ނެރެން އުޅޭ ވާވޭ މޭޓް 10 ގެ ބައެއްފީޗަރސްތައް ލީކްވެއްޖެ.

ސްމާޓްފޯނުގެ ބާޒާރުގައި އެންމެ އަވަހަށް ކުރިއަރަމުން އަންނަ އެއްކުންފުނި ކަމުގައިވާ ވާވޭ އިން ދެން ނެރެން ހަމަޖެހިފައިވާ ވާވޭ މޭޓް 10 ގެ ފޮޓޯތަކާއި، ބައެއް ފީޗަރސްތައް ލީކްވެއްޖެއެވެ.

އެމީހުން 2017 ގައި ބައިނަލްއަގުވާމީ ބާޒާރަށް ނެރުނު ވާވޭ މޭޓް 9 ވެސް ގިނަބައެއްގެ މަޤުބޫލްކަން ހޯދާފައިވާއިރު ދެން ނުކުންނަ މޭޓް 10 ގެ ސިފަތަކަށްބަލާއިރު އެފޯނުވެސް ކަސްޓަމަރުން ސިއްސުވާލާނެކަމަށް ބެލެވެއެވެ.

ވާވޭ މޭޓް 10 ގެ ލީކްވެފައިވާ ފޮޓޯތަކަށް ބަލާއިރު އެންމެފާހަގަކޮށްލެވޭ އެއްސިފައަކީ އެމީހުންގެ ފޯނުތަކުގެ ބެކްކަވަރ ޢާއްމުކޮށް ކާވް ކޮށް ހުރިކަމުގައިވިޔަސް އަލަށްނެރޭ މޭޓް10 ގައި އެބައި ހުންނާނީ ފްލެޓްކޮށްނެވެ.

އަލަށް ނެރޭ މި ފޯނުގެ ކަވަރ ޑިޒައިންކޮށްފައިވަނީ ކޮންކަހަލަ މެޓީރިއަލަކުންކަން ނޭންގުނުކަމުގައިވިޔަސް ލީކްވެފައިވާ މައުލޫމާތުތަކުގެ އަލީގައި އެނގެނީ މިފޯނުގައި ބޭނުންކޮށްފައި ވަނީ ވާވޭގެ މޭޓް 9 އާއި އެއްގޮތަށް އެމީހުންގެ އަމިއްލަ ޕްރޮސެސަރއެކެވެ. މޭޓް 9 ގައި ކިރިން 960 ގެ ޕްރޮސެސަރއެއް އިންކަމުގައިވިޔަސް 10 ގައި އިންނާނީ 970 ގެ ޕްރޮސެސާއެއްކަމަށް ލީކްވެފައިވާ މައުލޫމާތު ބުނެއެވެ.

އަދި 6ޖީބީ ގެ ރެމް އާއި، 64ޖީބީ ގެ ސްޓޯރޭޖާއި، ޑުއަލް ކެމެރާ ސެޓަޕަކާއި، 5.9 އިންޗީގެ 1080ޕީ ޑިސްޕްލޭއެއް ހިމެނޭކަމަށްވެސް އެ މައުލޫމާތު ބުނެއެވެ.

ސްމާޓްފޯނުތަކުގެ މަޢުލޫމާތު ފުޅާދާއިރާއެއްގައި ގެނެސްދޭ ވެބްސައިޓެއްކަމަށްވާ “އެންޑްރޮއިޑް އެންޑް މީ” ގައި ބުނެފައިވަނީ ވާވޭ މޭޓް 10 ގައި ބެޓްރީލައިފްވެސް ވަރުގަދަވާނެކަމަށެވެ. އެގޮތުން އެފޯނުގައި 4000 މިލީ އެމްޕަޔަރގެ ބެޓްރީއެއް ހިމެނޭނެއެވެ.  އަދި ގޫގަލްގެ އެންމެ ފަހުގެ އޯއެސް އާއި އެކު، މިފޯނުގައި ބޭނުންކޮށްފައިވާނީ ވާވާގެ އީއެމްޔޫއައި ގެ އެންމެފަހުގެ ސޮފްޓްވެއާ ތަކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ސެމްސަންގް ގެލެކްސީ ނޯޓް 8 އަންނަމަހު 15 ގައި ނެރޭއިރު އިތުރު މައުލޫމާތު ތަކެއް ލީކްވެއްޖެ.

ސެމްސަންގް ގެލެކްސީ ނޯޓް 8 އަންނަމަހު 15 ގައި ނެރޭއިރު އިތުރު މައުލޫމާތު ތަކެއް ލީކްވެއްޖެއެވެ. އަލަށް ލީކްވި ފޮޓޯތަކާއި، …

ޚިޔާލެއްދެއްވާ

avatar
ޢަލީ
ޢަލީ

މީދެން އަޅެ ޚަބަރެއް.

wpDiscuz