އެޕަލް އައިފޯން 10 މާކެޓްގައި ފެއިލްވެ 2018 ގެމެދުތެރޭގައި ވިއްކުން ހުއްޓާލާނެ.

އެޕަލްގެ އެންމެ ފަހުގެ އުފެއްދުން އަދި އެންމެ ކާމިޔާބު ކަމަށް ގިނަ ބަޔަކު ގަބޫލްކުރި އެއް އުފެއްދުމަކީ އެ ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯން 10 އެކެވެ. މުޅިން އައު ސިފަތަކަކާއިއެކު އައިފޯން 10 ބާޒާރަށް ނެރެފައިވަނީ 2016 ނޮވެމްބަރު 3 ގައެވެ. އެއީ، އައިފޯން 8 އަދި އައިފޯން 8 ޕްލަސް ބާޒާރަށް ނެރުނުތާ ކުޑަ ދުވަސްކޮޅެއް ފަހެވެ. އެހެންނަމަވެސް އައިފޯންގެ ސޭލްސް މާކެޓްގައި ވަރަށްބޮޑަށްދަށްވެ ކަސްޓަމަރުން ކުރި އިތުބާރު ގެއްލި 2018 ގެ މެދުތެރޭގައި ވިއްކުންވެސް އެއްކޮށް ހުއްޓާލާނެކަމަށް ޓެކްނޮލޮޖީގެ ޚަބަރުތައް ފަތުރާ ބައެއް މުރާސިލުން ބުނަންފަށައިފިއެވެ.

އައިފޯން 10 އަކީ އެޕަލްއިން އައިފޯން ތައާރަފްކުރިތާ 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނެރުނު އެހެން އައިފޯން ތަކާއި ތަފާތު ފޯނަކަށް ވިޔަސް އަދި މިހާތަނަށް އެޕަލްއިން ނެރުނު އެންމެ ސަޅި އައިފޯން ކަމަށްގިނަބަޔަކު މީގެކުރިންބުނިކަމުގައިވިޔަސް ސްމާޓްފޯންގެ ލީކް މައުލޫމާތު ފަތުރާ ފަރާތްތަކުން ބުނެފައިވަނީ އެޕަލްއިން މިހާރުވަނީ އައިފޯން 10 ވިއްކުން ހުއްޓާލުމަށް ނިންމާފައިކަމަށެވެ.

ސްޓީވް ޖޮބްސް ދުނިޔޭގައި ނެތުމުން އައިފޯނަށް ދިމާވެގެން އުޅޭ މައްސަލައެއްކަމަށް ބަޔަކު ބުނިކަމުގައިވިޔަސް އެޕަލް ކުންފުނިން މިހާރުވިސްނަމުން ދަނީ މިއަހަރުގެ ފަހުކޮޅު ބޮޑެތި ބަދަލުތަކާއެކު އައިފޯން 9 ނެރުމަށެވެ. އައިފޯން 9 އަށް ގެންނާނެ އެންމެ ބޮޑު ބަދަލެއްކަމަށް މައުލޫމާތު ލިބެމުންދަނީ ސްކްރީންގެ ސައިޒް ބޮޑުކުރުމެވެ. އަދި މީގެ އިތުރުންވެސް އައިފޯން 10 ގެ އެކްސްޕީރިއަންސަށް ބަލާ އިތުރު ފުރިހަމަކަން ގެނެސް އައިފޯން 9 ނެރޭނެކަމަށް އެޕަލް ކުންފުނީގެ ލީކް މައުލޫމާތުތަކަށް ހަވާލާދީ މުރާސިލުން ބުނެއެވެ.

ކޮންމެއަކަސް މި ފަދަ ޚަބަރުތަކަކީ އައިފޯންގެ ފޭނުންނަށް މުހިއްމު އަދި ބޭނުންތެރި ޚަބަރުތަކަކަށް ވާނެކަން ކަށަވަރެވެ.

މަސްދަރު: ޑިޖިޓަލްޓްރެންޑްސް

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އައިފޯން 10 ގެ ސްކްރީނަށްވެސް ލައިން އަރަނީ!

އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ އަދި އެމީހުންގެ އެންމެ ކޮލިޓީ ފޯނު “އައިފޯން 10 ” ގެ …

ޚިޔާލެއްދެއްވާ

avatar
އާފަލޭ
އާފަލޭ

ފެއިލް ވެގެނެއްނޫން. އެހެންފޯނެއް ނެރިފަ ހުއްޓާލަނީ. ގޮވާތީ އެއްވެސް ނޫން.