ސަމާލުވޭ! މިމަހުގެ 31 ގެފަހުން 5 ރުފިޔާގެ ކަރުދާސް ނޫޓް އުވާލަނީ.

މިހާރު ބޭނުންކުރަމުންއަންނަ 5 ރުފިޔާގެ ކަރުދާސްނޫޓް 31 ޑިސެމްބަރ 2017 ގެ ފަހުން ވިޔަފާރީގެ ބޭނުންތަކަށް ބޭނުން ނުކުރެވޭނެކަމަށް އެމްއެމް އޭ އިން ބުނެފިއެވެ. ނަމަވެސް 31 ޖުލައި 2021 އާއިހަމައަށް އެމްއެމްއޭއިން 5 ރުފިޔާގެ ކަރުދާސްނޫޓް ބަދަލުކުރެވޭނެކަމަށް މަރުކަޒީ ބެންކުން މައުލޫމާތުދެއެވެ. އެހެންކަމުން މިކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެމްއޭއިން 5 ރުފިޔާގެ ޕޮލިމާ ނޫޓް ބާޒާރަށް ނެރެފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. ފަސްރުފިޔާގެ ނޫޓަކީ ރަންދިހަ ފަހެއް ސީރީޒްގެ އެންމެ ފަހުން ނެރުނު ނޫޓެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު ރަންޔޫބީލާ ގުޅުވައިގެން އެމްއެމްއޭއިންވަނީ ދިވެހި ފައިސާގެ އާ ނޫޓު ސީރީޒް ނެރެފައެވެ.

މި ސީރީޒްގައި ޖުމްލަ 7 ނޫޓު ހިމެނެއެވެ. މި 7 ނޫޓަކީވެސް ކުރިން ބޭނުންކުރަމުންދިޔަ ކަރުދާސް ނޫޓުތަކުގެ ބަދަލުގައި ނެރެފައިވާ ފެންވަރު ރަނގަޅު އަދި ސަލާމަތީގޮތުން ރައްކާތެރި ގިނަ ފިޔަވަޅުތަކެއް އެކުލެވޭ ޕޮލިމާ ނޫޓުތަކެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ދެރުފިޔާގެ އާ ޝިޕްމަންޓެއް ގެނެސްފި.

އަލަށް ނެރުނު ފައިސާ ފޮތީގެ 2 ރުފިޔާގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސްފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ. …

ޚިޔާލެއްދެއްވާ

avatar
wpDiscuz