ބީއެމްއެލް އިން 5 ރަށެއްގައި ކޭޝް އެޖެންޓް ޚިދުމަތް ފުޅާކުރަނީ

ބޭންކް އޮފް މޯލްޑިވްސްެ އިން އަތޮޅުތެރޭގައި ދެމުންދާ ކޭޝް އެޖެންޓް ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ފައިސާ ޖަމާކުރުމުގެ ޚިދުމަތް ދޭން މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފުރަތަމަ ދޭން ފެށުމަށް ބޭންކުން ނިންމާފައިވާ 5 ރަށުގެ ތެރެއިން މިއަދު ޚިދުމަތް ފައްޓާފައިވަނީ ރ. ހުޅުދުއްފާރު ގައެވެ.

ކުދި އާބާދީ ހިމެނޭ ރަށްތަކަށް ބޭންކިންގ ޚިދުމަތް ދިނުމުގެ ގޮތުން ބޭންކުން ކޭޝް އެޖެންޓްގެ ޚިދުމަތް ފައްޓާފައިވަނީ 2014 ވަނަ އަހަރުގައެވެ. ބޭންކްގެ ބްރާންޗެއް ނުވަތަ އޭޓީއެމް ނުހުންނަ ރަށްތަކުގައި ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކާ އެކު ފެށުނު ފައިސާ ނެގުމުގެ ޚިދުމަތް ވެގެން ގޮސްފައިވަނީ މި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ފައިދާކުރުވަނިވި ޚިދުމަތެއްގެ ގޮތުގައެވެ. 2016 ވަނަ އަހަރު ބޭންކުންވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޭޝް އެޖެންޓް ޚިދުމަތް ޤާއިމްކުރުމުގެ ލަނޑުދަނޑި ހާސިލްކޮށްފައެވެ. މިއަދު ބީއެމްއެލް އިން މި ޚިދުމަތް ދެމުން އަންނަނީ 230 ކޭޝް އެޖެންޓުންނާއެކުގައެވެ.

މިއަދު ތަޢާރަފްކުރެވުނު ފައިސާ ޖަމާކުރުމުގެ ޚިދުމަތް މެދުވެރިކޮށް އެއްވެސް ފީ އަކާ ނުލައި ކަސްޓަމަރުންނަށް ދުވާލަކު 10،000 ރުފިޔާ އާ ހަމަޔަށް ނަގުދު ފައިސާ ޖަމާކުރެވޭނެއެވެ. އަދި މީގެ އިތުރުން ކްރެޑިޓް ކާޑަށައި ލޯނަށްވެސް ފައިސާ ދެއްކޭނެއެވެ. ގިނަ ރަށްތަކުގައި މި ޚިދުމަތް ދޭން ފެއްޓުމުގެ ކުރިން މި ޚިދުމަތް ފުރަތަމަ ތަޢާރަފްކުރުމަށް ހަމަޖެހިފައިވަނީ 5 ރަށެއްގައެވެ.

މި ޚިދުމަތާ ގުޅޭ ގޮތުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ ” ކޭޝް އެޖެންޓް ޚިދުމަތަކީ އަތޮޅުތަކުގައި ވަރަށް މަޤްބޫލް ޚިދުމަތެއް. ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ޚިދުމަތް މިއަދު ހުޅުދުއްފާރުގައި ފެއްޓޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ޚާއްސަ އުފަލެއް. ކޮންމެ ރަށެއްގައި ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމް އެއް ގާއިމްކުރުމަކީ އެހާމެ ފައްސޭހަކަމެއް ނޫން. ނަމަވެސް ކޭޝް އެޖެންޓުން މެދުވެރިކޮށް މިދަނީ މިފަދަ އާބާދީ ކުޑަ ރަށްތަކުގައި ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދެމުން”

 

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34  ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 93 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ބީއެމްއެލް އިން އައްޑޫގައި ކުރަމުންދާ އިންވެސްޓްމަންޓް ފުޅާކޮށް އިތުރު 2 އޭޓީއެމް ގާއިމްކޮށްފި

ބޭންކް އޮފް މޯލްޑިވްސްެ އިން އައްޑޫގައި ކުރަމުންދާ އިންެވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހިތަދޫ ރީޖަނަލް …

ޚިޔާލެއްދެއްވާ

avatar
wpDiscuz