ބައި-އިލެކްޝަންތައްހުއްޓާލުމަށް ކޯޓުން އަންގައިފިނަމަ އެއަމުރަކަށްވެސް ތަބާވާނަން – އެލެކްޝަންސް

ސްޕްރީމް ކޯޓުގެ އެންގުތަކާއި ހުކުމްތަކަށް އަބަދުވެސް ބޯލަނބާކަމަށާއި، ބައި-އިލެކްޝަންތައްހުއްޓާލުމަށް ސްޕްރީމް ކޯޓުން އަންގައިފިނަމަ އެއަމުރަކަށްވެސް ތަބާވާނެކަމަށާއި، ސްޕްރީމްކޯޓުގެ ނިންމެވުމަކާ ޚިލާފު އެއްވެސް ކަމެއް އިލެކްޝަންސް ކޮމިޝަނުން ނުކުރާނެކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި އެދާއިރާތަކުގެ  ބައި-އިލެކްޝަންތައް ބާއްވަން އީ.ސީން ތައްޔާރުވަމުން އަންނައިރު، ބައި އިލެކްޝަންތައް ބޭއްވުން ހުއްޓުވުމަށް އެދި ގޮނޑިގެއްލުނުކަމަށް ކަނޑައަޅާފައިވާ މެންބަރުންވަނީ  ސްޕްރީމް ކޯޓަށް ހުށައަޅާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު، އަހްމަދު އަކްރަމް ވިދާޅުވިކަމަށް ޕީއެސްއެމްނިއުސްގައި ބުނެފައިވަނީ ބައި އިލެކްޝަން ބޭއްވުމަށް ވާންޖެހޭ އިދާރީ ކަންކަން ހަމަޖައްސަވަމުން ގެންދަވާކަމަށާއި، އިދާރީ ކަންކަން ނިމުމުން ބައި އިލެކްޝަންތައް ވާއްވާނެ ތާރީޚެއް އިއުލާން ކުރާނެކަމަށެެވެ. އަކްރަމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން މިފަދަ ކޮންމެ ކަމެއްގައިވެސް ކޯޓުގެ އެންގުތަކާއި، ނިންމުންތަކަށް ތަބާވާނެކަމަށާއި، އެފަދަ އެންގެވުމެއް ނުވަތަ އަމުރަކާއި ޚިލާފަށް ކޮމިޝަނުން އެއްވެސް ކަމެއް ނުކުރާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕީ.ޕީ.އެމް ތަމްސީލުކުރާ މެންބަރުންގެ ތެރެއިން އެޕާޓީން ވަކިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި ޕީ.ޕީ.އެމުން އެދުމުން ކޮމިޝަނުން ގޮނޑިގެއްލިއްޖެކަމަށް ނިންމާފައިވަނީ،  ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަޙީދު އިބްރާހިމާއި، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެއެވެ.

މި ހަތަރު މެމްބަރުންގެ ގޮނޑި ހުސްވެއްޖެ ކަމަށް އީސީން ނިންމި ނިންމުން ބާޠިލު ކުރަން އެ ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސްޕްރީމް ކޯޓުން ވަނީ ގޮނޑީގެ މައްސަލައާ ގުޅިގެން އިތުރު ގޮތެއް ކަނޑައަޅަން ޖެހޭ ތަނެއް ނެތް ކަމަށް ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަނީ ދަނގެތި ދާއިރާ އާއި މައްޗަންގޮޅި ދެކުނު ދާއިރާވެސް ހިމެނޭހެން ޖުމްލަ ހަ ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާކަމަށް ކަނަޑައަޅައި އެދާއިރާތަކުގެ ބައި އިލެކްޝަންތައް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ނަމަ 60 ދުވަހުގެ ތެރޭގައި އެދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ.

ޚަބަރު: ޕީއެސްއެމްނިއުސް

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަންނަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނީ އިނގިލީގެ ނިޝާނާއެކު ހުށަހަޅާ ފޯމްތަކަށް އެކަނި

އަންނަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނީ މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމްތަކުގެ ތެރެއިން …

ޚިޔާލެއްދެއްވާ

avatar
wpDiscuz