އާ އަހަރުގެ ޝޯވ ތަކާމެދު އެއްބަޔަކު ހިތްހަމަ ނުޖެހިފައި.

2017 ވަނައަހަރު ނިމި 2018 ވަނައަހަރަށް ފެށުމުގެ ގޮތުން ނުވަތަ އާ އަހަރު ކުލަގަދަކޮށް ފެށުމުގެ ގޮތުން އެޗްޑީސީ އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ބޭއްވި މިއުޒިކް ޝޯވ އާއި އަލިމަސް ކާނިވާ ސަރަޙައްދުގައި  މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.އައި.ޓީ.ޑީ.ސީން އިންތިޒާމް ކޮށްގެން ބޭއްވި މިއުޒިކް ޝޯވ ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ ފާޑުކިއުމާއި، ނުރުހުން ތެރިކަން ލިބިގެން ދިޔަ ކަމެއްގެ ގޮތުގައެވެ.

ހަމަ މިއާއެކު ރޭ ގެ ދެ ޝޯވގައި ވެސް ބޮލީވުޑްގެ ފަންނާނުންނާއި ރާއްޖޭގެ ފަންނާނުންގެ ހުށައެޅުންތަކެއް ފެނިގެންދިޔަ އިރު ޝޯވ ބަލާލުމަށް ކާނިވާ ސަރަޙައްދަށް އަދި ޔޫތުސިޓީގެ ސެންޓްރަލް ޕާކަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައިވާކަންވެސް ފާހަގަކޮށްލަމެވެ.  އަދި ޝޯވ ކުރިއަށްދިޔަ ވަގުތު އާއްމުންގެ ފަރާތުން އަދަޔާ ޚިލާފު ޖޯޝާއި ފޯރިއެއް ފެނިގެންދިޔަކަންވެސް ފާހަގަކުރަމެވެ.

އާއަހަރު ފާހަގަކުރުމަށް ހަވާ އެރުވުމާއެކު ބޭއްވި “ވެލްކަމް 2018” ޝޯވއާއި އެކު 2018 ވަނަ އަހަރަށް ދިވެހިން ގެ ބަޔަކު އުފަލާއި އެކު މަރުހަބާ ކީނަމަވެސް އާ އަހަރަށް މަރުހަބާ ކިޔުމަށް ރޭ ބޭއްވި ޝޯވ ތަކާމެދު ޝޯޝަލް މީޑިއާގައި ގިނަބަޔަކު ދަނީ ނުރުހުން ފާޅުކުރުމުންނެވެ. ފޭސްބުކްގެ ވޯލަށް ބަލާލުމުން މިއަދު މުޅިންހެން ފެންނަމުންދަނީ ރާއްޖޭގެ ދައުލަތުގެ މީޑިއާ ޓީވީއެމް އާއި، ޗެނަލް 13 އިން ރޭ ލައިވް ކޮށްފައިވާ ނިވާކަންކުޑަ ފޮޓޯތައް ހިމެނޭ މިއުޒިކް ޝޯވގެ މަންޒަރުތަކާއި އެމަންޒަރުތަކާއި، އެ ފޮޓޯތަކަށް ނުރުހުން ތެރިކަމާއެކު ފާޑުކިޔަމުން ދާ މަންޒަރެވެ. އެކޮމެންޓްތަކެވެ.

އެއްބަޔަކު ބުނާގޮތުން ނަމަ އެއްއަތުން ދީނާ ޚިލާފު މުންކަރާތްތަކާއި، ﷲ ނަހީކުރެއްވިހައި ކަންކަން ކުރިއަށް ގެންދިއުމަށް ފާޅުގައި މަސައްކަތް ކުރަމުންދާއިރު އަނެއްއަތުން ދީން ދިފާޢުކުރުމަށް ނުވަތަ ދީނީ ވަހުދަތު ރައްކާތެރި ކުރުމަށް މަސައްކަތް ކުރެވޭނެކަމީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެކަމެއްނޫނެވެ. އެމީހުން ބުނާގޮތުން ދީންމުގުރަމުން ދީން ދިފާއެއް ނުކުރެވޭނެއެވެ.

އަނެއްކޮޅުން އަނެއްބަޔަކު ފާޅުކޮށްފައިވާ ޚިޔާލުތަކަށް ބަލާލާއިރު ދައުލަތުގެ ޓީވީ ޗެނަލްއިން ޢާއްމުކޮށް ދައްކަން ހެޔޮނުވާވަރުގެ އަޑާއި މަންޒަރުތައް ރޭވަނީ ޓީވީއެމްއިން ދުރަށް ދައްކާފައެވެ. މިއީވެސް ބަލައިގަނެވޭނޭ ކަންކަމެއްނޫނެވެ.

އަދި ހަމައެއާއެކު ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި އިސްލާމްދީނާ ދެކޮޅަށް ފިކުރީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ފާޅުގައި މަސައްކަތްތަކެއް ކުރެވުމުން ދާއިރު އަދި ދިވެހިންގެ ތެރެއިންވެސް މަދުބަޔަކު ނަމަވެސް ދީނާ ފުށޫ އަރާ ޒާތުގެ ޓްވީޓްތަކާއި ސްޓޭޓަސް ތައް ސޯޝަލް މީޑިއާގައި ހާމަކުރަމުންދާއިރު މިކަން ކަން ހުއްޓުވަންތިއްބެއްވި ދައުލަތުގެ ވަޒީރުން ފަދަ ބޭބޭފުޅުން މިފަދަ ޝޯވތައް ބައްލަވަން ތިބުމަކީވެސް ތާކުން ތާކު ޖެހޭ ކަމެއް ނޫންނެވެ.

އިސްލާމްދީނާ ދެކޮޅަށް ވާހަކަ ފަތުރާ ފަރާތްތަކަށް އަދަބުދޭނަމޭ ސަރުކާރުން ބުނާއިރު ސަރުކާރުން ބޮޑު ޚަރަދުކޮށްގެން މިފަދަ ވިޔާނުދާ ކަންކަމަށް ތަރުޙީބު ދޭކަމަށްވެސް މިފަދަ ކަންކަމުން ހާމަވާކަން ސޯޝަލް މީޑިއާގައި އެކިއެކި ފަރާތްތަކުން ފާޅުކޮށްފައިވާ ޚިޔާލުތަކަށް ބަލާލުމުން އެނގެއެވެ.

ކޮންމެއަކަސް ދިވެހިންގެ ގިނަބަޔަކު ޝޯވ ބަލަން ދިޔައިރު އޭގެ ތެރޭގައި ބަންގާޅީންނާއި، އިންޑޯ އިންޑިޔަނުންނާއި، ޗައިނީސް ދަރިކޮޅުގެ މީހުންވެސް ހިމެނޭނެކަމީ ޔަޤީންވާ ކަމަކަށްވާއިރު އާއަހަރަށް ދިވެހި ޤައުމު ކުރިމަތިލީ މީގެ ކުރިން ނުބޭއްވޭ ފަދަ ފޯރިގަދަ މިއުޒިކު ޝޯވ އަކުންނާއި، ހަވާއެރުވުމުގެ ކުޅިވަރުތަކުން ކަމަށްބުނެ ބައެއް ނޫސްތަކުންވެސް އެދަނީ އެކަމަށް އުފާކޮށް ސަނާކިޔަމުންނެވެ.

މިކަމުން އެނގިގެންދަނީ ދިވެހިންގެ މެދުގައިވެސް އެކި ޚިޔާލާތުގެ އެކި ވިސްނުމުގެ މީހުން ތިބިކަމާއި، އެންމެންގެ ފިކުރާ އެއްގޮތަށް އެއްވެސް ކަމެއް ނުކުރެވޭނެކަމެވެ. އެހެނެއްކަމަކު އަހަރެމެން ހިފަންޖެހޭނީ ﷲ އާއި، އެކަލާންގެ ރަސޫލާ ގެ ބަސްފުޅުގައި ކަމީ ދެބަސްވެވެން ނެތް ދީނީ ވާޖިބެކެވެ. އަހަރެމެން ދިވެހީނަކީ ސައްތައިން ސައްތަ މުސްލިމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މީލާދީ އައު އަހަރުގެ ތަހްނިޔާ ލަންދޫއިންފޯގެ ކިޔުންތެރިންނަށް!

މީލާދި އާ އަހަރުގެ ތަހްނިޔާ ލަންދޫއިންފޯގެ ކިޔުންތެރިންނަށާއި، ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ. ރޭ މެންދަމު 12 ޖެހިއިރު …

ޚިޔާލެއްދެއްވާ

avatar
ލadumA
ލadumA

ފާޅުކަންބޮޑު ފާހިޝް ކަންތަކާއި މުންކަރާތެއް އެއީ ޝޯއަކަށްވުރެންބޮޑަށް!

wpDiscuz