ލަންދޫ ކަރަންޓުގެ ހާލަތު ނާޒުކު ފައްތަރެއްގައި

ލަންދޫއަށް ކަރަންޓް ދޫކުރުމަށް ބޭނުންކުރާ އިންޖީނުތައް ހަލާކުވެ ، އަވަސްމަރާމާތަކަށް ބޭނުންވެފައިވާތީ މިއަދު ލަންދޫގެ ކަރަންޓް ހާލަތުމިވަނީ ވަރަށް ނާޒުކު ފައްތަރަކަށް ގޮއްސައެވެ.

ފެނަކަ ލަންދޫ ބުރާންޗުން މައުލޫމާތު ދެއްވާ ގޮތުގައި މިހާރުވެސް ލަންދޫއިންޖީނުގެއިން ލަންދޫގެ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ދެނީ ވަރަށް ދަތިހާލުގައެވެ.

” ކަރަންޓް ދިނުމަށް މިހާރު ބޭނުންކުރާ ދެ އިންޖީނުވެސް ހުރީ ހަލާކުވެ މަރާމާތަށް ބޭނުންވެފައި ،  މިހާރުވެސް ރެއެއްގެ މައްޗަށް 20  ލީޓަރުގެ އަޑީތެޔޮ އޭގެން އެއްއިންޖީނަށް އަޅަން ޖެހޭ ” މިހާރު ލަންދޫއިން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑެން ދިމާވާ ސަބަބު އޮޅުން ފިލުވައި ދެމުން އިންޖީނުގޭގައި މަސައްކަތްކުރާ ޒުވާނަކު ނަންނެޖެހުމަށް ސަރުތުކޮށް ބުންޏެވެ. މިޒުވާނާ އިތުރަށް މައުލޫމާތު ދިންގޮތުގައި އިންޖީނުގޭގައި މަސައްކަތް ކުރާ ފަރާތްތައްވެސް މިއަދު އެތަނުގައި މަސައްކަތްކުރަމުންދަނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ތިބެއެވެ. ” މިހާރަކަށް އައިސް ދޭތެރެ ދޭތެރެއިން އިންޖީނުތައް ހުއްޓި ރަށުން ކަރަންޓް ކެނޑެމުންދާތީ އަޅުގަނޑުމެން އެތަނުގައި މަސައްކަތް ކުރަމުންވެސް މިދަނީ ބިރުވެރިކަމެއްގެ ތެރޭގައި ތިބެ. އަދި ޑިޔުޓީކޮށް ނިންމާލާއިރު ބައެއް އިންޖީނުން ބުރައިގެންދާ އަޑީތެލުން ލައިގެންތިބޭ ހެދުންތައް ހުންނަނީ ހަޑިވެފައި ” މިހާރު ލަންދޫގައި ބަހައްޓާފައިވާ ބައެއް އިންޖީނުތަކުން ނިކުންނަ ދުމުން އަރާވަހާއި ގުޅޭގޮތުން ސުވާލުކުރުމުން އެފަރާތުން ބުންޏެވެ.

މިފަހަކަށް އައިސް ލަންދޫއިން ތިން ހަތަރުފަހަރަށް އެތަށްއިރަކަށް ކަރަންޓް ކަނޑައިގެން ނުދާދުވަހެއް މިވަނީ މަދުވާންފަށާފައެވެ. މިހެންކަމާއިއެކު މިހާރުން މިހާރަށްވެސް ލަންދޫގެ ކަރަންޓަށް މިވަނީ ރަނގަޅު  އަވަސް ހައްލެއްބޭނުންވެފައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަންދުއަށް ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު ބަނދަރުކުރާނެ

ނ.ލަންދުއަށް ގެންނަ 250 ކިލޯވޯޓްގެ ޖަނަރޭޓަރ ހިފައިގެން އަންނަ އުޅަނދު މާދަމާގެ ހެނދުނު 7 އާއި 8 ދެމެދު ލަންދުއަށް …

ޚިޔާލެއްދެއްވާ

avatar