"ބީއެމްއެލް ކޭޝްލެސް ރައިޑް" ޚިދުމަތް ތަޢާރަފްކުރުމުގެ ތެރެެއިން / ފޮޓޯ: ބީއެމްއެލް

ބީއެމްއެލް ‘ކޭޝްލެސް ރައިޑް’ ޚިދުމަތް ހުޅުމާލޭގައި ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް އަދި ކްރެޑިޓްކާޑު ބޭނުންކޮށްގެން ޓެކްސީތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭ “ބީއެމްއެލް ކޭޝްލެސް ރައިޑް” ޚިދުމަތް ހުޅުމާލޭގައި ތައާރަފްކޮށްފިއެވެ.

މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ތައާރަފްކުރެވުނު މި ޚިދުމަތަކީ ޓެކްސީތަކުގައި ބަހައްޓާފައި ހުންނަ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިނެއް މެދުވެރިކޮށް ދަތުރަށް ފައިސާ ދެއްކޭ ގޮތަށް ފަރުމާކުރެވިފައިވާ ޚިދުމަތެކެވެ. މާލޭގައި މި ޚިދުމަތަށް ވަނީ  ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. ބީއެމްއެލްއިން ގަބޫލުކުރާ ކޮންމެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް ބޭނުންކޮށްގެންވެސް ޓެކްސީއަށް ފައިސާ ދެއްކޭނެއެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންޓެކްޓް ލެސް ޕޭމަންޓް ކަމަށްވާ މޮބައިލް ޕޭ ބޭނުންކޮށްގެންވެސް ޓެކްސީއަށް ފައިސާ ދެއްކޭނެއެވެ.

“ބީއެމްއެލް ކޭޝްލެސް ރައިޑް” ޚިދުމަތް ތަޢާރަފްކުރުމުގެ ތެރެެއިން / ފޮޓޯ: ބީއެމްއެލް

މި ޚިދުމަތާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ ” ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއަށް މި ފަދަ ފަސޭހަ ޚިދުމަތެއް ބޭނުންކޮށްގެން ރައްކާތެރިކަމާއެކު އަވަހަށް ފައިސާ ދެއްކޭނެ ގޮތެއް ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޚިދުމަތް ތައާރަފް ކުރުމުން، ޓެކްސީ ދަތުރަށްފަހު ފައިސާ ހަމަކުރުމަށް ނުވަތަ ބާކީ ލާރި ލިބެންދެން މަޑުކުރަން ނުޖެހި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދަތުރު ނިންމާލައި ފައިސާ ދެއްކުމަށް މަގު ފަހިވެގެން ދާނެ.”

“ބީއެމްއެލް ކޭޝްލެސް ރައިޑް” ޚިދުމަތް ތަޢާރަފްކުރުމުގެ ތެރެެއިން / ފޮޓޯ: ބީއެމްއެލް

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34  ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 93 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޕަރސަނަލް ފައިނޭންސިންގ ޚިދުމަތް ބީއެމްއެލް އިސްލާމިކް އިން ތައާރަފްކޮށްފި

ބީއެމްއެލް އިސްލާމިކް އިން މިއަދު ޕަރސަނަލް ފައިނޭންސިންގ ތައާރަފްކޮށްފިއެވެ. މިއީ އިސްލާމީ އުސޫލުތަކުގެ މަތިން މަހުން މަހަށް ފައިސާ ދައްކާގޮތަށް …

ޚިޔާލެއްދެއްވާ

avatar