމަތަށް އަރިސްކުރަމެވެ. މި ރަމަޟާން މަހަކީ ތިޔަ އެންމެހައި އަޚުންނާއި އުޚުތުންގެ ފާފަތައް ފުހެލުމަށްޓަކައި ލިބޭނެ ރަނގަޅު ފުރުޞަތެއްކަމަށް ދެކި ހެޔޮޢަމަލު ކުރުން ގިނަ ކުރައްވާށެވެ. މާތްﷲ ތިޔަބޭކަލުންގެ ހެޔޮޢަމަލު ތަކުގައި ބަރަކާތް ލައްވާށިއެވެ. މިއަދު ފެށުނު މި ބަރަކާތްތެރި ރަމަޟާން މަހަކީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަހު ދުވަހާ ހަމަޔަށް ހެޔޮކަމުން ފުރިގެންވާ …

އިތުރަށް »

ޢީދުގެ ތަހްނިޔާ ލަންދޫއިންފޯގެ ކިޔުންތެރިންނަށް!

ބަރަކާތްތެރި އަޟްހާ ޢީދުގެ ހެޔޮ އެދުމާއި ތަޙްނިޔާ ލަންދޫއިންފޯގެ އެންމެހައި ކިޔުންތެރިންނަށް އަރިސްކުރަނީ ހިތުގެ އެންމެ އިޙްލާޞްތެރި ލޯތްބާއި ހަމްދަރުދީއާއި އެކުގައެވެ. މުސްލިމުން އުފާ ފާޅުކުރުމަށްޓަކައި ﷲ ތަޢާލާ ލައްވަވާފައިވާ ދެދުވަހުގެ ތެރެއިން ބަރަކާތްތެރި އަލްޙާ ޢީދު ދުވަސް އަޅުގަނޑުމެންނާއި ކުރިމަތިލުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. ޢީދު ނަމާދައްފަހު އެކަކު އަނެކަކާއި ބައްދަލްކުރެއެވެ. ސަލާމް ގަލާން ކުރުމާއި ހަދިޔާ ބަދަލް ކުރެއެވެ. އުފާފާޅުކުރުމާއި އެއްބަޔަކު އަނެއްބަޔަކާއި ބައްދަލުކޮށް އެއްސުފުރާމަތީގައި ބަނޑުހައި …

އިތުރަށް »

ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަޙްނިޔާ

1434 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަޙްނިޔާ އެންމެހާ މުސްލިމުންނަށާއި، އަދި ޚާއްޞަކޮށް ލަންދޫއިންފޯގެ ކިއުންތެރިންނަށް އަރިސްކުރަމެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. ” مَنْ صَامَ يَوْمًا فِى سَبِيْلِ اللَّه بَاعَد اللّهُ وَجْهَهُ عَنِ النَّارِ سَبْعِيْنَ خَرِيْفًا  ” (رواه البخاري ومسلم)  މާނައީ: “މީހަކު އެންމެ ދުވަހަކު ވެސް ﷲއަށްޓަކައި ރޯދައެއް ހިފައިފި ނަމަ، …

އިތުރަށް »

އިސްލާމީ ފިޤުހުގައި ހެކިބަސްދިނުމުގެ ކަންތައްތައް އޮތްގޮތާއި ރާއްޖޭގެ ޤާނޫނުގައި އެކަން އޮތްގޮތް

ތަޢާރަފް އިސްލާމީ ޝަރީޢަތް ބާވާލައްވާފައިވަނީ މީސްތަކުންގެ ޙައްޤުތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދެއްވުމަށްޓަކައެވެ. އެޝަރީޢަތުގެ މަޤުޞަދުތަކުގެތެރޭގައި ފަސްކަމެއް ރައްކާތެރިކޮށްދިނުން ހިމެނެއެވެ. އެއީ ދީނާއި، ނަފްސާއި، ދަރިފަސްކޮޅާއި، އަބުރާއި އަދި މުދާ ރައްކާތެރިކޮށްދިނުމެވެ. މިދެންނެވި މަޤުޞަދު ނުވަތަ (މަޤާޞިދުއް ޝަރީޢާ) ތަންފީޒު ކުރުމުގެ ގޮތުން ފިޤުހީ މިންގަނޑުތަކެއްވަނީ ކަނޑައަޅުއްވާފައެވެ. ޝަރުޢީ ޙުކުމްތައް ދެނެގަތުގެ މަސްދަރުތަކެއްވަނީ ކަނޑައަޅުއްވާފައެވެ. އެއީ، ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތާއި، މިއުއްމަތުގެ ދަންނަބޭކަލުންގެ އިޖުމާޢު އާއި އަދި ޤިޔާސެވެ. އިންސާނުންނަށް ދިމާވާ …

އިތުރަށް »

ބަހުރު ރައިވަރު

ތަޢާރަފް الحمد للّه، والصلاة والسّلام على رسول الله، وعلى اله وصحبه أجمعين. މާތް ﷲ އަށް ޙަމްދު ކުރަމެވެ. އެކަލާނގެ ފޮނުއްވި ރަސޫލާއަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަމެވެ. މިޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލްކުރައްވާށި!  މިއީވެސް ތުންތުންމަތީން ޚާއްޞަކޮށް ނ. އަތޮޅު މީހުން ކިޔާއުޅުނު ރައިވަރެއް ކަމުގައި ވެއެވެ. މިރައްވަރުވެސް އަޅުގަނޑު ލިޔެފައި މިވަނީ އަޅުގަނޑުގެ ބައްޕަ ޢަބްދުއްރަޙުމާނު ޙަސަން ކިޔައިދެއްވި ގޮތަށެވެ. އަޅުގަނުގެ …

އިތުރަށް »

މަޝްހޫރު ލިޔުންތެރިޔާ އިސްމާޢީލް ނަޞީރު ގޮވައިގެން ޝަރީޢަތަށް . . .

ރާއްޖޭގައި ނިކުންނަ ހަވީރު އޮންލައިންގެ މަޝްހޫރު ލިޔުންތެރިޔާ އިސްމާޢީލް ނަޞީރު ގޮވައިގެން ޝަރީއަތަށް ދާނެކަމުގައި މާފަރުކައުންސިލުން މިއަދު ބުނެފިއެވެ. އެރަށު ކައުންސިލްގެ ރައީސް އަޙުމަދު ޝަރީފް ލަންދޫ އިންފޯއަށް މަޢުލޫމާތު ދެއްވި ގޮތުގައި މިމަހުގެ 25 ވަނަ ދުވަހު 11.45ގައި ހަވީރު ނޫހުގައި އިސްމާޢީލް ނަޞީރު ލިޔުއްވާފައިވާ “މާފަރުގައި އެއަރޕޯރޓް އެޅުމަކީ ނުރައްކާތެރިކަމެއް؟” މި ލިޔުމަކީ މާފަރުގެ އެންމެހައި ރައްޔިތުންގެ ވިންދާ އިޙުސާސްތަކާއި ޚިލާފަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތަރަހައިން …

އިތުރަށް »

މާފަރުގެ އިޙުތިޖާޖުގައި ފޮރުވިފައިވާ ކަންތައްތައް

ނ. އަތޮޅުގައި ހެދުމަށް ހަމަޖެހިފައިވާ ޑޮމެސްޓިކް އެއަރޕޯރޓްގެ މަސައްކަތް ކުރިއަށްނުގެންދާތީއާއި، އަދި މިކަމުގެ ސަބަބުން މާފަރުގެ ރައްޔިތުންނަށާއި އެރަށަށް ވަރަށް ގިނަ ގެއްލުންތަކެއްލިބި ބައެއް އަސާސީ ޚިދުމަތްތަކުން އެރަށުގެ ރައްޔިތުން މަޙުރޫމް ވެފައިވާކަމަށް ބުނެ ހުސްވި އަހަރުގެ ޑިސެމްބަރ 30 ވަނަ ދުވަހުން ފެށިގެން މާފަރުގައި ހުއްޓުމެއްނެތި މިހާރުވެސް ކުރަމުންގެންދާ މުޒާހަރާގައި ފޮރުވިފައިވާ ވަރަށްގިނަ ކަންތައްތަކެއް ފެންމަތިވަމުންދާ ކަމުގައި އެރަށުގެ ބައެއް ރައްޔިތުން ބުނަމުން އެބަދެއެވެ. މިކަމާގުޅޭގޮތުން ލަންދޫ އިންފޯއަށް …

އިތުރަށް »

ބިރިކިސިންޑާ

ތަޢާރަފް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރައިވަރަކީ އަދި މިހާތަނަށް ރާއްޖޭގައި ޗާޕްވެ ޕަބްލިޝްކުރެވިފައިވާ އެއްޗެއްނޫނެވެ. ތުންތުންމަތިން ކިޔަމުން އަންނަ ރައިވަރެކެވެ. އަޅުގަނޑަށް މިރައިވަރު ލިބިފައިވަނީ އަޅުގަނޑުގެ ބައްޕަ އަބްދުއްރަޙުމާނު ޙަސަން މަންޒިލް ނ.މާފަރު (84 އ) އަތްޕުޅުން ލިއުއްވައިގެން ގެންގުޅުއްވަނިކޮށެވެ. އަޅުގަނޑުގެ ދިވެހި މުދައްރިސް ޢަބްދުﷲ ޞާދިޤު ބޭނުންވެލައްވައިގެން މިފޮތް 2012 ވަނަ އަހަރު އެބޭފުޅައިގެ އަތްޕުޅަށް އެރުވީމެވެ. ވިދާޅުވީ މިއީ ވަރަށް ދުވަސްތަކެއް ވީއިރުވެސް ލިބިނުލައްވާފައިވާ ވަރަށް އަގުބޮޑު …

އިތުރަށް »