ކުއްލި ދެމަރަށް ހަފްތާއެއްވާއިރު ގިނަބައެއްގެ ހާސްކަން އިތުރުވަނީ

ވޭތުވެދިޔަ ދެ ބުރާސްފަތި ދުވަހަކީ ލަންދޫގެ ތާރީހުގައި ހިތާމައިން ފުރިގެންވީ ދެދުވަހަށް ވެފައި އެދެދުވަހު ހިނގާދިޔަ ކުއްލި ދެމަރާގުޅިގެން މަދަމާއަކީ މިހަފަތާގެ ބުރާސްފަތި ދުވަސަކަމުން ލަންދޫގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތިބީ ހާސްކަމާއި ބިރުވެރިކަމެއްގައެވެ. ވަކިން ހާއްޞަކޮށް މުޅިލަންދޫއަށް ސިހުން ގެނުވި ކުއްލި ދެމަރު ހިނގާދިޔަ “މުރިނގު – 2 ” ދޯނިން މަހަށް ދިޔަ މަސްވެރިންނާއި މަސްވެރިންގެ ޢާއިލާގެ މެމްބަރުންގެ ހިތްތަކުގައެވެ.

ލަންދޫއަށް ސިހުންގެނުވި ކުއްލި ދެމަރު ހިނގާފައިވާ ” މުރިނގު- 2 ” މަސްދޯނި / ފޮޓޯ:ލަންދޫއިންފޯ

މަސްވެރިންނާއި މަސްވެރިންގެ ޢާއިލާތަކުން ކަންބޮޑުވަނީ ކުއްލި ދެމަރާއި ގުޅުވައިގެން ރަށުތެރޭގައި ދެކެވެމުންދާ ތަފާތު ވާހަކަތަކާއި ގުޅިގެންނެވެ. މިދޯނިން ޤަވާއިދުން މަހަށްދާ ބައެއްފަރާތްތަކުން ބުނިގޮތުގައި އެމީހުންނާއިއެކު ގިނަދުވަސްތަކެއް ވަންދެން މަހަށް ގޮސްއުޅުނު ވަރުގަދަ ދެއެކުވެރިން ކުއްލިގޮތަކަށް އެމީހުންގެ ކުރިމަތީގައި މަރުވެ ދިޔުމުން އެމީހުންތިބީ ފުންހިތާމަ އާއި ބޮޑުބިރުވެރިކަމާއި ހާސްކަމެއްގެ ތެރޭގައެވެ. ކުރިން ގޮޑުދޮށަށް ޤަވާއިދުން މަސްބާނަންދާ މި މަސްވެރިޔާ ބުނިގޮތުންނަމަ އެކުވެރި ދެ މަސްވެރިންގެ ކުއްލިމަރަށްފަހު ގޮނޑުދޮށަށްވެސް މަހެއް ބާނާލަންދާން ޖެހިލުންވެއެވެ. ” އަސްލު ފައިބެ މަރުވިފަހުން (އެންމެފަހުން މުރިނގުދޯނީގައި މަހަށް ނިކުމެ އުޅެނިކޮށް ނިޔާވި މަސްވެރިޔާ) ހަމަނިދި ނުނިދޭ ، ގޮނޑުދޮށަށް މަހެއް ބާނާލަންދާންވެސް ނުކެރިފަ މިހުންނަނީ ” އިތުރު ތަފްސީލް ދެމުން އެމަސްވެރިޔާ ބުންޏެވެ.

އެމަސްވެރިޔާ އާއި އަދި އެދޯނީގެ އެހެން މަސްވެރިންނާއި ވާހަކަ ދައްކާލުމުން ޔަޤީންވި އެއްކަމަކީ މި މަސްވެރިންގެ ހަޔާތުގައިވެސް އެންމެ ދަހިކޮށް މަސްގަތް ދެދުވަހެއްގެ ގޮތުގައި މަސްއައިނަށް އެރިފައިވަނީ ކުއްލި ގޮތަކަށް އެ ދެމަސްވެރިން ނިޔާވި ދުވަސްކަމުގައެވެ. ” އަހަރެންގެ މަސްވެރިކަމުގެ ދިގު މާޒީގައިވެސް އެދެދުވަސްވަރުގެ މަސްގަންނަން ހުރި އަދި މަސްއައިން ދަހި ދުވަހަކު މަހަކަށް ނުދެވޭ ، ހީވަނީ މަސްއައިން އައިސް ދޯންޏަށް އަރާފާނެހެން ” އިތުރު ތަފްސީލް ދެމުން ނަން ނުޖެހުމަށް ޝަރަތުކޮށް އެދޯނިން ޤާވާއިދުން މަހަށްދާ، މިހާރު މަސްވެރިކަމުގައި 20 އަހަރު ހޭދަކޮށްފައިވާ މަސްވެރިޔަކު ބުންޏެވެ.

ކުއްލިގޮތަކަށް ނިޔާވި ދެ މަސްވެރިންވެސް މަރުވެގެން ދޯނިތެރެއަށް ވެއްޓުނު ކަމަށް ބުނާ ސަރަހައްދު / ފޮޓޯ:ލަންދޫއިންފޯ

މި ދޯނިން މަހަށް ދިޔަ އެންމެންގެ ފަރާތުންވެސް އެނގުނު ގޮތުގައި ވޭތުވެދިޔަ ދެ ބުރާސްފަތީގައި ވަކިވަކިން ހިނގާދިޔަ ކުއްލި ދެ މަރުގައި ނިޔާވެގެން ދިޔަ އަލްމަރުޙޫމް އާދަމް އިސްމާއީލް، 45، އާއި އަލްމަރުޙޫމް އަހުމަދު ފައިސަލް، 45، މަރުވެގެން ވެއްޓުނީ ދޯނީގެ އެއްހިސާބަކަށް ހަމަ އެއްތަނަކަށެވެ.

ދޯނީގެ ފަޅުވެރިންނާއި ކިޔޮޅުންގެ އިތުރުން މަސްވެރި ޢާއިލާތަކުގެ ހިތުގައި ކަންބޮޑުވުމާއި ބިރުވެރިކަން އުފެދިފައިވަނީ މި ދެމަރުގައި ހިނގާފައިވާ އާދަޔާ ޚިލާފް އެއްގޮތް ކަންތައްތަކެއްގެ ސަބަބުންކަމަށް އެއާއިލާތަކުން މަޢުލޫމާތު ދެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ބައެއް ޒުވާނުންނަށް ހަމަ ނުވިސްނެނީ ބާވައެވެ. !!!؟

އަޅުގަނޑުމެން ވޭތުކުރަމުން މިދަނީ ރަޙްމަތާއި ، ބަރަކާތުން ފުރިގެންވާ މައްސަރެއްކަން އަޅުގަނޑުމެންގެ ތެރެއިން ބައެއް ޒުވާނުންނަށް ނުވިސްނެނީ ބާވައެވެ. މި …

ޚިޔާލެއްދެއްވާ

avatar
Muhammed
Muhammed
Bodah belevenee sihuru fandithaige roohaany kamakaaeve. Sababaky thikahagothakah haadhisa hinga hurefai vaathyeve. Adhi masverikamah hadhaafa huri fandithaaiga myge kurinves myheh maruvi khabaru vany noohehga jahaafaeve. Baeh sihuruverin myhun dhuvvaalanvegen thafath dhirey ehchis gaburusthaanu kafun koffa nuvatha kafun nukohves valhulaafa hure eve. Efadha sihur thakaky varah nurahka sihurukamahve eve. (Minoon goiy gothahves myhunge dhiriulhun barubaadh kollumah thafaath goiygothah sihuru hadhaiulheve, sihuraky shirukuge amalekeve, adhi shiruku kurumaky enme bodu faafaeve. adhi emme nubaikan bodu faafa ves me eve. Ekamuge sababun meehaa dheenun beyruvaa hisaabah dhe eve.) masverikan rangalhu kuranshey kiyaafa gina dhivehin hadha fanditha aky huhdha ehchisseh nooneve. Sababaky eii shirukuge amalthah… Read more »