އެއްވެސް މެޗަކުން ބަލިނުވެ މިލަދޫއިން ޗެމްޕިއަންކަން ހޯދައިފި

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިލަދޫޓީމުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދައިފިއެވެ. މިއީ ނ.އަތޮޅުގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބުރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ފައިނަލްގައި ނ.އަތޮޅުގެ ބޮޑު ދެބާރުންކަމަށްވާ މިލަދޫ އާއި ލަންދޫ ބައްދަލުކުރި އިއްޔެގެ ފައިނަލްމެޗު މިލަދޫއިން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މި މެޗު ފަށައިގެން ފުރަތަމަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް މާއެދެވޭ ކުޅުމެއް ދެއްކިފައި ނުވިނަމަވެސް ދެޓީމުންވެސް ވަނީ އިދިކޮޅު ޓީމަށް ނުރައްކާތެރި ދެތިންހަމަލާއެއް ފޮނުވަލައިފައެވެ.

ފޮޓޯ: އެސްއެމްއެސް ފޭސްބުކް ޕޭޖު / ޝިޔާމް މަޢުރޫފްކަޕްގެ ފަސްލައްކަ ރުފިޔާގެ އަގުބޮޑު ތަށިމިލަދޫއިން އުފުލާލަނީ

މި މެޗުގައި މިލަދޫޓީމުން ޖެހި ހަމަ އެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ ފަހުހާފުގެ ވަރަށް ކުރީކޮޅުގައެވެ. މި ލަނޑު މިލަދޫޓީމަށް ކާމިޔާބު ކޮށްދިނީ މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު މިލަދޫޓީމުގެ ޖާޒީނަމްބަރ 25 މުޙައްމަދު ލިޔާހުއެވެ.

ފައިނަލްމެޗަށްފަހު މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށާއި ޓީމުތަކަށް އިނާމްދިނުން ކުރިއަށް ގެންގޮސްފައި ވެއެވެ.

މުބާރާތުގެ ބެސްޓް ސަޕޯޓަރުންގެ ޓީމަކަށް ހޮވުނީ ޗެމްޕިއަން ނ. މިލަދޫ ޓީމުގެ ސަޕޯޓަރުންނެވެ. އެ ޓީމަށް ލިބޭ 10،000ރ. ގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ މާޅެންދޫ ކައުންސިލްގެ ރައީސްއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމް މާޅެންދޫ ފުޓްބޯޅަ ޓީމަށް 25،000ރ. ގެ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ މުހައްމަދު މާޖިދެވެ.

މުބާރާތުގެ 21 އަހަރުންދަށުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވިފައިވަނީ ވެލިދޫގެ އިބްރާހިމް ޒިޔާނާއި، ވެލިދޫގެ ސައިފް މުހައްމަދު އަދި ހެނބަދޫގެ މުހައްމަދު ވަހީދެވެ. އެ ތިން ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ޑިރެކްޓަރ އޮފް ސަން ސިޔާމް ގްރޫޕް. ޑރ. އައިޝަތު ރަފިއްޔާއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެނީ ފައިނަލް މެޗުގެ ހާއްސަ މެހެމާން ޑިޑިއާ ޑްރޮގްބާއެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ލަންދޫގެ ހުސައިން ޖަވާދާއި، މިލަދޫގެ މުހައްމަދު މައުރޫފާއި، މިލަދޫގެ ހަސަން އަބްދުލް ސަމަދާއި، ވެލިދޫގެ ހަސަން ނިޝާން އަދި މިލަދޫގެ އަލީ ފަރީދެވެ.

އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ މިލަދޫގެ ހަސަން އަބްދުލް ހަކީމެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވަފައިވަނީ ހޮވިފައިވަނީ މިލަދޫ ޓީމުގެ ކޯޗު އިބްރާހިމް ހަލީމެވެ.

މުބާރާތުގެ ރަނަރަޕް ލަންދުއަށް 100،000 ރުފިޔާގެ ފައިސާގެ އިނާމާއި މެޑެލް ހަވާލުކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޒުހޫރެވެ.

މުބާރާތުގެ ޗެމްޕިއަން މިލަދުއަށް 500،000 ރުފިޔާގެ ފައިސާގެ އިނާމާއި ތަށްޓާއި މެޑެލް ހަވާލުކޮށްދިނީ ފައިނަލް މެޗުގެ ހާއްސަ މެހެމާން ޑްރޮގްބާއެވެ.

މީގެ އިތުރުން ފައިނަލް މެޗުގެ ހާއްސަ މެހެމާން ޑްރޮގްބާއަށް މުބާރާތުގެ އެއް ބާނީ، ޑރ. އަހްމަދު ސިޔާމް މުހައްމަދު ވަނީ ހާއްސަ ހަދިޔާއެއް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދަށްކަވަމުން އަޙްމަދު ޝިޔާމް މުޙައްމަދު އިޢުލާން ކުރެއްވި ގޮތުގައި އަންނަ އަހަރުގެ މި މުބާރާތުގެ ޗެމްޕިއަންޓީމަށް 600000 (ހަލައްކަ ރުފިޔާ ) ގެ ފައިށަގެ ޢިނާމެއް ލިބިގެންދާނެއެވެ.

 

 

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ …

ޚިޔާލެއްދެއްވާ

avatar
naxma
naxma

ޗެމްޕިއަން ޓީމަށްދޭ ފައިސާ ގިނަކުރުމަށްވުރެ، މުބާރާތުގަ ވާދަކުރާ ކޮންމެ ޓީމަކަށް މުބާރާތައް ތައްޔާރުވުމުގެ ގޮތުން 10000 ރުފިޔާގެ އެހީއެއް ދިނުން ހުރިހާ ގޮތަކުންވެސް ފައިދާ ބޮޑުވާނެ. ގިނަ ރަށްތަކުން މުބާރާތަށް ތައްޔާރުވާން ވަރަށް ހާލުގަ އުޅޭ މަންޒަރު ފެންނަނީ. ފައިބޯޅަ ކުރިއަރުވަން ބޭނުންނަަމަ، މުބާރާތުގެ ބޮޑު އަގު އަތޮޅު ުރިހާ ޓީމްތަކަށް ބެހިގެންދާނެ ގޮތަކަށް ވިސްނަންވީ.

wpDiscuz