ހެނބަދޫ އާއި ވެލިދޫ މެޗު – ހުރިހާގޮތަކުން ތާރީޙީ މެޗަކަށްވާނެ

މިއަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ 3 ވަނަމެޗުގައި މާދަމާ ހެނބަދޫ އާއި ވެލިދޫ ބައްދަލުކުރާ މެޗުވެގެންދާނީ ހުރިހާގޮތަކުންވެސް ތަރީޙީމެޗަކަށެވެ. އެހެނީ މިމެޗަކީ މިދެރަށުގެ މެދުގައި މިހާތަނަށް ކުޅެވޭ އެންމެފުރަތަމަ ފުޓްބޯޅަ މެޗެވެ. މި ދެރަށުގެ މެދުގައި މިހާތަނަށް އެކުވެރި ކަމުގެ ފުޓްބޯޅަ މެޗެއްވެސް ކުޅެވިފައި ނުވާކަމަށް މިދެރަށުގައި  ފުޓްބޯޅައިން ނަގާކިޔާ ފަރާތްތަކުން މައުލޫމާތު ދެއްވައެވެ. މިހެން ކަމާއިއެކު މި މެޗުން ކޮންމެ ނަތީޖާއެއް ނިކުތް ކަމުގައިވިޔަސް އެކަންވެގެންދާނީ ތާރީޙީ ކަމަކަށެވެ.

ވެލިދޫ- ކުރީގެ ފުޓްބޯޅައިގެ ބޮޑުބާރެއް

ވެލިދޫގެ ފުޓްބޯޅަ ޓީމް – ކުރީގައި މުޅިއަތޮޅަށް ނަންމަޝްހޫރު މޮޅު ޓީމެއް / ފޮޓޯ: އެސްއެމްއެސް ކަޕް ފޭސްބުކް ޕޭޖު

ފުޓްބޯޅައިގެ ދިގުތާރީހެއް އޮތްނަމަވެސް ހެނބަދޫޓީމަކާއި ދެކޮޅަށް މިހާތަނަށް ފުޓްބޯޅައިގެ އެއްވެސް މެޗެއް ކުޅެފައިނުވާ ވެލިދޫއަކީ ކުރީގައި ނ.އަތޮޅުގައި ފުޓްބޯޅައަށް ނަން މަޝްޙޫރު ރަށެކެވެ. ނ.އަތޮޅުގެ ވެރިކަންކުރާ ރަށް މަނަދޫގައި އަތޮޅު މުބާރާތް ބާއްވަން ފެށި ދުވަސްވަރު ވެލިދޫގެ ފުޓްބޯޅަ ޓީމު ވެގެން ގޮސްފައިވަނީ ނ.އަތޮޅުގެ ފުޓްބޯޅައިގެ ބޮޑުބާރެއްގެ ގޮތުގައެވެ. އެދުވަސްވަރު ނ.އަތޮޅުގައި ފުޓްބޯޅައިގައި ރަސްކަން ކުރަމުން ގޮސްފައިވަނީ ވެލިދޫ އާއި ހޮޅުދޫއެވެ.

ނަމަވެސް މިއަދު ފުޓްބޯޅައިގައި ވެލިދޫގެ ނަމަކީ އެންމެ ކުރީސަފުގައި ކިޔާލެވޭ ނަމަކަށް ނުވިނަމަވެސް އެޓީމުން އަންނަނީ ކުރީގެ ކާމިޔާބީތަކާއި ހިސާބަށް ދިއުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. މިފަހަރުގެ މުބާރާތުގައި ވެލިދޫޓީމުގެ ފަރާތުން ފެނިގެންދަނީ އުންމީދީ ކުޅުމެކެވެ.

ހެނބަދޫ –  އެންމެބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ޓީމް

ހެނބަދޫޓީމް – އަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބިޓީމެއް / ފޮޓޯ: އެސްއެމްއެސް ފޭސްބުކް ޕޭޖު

ނ.އަތޮޅުގައި ފުޓްބޯޅައިން މިފަހަކަށް އައިސް އެންމެބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ރަށަކީ ހެނބަދޫކަން ޔަޤީނެވެ. ހެނބަދޫގެ ފުޓްބޯޅަ ޓީމެއް މުބާރާތެއްގައި ބައިވެރިވެއްޖެ ނަމަ އެޓީމެއްގެ ފަރާތުން ފެނިގެން އަންނަނީ އުންމީދީ ހުނަރުވެރި ކުޅުމެކެވެ. ހާއްޞަކޮށް މިއަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި ހެނބަދޫޓީމުގެ ފަރާތުން ފެނިގެންދަނީ މޮޅު ރީތި ކުޅުމެކެވެ.

އާބާދީގެ ގޮތުން ހެނބަދޫއަކީ މީސްކޮޅު ކިތޭމަދު ރަށެއް ނަމަވެސް ހެނބަދޫގައި މިއަދު އުންމީދީ ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް އެބަތިއްބެވެ. ގިނަބަޔަކު ފާހަގަ ކުރާގޮތުގައި ފުޓްބޯޅައިން ހެނބަދޫ ފުޓްބޯޅަ ޓީމު ހޯދަމުންދާ ކުރިއެރުމުގެ އަސްލަކީ އެޓީމުގެ ތެރޭގައިވާ އެކުވެރި ކަމާއި ކުޅުންތެރިންގެ މެދުގައިވާ ރިވެތި އަޚްލާޤެވެ.

މިއަހަރުގެ ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހެނބަދޫ އާއި ވެލިދޫ އިން ދަށްކާފައިވާ ކުޅުމަށް ބަލާއިރު މާދަމާގެ މެޗުވެގެންދާނީ ވަރަށް ފޯރިގަދަ ބަލާހިތްވާފަދަ ކުޅުމެއް ފެނިގެންދާނެ މެޗަކަށެވެ.

 

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހޮޅޫދޫޓީމަށް ނުގޮވީ ޓީމުން ހާޒިރު ނުވުމުން – އޮފިޝަލުން

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަމުބާރާތތުގެ ފައިނަލްމެޗަށްފަހު އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާޓީމެއްގެ ނަން އިޢުލާންކުރަމުން ގޮސް ވޭތުވެދިޔަދެއަހަރުގެ …

ޚިޔާލެއްދެއްވާ

avatar
އާސިފް
އާސިފް

ހެނބަދޫ ވަރަށް ފާހަގަކޮށްލެވޭ ރަށެއް. އަނެހންކަނބަލުންގެ އުޅުމާ އަހްލާގު، ހެދުންއެޅުން… ހަމަވަރަށް ތަފާތު

Mode
Mode

Semeyge 3vana matcheh noon. Qutaerge 3vana match