ކެފޭޑި ލައިވް އިން މުޅިންއަލަށް ޑިޝްއެއް އަނެއްކާވެސް ތަޢާރަފްކޮށްފި.

ނ.ލަންދޫގައި ހިންގަމުންދާ ކެފޭއެއް ކަމުގައިވާ “ކެފޭޑިލައިވް” އިން އަނެއްކާވެސް މުޅިންއަލަށް ޑިޝްއެއް ތަޢާރަފްކޮށްފިއެވެ. މިއަދު ހަވީރު ކެފޭޑިލައިވްގައި ލޯންޗްކުރި ޚާއްޞަ ޑިޝްއަކީ ކުޑަކުދިންނަށް ޚާޢްޞަ ކޮށްގެން ލޯންޗްކުރި ޑިޝްއެއްކަމަށް ކެފޭޑި ލައިވްގެ އޯނަރ އަލްފާޟިލް ޖައުފަރު ރަޝީދު ހާމަކުރައްވައެވެ.

މިއަދު ކެފޭޑިލައިވްއިން ތަޢާރަފްކޮށްފައިވަނީ “ޗިކަން ފިންގާސް ޗިޕްސް” އެވެ. އަދި މި ޑިޝްއާއިއެކު ވަރަށް ޚާއްޞަ ބުއިމެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. ޗިކަންފިންގާސް އާއި އެކު ލިބޭ ޑްރިންކްސް އަކީ “މޮހިޓޯ” އެވެ.

މި ދެ އައިޓަމްވެސް ވަރަށް ރަހަމީރު ކަމަށާއި، މިއީ ވަރަށް ހިތްގައިމު ޑިޝްއެއްކަމަށް މި ޑިޝް ތަޢާރަފްކުރުމުގައި ބައިވެރިވި ލަންދޫއިންފޯގެ ރިޕޯޓަރުން ވަނީ ބުނެފައެވެ. އަދި މި ލޯންޗިން ސަރމަނީގައި ބައިވެރިވި ކުޑަކުދިންގެ ފަރާތުންވެސް ފެނިގެން ދިޔައީ މި ޑިޝްއާއި ބުއިމުގެ ރަހަމީރުކަމުގެ މަންޒަރެވެ. ލޯންޗިން ސަރމަނީގައިވަނީ ބޮޑެތި މީހުންނާއި، ކުޑަކުދިން ބައިވެރިކޮށްފައެވެ.

ކެފޭޑިލައިވްއިން ދައްކަމުން މިދަނީ ރިވެތި މިސާލެކެވެ. ވިޔަފާރި އަކަށްވުރެން ބޮޑަށް ޚިދުމަތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކެފޭޑިލައިވްއިން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައިވަނީ ވަރަށް ގިނަ ބާވަތްބާވަތުގެ ތަފާތު މީރު ބުއިންތަކާއި، ކެއުންތައް ތަޢާރަފްކޮށްފައެވެ. ސައިހޮޓާ، ކެފޭ ، ރެސްޓޯރަންޓް ތަކުން ޢާއްމުކޮށް ލިބެން ހުންނަ އެއްޗިހީގެ އިތުރުން ކެފޭޑި ލައިވްއިން ވަނީ ކުއްޅަވައް މިލްކް ޝޭކް އާއި، އަހިވަކު ފަނި ވެސް ތަޢާރަފްކޮށްފައެވެ.

ކެފޭޑި ލައިވްއަށް ގިނަބައެއްގެ ސަމާލުކަން މިހާރު ލިބިފައިވާއިރު ކެފޭއިން ދަނީ ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް ކަސްޓަމަރުން ހިތްހަމަޖެހޭނެ ފަދަ ގޮތްގޮތަށް ވިސްނައިގެން ވިޔަފާރި ފުޅާކުރަންވެސް އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިމަހުގެ 15 ގައި ނ.މާޅެންދޫގައި ފެށޭ ޝިޔާމް މައުރޫފް ސޮކަރ ކަޕް ފުޓްބޯޅަ މުބާރާތް ހިނގަމުންދާއިރު އެސަރަހައްދުގައި ( މާޅެންދޫ ބޯޅަދަނޑު ސަރަޙައްދު ) ވެސް ކެފޭޑި ލައިވް ގެ ޚިދުމަތް ލިބޭ ގޮތަށް އެ ކެފޭގެ ގޮތްޕެއް ހުޅުވަން މިހާރު އެދަނީ ތައްޔާރުވަމުންނެވެ. މިކަމަށް ވާންޖެހޭ ތައްޔާރީގެ 99 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ކެފޭޑިލައިވް އިން ހާމަކުރައްވައެވެ.

ކޮންމެއަކަސް ކެފޭޑިލައިވް އިން މިއަދުވެސް މި ތަޢާރަފްކުރި ޚާއްޞަ ޑިޝްއާއި، ޑްރިންކްސް އަކީ ކަސްޓަމަރުންގެ މަޤްބޫލްކަން ލިބޭނޭ އައިޓްމް ތަކެއްކަން ޔަޤީނެވެ.

އަތްފޯރާ ފަށުގައި އަގުތައް ހިފެހެއްޓުމުގެ ޚާއްޞަ ސިޔާސަތުގެ ދަށުން ކެފޭޑި ލައިވްގައި ޤާއިމްކުރެވިފައިވާ ” ކޭން ޑު ” ސިސްޓަމަކީ ވަރަށްގިނަބަޔަކު ބަލައިގަންނަ ކަންތައްތަކެވެ.

ލަންދޫއިންފޯ ގެ ޓީމުން އެދެނީ ކެފޭޑި ލައިވް އަށް އަބަދުވެސް ކުރިއެރުމާއި ފާގަތިކަމެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކެފޭ ޑި ލައިވް – މިހާރު ކާޑުން ފައިސާ ދައްކާލެވޭނެ

ލަންދޫގައި މިހާރު ހުރި ހަމައެކަނި ކެފޭ “ކެފޭ ޑި ލައިވް” އިން އިއްޔެ ވަނީ ކާޑު މެޝިނެއް ބަހައްޓާ ކަސްޓަމަރުންނަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz