މާދަމާގެ ތަށި ރަށަށް ގެނެސްދީ – ސަޕޯރޓަރުން

މާދަމާއަކީ ފުޓްބޯޅައަށްޓަކައި މަރުދޭ ލަންދޫގެ ރައްޔިތުންނަށާއި މިލަދޫގެ ރައްޔިތުންނަށް ވަރަށް ހާއްޞަ ދުވަހެކެވެ. އެހެނީ މާދަމާއަކީ އަތޮޅުތެރޭގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިދެރަށުގެ ޓީމުބައްދަލުކުރާ ދުވަހެވެ.

ސިޔާމް މައުރޫފް ކަޕްގައި ލަންދޫ ސަޕޯޓަރުން ސަޕޯޓްކުރަނީ / ފޮޓޯ: ސިޔާމް މައުރޫފްކަޕް އެފްބީ ޕޭޖް

މިއަހަރުގެ މުބާރާތް ކުރިއަށްދާއިރު ޓީމްތަކަށް ސަޕޯރޓްކުރުމުގައި މިލަދޫގެ ރަށްޔިތުންނާއި ލަންދޫގެ ރައްޔިތުން އުޅެނީ ވަރަށް ކުރީގައެވެ. މުބާރާތުގެ ފެށުނު ހިސާބުން ފެށިގެން ސަޕޯރޓްކުރުމުގައި މިލަދޫއިން ވަނީ އެހެން ރަށްތަކަށް ނަމޫނާ ދައްކައިދީފައެވެ. މުބާރާތުގެ ވަކި ހިސާބަކުން ލަންދޫގެ ރައްޔިތުންވެސް އަންނަނީ ސަޕޯރޓްކުރުގައި އައުގޮތްތަކެއް ތަޢާރަފްކޮށް ޓީމަށްހިތްވަރު ދެމުންނެވެ.

މިއަދުގެ މެޗްގައި މިލަދޫ ސަޕޯޓަރުން ސަޕޯޓްކުރަނީ / ފޮޓޯ: ސިޔާމް-މައުރޫފް ކަޕް އެފްބީ ޕޭޖް

މިދެރަށުގެ ރައްޔިތުންގެ އުންމީދަކީވެސް މާދަމާގެ ފައިނަލްމެޗުން މޮޅުވެ އެރަށެއްގެ ޓީމު ތަށިހިފައިގެން ރަށަށް އައުމެވެ. މާދަމާ ހަމަ ޔަޤީނުންވެސް ކޮންމެވެސް އެއްރަށަކަށް މި ތަށިލިބިގެން ދާނެއެވެ. މިހާހިސާބުންވެސް ޔަޤީންވެފައި އޮތްކަމަކީ މީގެތެރެއިން ކޮންމެ ޓީމަކަށްވެސް އެންމެ މަދުވެގެން އެއްލައްކަ ރުފިޔާ ލިބޭނެކަމެވެ. އެހެނީ މި މުބާރާތުގެ ދެވަނައަށްދާ ޓީމަކަށްވެސް އެއްލައްކަ ރުފިޔާގެ ފައިސާގެ ޢިނާމެއް ހުށައެޅިފައިވާތީއެވެ.

ލަންދޫ ފުޓްބޯޅަ ޓީމުން ލަންދޫއަށް ގެނެސްދީފައިވާ ބައެއްތަށިތައް / ފޮޓޯ:ލަންދޫއިންފޯ

މާދަމާގެ މެޗަށް ހާއްޞަކޮށްގެން ދެ ރަށުގެ ރައްޔިތުންވެސް އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ޕޮންޕޮން ހެދުމާއި ދަނޑިހެދުމުގެ އިތުރަށް ފުއްޕާހަން ހޯދާ އަދި ޓީމުގެ ކުޅުންތެރިންނަށް މެޗަށް ދިއުމުގެ ކުރިން ކާންދީ ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކުރުމަށް ގެންދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އަދި މާދަމާގެ މެޗަށް ހާއްޞަކޮށްގެން ދެ ރަށުގެ ސަޕޯރޓަރުންގެ ފަރާތުން “ސަޕްރައި×ޒް” ކަންތައްތަކެއް ފެނިގެންދާނެކަމަށް ދެރަށުގެ ސަޕޯރޓަރުންވެސް މަޢުލޫމާތު ދެއްވައެވެ.

މާދަމާގެ މެޗުން މިއިން ކޮންމެ ރަށެއް މޮޅުވި ކަމުގައި ވިޔަސް އެކަންވެގެންދާނީ އެރަށަކަށް މި މުބާރާތުގެ ތަށިގެންދެވޭ ފުރަތަމަ ފަހަރު ކަމުގައެވެ. މި މުބާރާތުގެ ފައިނަލްގައި މިލަދޫ ކުޅޭ މިއީ ފުރަތަމަ ފަހަރު ނަމަވެސް ލަންދޫ މި މުބާރާތުގެ ފައިނަލްގައި ކުޅޭމިއީ ދެވަނަ ފަހަރެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ …

ޚިޔާލެއްދެއްވާ

avatar