ލަންދޫގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކުޅުންހުއްޓާލަން ނިންމައިފި

ލަންދޫގެ ފުޓްބޯޅައިގެ ތާރީޙުގައި މިހާތަނަށް ފެނިފައިވާ އެންމެ މޮޅު ފުޓްބޯޅަކުޅުންތެރިޔާ ނ.ލަންދޫ ރޮއިޓާސް އަލްފާޟިލްޔޫސުފް ޢަބުދުއްރަޙީމް (ޔޫއްޓޭ) ފުޓްބޯޅަ ކުޅުންހުއްޓާލުމަށް ނިންމައިފިއެވެ.

ހަޔާތުގައިމިހާތަނަށް ނިންމަން ޖެހުނު އެންމެ ހިތްދަތިނިންމުން

ލަންދޫގެ ފުޓްބޯޅައިގައި މިފަހަކަށް އައިސް ހޯދާފައިވާ ހުރިހާކާމިޔާބީއެއްގެ އެންމެއިސް މޭސްތިރިއެއްގެ ގޮތުގައި ލަންދޫގެ އެންމެހާ ރައްޔިތުން ޤަބޫލްކުރާ ޔޫއްޓޭ ބުނިގޮތުގައި ފުޓްބޯޅަކުޅުން ހުއްޓާލަން ނިންމަންޖެހުމަކީ މިހާތަނަށް އޭނާގެ ހަޔާތުގައި ނިންމަން އެންމެ އުދަގޫވި ނިންމުމެވެ.

“އަސްލު މިފަހަކަށް އައިސް އުޅެމުންމިދަނީ ވަރަށްބޮޑަށް ބަލިވެ ، އެންމެފަހުން މީގެ 15 ވަރަކަށް ދުވަސްކުރިން ޑޮކްޓަރަށް ދެއްކުމުން މިއެނގުނީ ޕައިލްސްގެ މައްސަލައެއްކަން ، އެކަންތައް ރަނގަޅު ކުރުމަށްޓަކައި ވަރަށްބޮޑު އޮޕްރޭޝަނެއްކޮށްގެން މިއުޅެނީ ޑޮކްޓަރުންވެސް ލަފާދެއްވަނީ ދެން ފުޓްބޯޅަފަދަ ބޮޑަށް ހަރަކާތްތެރިވެގެން ކުޅޭފަދަ ކުޅިވަރުތައް ނުކުޅުމަށް އަދި މީގެއިތުރުން މަންމަވެސް ވަރަށްބޮޑަށް އެދޭ ދެން ފުޓްބޯޅަކުޅުން ހުއްތާލުމަށް އެހެންވެ މަންމަގެ އެދުމުގެމަތިން މިނިންމީ ދެން ފުޓްބޯޅަ ނުކުޅެން “ފުޓްބޯޅަކުޅުން ހުއްޓާލަންނިންމި ސަބަބު ސާފުކޮށްދެމުން ޔޫއްޓޭ ބުންޏެވެ. ” އަސްލު އަހަރެންގެ ހުރިހާވެސް މީހަކީ މަންމަ ، މަންމަގެބަސް ކަނޑާލައިފައި ކިތަންމެ ކުރާހިތްވިޔަސް އެއްވެސް ކަމެއްކުރާކަށް ބޭނުމެއް ނޫން ” އިތުރަށް ސާފުކޮށްދެމުން ޔޫއްޓޭ ބުންޏެވެ.

ލަންދޫޓީމުގެ މައިތަނބު ، އަސްލު ކައްޕި

ލަންދޫގެ ފުޓްބޯޅަ ޓީމުގައި ޔޫއްޓެގެ ވިނދުން އެންމެ ގަދަވެގެން ދިޔައީ 90 އަހަރުތަކުގެ ފަހުކޮޅުގައެވެ. އެދުވަހުން ފެށިގެން މިއަދާއިހިސާބަށްވެސް ލަންދޫފުޓްބޯޅަ ޓީމުގެ މައިތަނބުގެގޮތުގައި އަދި ޓީމުގެ އަސްލު ލީޑަރެއްގެ ގޮތުގައި ބެލިފައިވަނީ ޔޫއްޓޭއެވެ. ލަންދޫގެ ފުޓްބޯޅަޓީމަށް ދިމާވާ ތަފާތު މައްސަލަތައް ހައްލުކޮށް ޓީމު ، ޓީމެއްގެގޮތުގައި ހެދުމުގެއިސް މޭސްތިރިއެއްގެ ގޮތުގައިވެސް މިހާތަނަށް މަސައްކަތް ކޮށްފައިވަނީ ޔޫއްޓޭއެވެ.

ހާއްޞަކޮށް ރާއްޖެއަށް ސިޔާސީކަންތައްތައް ތަޢާރަފްގެ ފުޓްބޯޅަގެ ތެރެއަށް ސިޔާސީ ކަންތައްތައް ވަންނަން ފެށިފަހުން ލަންދޫގެ ޓީމަށް ދިމާވި ތަފާތުގިނަ ގޮންޖެހުންތަކުން އަރައިގަތުމަށް ޔޫއްޓ ކޮއްފައިވާ މަސައްކަތް ލަންދޫގެ ޒުވާނުން ޝުކުރުވެރިކަމާއި އެކު ފާހަގަކުރެއެވެ.

ކޮންމެ އަހަރަކުވެސް އެކުވެރިކަމުގެ އެތައްމެޗެއް ލަންދޫގެ ފުޓްބޯޅަ ޓީމުތައް ކުޅެމުންދާއިރު މިއިންކޮންމެ މެޗެއް ކުޅުމުގައި ޔޫއްޓޭގެ ހިއްސާވަރަށް ބޮޑުކަން ފާހަގަކޮށްލަން ޖެހެއެވެ. ލަންދޫގައި މިވަގުތު އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ކުޅުމުގައި ރަނގަޅުގޮތް ދަސްކޮށްދީ ޓީމެއްގެ ގޮތުގައިކުޅުވުމަށް ޔޫއްޓޭވަނީ ފާހަގަކުރެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައެވެ.

އިންތިފާޤަކުން ނަމަވެސް މިދިޔައަހަރުގެ ފަހުކޮޅު މާޅެންދޫގައި ބޭއްވުނު ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ލަންދޫޓީމާއި މިލަދޫޓީމު ބައްދަލުކުރި ތާރީޙީ މެޗަކީ ޔޫއްޓޭ ލަންދޫޓީމަށް ކުޅެދިން އެންމެ ފަހުގެ މެޗަށް ވެގެން ގޮސްފައިވާއިރު މި މެޗުގެ ކްޕްޓަން ބޭންޑުއަޅައިގެން ކުޅެފައިވަނީ ޔޫއްޓޭއެވެ. އަދި މި އެމުބާރާތުގެ ހުރިހާމެޗެއްގައި ލަންދޫޓީމުން އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިއެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރަނީ ޔޫއްޓޭއެވެ.

އެންމެބޮޑު އެހީތެރިކަމެއް ލިބުނީ ކޮންބައެއްގެ ފަރާތުން

ލަންދޫގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މޮޅުކުޅުންތެރިއަކަށް ވުމުގައި ގިނަބައެއްގެ ނުހަނު ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައިވާކަން ވަރަށް ޝުކުރުވެރިކަމާއި އެކު ފާހަގަކުރެއެވެ.

ޔޫއްޓޭ ބުނިގޮތުންނަމަ އޭނާއަށް ފުޓްބޯޅައިން ލަންދޫގެ ނަމްބަރ ވަން ކުޅުންތެރިޔާއާއި ހިސާބަށް އާދެވުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ އޭނާގެ ލޯބިވާ މަންމަ އާއި ބައްޕަ އަދި އޭނާގެ ޢައިލާގެ ފަރާތުންނެވެ. އެއަށްފަހު އޭނާއަށް ތަފާތު ދުވަސްތަކުގައި ކޯޗުކޮށްދެއްވި ކޯޗުންގެ ފަރާތުންނެވެ. މީގެ ތެރެއިންވެސް އަލްފާޟިލް ޢަބުދއްރަހީމް މުހައްމަދު (ރެޓޭ) އާއި އަލަފާޟިލް ޢަބޫބަކުރު ޢަބުދުއްރަޙީމް(އަބޭ) އާއި އަލްފާޟިލް އަޙްމަދު ޝަރީފް (ޝަރީބެ) އާއި އަލްފާޟިލްއިބުރާޙިމް މުޙައްމަދު(ފިއްޓޭ) އަދި ޢަބުދުލް ޤަނީ ޢުމަރު (ޤާނާ) ، ހަސަން މާހިރު (މާއްޓޭ) އަދި ނ.މާފަރު މުސްލިމް މުހައްމަދު (މުއްޓޭ) ގެ ނަން ޝުކުރުވެރިކަމާއި އެކު ފާހަގަކުރިއެވެ.

މިހާތަނަށް ލިބުނު ކާމިޔާބީ ތަކަކީކޮބާ ؟

ލަންދޫގެ ދަރިއަކަށް މިހާތަނަށް އިންޑިވިޖުވަލީ އެންމެ ގިނަ ކާމިޔާބީތަކެއް ލިބިފައިވާ ހަމަ އެކަނި ކުޅުންތެރިއަކީ ޔޫއްޓޭއެވެ. މިގޮތުން އަތޮޅު ފުޓްބޯޅަމުބާރާތްތަކުގެ ތަފާތު މަޤާމުތަކާއި ޒޯންމުބާރާތުގެ ތަފާތުމަޤާމުތަކުގެ އިތުރުން ލަންދޫގައި ބޭއްވުނު ހުރިހާ މުބާރާތްތަކަކުން ތަފާތު މަޤާމުތައް ޔޫއްޓޭއަށްވަނީ ހޯދާފައެވެ. އަދި ހަމަ އެހެންމެ އަތޮޅުން ބޭރުގައި ބޭއްވުނު ފުޓްބޯޅަ މުބާރާތުގައި ލަންދޫޓީމުކުޅެ ( ކުރެއްދޫ ކަޕްގައި ) އެމުބާރާތުގެ ޗެމްޕިއަންކަން ލަންދޫޓީމުހޯދިއިރު އެމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމުވެސް ހޯދާފައިވަނީ ޔޫއްޓޭއެވެ. ޔޫއްޓޭގެ ފުރިހަމަކުޅުމާއި ހުނަރުން ލަންދޫޓީމަށްވަނީ އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތްތަކެއްގެ އެތަށް ތަށްޓެއް ލަންދޫގެ ފަސްގަނޑަށް ގެނެސްދީ ލަންދޫގެ ރައްޔިތުން ހިނިތުންކުރުވާފައެވެ.

މީގެ އިތުރުން ޔޫއްޓޭގެ ފުޓްބޯޅައިގެ ހަޔާތުގައި ޔޫއްޓޭވަނީ ނ.އަތޮޅާއި އަދިއެހެނިހެން އަތޮޅުތަކުގެ ތަފާތު ރަށްރަށަށްގޮސް އެރަށްރަށުގައި ކުޅެވޭ ތަފާތު މުބާރާތްތަކުގައި އެރަށްރަށުގެ ޓީމުތަކަށް ކުޅެދީ ނ.އަތޮޅުގެ އިތުރުން އެހެނިހެން އަތޮޅުތަކުގައިވެސް ނަންވިދާލާ ހުނަރުވެރި މޮޅުކުޅުންތެރިއަކަށް ވެފައެވެ.

ކުޅުން ހުއްޓާލިޔަސް ފުޓްބޯޅައާއި ދުރަކަށް ނުދެވޭނެ

ޔޫއްޓޭ ބުނިގޮތުންނަމަ ފުޓްބޯޅަ ކުޅުންހުއްޓާލި ނަމަވެސް ފުޓްބޯޅައާއި އެއްކޮށް ދުރުރުގައި ހުރުމަކީ އޭނާއަށް ކުރެވޭނެކަމެއް ނޫނެވެ. “އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ދެން ފެނިގެންދާނީ ލަންދޫގައި ފުޓްބޯޅަ ކުޅުންތެރިން އުފައްދާ މީހެއްގެ ގޮތުގައި ، މިއަހަރުގެ ތެރޭގައި ލަންދޫގައި ފުޓްބޯޅަ އެކަނޑަމީއެއް ހެދުމަކީ އަޅުގަނޑު ކުރަމުން އަންނަ އުންމީދެއް އަދި ކުރިއަށް އޮތްތަނުގައި ލަންދޫޓިމުގެ އޮފިޝަލެއްގެ ގޮތުގައި އަޅުގަނޑު ފެނިގެންދާނެ ” ޔޫއްޓޭ ބުންޏެވެ. މިއީ ލަންދޫގައި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެ ހިތްހަމަ ޖެހުމެއްކަން ޔަޤީނެވެ.

ޝުކުރުގެ ލިސްޓް

މިހާރު އުމުރުން ދެއަހަރަށްދާ ފިރިހެން ދަރިފުޅާއެކު ފުޓްބޯޅަ ކުޅެލުމުގެ އަޒުމުގައިހުއްޓާ ކުއްލިގޮތަކަށް ފުޓްބޯޅަ ކުޅުންހުއްޓާލަން ޖެހުނު ޔޫއްޓެ ފާހަގަކުރި ގޮތުގައި އޭނާއަށް ފުޓްބޯޅަގައި ކުރިއަށް ދިއުމުގައި އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ “ލަންދޫއިންފޯ” ގެ ފަރާތުންނެވެ. ޔޫއްޓޭ މިގޮތަށް ފާހަގަކޮށްފައިވާއިރު ލަންދޫއިންފޯއިން ދޭ “ލަންދޫއިންފޯ އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް” ދެފަހަރެއްގެ މަތިން ޔޫއްޓޭވަނީ ހާސިލްކޮށްފައެވެ.

ޔޫއްޓޭގެ ޝުކުރުގެ ލިސްޓްގައި އޭނާއާއިއެކު ތަފާތު ދުވަސްވަރު ކުޅުނުހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ވަކިން ހާއްޞަކޮށް ފުޓްބޯޅައިގައިކުރިއަށް ދިއުމުގައި އަލްފާޟިލް ސަލީމްހުސެއިން (މެއްޑޯ) ގެ ފަރާތުންލިބުނު ހިތްވަރާއި އެއްބާރުލުން ފާހަގަ ކުރިއެވެ. އަދި ރަށުގައާއި ރަށުން ބޭރުގައި ދިރިއުޅެމުންގެންދާ އޭނާގެއެންމެހައި އެކުވެރިންގެ ފަރާތުންލިބުނު ހިތްވަރާއި އެއްބާރުލުންވެސް ޝަކުރުވެރިކަމާއި އެކު ފާހަގަ ކުރިއެވެ.

 

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ނުކުޅެދުންތެރި ނަމަވެސް އަޒުމް ވަރުގަދަ ހަބީ

އުފެދުމުގައިވެސް ފެނުމުން މަޙްރޫމްވެފައިވާ ނ.ލަންދޫ ގުލްބަކާގޭ އަލްފާޟިލާ ޙަބީބާ ދާއޫދު (ހަބީ ) ފާހަގަ ކުރެވެނީ ނުކުޅެދުންތެރިކަމާއި އެކުގައިވެސް ހަބީ …

ޚިޔާލެއްދެއްވާ

avatar
Kaashidhoo
Kaashidhoo

Kaashidhoo ga kiyavan ulhunu iruves Yootte akii hunaru dhakkaalaa emmen hairaaan kollaafadha hunaruveri eh. School mubaaraathugavx ran vana thakeh haasil kuri. Fahakaa jehen dhenves hama 1 level ehga kulhunukan faahaga kuran. Proud of you yoootte. Baajjaveri dhuvas thakakah edhen

ދެބޯގެރި
ދެބޯގެރި

ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑު ޔޫއްޓޭ އާއި މެދު ފަޚުރުވެރިވަން .. ޔޫއްޓޭަކީ ލަންދޫގެ އިތުރުން މުޅި އަތޮޅުގައިވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމަށް އަޅުގަނޑު ޤަބޫލުކުރަން.. ޔޫއްޓޭއަށް އުފާވެރި ފާގަތި މުސްތަޤްބަލެއް މިންވަރު ކުރައްވާށި،

Faiza
Faiza

Zareeru hunnaanu