24 ގައި އޮންނަ ބޮޑު މުޒާހަރާއަށް މީހުން ގެންދިއުމަށް ލަންދޫބޯޓު ކުއްޔަށް ހިފައިފި.

މަދަނީ އިއްތިހާދުގެ ފަރާތުންއިންތިޒާމް ކުރާ ބޮޑު މަހާސިންތާއަށް ރަށްރަށުން މީހުން ގެންދިއުމަށް ލަންދޫބޯޓު ކުއްޔަށް ހިފައިފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ލަންދޫ އޮފީހުގެ އޮފިޝަލަކު މިކަމާގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ބޯޓު ހިފާފައިވަނީ ނ.އަތޮޅުގެ ހުރިހާރަށަކުންވެސް މީހުން ނަގާގޮތަށް ކަމަށާއި، އަންނަ ހުކުުރުދުވަހު ހެނދުނު މިކޮޅުން ފުރާކަމަށެވެ. އަދި މިދަތުރުގައި ބައިވެރިވާން ބޭނުން ކޮންމެމީހަކަށްވެސް އެފުރުޞަތު އޮންނާކެމަށާއި، ދަތުރުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް ޕޮކެޓްމަނީއެއްގެ ގޮތުގައި 100 ރުފިޔާވެސްދޭ ގޮތަށް ހަމަޖެހިފައިވާކަމަށެވެ. އަދި ކެއުމާ އެހެނިހެން ޚިދުމަތްވެސް ދަތުރުމަތީގައި ބޯޓުން ހިލޭ ލިބޭނެކަމަށާއި، އެހެންނަމަވެސް މާލެދިއުމަށްފަހު އެމީހެއްގެ ކެއުމާއި، އެކޮމަޑޭޝަން ހަމަޖައްސަން ޖެހޭނީ އެމީހަކު އަމިއްލައަށް ކަަމަށްވެސް އެ އޮފިޝަލް މަޢުލޫމާތު ދެއްވިއެވެ.

އަދި ހޮނިހިރު ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެނބުރި ރަށަށް ގެނެެސްދޭނެކަމަށާއި، ޝެޑިއުލް އޮންނަ ގޮތުގެ މަޢުލޫމާތު ބޯޓުގެ ކެޕްޓަނާ ގުޅުމުން ލިބެމުންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދަތުރު ގެ ކަންކަން އިންތިޒާމް ކުރުމުގައި ލަންދޫގައި ހަރަކާތްތެރިވަނީ ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ބަޔެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ލަންދޫބޯޓު މިދަތުރު ކުރުމަށްޓަކައި ކުއްޔަށް ހިފާފައިވަނީ -/45000ރ. އަށެވެ. މިފައިސާ ޚަރަދުކުރަނީ ވަކި ކޮންފަރާތަކުން ކަމެއް އަދި ވަނީ އޮޅުންފިލާގޮތް ނުވެފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫބޯޓް މާލެދިއުމަށްފުރުމަށްފަހު މޫސުން ގޯސްވުމުގެ ސަބަބުން އަނބުރާ އަތުވެއްޖެ.

ނ.ލަންދޫގައި ދުއްވާ މާލެދަތުރުކުރާ ބޯޓް ” ލަންދޫބޯޓް ” މިއަދު ހެނދުނު މާލެދާން ފުރުމަށްފަހު މޫސުން ގޯސްވުމުގެ ސަބަބުން އަނބުރާ …

ޚިޔާލެއްދެއްވާ

avatar
ތަކުރު
ތަކުރު

ކަލޯ މިފަހަރު ވާނެ ތިޔަ އެމްޑީޕީ ބއގނޑށ ދިވެހި ރައްޔިތުންނަކީ ކޮބައިކަން ދައްކާލަން.

wpDiscuz