60% ގެ ޑިސްކައުންޓާއެކު އައިފޯން އެކްސް ގެ ޚާއްޞަޕްރޮމޯޝަނެއް ފަށައިފި.

އެޕަލްގެ އެންމެ ފަހުގެ އަދި އެންމެ އަގުބޮޑު ފޯނު ކަމަށްވާ އައިފޯން 10 ނުވަތަ އައިފޯން އެކްސް %60 ގެ ޑިސްކައުންޓާއެކު ވިއްކުމުގެ ޚާއްޞަ ޕްރޮމޯޝަނެއް ޑުބާއީގައި ފަށައިފިއެވެ.

އައިފޯންގެ މުޅިޙަޔާތުގައިވެސް އެންމެ އަގުހެޔޮކޮށް އައިފޯން 10 ގަންނަންލިބޭނެ މިޚާއްޞަ ޕްރޮމޯޝަން ފަށާފައިވަނީ ޑުބާއީގައި ފުޅާދާއިރާއެއްގައި ޚިދުމަތްދެމުން އަންނަ މަޝްހޫރު މޯބައިލް އޮޕަރޭޓަރެއްކަމުގައިވާ “އިތިސޯލާތު ޓެލެކޮމިޔުނިކޭޝަން ކޮމްޕެނީ” އިންނެވެ.

އެކުންފުނީގެ ކަސްޓަމަރުންގެ އީމެއިލްތަކަށް މިހާރުވަނީ ނޮޓިފިކޭޝަނަކުން އެކަން އަންގާފައެވެ. އެކުންފުންޏާ ޙަވާލާދީ އަރަބިނިއުސް އިންބުނެފައިވަނީ މިޕްރޮމޯޝަން ކުރިއަށް ދާނީ ވަކި ތާރީޚަކަށް ކަމަށާއި، އެތާރީޚްގައި އައިފޯން އެކްސް އެއް 3769 ދިރުހަމް އަށް ( 1026 ޑޮލަރ ) އަށް ވިއްކާނެކަމަށެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ -/15820ރ. އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ޖުމުލަ 16 ޤައުމެއްގައި ޚިދުމަތްދޭ މިކުންފުނިން ބުނެފައިވަނީ އެމީހުންގެ ޚިދުމަތް ބޭނުންކުރާ ކޮންމެ ޤައުމެއްގެ ކަސްޓަމަރަކަށް ނަމަވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށެވެ.

އައިފޯން އެކްސްގެ އަގު ބާޒާރުގައި ދަށްވެ އެފޯނު މިއަހަރުގެ މެދުތެރޭގައި އެއްކޮށް ވިއްކުން ހުއްޓާލާނެކަމަށް އަޑުފެތުރިފައިވާ މިދަނޑިވަޅުގައި މިފަދަ ޕްރޮމޯޝަނެއް ފެށުމުން އައިފޯން އެކްސްއަށް ބާޒާރުގައި ލިބެމުންދާ ނިކަމެތިކަން އިހުނަށްވުރެ އިތުރެވެގެން ހިގައިދާނެކަމަށް މުރާސިލުންބުނެއެވެ.

ކޮންމެއަކަސް އައިފޯން އެކްސް އާއި، އައިފޯން 8 އާއި އައިފޯން 8 ޕްލަސް ދާދި އެކުއެކީގައި ނެރެފައިވާއިރު އައިފޯން އެކްސްއަށްވުރެ އައިފޯން 8 އާއި 8 ޕްލަސްއަށް މާކެޓްގައި ލިބެމުންދާ ތަރުޙީބު މާބޮޑުކަމަށް ޚަބަރުތައް ބުނެއެވެ.

އައިފޯން އެކްސް ނެރުނުތާ މާގިނަދުވަސްތަކެއް ވެފައިނުވާއިރު އެފޯނުގެ ބައިވަރު މައްސަލަތައް ހުރިކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އައިފޯން 10 ގެ ސްކްރީނަށްވެސް ލައިން އަރަނީ!

އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ އަދި އެމީހުންގެ އެންމެ ކޮލިޓީ ފޯނު “އައިފޯން 10 ” ގެ …

ޚިޔާލެއްދެއްވާ

avatar