ކޮލިފައިވުމުގެ އަމިއްލަބާރު ކެނޑިފައިވާ އާޖެންޓީނާ ވޯލްކަޕްގެ ޖާގަ ކަށަވަރުކޮށްފި.

1970 ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެ ކަމުގެ ބިރު ހީވެ، ނޭވާ ހޮޅިއަށް އެޅިފައި އޮތް އާޖެންޓީނާ 2018 ގެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެއެވެ.

ރޭ އިކުއެޑޯ އާއި ދެކޮޅަށް ކުޅުނު މެޗްގައި އެޓީމްގެ ކޮޅަށް ޖެހި ހެޓްރިކުން މޮޅުވެ އާޖެންޓީނާ ވޯލްޑް ކަޕުން ޖާގަ ވަނީ ކަށަވަރު ކޮށްފައެވެ. އެ މެޗު އާޖެންޓީނާ ކާމިޔާބުކުރީ 3-1 ނެވެ.

މި މެޗަށް ނުކުތް އިރު ކޮލިފައިވުމުގެ އަމިއްލަ ބާރު އާޖެންޓީނާ އަށް އޮތީ ގެއްލިފައެވެ. ނަމަވެސް ދެކުނު އެމެރިކާގެ ކޮލިފައިން މެޗުތައް ރޭ ނިމިގެންދިޔައިރު އާޖެންޓީނާ އަށް ތިން ވަނަ ލިބި، ޗިލީ ވަނީކަޓާފައެވެ.

ދެކުނު އެމެރިކާއިން ކޮލިފައިވި ހަތަރު ޓީމުގެ ތެރެއިން އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިވީ ބްރެޒިލްއެވެ. ދެ ވަނަ އުރުގުއޭ އަށް ލިބުނުއިރު ތިން ވަނަ އާޖެންޓީނާ އަށް އަދި ހަތަރު ވަނަ ލިބުނީ ކޮލަމްބިއާ އަށެވެ. ފަސް ވަނަ ޓީމުގެ ގޮތުގައ ޕްލޭއޯފް ކުޅެން ޖެހުނީ ޕެރޫ އަށެވެ. އެއީ ރޭ ކުޅުނު ފަހު މެޗުގައި ކޮލަމްބިއާއާ ވާދަކޮށް 1-1 ން އެއްވަރުވުމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz