ކޮންމެ ބޭފުޅަކު ދައުލަތް ހިންގަވަން ހުރިކަމުގައިވީނަމަވެސް ދައުލަތް ހިނގަންޖެހޭނެ-ކާނަލް

 


ކޮންމެ ބޭފުޅަކު މި ދައުލަތުގެ އިސްވެރިޔަކަށް ހުންނެވި ކަމުގައި ވީނަމަވެސް ދައުލަތް ހިގަންޖެހޭނެކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު ނަޝީދު ( ކާނަލް ) ވިދާޅުވެއްޖެއެވެެ. ރޭ ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމުގައި ދައުލަތުގެ މާލީ ހާލަތާއި އަދި ކުރީ ގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް އިދިކޮޅު ފަރާތްތަކުން ކުރިމަތި ކުރުވަމުން ދިޔަ ފިއްތުންތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ނަޝީދު ވިދާޅުވީ ގައުމުގެ މާލީހާލަތައް ވިސްނާލެއްވުމަށްފަހު ކަންކަން ނިންމުމުގެ ބަދަލުގައި ކޮންމެ ބޭފުޅަކުވެސް ބައްލަވަނީ ދައުލަތުގެ އިސްވެރިއަކަށް ހުންނެވީ ކޮންބޭފުޅެއްތޯ ބައްލަވައި ކަންކުރުމަށްކަމަށެވެ.

 އަދި ބައެއް ބޭފުޅުން ގަބޫލްކުރައްވާގޮތުގައި އެއިރެއްގަ އެ އޮންނަ ސަރުކާރަކީ ހަމައެކަނި ސަރުކާރުގެ އެންމެ އިސްވެރިޔާގެ ދައުލަތެއްކަމަށް ބައެއް ބޭފުޅުން ގަބޫލްކުރައްވާކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ކުރީ ސަރުކާރުގެ ދުވަސްވަރުގައި ރާއްޖޭގެ ފަތުރުވެރިކަމާއި އަދި މަސްވެރިކަން ދައްވެ ރާއްޖޭގެ އިގްތިސާދު އިދަޖެހެމުން ދިޔަ އިރުވެސް ސިޔާސީ ފަރާތްތަކުން އެކަމަށް އެއްވެސް މަސައްކަތްތަކެއް ނުކުރައްވާކަމަށެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދަނީ

ނ.މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދުމަށް، މަގޫދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ. މި ބަށިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް …

ޚިޔާލެއްދެއްވާ

avatar
wpDiscuz