އަނގައިންދުވާ ނުބައިވަސް ދާއިމީގޮތެއްގައި ކަނޑާލެވިދާނެގޮތެއް.

އަނގައިން ނުބައިވަސް ދުވުމަކީ ވަރަށް ގިނަމީހުންނަށް ދިމާވެފައިވާ ބޮޑުމައްސަލައެކެވެ. އެކަމުގެ ސަބަބުން އެމީހާއަށާއި، އެހެންމީހުންނަށްވެސް އުނދަގޫވަމުންދާ ހައްލުކުރަން އުނދަގޫކަމެކެވެ. މިއީ މިކަމަށް ޑޮކްޓަރީ އެތައް ބޭހެއްވެސް ތައްޔާރުކުރެވިފައިވާ ކަމެއްވެސް މެއެވެ.

އަނގައިން ނުބައިވަސް ދުވަނީ ބައިވަރު ސަބަބުތާކާއި ހެދިއެވެ. އޭގެތެރޭގައި ވަސްގަދަ ކާއެއްޗެހި ބޭނުންކުރުމުންނާއި، ސިގަރޭޓް ބުއިމާއި، އަންގަތެރެ ހިކުމާއި، ސިއްހީ މައްސަލައެއް ދިމާވުމާއި، ހިރުގަޑު މައްސަލަ އަދި ސައިނެސް ކަހަލަ ސަބަބުތައް މެދުވެރިވުމުންނެވެ. މައިގަނޑުގޮތެއްގައި އަގައިން ނުބައިވަސް ދުވަނީ ދުލުގެ ފަހަތުގައި ނޫނީ ދަތްތަކުގެ ދޭތެރޭގައި ބެކްޓީރިއާ އުފެދުމުންނެވެ.

އެހެންކަމުން އަގައިން ނުބައިވަސް ދުވުން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކެއް ނުވަތަ ހެދިދާނެގޮތްތަކެއް މިވަނީ ހޯދުން މަޖުބޫރުވެފައެވެ. އެންމެ މުހިމު އަދި ފަސޭހަ ރަގަޅު ގޮތަކީ އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމެވެ. ދުވާލު ދެއިރު އަނގަޔާއި ދަތްތައް ސާފުކޮށް ތާހިރު ކުރުން ނުވަތަ ދަތް އުނގުޅުން ހިމެނެއެވެ.

މީގެ އިތުރުން އަނގައިން ނުބައިވަސް ކެޑުވުމަށް އިރުކޮޅުކޮޅާ ފެން ބުއިން މުހިންމެވެ. ކައި ނިމުމަށްފަހު ދެތިން ސިކުންތުވަންދެން ތާފަނާ ފެންފޮދަކުން އަގަދޮވެލުންވެސް މުހިންމެވެ. މިހެން ހެދުމުން ދަތް ދޭތެރޭ ހަރުލާފައި ހުންނަ ކާއެއްޗެހި ނެއްޓި އަނގަތެރެ ސާފުވާނެއެވެ.

ޑެންޓިސްޓުން ބޮޑަށް ރިކޮމަންޑް ކުރާނީ މައުތު ވޮޝް ކަހަލަ އެއްޗަކުން ނުވަތަ ފްލޮސިންގ އިން އަނގަސާފުކުރުމަށެވެ. ނަމަވެސް މިއީ ދާއިމީ ހައެއްލެއް ލިބޭ އެއްޗިއްސެއް ނޫނެވެ. ހަމަ ވަގުތީ ގޮތެއްގައި ނޫނީ މިތަކެތި ބޭނުންކުރިޔަސް ނުބައިވަސް ކެނޑިގެން ނުދެއެވެ.

ދާއިމީ ގޮތެއްގައި އަނގައިގެ ނުބައިވަސް ކަނޑުވާލުމަށް ތިރީގައިވާ ގޮތަށް ޢަމަލު ކުރާށެވެ.

ބައި ސަމުސާ ބޭކިންސޮޑާ ފެންޖޯޑަކަށް އަޅާށެވެ. އިރުކޮޅެއްވަންދެން ބެހެއްޓުމަށްފަހު އޭގެ ތެރެއަށް ދަތްއުނގުޅާ ބުރުސްލައި ތެންމާލުމަށްފަހު އެ ބުރުހުން ދަތްތައް އުނގުޅާށެވެ. މިގޮތަށް ކޮންމެ ދުވަހަކު މަދުވެގެން ދެފަހަރު އުނގުޅާށެވެ. ހަފްތާއެއް ވާއިރު އެއްކޮށް ވަސްކެނޑޭނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz