އަހަރުގެ އެކުވެރިކަމުގެ ފުރަތަމަ މެޗު ލަންދޫއަށް

މިއަހަރު ކުޅެވުނު އެކުވެރިކަމުގެ ފުރަތަމަ ފުޓްބޯޅަޗުގައި އިއްޔެ ހަވީރު މާފަރުގެ ފުޓްބޯޅަ ޓީމަކާއި ބައްދަލުކޮށް ލަންދޫ ޒުވާނުންގެ ފުޓްބޯޅަ ޓީމު މޮޅުވެއްޖެއެވެ. ލަންދޫ ޓީމް މިމެޗް ކާމިޔާބު ކޮށްފައިވަނީ 5 – 3 ންނެވެ. އިއްޔެ ހަވީރު ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑުގައި  ކުޅެވުނު މި މެޗު ލަންދޫޓީމުން ކާމިޔާބުކޮށްފައިވަނީ މާފަރު ޓީމުން 3 ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ 5 ލަނޑު ޖަހައިގެންނެވެ.

އިއްޔެގެ މެޗަށް ދެ ޓީމުންވެސް ނެރެފައިވަނީ ވަރަށް ޒުވާން ކުޅުންތެރިންތަކެކެވެ. މާފަރު ޓީމުގައިވެސް އަދި ލަންދޫ ޓީމުގައިވެސް ހިމެނިފައިވަނީ ދެރަށުގެވެސް ސީނިއަރޓީމުގައި ހިމެނޭ މަދު ކުޅުންތެރިއެކެވެ. ދުވަސްގަޑަކަށްފަހު ލަންދޫގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައި މާފަރު ޓީމުންވަނީ 3 ލަނޑު ޖަހާ ލަންދޫ ޓީމު ހާސްކޮށްލައިފައެވެ. މާފަރު ޓީމުގެ ފުރަތަމަ ލަނޑަކީ ލަންދޫ ޓީމުގެ އެންމެފަހަތަށް ކުޅުނު އަހްމަދު ޝިޔާން (ބައްރު) ބޮލުން ކީޕަރަށް ޖެއްސި ބޯޅައެއް ގޯލަށްވަދެގެން ކާމިޔާބު ކުރެވުނު ގޯލެކެވެ. އެޓީމުގެ ދެވަނަ ގޯލަކީ މިއަދުގެ މެޗުގައި މާފަރުޓީމުން މޮޅުކުޅުމެއްދެއްކި ނައްޑަ ގޯލަށްޖެހި ބާރު ބޯޅައެއް ލަންދޫޓީމުގެ ފަހަތަށް ކުޅުނު ސަންމޫނުގެ ފައިގައި ޖެހިފައި ގޯލަށް ވަތްގޯލެކެވެ. މާފަރު ޓީމުގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިބީ އެވެ.

މާފަރުގެ ޒުވާން ފުޓްބޯޅަޓީމް

ދެވަނަ ހާފުގައި ލަންދޫ ޓީމުން ކުޅުންފެށީ ބެންޗުގައިތިބި އެޓީމުގެ މުހިއްމު ކުޅުންތެރިންނާއި އެކުގައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ވަރުބަލި ވެފައިވާ މާފަރުޓީމުކޮޅަށް ފުލްފުލުގައި 5 ގޯލުޖަހާ މެޗު ކާމިޔާބު ކުރުމެވެ. ލަންދޫ ޓީމަށް ލަނޑުތައް ކާމިޔާބުކިށްދިނީ ކެޕްޓަން ޖަވާ 2 ލަނޑާއި ، ސަންމޫން، ނަފްޝާން އަދި ސައިފް މިއިން ކޮންމެ ކުޅުންތެރިއަކު 1 ލަނޑެވެ.

މެޗު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ލަންދޫގެ އެންމެ ފުރަތަމަ އެމްއެންޑީއެފް އޮފިޝަރ އަލްފާޟިލް އާދަމް ނަސީމު ޢަލީ (އެޑަމް) / ސަލާމްކުރައްވަނީ

މިއީ މި އަހަރު ލަންދޫގައި ކުޅެވުނު އެކުވެރިކަމުގެ ފުރަތަމަ ފުޓްބޯޅަ މެޗަށްވާއިރު މި މެޗު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ލަންދޫގެ އެންމެ ފުރަތަމަ އެމްއެންޑީއެފް އޮފިޝަރ އަލްފާޟިލް އާދަމް ނަސީމު ޢަލީ (އެޑަމް) އެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މިނިވަންދުވަހުގެ މުނާޞަބަތުގައި 40 އަހަރުން މަތީގެ މީހުންގެ ފުޓްބޯޅަ މެޗެއް ކުޅެފި.

މިއަހަރުގެ މިނިވަންދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނ.ލަންދޫ ކައުންސިލުން އިސްނަގައިގެން ރަށުގެ އެހެނިހެން މުއައްސަސާ ތަކާ ގުޅިގެން ކުރިއަށް ގެންދާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz