23 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ޕްރެކްޓިސްގައި ލަންދޫ ޒުވާނަކު ހިމަނައިފި.

ސޮއްބެ ( ވ.3 ވަނަ )ޤައުމީޓިމާއިއެކު
ސޮއްބެ ( ވ.3 ވަނަ )ޤައުމީޓިމާއިއެކު

ދިވެހިރާއްޖޭގެ 23 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަޓީމުގެ ޕްރެކްޓިސް ގައި ނ.ލަންދޫ ޒުވާނަކު ހިމެނިގެން ޤައުމީޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާންފަށައިފިއެވެ.
ލަންދޫ ކުޅުންތެރިއަކު ޤައުމީޓީމެއްގައި ހިމެނުނު މިއީ ފުރަތަމަ ފަހަރުކަމަށް ވާއިރު މިފަހަރު ޤައުމީޓީމުގައި ހިމެނުމުގެ ނަޞީބު މިލިބުނީ ލަންދޫ އެބަޔަކަށްޓަކައި ފަޚުރުވެރިވާ ޒުވާނުންގެ ފުޓްބޯޅަ ޓީމް ( ފައިވްތާރޓީ ) ގެ ޑިފެންޑަރ އަށެވެ.
ނ.އަތޮޅުގައި އެންމެފަހުން ބޭއްވި އަތޮޅު ފުޓްބޯޅަ މުބާރާތުގެވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވާ ނ.ލަންދޫ ކަރަންކާވިލާ މުޙައްމަދު ޞަބާހް ( ސޮއްބެ ) ވިދާލާފައިވަނީ ނ.އަތޮޅުގެ ފުޓްބޯޅަ މުބާރާތުންނާއި، ނ.އަތޮޅު ކުޑަފަރީގައި ބޭއްވި ޢަލީ މަޢުރޫފް އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތުންނެވެ.
ސޮއްބެއަކީ މިނޫނަސް އަތޮޅު ތެރޭގެ ގިނަ މުބާރާތްތަކެއްގައި ކުޅުމުގެ ފުރުޞަތު ލިބިފައިވާ ހުނަރުވެރި ޢުމުރުން ހަގު ޒުވާނެކެވެ. އެގޮތުން ށ.ފުނަދޫގައި ބޭއްވި ޒޯން މުބާރާތްތަކުގައިވެސް އޭނާވަނީ ކުޅެފައެވެ. އަދި އެފަދަ މުބާރާތްތަކުން ރަގަޅު ވަނަތައްވެސް ހޯދާފައިވެއެވެ.
ލަންދޫއިންފޯއިން އެދެނީ ލަންދުއަށް ރީތިނަން ހޯދައިދިނުމުގައި ޞޮއްބެ ދެމިހުރުމަށާއި، ފުޓްބޯޅައިގެ ކެރިއަރގައި އެއްދުވަހުން އަނެއްދުވަހަށް ސޮއްބެއަށް ކުރިއެރުން މިންވަރު ކުރެއްވުމެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar