ބަނޑުގެ ލޮކިމަސްތައް ވިރުވާލުމަށް “ޕުރޫންސް” ވަރެއްނެތް!

ބަނޑުހިންދުމާއި ، ބަނޑުގައި ޖަހާފައިހުންނަ ލޮކިމަސްތައް ފިލުވާލުމަށް އެންމެ ރަގަޅު އެކައްޗަކަށް ވެފައިމިވަނީ ޕުރޫންސް އެވެ. ޕުރޫންސް މިކްސްކޮށްގެން ހަދާ ފެން ޖޯޑެއް ކޮންމެ ދުވަހަކު ހެނދުނު ހުސްގޮހޮރާ ހުރެ ބޯނަމަ ބަރާބަރު ހަފްތާއެއްގެ ތެރޭގައި ބަނޑުގައި ޖަހާފައިވާ ލޮކިމަސްތައްވިރި ބަނޑު ހިނދިގެން ދާކަމަށް މިކަން ތަޖްރިބާ ކޮށްފައިވާ ފަރާތްތަކުން ބުނެއެވެ.

ޕްރޫންސް އަކީ ދިވެހިންގެ މެދުގައި މާ މަގުބޫލު މޭވާއެއް ނޫނެވެ. ބޭރު ދުނިޔޭގައި ވެސް އަދި ދިވެހިންގެ މެދުގައި ވެސް ޕްރޫންސް މަޝްހޫރުވެފައި ވަނީ ޖުއްލާބެއް ގޮތުގަ އެވެ. އެހެން ނަމަވެސް ޕްރޫންސް އަށް ރަން ވަނައެއް ދޭން ޖެހޭނެ ކަމަށް ފަހުގެ ދިރާސާތައް ވަކާލާތުކުރެ އެވެ.

މިފަދަ ދިރާސާތަކުން ދައްކާގޮތުގައި ޕްރޫންސް ކެއުމުގެ ސަބަބުން ބަނޑުން ކާތަކެތި ބޭރުވެގެން ގޮހޮރުގެ ތެރެއަށް ދާ ރޭޓް މަޑުޖައްސާލަ އެވެ. ނަތީޖާ އަކީ ގިނަ ވަގުތު ބަނޑު ފުރިފައި ހުރުމެވެ. އަދި ލަހުން ބަނޑުހައިވުމެވެ. ކާންޖެހޭ މިންވަރާއި ދޭތެރެ ދުރުކޮށް ދިނުމެވެ. މިހެން ވުމުގެ ސަބަބުން ހިކެންބޭނުންވާ މީހާއަށް ކެއުމާ ދުރުވެގެން ހުންނަން ފަސޭހަވެއެވެ.

މީގެ އިތުރުން ޕްރޫންސް އަކީ ހިތާއި ގުޅިފައިވާ ލޭހޮޅިތަކުގައި ޖަހާ ސަރުބީ ވިރުވުމަށް ވެސް އެހީވެދޭ ކާނާއެކެވެ. ޕްރޫންސްގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު އެއް ހަމައެއްގައި ހިފަހައްޓައި ދެ އެވެ. ޕްރޫންސް އަކީ ހަކުރު ބައްޔަށް ވެސް އޮތް ފަރުވާއެކެވެ.

މިހުރިހާ ސަބަބަކަށް ޓަކައި މިއަދު މިވަނީ ޕުރޫންސްގެ އަޖުމަ ބަލައިލަން މަޖުބޫރު ވެފައެވެ.

ޕޫރޫންސް ޖޫސް ތައްޔާރުކުރާނެގޮތް:

ބޭނުންވާ ތަކެތި:

100 ގްރާމް ޕުރޫންސް ( ހިއްކާފައިވާ )

1 ލިޓަރ ފެން

ތައްޔާރުކުރާނެގޮތް:

ޖަގަކަށް 1 ލިޓަރ ފެން އެޅުމަށްފަހު ޕުރޫންސް އޭގެ ތެރެއަށް އަޅާށެވެ. ދެން 1 ހަފްތާވަންދެން އައިސް އަލަމާރީގައި ބަހައްޓާށެވެ. އޭގެ ފަހުން މިކްސްޗަރަށް އަޅާރަގަޅަށް ގިރާލާށެވެ. ދެން ރަގަޅަށް ފުރާނާލާށެވެ. އޭގެ ފަހުގައި އަނެއްކާވެސް އައިސްއަލަމާރީގައި ބަހައްޓައިގެން ކޮންމެ ދުވަހަކު އެއިން 1 ތަށި ޖޫސް ބޯށެވެ.

މީގެ ރަގަޅު ނަތީޖާ 1 ހަފްތާއިން ފެންނާނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެންމެ 3 ދުވަހުންވެސް ހިކިދާނެ! ބޭނުންވަނީ ކުޑަހިތްވަރެއް.

ހަށިގަނޑުގެ ބަރުދަން އިތުރުވެ ގައިގައި މަސްޖަހާ މީހާގެ އިސްކޮޅާ ބަރުދަނާ އަދި ބަނޑުގެ ފަލަމިން އެކަށީގެންވާ މިންވަރަށްވުރެ މައްޗަށް ދިއުމުން …

ޚިޔާލެއްދެއްވާ

avatar