އެއްލައްކަ ރުފިޔާ ލަންދޫޓީމާއި ހަވާލުކޮށްފި

ނ.މާޅެންދޫގައި ނިމިދިޔަ މިއަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދި ލަންދޫޓީމަށް ދިނުމަށް ހަމަޖެހިފައިވާ އެއްލައްކަ ރުފިޔާ ނ.ލަންދޫ ފުޓްބޯޅަ ޓީމުގެ މެނޭޖަރ އަދި މިދައުރުގެ ލަންދޫކައުންސިލްގެ ރައީސް އަލްފާޟިލް ޝިނާން ޢަބުދުލް ޤަނީ އާއި ދާދިދެންމެ ހަވާލުކޮށްފިއެވެ.

ލަންދޫޓީމަށް 1 ލައްކަ ރުފިޔާކޮށްދެއްވަނީ / ފޮޓޯ:ލަންދޫއިންފޯ

ނަގުދު އެއްލައްކަ ރުފިޔާ ޝިނާން އާއި ހަވާލުކޮށްފައިވަނީ ދާދި ދެންމެ ލަންދޫކައުންސިލް ޢިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ޝިޔާމް-މައުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ހިންގާކޮމެޓީގެ ޗެއާރމަން އަލްފާޟިލް އައްސަދު ޢަބުދުލް ޤަނީއެވެ. މިރަސްމިއްޔާތުގައި އަންވަރު އަބުދުލް ޤަނީވެސް ބައިވެރިވެ ލެއްވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުބާރާތުގެ ޗެމްޕިއަންކަން ހޯދި މިލަދޫޓީމަށް ލިބޭ ފަސްލައްކަ ރުފިޔާވެސް މިއަދުގެ ވަގުތެއްގައި އެޓީމާއި ހަވާލުކުރެވޭނެއެވެ.

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރަތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާއިރު މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރުން ފެށިގެން ހަލައްކަ ރުފިޔާ ހުށައެޅިފައިވާކަމަށް މި މުބާރާތުގެ އެއްބާނީ އަދި ސަން ފައުންޑޭޝަންގެ ޗެއާރމަން އަލްފާޟިލް އަހްމަދު ޝިޔާމް މުހައްމަދުވަނީ އިއުލާން ކުރައްވާފައެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz