ހަތަރުވަނަ ކުއާޓަރގައި ބޭންކް އޮފް މޯލްޑިވްސް އިން ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފި ބޭންކުގެ މިހާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ތަސައްވުރުގައި ހިމެނޭ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ 60 މަޝްރޫއުއާއި ބޭންކިންގ ވިޔުގަ އިތުރަށް ފުޅާކޮށް އަދި ރާއްޖެއިން ބޭރަށް ހިދުމަތް ފޯރުކޮށްދިނުން

ފަހު ކުއާޓަރގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ހޯދި 350 މިލިއަން ރުފިޔާ އާއެކު ބޭންކް އޮފް މޯލްޑިވްސް އިން 2017 ވަނަ އަހަރު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މިއީ އޭގެ ކުރީ ކުއާޓަރ އާ އަޅާބަލާއިރު  %42 ގެ ކުރިއެރުމެކެވެ. ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާތަކެއް ހޯދާފައިވާއިރު ލޯނު ދޫކުރެވުނު ނިސްބަތްވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓް ކުރުމުގެ މަސައްކަތްކުރިއަށް ދާތީވެ، މުޅި އަހަރުގެ ނަތީޖާ ބޭންކުން އަދި  ހާމަކޮށްފައެއް ނުވެއެވެ. ހިންގުމުގެ ހަރަދު ބޮޑުވުމާއި “އަހަރެންގެ ބޭންކް” ޕްރޮގްރާމްގެ ދަށުން މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަން ދެގުނަ އަށް އިތުރުކޮށްފައިވާ އިރުވެސް މިދިޔަ އަހަރު ހޯދުނު މާލީ ނަތީޖާއަކީ އުއްމީދުކުރިވަރަށްވުރެ ރަނގަޅު ނަތީޖާއަކަށްވާނެ ކަމަށް ލަފާކުރެވެއެވެ. މިދިޔަ އަހަރު 23،000 އައު ކަސްޓަމަރުންވަނީ ބޭންކް އޮފް މޯލްޑިވްސް އާ ގުޅިފައެވެ.

މި އަންނަ ފެބްރުވަރީމަހުގެ 28 ދުވަހު ހިންގުމަށް ހަމަޖެހިފައިވާ އަހަރެންގެ ބޭންކް 28 ހަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މީޑިއާ އާ އެކު ބޭއްވި ހާއްސަ ހަފްލާގައި ސީއީއޯ އެންޑްރޫ ހީލީ ވަނީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުމުގެ ގޮތުން ބޭންކުން ކުރަމުންދާ އިންވެސްޓްމަންޓްތަކަށް އަލިއަޅުއްވާފައެވެ. ” މިދިޔަ އަހަރުގެ ނަތީޖާ އާއެކު ބޭންކުގެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތަށް މިވަނީ ބޮޑު އިތުބާރެއްލިބިފަ. އަޅުގަނޑުމެންގެ މަސައްކަތްތައް ހަރުދަނާ ކުރެވުމަކީ ދިވެހި މުޖުތަމައުއަށް ކުރަމުންދާ އިންވެސްޓްމަންޓް ކުރިއަށް ގެންދިޔުމަށާއި ރާއްޖޭގައި ހިދުމަތް އިތުރަށް ފުޅާކުރުމުގެ އިތުރުން ރާއްޖެއިން ބޭރުގައި ހިދުމަތް ދޭން ފެށުމަށްވެސް ލިބުނު ރަނގަޅު ފުރުސަތެއް. މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ 60 ޕްރޮގްރާމާއި ބްރާންޗް، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް އަދި ޕޮއިންޓް އޮފް ސޭލްސް މަރޗަންޓުން ހިމެނޭ ބޭންކިންގ ވިޔުގަ އިތުރަށް ފުޅާކުރުމަށް 2018 ވަނަ އަހަރު އަޅުގަނޑުމެން 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނަން. އަދި ނިސްބަތުން އާބާދީ ކުޑަ ރަށްތަކަށް ކޭޝް އެޖެންޓުގެ ޚިދުމަތް ފުޅާކުރުމަށްވެސް ވަނީ ހަަމަޖެހިފަ. މުޅި ރާއްޖެ ހިމެނޭ ގޮތަށް މިހާތަނަށް ބޭންކް އޮފް މޯލްޑިވްސް އިން އެހީތެރިކަން ދޭ އެންމެ ބޮޑު މިންވަރަކަށް އަމިއްލަ ފަރުދުންނަށާއި، އާއިލާތަކަށާއި ވިޔަފާރިތަކަށް އެހީތެރިވުމަށް ބޭންކުން މިވަނީ އަޒުމް ކަނޑައަޅާފަ.”

ރާއްޖެއިން ބޭރަށް ޚިދުމަތްފުޅާ ކުރުމާ ގުޅޭގޮތުން އެންޑްރޫ ވިދާޅުވީ ” އަޅުގަނޑުމެން އަބަދުވެސް ދަންނަވާފައިވާނީ ބޭންކުގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖެ ކަމުގައި. އަޅުގަނޑުމެންގެ ކުރިއަރަމުން އަންނަ ވިޔަފާރިތަކާއި ފުޅާދާއިރާއެއްގައި ކުރަމުންދާ އިންވެސްޓްމަންޓްތަކުން މިކަން ކަށަވަރުކޮށްދޭެ. އެހެންނަމަވެސް ރާއްޖެއިން ބޭރަށް ޚިދުމަތް ފުޅާކުރުމަކީ ތަފާތު ގިނަގުނަ ފައިދާ ތަކެއް ލިބި، ރާއްޖޭގައި އިންވެސްޓްކުރުމަށް އިތުރު އާމްދަނީވެސް ލިބިގެންދާނެ ކަމެއް. އަޅުގަނޑުމެން މިވަގުތު ތައްޔާރުވަމުން މިދަނީ އޭޝިއާގެ ގައުމެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް އަށް އެދި ހުށަހެޅުމަށް. އަޅުގަނޑުމެންގެ އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން ހިދުމަތް ދޭން ފެށުން.”

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 33  ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 92 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ބޭނުންނުކުރާ އެކައުންޓްތަކުގައި ހުރިފައިސާ ސަރުކާރަށް ނަގަނީ

ބޭންކް އޮފް މޯލްޑިވްސްގައި ހުރި ބޭނުން ނުކުރާތާ ފަސް އަހަރު ވެފައިވާ އެ ކައުންޓްތަކުގައިހުރި ފައިސާއާ މެދު އަމަލުކުރާނެ ގޮތެއް …

ޚިޔާލެއްދެއްވާ

avatar